ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަތުގައި އެމަނިކުފާނުގެ ހަތަރު މިލިއަން ޑޮލަރު އަދިވެސް ވެއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވެފައިވަނީ ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކަށް ވިޔަފާރިވެރިންގެ އަތުން ފައިސާ ލިބޭ ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެތައް ބައެއްގެ އަތުން ފައިސާ ލިބުނު ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އެގޮތަށް ލިބުނު ފައިސާ އެކި މީހުންގެ އަތަށް ލިބޭތީ ފައިސާ ހަވާލު ކުރަން އަދީބު ހަމަ ޖެއްސި ކަމަށެވެ.

"އަދީބު އެކަމުގައި ހަމަޖައްސާފައި އަޅުގަނޑަށް ފައިސާ ދޭ ފަރާތްތަކުގެ ކައިރީގައި ވެސް ބުނިން އަދީބާއި ފައިސާ ހަވާލު ކުރަށޭ. އެއީ ފުދޭވަރެއްގެ ސަބަބަކަށްވޭދޯ އަދީބު އަތުގައި އަޅުގަނޑު ފައިސާ ހުރުމަށް. އަދީބު އަތުގައި އެހެރީ އަޅުގަނޑު ފައިސާ"

ރައީސް ޔާމީން ވިދާޅުވީ، އެގޮތަށް ލިބުނު ފައިސާތަކަކީ އެއީ ކެމްޕޭނަށް ލިބުނު ފައިސާ ކަމަށާއި މީގެ ކުރިން މުލިއާގޭގައި ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި ވެސް އަދީބު ހާޒިރުވެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކައިރީގައި ރައީސް ޔާމީންގެ ފަސް މިލިއަން ޑޮލަރު ހުރި ވާހަކަ އަދީބު ވިދާޅުވި ކަމަށެވެ.

"އެތައް މެމްބަރުންނެއް ވިދާޅުވާނެ. ހަމަ މުލިއާގޭގައި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި އަދީބު ވަޑައިގަންނަވާނެ. ވަޑައިގެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް މެމްބަރުން ބޭނުންފުޅުވާ ކުދިކުދި ކަންކަން ކޮށްދޭން މިހާރު ތިމަންނަ އަތުގައި ފައިސާ އެބަހުއްޓޭ. މިވަގުތުން މިވަގުތަށް ތިމަންނަ އަތުގައި އެބަހުއްޓޭ ރައީސް ޔާމީނުގެ ފަސް މިލިއަން ޑޮލަރު”.

ރައީސް ޔާމީން ވިދާޅުވީ، އަދީބު އަތުގައި އެމަނިކުފާނުގެ ފަސް މިލިއަން ޑޮލަރު ހުރެގެން އެ ފައިސާ ހޯދަން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެމަސައްކަތުގެ ތެރެއިން ޗެކެއް ޖަމާކޮށްގެން ފައިސާ ލިބުނު ކަމަށެވެ. ފައިސާ ލިބުނުއިރު، ޖަމާކޮށްފައިވަނީ އެސްއޯއެފްގެ ޗެކަކުންކަން އޭރު ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެސްއޯއެފްގެ ޗެކެއްކަން ވެސް އަޅުގަނޑަށް އެނގުނީ ތަހުގީގު ކުރި ހިސާބުން. އަޅުގަނޑެއް ނޫން ޗެކު ޖަމާކުރީ. އަދީބު ފޮނުވި މީހެއް ޖަމާކުރީ. އަޅުގަނޑު ފޮނުވައިގެނެއް ވެސް ނޫން ޖަމާކުރީ. އަޅުގަނޑުގެ އަތަށް ޗެކު ލިބުނުނަމަ އަޅުގަނޑަށް އެނގޭނީ މިއޮތީ އެސްއޯއެފްގެ ޗެކެއްކަން”.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، އަދީބު އަތުން މިހާތަނަށް ލިބުނީ އެމަނިކުފާނުގެ އެއް މިލިއަން ޑޮލަރު ކަމާއި މިހާރު ވެސް އަދީބުގެ އަތުގައި އެމަނިކުފާނުގެ ހަތަރު މިލިއަން ޑޮލަރު ވެއްޖެ ކަމަށެވެ.

