ކ.އަތޮޅު ދިއްފުށީގައި ވައްކަން އިތުރުވެ، ވައްކަންތަކުގެ ސަބަބުން އާއްމު ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ލިބެމުންދާއިރު ވެސް ފުލުހުން އެކަށީގެންވާ ފިޔަވަޅެއް އަޅަމުން ނުދާތީ އާއްމު ރައްޔިތުން ނިކުމެ މިރޭ ހިންގަމުންދާ ހަމަނުޖެހުންތަކުގައި ދެމީހަކަށް ވަޅިން ހަމަލާދީފިއެވެ.

ވަޅިން ހަމަލާ ދިނުމުން އެކަކުގެ އަތް ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައެވެ. އޭނާގެ އަތުގެ ބައެއް އިނގިލިތައް ހަރަކާތް ނުކުރާ ކަމަށް މައުލޫމާތު ލިބެއެވެ.

ވަޅިން ހަމަލާ ދިނުމުން ޒަހަމްވި ދެމީހުން ވެސް މިހާރު ވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސްފައެވެ.

ދިއްފުށިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެމީހުން ޒަހަމްވީ ހަމަނުޖެހުންތަކުގެ ތެރޭގައި އެމީހުން ވަޅި ގެންގުޅެނިކޮށް ރައްޔިތުން ވަޅި އަތުލަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ފަސް މީހަކަށް ރަށު ރައްޔިތުން ހަމަލާ ދިން ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.

ހަތަރު ވަރަކަށް ގަޑިއިރު ފަހުން މިހާރު ވަނީ ހަމަނުޖެހުންތައް ހުއްޓިފައެވެ. ނަމަވެސް އެރަށުގައި އަދިވެސް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

މިރޭގެ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްޔިތު މީހާ

    ޖަޒީރާ ރާއްޖެ މިފެނިގެންދަނީ ކީއްކުރާނި ﷲ އަށް ބިރުވެތިވުމެއް މީހުންގެ ކިބައަކު މިއަދަކުނެތް.ހުސްކޮމެޓީ.

    49
    7
  2. ޚިޔާލު

    ސަރުކާރުގެ މުއައްސަސާތައް ފޭލުވެ ރައްޔަތުން އިންސާފު ހޯދަން މަގުމައްޗަށް ނިކުތީ.

    22
  3. ބަކުރުބެ

    ކޮބާ ދިއްފުށީ އިންސާފު ހޯދައިދޭ ކޮމެޓީ އެކުލަވާލަން ނުވޭތޯ ؟ ކޮމެޓީ ސަރުކާރު

  4. ފުނަދޫ

    ފުލުހުން މިގައުމުގަ އެމީހުން ތިބީ ފޢލިވެފަ ރައްޔިތުން ނިކުމެ ސަރިއަތް ކުރަންވީ މީހުންގެމުދާހިމާޔަތް ކުރަން ތިބިމީހުން ފޭލިވެފަ