ހުޅުމާލެ ކައިރި މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ 17:56 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، އެޗް 16 އާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި އެ މީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެންނެވެ.

އަދި އެއީ ބިދޭސީއެއް ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާރު އެ މީހާގެ ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގައެވެ.

ފުލުހުން ވިދާޅުވިގޮތުގައި ފުލުހުން މިހާތަނަށް ބެލިބެލުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވެއެވެ.

އަދި މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    ގޮތްނޭގޭ މަރާއި ގެއްލޭމަރާއި ރިލުވާނާއި އަފްރާޝީމާއި މިހުރިހައިކަމެއް ހައްލުކުރަންއައި ސަރުކާރުގައި ރެކޯޑްއަދަދަކަށް މިކަންކަންވެއްޖެއެވެ. އަދިވެސް އިބޫބުނަނީ ވަރަށް އަމާންވެއްޖެ ކަމަށެވެ. އެކަމަކު ފުލުހުންބުނަނީ ކޮންމެ ގަޑިއަކު ވައްކަމެއްވެސް ހިގާކަމަށެވެ.

  2. ޝަކީލާ

    އެވަރަށް ބިދޭސީން އެބައުޅޭ މިގައުމުގަ އެގަހުކޭލެތް މިގަހުކޭލެތް ނޭންގޭނެ ގިނަވާނީ ވޯކްޕާމިޓްނެތްމީހުން އެމީހުންނަށް ނަންފިޔަވާ އެތްވެސްއެތްޗެއްނޭންގޭ

    11
  3. Anonymous

    ޗޯރުއިބުރޭ ޒިއްމާވާންޖެހޭނެ.

    1
    1