ސީރިއާގައި ހަރަކާތްތެރިވާ ދިވެހި ހަނގުރާމަވެރިޔަކު ޖާނުން ފިދާވެގެން ސީރިއާގައި ކާރު ބޮމުގެ ހަމަލާއެއް ދީފިކަމަށް ސީރިއާގެ ނޫސްތަކުން ބުނި ނަމަވެސް ސީރިއާ ގައި ހަރަކާތްތެރިވާ ގިނަ ދިވެހިން ނިސްބަތްވާ ހަނގުރާމަވެރިންގެ ޖަމާޢަތް ތަހްރީރް އަލް-ޝާމް ޖަމާޢަތުން އެޚަބަރު ދޮގުކޮށްފިއެވެ.

އެޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ އެހަމަލާ ދިނީ ދިވެއްސެއް ނޫން ކަމަށެވެ.

ތަހްރީރް އަލް-ޝާމް ޖަމާޢަތުން ނެރުނު ބަޔާނުގައި ކަފްރް ނަބުދާހް އަވަށް ހަމަލާ ދިނީ "ދިވެހިރާއްޖެއަށް ނިސްބަތްވާ އަޚެއް ނޫން." ކަމަށް ބުނި ނަމަވެސް ހަމަލާ ދިނީ ކޮން ގައުމެއްގެ މީހަކު ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އެޖަމާޢަތުން ބުނީ ދިވެހިން ބައިވެރިވާ ހަމަލާތަކުގެ ތަފްސީލް އެޖަމާޢަތުން ހާމަ ކުރާނެއެވެ.

ޖާނުން ފިދާވެގެން ހަމަލާ ދިނީ ދިވެއްސެއް ނޫން ކަމަށް ތަހްރީލް އަލް-ޝާމް ޖަމާޢަތުން ބުނި ނަމަވެސް ސީރިއާ ސިފައިން ބުނާ ގޮތުގައި ސީރިއާގައި ހަރަކާތްތެރިވާ ދިވެއްސެއް ކަމަށްވާ އަބޫ ސަރަހް ނަމަކަށް ކިޔާ ހަނގުރާމަވެރިޔަކު ވަނީ ބޮން ހަރުކޮށްފައި އޮތް ކާރެއްގައި ކަފްރް ނަބުދާހް އަވަށަށް ވަންނަން މަސައްކަތް ކޮށް ކާމިޔާބު ނުވުމުން ޖާނު ގޮއްވާލައިގެން މަރުވެފައެވެ.

ސިފައިންނަށް އޭނާ ދުއްވަން އިން ކާރާއި މެދު ޝައްކު އުފެދުމުން ކާރު ހުއްޓުވަން މަސައްކަތް ކުރިކަމަށާއި ކާރު ހުއްޓުވަން މަސައްކަތް ކުރަން ފެށުމުން އަމާޒަށް ދެވުމުގެ ކުރިން އަބޫ ސަރަހް ވަނީ ކާރު ގޮއްވާލާފައި ކަމަށް ސީރިއާ ސިފައިން ބުނެއެވެ.

މިހަމަލާގައި އޭނާގެ އިތުރުން އިތުރު މީހަކު މަރުވި ކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ކަފްރް ނަބުދާހް އަވަށަށް ވަންނަން އުޅުނު ހަނގުރާމަވެރިންތަކަކާއި ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ދިހަ ހަނގުރާމަވެރިޔަކު ވަނީ މަރާލާފައެވެ.

ސީރިއާގެ ބޮޑު ސަރަހައްދެއް ބާރުގެ ދަށަށް ގެންދިޔަ އައިއެސް އެގައުމުން ފައްސާލާފައި ވީނަމަވެސް ހަތިޔާރާއި އެކު ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ނުރައްކާ އަދިވެސް ވަރަށް ބޮޑެވެ. އެޖަމާޢަތްތަކުން ގެންދަނީ ސަރުކާރުގެ ބާރު ހިނގާ ސަރަހައްދުތަކަށް މިހާރު ވެސް ދޭތެރެ ދޭތެރެއިން ހަމަލާތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖާނު

    ޖާނު ގޮއްވާލަން ދާ ބަޔަކު ތެދެއް ބުނާނެތަ؟

  2. ނިރުބަ

    ޖާނުން ފިދާ ނުވަންޏާ ތިތަނަށް ގޮސް ތިޔަ ގަންނަނީ ކޮންގަނޑެއް؟

  3. ހެހު

    ސީރިޔާ ސިފައިންނަށް އިގޭތަ އެއީ ދިވެއްސެއްކަން. ކިހިނެއް އިގުނީ ދިވެއްސެއްކަން

    2
    1
  4. ބުރުގާ

    ބަރާބަރު. ކަލޭމެން ޖާހިލު ކައްޒާބުތައް ސީރިޔާގަ ތިގޮއްވާ ފަޓާހެއް ގޮއްވާ އަމިއްލައައް މަރުވެގެން ޖަހަންނަމައައް ދޭ. ނަމަނަމަ ރާއްޖެ އޮތްކޮޅައް ބޯވެސް ނުލާތި.

  5. ދުންތަރި

    ކޮއްމެގޮތެއްވިޔަސް އެމީހަކު އެ މަރުވީ ކުފުރު މަރެއްގަ ދާނީ ސީދާ ޖަހަންނަމަޔަށް. މުސްލިމުންނަށް ހަނަލާދީ މުސްލިމުންނަރާ ކާފަރުން

  6. އަނގަބޮޑު ބަކަރި

    ސޫރިޔާ އަށް ދިވެއްސަކު ހަނގުރާމައަށް ނުދާކަމަށް ހަނގުރާމަވެރިން ބުނެފި! ދެން އެވީ ތެދަކަށް!