އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ޙަސަން އަޒީޒް, ސ. ހުޅުދޫ/ އިވްނިންގ ވިލާގެ އެވެ.

އަޒީޒް ނިޔާވީ، މިއަދު ފަތިހުގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ ސްޓްރޯކެއް ޖެހި، ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އުމްރާއަށް ގޮސް ހުއްޓާ ރޭ މީހަކު ނިޔާވިއިރު، މިކަން އިސްލާމިކް މިނިސްޓްރީންވެސް ވަނީ ކަށަވަރުކޮށްދެއްވާާފައެވެ.

ނިޔާވީ ކަމަނަ ހޯލްޑިންގ ޕްރައިވެޓް ލިމިޓްގެ ހަވާލުގައި އުމްރާއަށް ވަޑައިގެންނެވި މީހެކެވެ. އެ ގުރޫޕުން ބުނީ، އެ މީހާ ނިޔާވީ މައްކާގައި ހުންނަވަނިކޮށް މިއަދު ފަތިިހު މައްކާ ގަޑިން 5:45 ގައި މަލިކު ހޮސްޕިޓަލްގައި ކަމަށެވެ.

އެ މައުލޫމާތު އިނގޭ މީހަކު "ވަގުތު"އަށް ބުނީ، އެ މީހާ ނިޔާވީ ރާއްޖެ ގަޑިން މިއަދު ހެނދުނު 8:30 އާއި 9:00 އާ ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ.

އަދި އެ މީހާގެ ކަށު ނަމާދު މިއަދު އަސްރު ނަމާދަށްފަހު ހަރަމްފުޅުގައި އޮންނާނެ ކަމަށްވެސް އެ މީހާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަންނަތު

    ތިމީހާ ތިވީ ޝަހީދެއް. ޖިހާދަކުން ލިބޭނެ މަންފާ ލިބިގެންދާނެ ކަމަށް ފެންނަނީ.

    39
  2. ދަންނަ

    އެއާއިލާ ހަސަން އަޒީޒް ދެކެ ވަރަށް ލޯބިވާނެ. ތައުޒިޔާ ކިޔަން.

  3. މަލިކް

    މަލިކް ފައިސަލް ނުވަތަ ކިންގ ފައިސަލް ހޮސްޕިޓަލް ކަމަށްވާނީ.

  4. އަހްމަދު

    އިސްލާމިކުމިނިސްޓްރީއަކައް ސާފެއްނުވާނެ އެތަނަކީމިހާރުނިދިންހޭނުލެވި ތިބިބަޔަކާ ހަވާލުކޮށްފައޮތްތަނެއް

    5
    1