އެއް މިލިއަން ޑޮލަރާއި ބެހޭ ގޮތުން ގިނަ ބަޔަކު ސުވާލު ކުރައްވަމުން އަންނާތީ ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ ކެމްޕޭނަށް ވެސް ފައިސާ ލިބޭ މީހެއް ކަމަށާއި އެތައް އަހަރެއް ވަންދެން ގެދޮރު ކުއްޔަށް ދީގެން ވެސް އެތައް ރުފިޔާއެއް ލިބޭ މީހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ލޮލް

    ކަލޭގެ ބަފާގެ ގޭގައި އޮށޯވެ އޮވެބަލަ އެބުނާ ބަޔަކު ފައިސާ ހިފައިގެން އާދޭތޯބަލަން. ޝައްކެއް ވަސްވާހެއްވެސް ނެތް އެއީ ރިޝްވަތުގެ ފައިސާ. ސީދާ ކަނޑައެޅިގެން ޙަރާމް ވާނެ އެލިބިގަތުންވެސް. އަދި ލަދުޙަޔާތް ކުޑަކަމުން ތިމަންނާގެ ފައިސާއޭވެސް ބުނެފިއެއްނު. މިއީ ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ވެރިކަމުގެ ޒަމާނުގައި ހިނގި ކަމެއްނަމަ ކަލޯގެ މުޅި މިލްކިއްޔާތު މިހާރު އޮންނާނީ ބައިތުލްމާލަށް ނަގާފައި.

    31
    23
    • ށުމަނަ

      ކަލޯ ލޭމައްޗަށް ދާކަށް ނުޖެހޭ، ކަލޭގެ ފައިސާ އެއްނޫން ދޯ އެއީކީ،. ދެން ކަލޭ ތީ ކާކުތަ އެފައިސާ އެޢީ ކޮން ފަިސާ އެއްކަން ކަން އަހަރެމެން ނަށް ކިޔައި ދޭކަށް!!!

      4
      1
      • ލޮލް

        ދެން ނުރޮއި ބުރޯ. ރިޝްވަތުގެ ފައިސާ ނަގާފައި އެވާހަކަދެއްކުމަކީ ތާހިރު ކަމެއްނޫން.

        6
        2
  2. Anonymous

    މިހިރަ ގަމާރެއް ދޯ... ޕޕމ ފައިސާއެއްނަމަ އަމިއްލަ އެކައުންޓަކަށް ވަންނަ ގޮތަށް އިންވެސްޓުކުރަން ކިހިނެއް ބުއްދިޤަބޫލުކުރާނީ. ޕާޓީގެ އެކައުންޓެންޓަށްވެސް އިތުރު މީހަކުވެސް ތިހާވަރަކަށް ނޫޅޭ ޕާޓީގެ ލާރިތަކެއް ގެއްލުނިއްޔޭ ކިޔާ ނޫސްކޮންފަރެންސް ނެތް ދީފައެއް.

    އަނެއްކާ އަނެއް ސްޓޯރީ ހަދާލީ ދެއްތޯ.

    24
    23
  3. ާއަލިބެ

    ކޮން ގެދޮރެއްކުއްޔަށް ދީގެންތޯ މަނިކުފާނަށް ޑޮރަކު ލިބުނީ ؟ވިޔަފާރިވެން ކެމްޕޭނަށް ލާރި ދެވާހަކަ ވިޔަފާރިވެސް ކެމްޕޭނަށް ދޭލާރިން ވިޔަފާރިކުރުމަކީ ވެވޭ ޚިޔާނާތެއް. ް ީ

    17
    18
  4. އަޙުމަދު.

    ޢެއީ ކޮންގޮތަކުން މަނިކުފާނަށް ލިބިިގެން އަދީބު އަތަށް ދިޔަ އެއްޗެއްތޯ ؟ އަނެއްކާ ކޮންކަހަލަ ވިޔަފާރި އަކުން ލިބެންޖެހޭ އެއްޗެއްތޯއެވެ.؟

    18
    18
  5. ނާޒިމް

    އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކަށް ވިޔަފާރިވެރިންގެ އަތުން ފައިސާ ލިބޭ ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެތައް ބައެއްގެ އަތުން ފައިސާ ލިބުނު ކަމަށެވެ.

