ރާއްޖޭގެ ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދިހަ ހާސް މީހުން ހަމަވާ ހަތަރު ޕާޓީއަށް ފައިސާ ދޫކުރުމަށް އެދި ފިނޭންސް މިނިސްޓްރީއަށް އިލެކްޝަން ކޮމިޝަނުން ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި ޕާޓީ ތަކުގެ ތެރޭގައި ހިމެނެނީ ޕީޕީއެމް، އެމްޑީޕީ، ޖުމްހުރީ ޕާޓީ އަދި އެމްޑީއޭ ކަމަށެވެ. އަދި މި ހަތަރު ޕާޓީއަށް ޖުމްލަ މުޅިއަކު 26,278,073 (ސައްބީސް މިލިއަން ދުއިސައްތަ ހަތްދިހަ އަށްހާސް ހަތްދިހަ ތިން ރުފިޔާ) ރުފިޔާ ދޫކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ދެންނެވި ހަތަރު ޕާޓީ އަށް ފައިސާ ދޫކުރާ ނިސްބަތަށް ބަލާއިރު ޕީޕީއެމް އަށް 9،377،167.06ރ، އެމްޑީޕީ އަށް 12،809،191.09ރ، ޖުމްހޫރީ ޕާޓީ އަށް 2،059،960.36ރ، އަދި އެމްޑީއޭ އަށް 2،031،754.50ރ. އެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ އެ ފައިސާ ދޫކުރާއިރު ކޮމިޝަނަށް ދައްކަންޖެހޭ ފައިސާ އެއްވާނަމަ އެފައިސާ އުނިކުރެވޭނެކަމަށެވެ. ފައިސާ ދޫކުރަން ހަމަޖެހިފައިވަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން، 28 ނޮވެންބަރ 2018 ( ދައުލަތުގެ ބަޖެޓް ފާސްކުރި ދުވަސް) އާ ހަމައަށް 10،000 މެމްބަރުން ހަމަވާ ޕާޓީ ތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު