މާލޭ ގެއެެއްގެ ފަސް ވަނަ ބުރިން ހަތަރު އަހަރު ކުއްޖަކު ވެއްޓި ނިޔާވެއްޖެއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި މި ހާދިސާ ހިނގިއިރު، ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާލޭގެ ހެންވޭރު ގެއެއްގެ ފަސް ވަނަ ބުރިން ކުޑަކުއްޖަކު ވެއްޓިފައިވާ ކަމަށް ރޭ 12:20 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ގޭގެ ފަސް ވަނަ ބުރިން ވެއްޓިފައި ވަނީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ އެތަނުން ވެއްޓެން މެދުވެރިވި ސަބަބެއް ނޭނގެއެވެ.

އޮފިޝަލް ވިދާޅުވީ، އެ ކުއްޖާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރަން ރީނދޫ

    ހިންނަވަރު ލުއްޗާ ގެ ސުންޕާކަން ގައުމަށް ޖެހިއްޖެ

    14
    6
    • Anonymous

      ހިންނަވަރު ބޮޑު ޗޯރު ބޭރުކުރަންވެއްޖެ ވެރިކަމުން

  2. Anonymous

    އެހާ ދަންވަރު ގަޑިއެއްގައި އެ އުމުރުގެކުދިން ނުނިދާ ހޭލައި ތިބުމަކީވެސް ވަރަށް ނާދިރުކަމެއް، އަދި އެހާ ތުއްތުކުއްޖަކު ގޭތެރޭގައި ހޭލާ އުޅުނުއިރު އެގޭގައި އެއްވެސްމީހަކު ނުއުޅެނީބާ؟؟ ނޫންނަމަ ހުރިހާމީހުން ނިދާފައިތިއްބާ ކުއްޖާއަށް ހޭލެވިގެން އެކަނިމާއެކަނި ބެލްކަނީކާރިއަށްއައިސް ވެއްޓިގަތީބާ؟؟މިއީ ހަދާވެސް މެދުވެރިވެދާނެފަދަ ގޮތަތައް މިބުނީ!!

  3. Anonymous

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

    25
    2
  4. އަބޫ

    އިއްނާލިﷲ ވައިނާއިލައިހި ރާޖިޢޫން
    ދަންވަރު ވަގުތެއްގަ 4 އަހަރުގެ ކުއްޖަކު ޢިމާރާތެއްގެ 5 ވަނަ ބުރިން ވެއްޓުން
    މީހެއްގެ އިހުމާލެއް ގަޞްދެއްނެތި ހިނގާފާނެ ހާދިސާއެއްކަމަށް ޤަބޫލުކުރަން ވަރަށް އުނދަގޫ
    ވަﷲއަޢުޡަމް

    20
    1
    • އަސްޤަރު ސިއްދީގު

      ބޮޑަށް ގަބޫލުކުރެވެނީ ޒުވާބެއް ފަޅައިގެންގޮސް ދަރިފުޅު ނަގާ ހޫރާލީކަމަށް!

      5
      6
  5. ﷲބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    މައިންބަފައިންނަކީ ދަރިންގެރައްކާތެރިކަމާ ސަލާމަތައް އަބަދުވެސްތިބެންޖެހޭބައެއް ﷲހަލުގް ކުރައްވާ ދުނިޔެއަށް ފޮނުއްވިމަހްލޫގުންތެރޭ އިންސާނުންނަކީ ސިކުނޑިއާވިސްނުންދެއްވާ އެހެންހުރިހާއެއްޗެތީގެމައްޗައް ވެެެރިކުރުވާފޮނުވާފަވާބައެއް އެހެނަސް ޖަނަވާރުންވެސް އޭތީދަރިސަލާމަތްކުރަންވާގުރުބާނީއަކީވެސް އިންސާނާގެލޮލައްފެނައްމިސާލެއް

    13
  6. ނާޒިމް ސައްތާރު

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

    މިކަމުގައި ވަކިމީހެެއްގެ އިހުމާލު އޮތޭ ކިޔާ އިނގިލި ދިގުކުރުމަކީ ގޯހެއް.
    ކަން ވީގޮތް ފުރަތަމަ އޮޅުންފިލުވަންވީ... ވެދާނެއެއްނު މަންމައާ ބައްޕަ ވަޒީފާގަ އުޅެފަ އައިސް ނިދީ ކަމަށް؟ އަދި ދަރިފުޅުވެސް ނިދާފަ އޮވެފަ އެވަގުތު ހޭލީ ކަމަށް؟. އަދި އަމިއްލައަށް ކުޑަދޮރު ނުވަތަ ބެލްކަންޏަށް އެރުމުގެ ތެރޭގައި މިހާދިސާ ހިނގީ ކަމަށް؟
    ކޮންމެވެސް މީހަކު މިހާދިސާ ހިނގިގޮތް ކިޔައިދީބަަލަ

    13
    2
  7. ހާލުފޮޅި

    ފަރުވާ ކުޑައީ.. ދަރިން ނުބެލޭތީ މިހެން ވަނީ..

  8. ާާާޢަލީ

    ނޭނގޭ ކަމެއްގެ ހީވަނީޔަށް ވާހަކަދެއްކުން އަމިއްލަޔަށް ހޯދައިގަނެވޭ ފާފަޔަކަށްވެސް ވެދާނެ..
    އެވަރުކުދިން ބޭރުބަލާނެދޯ ކޮންމެގަޑިޔެއްވިޔަސް ބެލްކަނީޔަށް ނުކުމެ ބުނީމަ..މާލޭގަހަމައެކަނި ބޭރުފެންނާނެގޮތަކީއެއީ..ކަންނޭގިތިބެ މައިންބަފައިންނަށް އިނގިލި ދިއްކުރުން ވަރަށްދެރަ..
    މޮޅަށްދެނެވޮޑިގެންވަނީމާތްްﷲ..މައިންބަފައިންނާ އާއިލާއެންމެންވެސް މިކަމުގަ ހަމަދެރާވާނެދޯ؟؟
    އާއިލާއަށް ކެއްތެރިކަން ދެއްވާށި އާމީން..

    6
    1