    މިއީ ކޮން ޤާނޫނަކުން ހުއްދަކުރާ ކަމެއްބާ؟ ޕާޓީގެ އިންކަމް ސްޓޭޓްމެންޓުގައި ނުވަތަ ރިޔާސީ އިންތިޙާބުގެ މާލީ ރިޕޯޓްގައި، ނުވަތަ ރައީސް ޔާމީންގެ މާލީ ބަޔާނުގައި މި 5 މިލިއަން ޑޮލަރުގެ ޑޮނޭޝަން ނުވަތަ ކޮންޓްރިބިއުޝަންގެ ވާހަކަ އެބައޮތްބާ؟މި ފައިސާ ދިން ވިޔަފާރިވެރިންނަކީ ކޮބާ؟ މިއީ ވިޔަފާރިވެރިން މީރާއަށް ޑިކްލެއާ ނުކޮށް އަނބުރާ ފައިސާތަ؟ މި ނުވޭތަ ކަޅު ފައިސާއަށް؟ މި ސުވާލު ކުރެވޭވަރުގެ ނޫސްވެރިއެއް ނެތީތަ؟

    18
    14
  6. ހަސަންޓޭ

    ވެރިކަމުގަ ހުންނައިރު އެވަރަށް ވިޔަފާރިވެރިން އަތުން ލާރި ލިބިފަ، ވެރިކަމުން ފޭބީމަ ނުލިބެންޏާ އެއީ މައްސަލައެއް! ޢެއީ ކަރަޕްސަން!

    22
    15
  7. ބަރުމީހާ

    އަމިއްލަފުޅަށް ތިޔަވިދާޅުވަނީ ވިޔަފާރިވެރިން އަތުން ރިޝްވަތު ނެގިކަމަށްތޯ؟ ނޫނީ ލިއްލާހިއަށްޓަކާ ވިޔަފާރިވެރިން މަޖްލިސްމެންބަރުންގެ ޒަރޫރީބޭނުން ފުއްދާދިނުމަށް ދިން އެހީއެކޭތޯ. އިކޮނަމިސްޓަކަށް ނުވާތީ ވާނުވާ ނޭންގިފަ މިހުރީ އޮޅުންފިލުވާލަ ދެއްވާ

    23
    11
  8. ޖާނު

    މާތްރަސްކަލާކަޯ ފަސްމިލިޔަން ޑޮލަރު ކީއްކުރަންބާ އަދީބުއާ ހަވާލުކުރީ. ަަަަަަަަަަަަަަަe

    18
    6
  9. ދަރަނި ދަންތުރަ

    ރައީސް ޔާމީނު ވިދާޅުވީ އަދީބު އަތުގައި ހުރި ރައީސް ޔާމީނުގެ ފައިސާ ދޭށޭ ވިދާޅުވީމަ އަދީބު ވަށްކަންކޮންގެން ހޯދި ފައިސާ ޔާމީނު އެކައުންޓަށް ޖަމާކުރުމުން އޭގެ ޒިންމާ ރައީސް ޔާމީނު އުފުއްލަވަން ނުޖެހޭނެ ، ވަށްކަންކުރީ އަދީބު އިބޫ ވެސް އެއީ ބޮޑުވަގެއް

    19
    19
  10. ނަންނު

    ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކަށް ވިޔަފާރިވެރިން ރިޝްވަތު ލިބޭވާހަކަ ޔާމީނު ބުނުމަކީ ރިޝްވަތު ހިފާކަމަށް އަމިއްލައަށް އިއުތިރާފް ވުން. ވަގުތުން ޖަލަށް ލާން ވީ.

    24
    13
  11. ރުބެލް

    ޔާމީނާ ޖެހުނީމާ ކަރަޕްޝަނާ ރިޝްވަތު އަލުން މާނަ ކުރަން މިޖެހެނީ. ލަދެއްނެތި ތިޒާތަށް އަރާ ހުރެ ތިކަހަލަ ވާހަކަ ތިދައްކަނީ ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ފަސްކުޅަދުބައިހުރި ގަބުޅިކަތީބުން ކަމަށް ދެކޭތީއެވެ. އެހެންޏާފަހެ ދައުލަތުގެ އެންމެ އިސްވެރިޔާއަކަށް ހުރެ އަމިއްލަ އެކައުންޓަށް ވިޔަފާރިވެރިން ދޭ ފައިސާ އަކީ ސިޔާސީ ބޭނުމަށްދޭ ފައިސާ ކަމަށް ބުނާނަމަ ދުނިޔޭގެ އެއްވެސް މީހަކަށް ރިޝްވަތެއް ނުދެވޭނެއެވެ. ސިޔާސީ ބޭނުމަށް ދޭފައިސާ ވަންނާނީ ޕާޓީ އެކައުންޓަށެވެ. އިންޑިޕެންޑެންޓެއްގެ ގޮތުގައި ޔާމީނު ސިޔާސީ މަސައްކަތެއް ނުކުރެއެވެ. ސިޔާސީ ބޭނުމަށް ދޭފައިސާ އަކީ ސިއްރުން ދެވޭ ފައިސާއެއް ނޫނެވެ. އެފައިސާ ދިން މީހަކާ ދިން އަދަދު ހާމަ ކުރަންޖެހޭނެއެވެ. ވަގަކު ތިމަންނަމީ ވަގެކޭ ހަމަ ބުއްދީގައި ހުރެ ނުބުނާނެއެވެ. ޔާމީނު ބޭނުން ގޮތަކަށް ރިޝްވަތު މާނައެއް ނުކުރެވޭނެެއެވެ.

    17
    9
    • استغفرالله

      ވެރިކަމުގައި ހުންނަ ބޭފުޅަކަށް މީހުން ދެއްވާ ހަދިޔާގައި ނުހިއްޕެވުމަށް ރަސޫލާ صلى الله عليه وسلم އިންޒާރު ދެއްވާފައިވާކަން އެއީ ކޮންމެ މުސްލިމަކު ތަބާންޖެހޭނެ ކަމެކެވެ. ތަކުރާރުކޮށް އެތައް ފަހަރަކު އަމިއްލައަށް އިޢްތިރާފްވުން މިއީ ވެރިކަމަށް ކުފޫ ހަމަނުވާކަމުގެ ބިރުހުރި ހެއްކެކެވެ. މިފަދަ ބޭފުޅުންނަށް އިސްލާމްދީނޭ، ކޮރަޕްޝަނޭ ކިޔައި އަނގަވެސް ހުޅުވާލުމުގެ ކުޑަވެސް ޙައްޤެއް ނޯންނާނެއެވެ.

      1
      1
  12. ޙހހ

    ވަގު ވަގު

    13
    15
  13. އަލްޖިބްރާ

    އެހެންވެގެން މި ބުނަނީ ތީ ބޮޑު ވަގެކޭ !

    3
    3
  14. އަޙްމަދު

    އެހެންވީއިރު މައުމޫނަށް ހާދަ ފައިސާއެއް ލިބިފައި ހުންނާނެޔޭ ދޯ؟ ވިޔަފާރި ވެރިން ނަށް ލިބޭހައި ފައިސާއެއް ވެރިމީހާއަށް ދޭއިރު؟ އެމީހުން ސަދަގާތްކުރަނީ ވެސް މަނިކުފާނަށް ދެެއްތޯ؟ އަނެއްކާ ޒަކާތު ފަންޑުގައި މަނިކުފާނުގެ ފައިސާއެެއް ނެތްތޯ؟ މިކަން ޝަހީމު ސާފުކޮށްލަ ދެއްވާ ބައްލަވަ؟

