ހއ. ހޯރަފުށި ޕެޓްރޯލް ކުރުމަށް ނުކުމެ އުޅުނު ފުލުހުންގެ ބަޔަކު ދުއްވި ފުލުހުންގެ ވޭން އެކްސިޑެންޓްވެ ވޭނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އެރަށު ބަނދަރު ސަރަހައްދުގައެވެ. މިއަދު ހެނދުނު މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ، ހޯރަފުށި ޕެޓްރޯލް ކުރުމަށް ނުކުމެ އުޅުނު ފުލުހުން ދުއްވި ވޭނެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްވީ މިއަދު ހެނދުނު 10:45 ހާއިރު ކަމަށެވެ.

އަދި މި އެކްސިޑެންޓް ހިނގާފައި ވަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި ފެންގަނޑަކުން ރެކިގެން ދާން އުޅުމުގެ ތެރޭގައިކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ހާދިސާގައި ފުލުހުންގެ ވެހިކަލަށް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ލިބިފައި ވެއެވެ. އެގޮތުން އެ ވޭނުގެ ހެޑް ލައިޓާއި ދިމާލަށް ގެއްލުންވެފައިވާ މަންޒަރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަންނަމާރި

    ތީހަމަ އެމް،ޑީ.ޕީ މީހުން ރާވައިގެން ކޮށްފައޮތް ކަމެއް ޕޮލިހުންގެ ބޮލުގަ އަޅުވަން.

    4
    4
  2. ޢަލީ

    މިފަހަރު ގޯސް މިވީ މަގުމަތީގައި ހެދިފައި އޮތް ފެންގަނޑު.. ވެހިކަލް ދުއްވި ބާރުމިނާ ދުއްވި މީހާ ގޯހެއް ނުވި..

    10
    2
  3. ޭެެއެއްކަ މީހާ

    އެވަރު ކަމެއް ހަމަ ވެދާ ނެ ...

    5
    1
  4. ހާރޫނު

    ދުއްވަންއިން މީހާއަތުގަ ލައިސެންސް އޮތްކަން ނުވަތަ ނެތްކަން މިފަހަރު ބުނެނުދިނީ ކީއްވެބާ؟