މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހީމް މުހައްމަދު ދީދީވެސް މަޖިލީސް ރައީސް ހޮވުމުގައި ތާއީދު ކުރައްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ނިންމެވުމަށް ކަމަށް ހާމަކުރައްވައިފިއެވެ.
ދީދީ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ރައީސް ސޯލިހަކީ 45 އަހަރޔގެ ދައުލަތުގެ ހިދުމަތުގައި މައުމޫން ފިޔަވާ ދިމާވި އެންމެ މެޗުއާ ސީޒަންޑު ޕޮލިޓީޝަން ކަމަށެވެ.
https://twitter.com/ibrahimmdidi/status/1132670738069053441
އެމްޑީޕީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފައިވާ އިރު، އެޕާޓީން މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ މީހެއް ނިންމުމަށް ދަނީ މަޝްވަރާތައް ކުރެވެމުންނެވެ. އަދި އެކަމާ ގިނަ މެމްބަރުންތަކެއް ވަނީ ހިޔާލުވެސް ތަފާތު ވެފައެވެ.
އެމަޤާމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ހޮވުމަށް ރައީސް ނަޝީދު ތާއީދު ކުރައްވާއިރު، މަޖިލީހުގެ ރައީސް ކަމަށް އެންމެ ޤާބިލު ބޭފުޅަކީ ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
މިކަމުގެ ސަބަބުން ޕާޓީ ތެރޭގައި ޚިޔާލުތަފާތުވެ އާންމު މެމްބަރުންގެ މެދުގައި ވަނީ ދެކޮޅުވެރިކަމާއި ކޯޅުން އިތުރުވެފައެވެ.
ތިޔަ ބުރިގާޑިޔަލަކީ ހަމަ ފައްކާ ގާޑިޔަލެއް....
އިންޑިއާގެ ރިޝްވަތު ފައިސާއަށް ރައްޔިތުން ވޯޓު ވިއްކީމާ ވާނެ ހައެތިވެ ނިމެނީ. ޜޮކެޓް ސްޕީޑްގައި ރާއްޖެ ތރައްގީ ވާން ފެށީމާ އެކަން ހުއްޓުވަން އިންޑިއާއިން ޖެހި މަޅީގައި މައުމޫނާއި ގާސިމްގެ ބަހަށް ރައްޔިތުންގެ ގިނަ ބަޔަކާއި އީސީ މީހުން ހެއްލި ގައުމު ހަފުސްވެއްޖެ.
ތިއީ ދެން ކާކު؟ ފެއިލިއަރ އެއް
"ހިތާ މޭ ހިބައިން ލިޔެ ދިނީމާ ނުވީހޭ
ފިތާހިތުގެ ހިތި ނައަތުލާ ހަމަ ނުވީހޭ
ލެޔާ ނާރު އެކުގާ ވެދުންކޮށް ހެދީމާ
ހެޔާ ބުއްދިއެކުގާ ނުގެންގޮސް ނުވީހޭ"
ޑީޑީވެސް މިފަހަރު ތިޔަ ހެދީ ބޯޑުތެދެއް މިއައްނި ވީ މިގައުމުން ބާލަން އެނޫންގޮތެއްނެއް..
ޑީޑީ ރަގަޅަށް ވިސްނެވީތީ އުފާކުރަން