    3
    1
  15. ބްރޯގެބޭބޭ

    ރ ޔާމީން އަކަށް ލިބިދެވޭނެ ލިބޭނެ އެއްވެސް ހައްގެއްނެތް
    އެއީ ފެހިގާނޫންއަސާސީގެ ދަށުން 5 އަހަރުގެ ދައުރު ނިންމެވި ރައީސް ކަމައްވީތީ. އކަމަކު ރައީސްކަން ކުރެއްވި އެހެން ބޭފުޅުންނައް އުރިހާހައްގެ ލިބެންޖެހޭ .ވައްކަން ވެސް ކުރީ ރ ޔާމީންއެކަނި. ޜ ޔާމީންގެ ކުރިން ވެރިކްން ކުރި ރައީސުންނަކީ ހުދުފޮތިކޮޅެއްހާސާފު ބައެއް. މިލއަނުން ކާލާގެން ތިބި ވަޒީރުން ނާއިމަޖިލީސް މެމްބަރުން އެއީ އަދިވަކިން ސާަފުބައެއް. ޗަަސްމޭންގެ ގެމިހާރު އުޑުގަޖެހެންދެން އެހެރަނަގަނީ. ވައްކަން ކުރީ ޚިޔާނާތް ތެރިވީ ރ ޔާމީން. މިއޮތް އުސޫލަކީ ތިމާ ޒާތިވެއްޖެނަމަ ރަނގަޅުހަމައެއްކަމެއްނޯންނަ އެކަމަކު ރުހެންޏާ ކޮންމެފަދަ ހަރާންކަމެއްކުރިޔަސް އޯކޭވާއުސޫލް. މިއަދު ގައުމު ދަރާވިކި މުޅިދައުލަތް ބަނގުރޫޓް ވެނިމެންދާއިރު ވެސް މިއުޅެނީ ރ ޔާމީންގެފަހަތުން ނުނެއްޓިގެން. ހެހެހް ހިނގަމުން މިދާ ވެރިކަމުގަވެސް ވައްކަން މިކުރަނީ ރ ޔާމީންބާ؟

  16. މުގާބޭ

    މޮޔަމޮހޮދޭ!

    1
    1
  17. Anonymous

    ރ. ޔާމީނު ވަގުއަދީބު އަތުގައިހުރި އެމަނިކުފާނުގެ 5މިލިޔަން ޑޮލަރގެ ވާހަކަ ބުނުމުން އިދިކޮޅަށް ކޮމެންޓް ކޮށްފައިވާ މީހުން ހާދަވަރަކަށް ފަޔަށް ހިނިއަރައިގެން ހަޖަމު ނުވެގެން އުޅޭކަހަލައެވެ، ވިޔަފާރުވެރިއަކު ނުވަތަ މުއްސަދި މީހަކުވިޔަސް އެމީހަކު ފައިސާ ދޭން ބޭނުންމީހަކަށް ދޭނީ އަދި އެ ފައިސާ ލިބިގަންނަ މީހަކުވެސް އެމީހަކު ބޭނުންހޮތަކަށް އެފައިސާއިން ކަންތައްކުރުމުގެ އިޚުތިޔާރު އޮންނާނެ، ކޮންމެގޮތަކަށް ކަންތައްކުރިޔަސް ނުބުނެވޭނެ މަނީލޮންޑަރއެކޭ ޚިޔާނާތެކޭވެސް، އެމީހަކަށް އިނގޭނީ އެފައިސާ ލާންޖެހޭނެ އެކައުންޓަކާއި ކުރާނެ ކަންތައްވެސް، ެ

  18. ޚަލޯ

    ދައްކާ ވާހަކަ ރަނގަޅަށް އަޑުއެހުން ރަނގަޅު. ޜައީސް ޔާމިން ވިދާޅުވީ ސިޔާސީ މަސައްކަތް ކުރާ މީހުންނަށް ރައީސްއުންނަށް އަންނަން އުޅޭ މީހުންނަށް އެކިވިޔަފަރިވެރިންގެ ފަރާތުން ފައިސާގެ އެހީތެރިކަން ލިބޭވާހަކަ. އަދި އެފައިސާއަކީ ރައީސްކަމުގެ ކުރިން ލިބިފަހުރި ފައިސާކަން ރައީސްގެ އިންޓަވިއު އަޑުއެހީމަ އެބަ އިނގޭ.
    ބަޔަސް ވެގެން އަޑުއަހާފިއްޔާ ........

    3
    2
  19. 13ވގ

    އެޔޯ ހާދަފައިސާއެއް އެކަމަކު ބުނި ކުލިދެއްކޭނެގޮތެއްނެތިގެން އުޅޭވާހަކަ ޖަމީލޫ މީނަ މިދައްކާވާހަކަ ދިމާވޭތަ ޖަމީލްއައްއެގޭނީ

    2
    1
  20. އާތިފް

    ބޮޑުމަޤާމެއްގަ ހުރިމީހަކު ލާރީގަހިފީމަ ހަދިޔާ، ދަންމަގާމުގަ ހުރިމީހާ ހިފީމަ ރިޝްވަތު، ޔާންޓޭ ތިކިޔަނީ އަރަތެއްތަ. އަޓަލީ ނޯންސެންސް.!!!