އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ޕީއެންސީ އާ ބައްދަލުނުކުރައްވާނެ ކަން "ވަގުތު"އަށް އެނގިއްޖެއެވެ.

އިއްޔެ ފޮރިން މިނިސްޓްރީން ވިދާޅުވީ، މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުޅުގައި ސިޔާސީ ޕާޓީތަކާއި ބައްދަލުކުރައްވާނެ ކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން ޕީޕީއެމް އާއި ޕީއެންސީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާވެސް މޯދީ ބައްދަލުނުކުރައްވާނެއެވެ.

ނަމަވެސް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި އެމްޑީޕީގެ އިސްބޭފުޅުންނާއި މޯދީ ބައްދަލުކުރައްވާނެ އެވެ.

މިއަދު މެންދުރު ފަހު މޯދީ ރާއްޖެ ވަޑައިގެންނެވިއިރު، އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން މަރުހަބާ ދަންނަވާފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އަދި މޯދީ މާލެ ވަޑައިގަތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުހަބާ ދަންނަވާފައެެވެ.

އަދި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާނެއެވެ. އޭގެ ފަހުން ދެނަމާދު ދޭތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޗައިނާ

    ޗައިނާގެ ރައީސް އައިސް މަޢުމޫނާއި، ނަޝީދާއި، ޤާސިމާއި އަދި އެމްޑީޕީގެ ނަޢީމައްތައާވެސް ބައްދަލު ކުރި ވާހަކަ މީގައި ލިޔެލިނަމަ ސަޅިވީސް

    60
    9
  2. ހާމް

    އަސްލު ކަން ވީގޮތް ތިއީކީ ނޫން. އެދެޕާރޓީ އާއި މޯދީ (ގެރި ޖީ) ބައްދަލުކުރަން އެދުމުން އެދެޕާޓީ އިން ބޭނުން ނުވީ ގެރި އަކާ ބައްދަލުކުރާކަށް

    77
    8
  3. މޯދީ

    ދެން ކޮބާ މައްސަލައަކީ. ބޮޑޫ ވަގަކާ ބައްދަލު ކުރާކަށް ނުޖެހޭ. ޔާމީން ވެރިކަމުގައި ތިގޮތަށް އަންނަ މީހުން އެމް.ޑީ.ޕީ މީހުންނާއި ބައްދަލުކުރިޔަ ދިންތަ.

    16
    100
    • Anonymous

      ބޮޑު ވަގު އެހެރީ މަޖިލީހުގެ ރިޔާސަތުގަ. ދެން ކޮން ވާހަކައެއް ދައްކާކަށް.

      108
      7
    • Anonymous

      ލާދީނީ ބައިގަނޑު ގެރި މޯދީ ކަރުގަ އަޅައިގެން އުޅުނަސް އަހަރުމެންނަށް ކަހެރު ވަކެކޭވެސް ހިތަކަށް ނާރާނެ.

      37
      2
  4. ބަކުރު

    އެވެސް ޕާރޓީއެއްތަ؟

    16
    40
  5. އ. ޖ. އ

    ރަނގަޅަށް އެހެދީ.. މަޖިލީހުގައި ކިޔާ އެއްޗެއް އަޑު ނޭހޭ ބަޔަކަށް އެހެން އެއްޗެއް ވެސް އަޑެއް ނޭހޭނެ..

    8
    71
  6. Anonymous

    ގެރިއަށް މުސްލިމުންނާ މުސްލިމު ލީޑަރުން ހަޖަމެއް ނުކުރެވޭނެ. ގެރިގުއި ގަނޑު ހާދަ ޖެލަސްވޭދޯ. އަސްލު ތަރައްޤީ ފެނިފަ ގެރި ގަނޑު އަނބުރައިގަތީ. ގެރި ގަނޑަށް އިނގޭ ކިތަންމެ ލާރިއެއް ދިނަސް ސެލްފީއަށް ނުކުރެވޭނެކަން ތަރައްޤީއެއް.

