ހއ.ހޯރަފުށީ ފިހާރައަކުން ފަސް ފޮށި ސިނގިރޭޓް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ހޯރަފުށީ ފިހާރައެއްގެ ބިއްލޫރިގަނޑު ތަލާލައިގެން ފަސް ފޮށި ސިނގިރެޓް ވަގަށް ނެގި މީހަކު ހޯރަފުށީގައި ތިބޭ ފުލުހުންގެ މަސައްކަތުން ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ވައްކަން ކުރީ ރޭގެ ވަގުތެއްގައި ކަމަށާއި ވަގަށް ނެގި ތަކެތި ހޯދައި މީހާ ހައްޔަރުކުރީ މިއަދު ކަމަށެވެ.

ކުދިކުދި ވައްކަންތަކާއި ކުދިކުދި ކުށްތައް ކުރާ މީހުން ހައްޔަރު ކުރެވުނު ނަމަވެސް ބޮޑެތި ކުށްތައް ކޮށް ބޮޑެތި ވައްކަންތައް ކުރާ މީހުން ހައްޔަރު ނުކުރެވޭތީ ވަރަށް ގިނައިން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއެވެ.

ފާއިތުވި ހައެއްކަ މަސް ތެރޭގައި މާލެ އާއި ރާއްޖޭގެ އެތައް ރަށަކުން ތިޖޫރިތައް ފަޅާލާ އަދި ފޭރިގެން އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ވަގުންގެ އަތްދަށުވެފައި ވާއިރު އޭގެ ތެރެއިން ގިނަ ފައިސާތައް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ. އަދި ގިނަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ވެސް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައާދަނު

    ކެމެރާއިން ފެނުމަކީ ފުލުހުންގެ މޮޅުކަމެއް ނޫން

  2. ހުސޭނުބޭ

    މޭ 1 ވަނަ ދުވަހުން ފެށިގެން ފިހާރަތަކުން ވަކިން ސިގިރެޓް ވިއްކުން ހުއްޓާލުމާ ގުޅިގެން ވައްކަންކުރުމުގެ ޕޮލިސީވެސް މިހާރުވަނީ ބަދަލުވެފައި! އެހެންވީމާ މެއި 1 ވަނަ ދުވަހުން ފެށިގެން ފިހާރަތަކުން ވަކިން ސިގިރެޓް ވަގަށް ނެގުމަކީވެސް މަނާކަމެއް! ވެގެންއުޅޭ ގޮތަކީ މިއީ!