ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ޖަހައިދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދޭން އެ ކޯޓުން ނިންމައިފިއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސަސް ބުނެފައި ވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ބޮޑު ދެ ހުކުމެއް ބާތިލު ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

މި ޙުކުމަކީ ކޯޓުގެ ޙުރުމަތް ކެނޑުމުގެ ސަބަބުން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ.

ކަރެކްޝަނަލް ސާވިސަސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޓްގެ ހުރުމަށް ކެނޑި މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެއް އަދިވެސް އެބަ އޮތް ކަމަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، ކަރެކްޝަންސް އިން އަމަލު ކުރާ އާންމު އުސޫލަކީ ގިނަ ހުކުމްތަކެއްގައި ޖަލަށް ލާފައި ތިބޭ މީހުންގެ އެއް ހުކުމް ބާތިލް ކުރުމުން ދެން އޮންނަ ހުކުމް ތަންފީޒު ކުރުން ކަމަށެވެ.

ކޯޓުން އަދީބުގެ ހުކުމުގެ މުއްދަތު އިތުރުކޮށް ނުދޭން ނިންމާފައިވާ އިރު، އަދީބުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލަތަކެއް ވަނީ އަނބުރާ ފޮނުވާލާފައެވެ.