ކ. އަތޮޅު ދިއްފުށީގައި މޫދަށް އެރި އުޅުނު 51 އަހަރުގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، އެރަށުގައި މޫދަސް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމަށް މިއަދު މެންދުރު 14:10 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި ދިއްފުށި ހެލްތް ސެންޓަރަށް މީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މަރުވެފައި ވަނީ ޗެކް ރިޕަބްލިކް އަށް ނިސްބަތްވާ 51 އަހަރުގެ ފިރިހެނެކެވެ.

އޮފިޝަލް ވިދާޅުވީ، މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.