މިއަދަކީ އުފާ ފައުޅުކޮށް، ސާފު ހިތަކާއިގެން އެކަކު އަނެކަކާ ސަލާންގަލާންކޮށް، އެކުވެރިކަމާއި ރަޙްމަތްތެރިކަން އާލާކުރަންވީ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ފިތުރު ޢީދުގެ ތަހުނިޔާ ފޮނުއްވުމަށް ނެރުއްވި ހިޠާބުގައެވެ. ރައީސް ވިދާޅުވީ މިއަދަކީ ލޯތްބާއެކު އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އަލުން ދިރުވައި ދަމަހައްޓަންވީ ދުވަހެވެ. އަދި އެކަކު އަނެކަކަށް މަޢާފްކޮށް، ހިތްހެޔޮކަމާއި އޯގާތެރިކަމާއި ކުލުނާއެކު، އިޖްތިމާޢީ ގުޅުންތައް ބަދަހިކުރަންވީ ދުވަހެވެ.

ރައީސް ހުރިހާ ކަމަކާއެކު، އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، ޢީދުގެ އުފާ ފައުޅުކުރުމުގައި މުޖްތަމަޢުގެ އެންމެން ޝާމިލު ކުރުމަށެވެ. ދިވެހީންގެ އެއްބައިވަންތަކަމުގެ ނަމޫނާ ސިފަތަކާއި، އެއްބައެއްވަންތަކަމުގެ ރީތި އަދަބުތަކާއި، އިޖްތިމާޢީ ސުލޫކާއި ހަމަތައް ނަގަހައްޓައި ހަރުދަނާ ކުރުމަށް، މިފަދަ އުފާވެރި މުނާސަބާތަކަކީ ރަނުގެ ފުރުޞަތުތަކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޢީދުގެ އުފާވެރިކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ އެންމެ މުހިންމު ކަމަކީ، މުޖްތަމަޢުގައި ތިބި ތަފާތު ފަންތިތަކުގެ މީހުންގެ ޙާލަތެވެ. އުފާވެރި ޢީދަކާ އަޅުގަނޑުމެން މި ބައްދަލުކުރީ، ފަޤީރުންނާއި ނިކަމެތީންނާއި މިސްކީނުންގެ ޙާލަތު ހަނދާންކޮށްދިން މޫސުމަކަށްފަހުގައި ކަން ރައީސް ފާހަގަ ކުރެއްވެވިއެވެ.

"މިއަދަކީ އެމީހުންނަށް އެހީތެރިކަން ފޯރުވައި، އެމީހުންގެ ދަތިތައް ފިލުވައިދިނުމަށް އަވަސްވެގަންނަންވީ ދުވަހެވެ. އިޖްތިމާޢީ ޢަދާލަތުގެވެސް އެންމެ މުހިންމު މަޤްޞަދަކީ، މުޖްތަމަޢުގެ ފަރުދުން، އެއް ހަމަކޮށްދިނުމާއި، ތަފާތުކުރުމާއި ހަވާސާކުރުން ނެތިކޮށްލުމެވެ. ދީލަތިކަން އިސްކޮށް، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަކީ، ޢީދުގެ އުފާވެރިކަން މުޅި މުޖްތަމަޢަށް ފެތުރިގެންދާނޭ ކަމެކެވެ." ރައީސްގެ ހިޠާބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޢީދު ފާހަގަކުރުމަކީ ހަމައެކަނި ދީނީ މުނާސަބަތެއް ނޫނެވެ. އަޅުގަނޑުމެންގެ އިޖްތިމާޢީ ގުޅުންތަކާއި ޤައުމިއްޔަތުގެ އަގުތައް، އޭގެ ފުރިހަމަގޮތުގައި ދެމެހެއްޓުމަކީވެސް، ޢީދުގެ އުފާވެރިކަމުގެ ތެރެއިން ކުރެވޭނެ ވަރަށް މުހިންމު ކަންކަމެއް ކަމަށާއި އަޅުގަނޑުމެންނަށް ލިބިފައިވާނަމަ، ލިބިފައިވާ ކޮންމެ ކާމިޔާބެއްގެ އަޞްލަކީ، އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަން ނ

    މިގައުމުހުޅުޖެހިމީހުންނަށްދުވަހަކު
    ވެސްމައާފެއްނުކުރާނަން

    16
  2. ހުސެން

    މިއަދުގެ އުފަލުގަ ވީހާވެސް ގިނައިން ގެރިމަސް ކެއުން އެދެން. ހާއްސަކޮއް 8 ޖޫންވާ ހޮނިހިރު ދުވަހު.

    11
    • ކެކެކެ

      ތިހެން އުޅެނިކޮށް ގެރިމަސް އެތެރެ ކުރުން މަނާ ކޮށްފާނެ ގެރި މޯޑޭ. 8 ޖޫންގަ އެކަކުވެސް ގެރިމަސް ކައިގެން ނުވާނެ. ގެންގުޅެގެންވެސް ނުވާނެ. ބަލާލައިގެންވެސް ނުވާނެ. ހަނދާން ހުންނާނެ!

  3. ޢަލީ

    ގުޅުން ބަދަހިކުރަން މިއަދު ވެހިކަލް ދުއްވޭގޮތް ހަދައިދީ. ވިއްސާރަކަމުން