    59
    2
  7. މަސްވެރިޔާ

    ކުދިންނޭ މިފަދަ ކާފަރު އިސްލާމުންނާއި ދެކޮޅު މީހަކު ޕީ.ޕީ.އެމް.އަދި ޕީ އެންސީ.އާއި ބައްދަލު ނުކުރުމީ ބޮޑް ނިއުމަތެއް، މިފަދަ ކާފަރުން ކިބައިން މަދަދު ނޮހޯދުން އެންމެރަގަޅީ. ބަލަ ކުރީގެ ބޮޑެތި ބާޢީންނާއި، ޚޮދު މުޚުތާރު ގޮޅާބޯތައް މިހާރު ރަނަށްވެފަ ތިއްބަސް 2023 އަހަރުގެ ވެރިކަން ތި ޖައްބާރުންނަށް ގެއްލޭނެ. ކޮބާތޯ އެއްކަލަ 11 މެންބަރުން، މިއަދު މަޖުލިސްގަ އެމީހުންގެ ތެރެއިން އިނީ ސައުދު 1 އެކަނި. މިއީ މިސަރުކާރުގެ މަކަރުވެރިކަމުގެ މިސާލެއް.

    57
    2
  8. ޙާމުދުރު

    ޕީޕީއެޕް ޕީއެންސީ ގެ ގިނަމީހުންނަކީ ގެރިމަސްކާ ބައެއް..އެހްވެ މޯދީ ސާހަބު ބައްދަލް ނުކުރަނީ ކަމައް ތިޔަވާނީ.

    50
    3
  9. އަހުމަދު

    ޕީ.ޕީ.އެމް އާއި ޕީ.އެން.ސީ މިވެސް ދެން ޕާޓިތައްހެއްޔެވެ. ބައްދަލުކުރަން ހެހެހެ

    7
    54
    • އަހުމަދު އައްޕަ

      ޕާޓީގެ ވެރިޔާ ރާ ނުބޮންޏަކާ އަހައްމަދަކަށް ޕާޓީއަކަށް ނުވޭދޯ.

      10
      1
  10. ބަކުރު

    ކަލޯ މޯދީ ޔާމިން ވަންކަންކުރީ ކޮންތާކުން! އަހަރެމެންނަށް ބުނެވިދާނެ ތިއީވެސް ބޮޑުވަގެކޭދޯ! ވަގުންމިހާރުއެތިބީ ސަރުކާރުގައި . މަޖިލީހުގެ ރައީސަކީވެސް ވައްކަންކޮށްގެން ހުކުމްކޮށްަފައި ހުރިވަގެއް.

    68
    3
  11. އައިސް

    ގެރި ބޯ އަކާ އިސްލާމަކު ނުރުހޭނެ.....

    48
    4
  12. ޖަހާންގީރު

    ވައްކަން ކޮށްގެން އަރުވާލި މަރުމޯލު އެހެރީ މަޖިލީހުގެ ރައީސް އަކަށް އެމް ޑީ ޕީ ގެ ޚާއިނުންނަކަށް ނުފެންނާނެ

    65
    3
  13. މަވާސަހަރޯހީވޭ

    އެސޮރުގެ ހުރި ބޮޑާކަމާއި ކިބުރުވެރި ކަމުންތަ ބައްދަލު ނުކުރީ

    15
    5
  14. ދަތްދޫނި

    އިދިކޮލު ޕާރޓީ އެއް މި ޤައުގާ އެބައޮތްތަ! މިވެރިންގެ ހަޔާތްކޮބާ! މިހާރު ތިއީ ބޭކާރު ވެފައި ރައްޔިތުން ބަލައިނުގަނެ މުޖުތަމައުންވެސް ބާކީ ވެފައި ތިބި މަދު ބައެއް. ޤައިމެއްގައި ތިބި ކަނޑު ކޮހުން ތަކަކާއި މޯދީ ބައްދަލެއް ނުކުރާނެ.

    2
    36
    • Anonymous

      ކަނޑުކޮހުންނަކީ ދީންވިއްކާލާ ޤައުމު ވިއްކާލާ އިސްލާމު ދީނާ ދެކޮޅަށް މަސައްކަތްކުރާ މީހުންނާ އެކު ދިވެހި ޤައުމު ސަލާމަތް ނުކުރޭވޭ ވަރު ކުރާބައެއް ނޫންބާ؟

      16
      1
  15. Anonymous

    މޯދީ ހަމަ ޒާތީ ވަނީތި

    18
    2
  16. ޢަހަންމާ

    އައްދޭ ވަރަށް ދެރަވާނެ ކަލޭ ބައްދަލުނުކުރީމަ. ބަޔަކަށް ކަލޭ މުހިންމުވިޔަސް އަހަރުންނަށް ކަލޭ ފަައިފުއްސަކަށްވެސް ނުފެދޭ.

    26
    2
  17. ޒަމީންމޭ ޑާލޭ

    ގެރިޔާ ވާނީ ގެރިޔާ. އޭނާ ބައްދަލު ނުކުރުމުން ނިޢުމަތެއް އުނި ވަނީތަ؟ ނޫނީ ޕޕމ އާއި ޕނސ އޭނަޔާ ބައްދަލު ކޮށްދޭށޭ ކިޔާ އާދޭސް ކުރަނީތަ.
    ނޫނީ އޭނަޔާ ބައްދަލު ކުރުމަކީ ދުނިޔެއިން ދެވަނަ ފަހަރަށް ނުލިބޭނެފަދަ ނަސީބަކީތަ؟

    21
    1
  18. ދޫނިކޮށި

    މިއަދު އިންޑިއާގެމުސްލިމުންނާ ދޭތެރޭ އެހިންގާ ލާއިންސާނީއިއަމަލް މާދަމާ ދިވެހި މުސްލިމުން އެއަމަލްތައް ތަހައްމަލްކުރަންޖެހޭނެ

    24
    1
  19. ޅޮސްމާއިލް ދަ ޅޮހޭ

    ނެހީ ނެހީ މޯދީޖީ އާފް ހަމާރޭ ޕާރޓީކީ އޮފީސްމޭ ނެހީ އާޔާތޯ ހަމާރީ ދޯނޯ ޕާރޓީ ބީ ބަރުބާދު ހޯޖާއޭގީ ތުމްހާރީ ބަޣައިރު ހަމާރީ ޕާރޓީ އިސް ދުނިޔާމޭ ނެހީ ރަހޭގީ ހަމާރީ ދޯނޯ ޕާރޓީކާބީ ސާނސޭ ބަންދު ހޯޖާއޭގީ އައިސާ މަތުކަރު މޭރޭ ޕިޔާރީ މޯދީޖީ

  20. ރާޅު

    ހަމަ ރަގަޅަށް އެހެދީ ބައްދަލު ކުރާނެ ކަމެއް ނެތް ! ދެ ފާޓީގަ ވެސް 10 މީހުން ހަމަ ނުވާ ޕާޓީ އަކާ ކޮން ބައްދަލު ކުރާ ކަށް ތަ !

  21. ސަރުދާރުޖީ

    މިސްކިތް ތަޅާ މުސްލިމުން މަޜާ ދީނަށްފުރައްސާރަ ކުރާ މީހުނާ ބައްދަލު ނުކުރިކަން ރަގަޅު. ޢެފަދަ ބައަކާ ބައިވެރިވާނީ އޭގެ މީހުން.

  22. ސީލް

    ތީ ވަގުވައްތަރަށް ރާއްޖެއަށް އައިމޯދީއަށް އެހެން ވެގެން ބައްދަލުނުކުރީ ރަނަގަޅު ގޮތަކަށް އައި މޯދީއަށް ނަމަ ރާއްޖޭގެ ހުރިހާ ބްރާންޗަކާ ބައްދަލުކުރާނެ. ތި އެމްޑީޕީ ވައްތަރު މޯޑީއެއް.

  23. މިއަދު

    މޯދީ ބައްދަލުކުރިޕާޓީތަކަށް ވީކޮންމޮޅެއް ނޫންނަމަ މޯދީ ބައްދަލުނުކުރުމުން އިދިކޮޅު ޕާޓީތަކަށް ވީކޮނބްގެއްލުމެއް ޕާޓީތައް އެގޮތުގައި އެއޮތީ މިގައުމުން މޯދީފުރައިގެން އެދިޔައީ އިންޝާﷲ ދުވަހަކުވެސް ތިމޯދީއަކަށް ދިވެހި މިފަސްގަނޑަކަށް ދެންނޭރޭ ނޭރޭނެ