ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖޭގެ އިސްލާހީ މަސެއްކަތުގެ އާރުކާޓީން ކަމަށާއި، ހައްލު ނުކުރެވޭ ވަރުގެ މައްސަލައެއް އެމްޑީޕީ ތެރޭގައި އޮވެގެން ނުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަދި ކުރީގެ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބި، އެޕާޓީގެ ފަރާތުން މަޖިލީހުގެ ރައީސަކަށް ގެންނަން ކަނޑައަޅާ މީހަކާ ދޭތެރޭ ހިޔާލު ތަފާތު ވެފައިވާ އިރު، ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެކަމަށް އެންމެ ގާބިލު ބޭފުޅަކީ ތ. ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފް ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ހިޔާލު އެކަމުގައި ތަފާތެވެ.

ނަޝީދު ވިދާޅުވެފައި ވަނީ، އަދި ކެމްޕޭނު ކުރައްވާފައިވެސް ވަނީ އެމަގާމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމު ގެންނެވުމަށެވެ.

އެފަދަ ކަންތައްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި އަލީ ވަހީދު، ރައީސް ސޯލިހާއި ނަޝީދު ޅަ ދުވަސްވަރުގެ ފޯޓޯއެއް ލުމަށްފަހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައްޔިތުން ރައީސް ނަޝީދާއި ރައީސް ސޯލިހަށް ސުޕަމެޖޯރިޓީ ދެއްވީ ނުހަނު ފޮނި އުއްމީދުގައި ކަމަށެވެ. އަދި ހައްލު ނުކުރެވޭވަރުގެ މައްސަލައެއް ދެބޭފުޅުންގެ ދެމެދުގައި އޮވެގެން ނުވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަފްލާ

    މަކަރާ ހީލަތުން އިބު ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓްނަގާފަ ވެެިކަމައްއަރަން ކެރަފާ ނައްޓު އުޅެނީ

  2. ޢަބްދުﷲ

    މަޖިލީހުގެ ގިނަ ގޮނޑިތައް ލިބިފައިވަނީ، ވެރިކަމުގެ ފުރަތަމަ އަހަރަށް ވުމުންނެވެ. ރައީސް އިބޫގެ މައްޗަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. އަޞްލަކީ، ކޮށްފައިވާ ވަޢުދުތައް ފުއްދުމަށް ރައްޔިތުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ރައީސް އިބޫއަށް ދެއްވުމެވެ.

    3
    1
  3. މިލާ

    އެދެމީހުން ނައްސަނާ ކުކިޔަން ޏާ ތިމިނިސްޓަރު ކަމަކު ނުހުރެވޭނެ..ގާސިމް ގިނައިން ބެވި ވަރަކައް އިތުރު މިނިސްޓުރީ ދިނުންވެސް ވަރައްގާތް..