ޕީއެންސީ އަކީ ވޯސްޓް ކޭސް ސިނާރިއޯ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް، ޔާމީންއަށް ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއި ދެކޮޅަށް އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިރޭ ނިންމާލެއްވުމަށްފަހު، ކޯޓު ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި ޕާޓީގެ ޓިކެޓް އަރުވާފައިވާ ރައީސް ޔާމީން ސަލާމަތް ވެގެން ކޯޓުން ނުކުންނާނެ ކަމަށެވެ.

ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ބަލައި، ޕީއެންސީން ކެނޑިޑޭޓަކު ނެރެފައިވާ ކަމަށާއި ނަމަވެސް އެބޭފުޅުންގެ ސްޓޭންޑަކީ ޕީޕީއެމްއިން ކެނޑިޑޭޓަކު ނެރުންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވައި ޖަމީލް ވިދާޅުވީ، 2-3 ގެ ވާހަކަ އެބޭފުޅުންގެ ސިކުނޑީގައި ނެތް ކަމަށެވެ.

"އޮލްޓަނޭޓިވް ޕްލޭނެއް އަތުވެއްޖެއްޔާ ވެސް އަންނާނީ ޕީޕީއެމް އޮލްޓަނޭޓިވް ޕްލޭނަށް. ޕީއެންސީއަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވޯސްޓް ކޭސް ސިނާރިއޯ" ޖަމީލް ވިދާޅުވިއެވެ.

7 ގަޑިއިރަށް ދިގު ދެމިގެން ދިޔަ ޝަރީއަތް މިރޭ ނިންމާލައްވަމުން އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުއުތަސިމް އަދުނާން ވިދާޅުވީ، އަޑުއެހުންތަކަށް ފަހުން، ފަނޑިޔާރުން ބަހުސް ކުރައްވާނެ ކަމަށާއި ބަހުސް ކުރެއްވުމުގެ ތެރެއިން އިތުރު ކަމެއް ސާފު ކުރަން އޮތް ކަމަށްވާނަމަ، އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ، ދެން ޝަރީއަތުގެ މަޖިލީހެއް ބާއްވާނީ މައްސަލަ ނިންމަން ކަމަށް ވެސް އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުއުތަސިމް އަދުނާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަހުދީ

    ބޭނުމަކީ ޕީޕީއެމަށް ކާމިޔާބުވުން. ރ ޔާމީން ފިޔަވައި ދެން އެންމެ ތާއީދު ބޮޑުކަމަށް ފެންނަ ބޭފުޅަކީ މުއިއްޒު. ޕްލޭން ބީ ސީ އަށް ނުބަލައި ޔާމީނަށް ފުރުސަތ ނުލިބިއއޖެނަމަ މުއިއްޒަށް ފުރުސަތު ލިބި ޣައްސާނު ރަނިންމޭޓް ކަމުގައި ވެއްޖެނަމަ އިބޫ ބަލިކުރެވިދާނެ. ޕއެންސީއެއްނޫން މުހިއްމީ. ތާއީދު އޮތް ބޭފުޅަކު މުހިއްމީ. ފަސާދަތައް އަޑު އަހައި ސަޕޯޓަރުން މާޔޫސް ނުކުރައްވާ. ރ ޔާމީން އެއީ ޕްލޭން އޭ. އެކަން ކާމިޔާބުތޯ ދުއާކުރައްވާ

  2. ޕެއާރ

    ބުނަން. ޔާމީނަށް ނޭރެވިއްޖެއްޔާ ރައްޔިތުން ބޭނުންވަނީ މުއިއްޒު. އެތެރޭން ކޮންމެ ކޮންމެ ކެނޑިޑޭޓެއް ޕުޝް ކުރިޔަކަށް ތައްޔިތުންގެ ޕޮޕިއުލޭރިޓީ ނެތިއްޔާ ކޮން ވޯޓެއްތަ ލިބޭނީ. މަ ހަމަ ގައިމުވެސް ވޯޓެއް ނުދޭނަން ޖަމީލަކަށް.

  3. ގޯޔާ

    މުއިއްޒު އާއި އެކީ ކުރިއަށް ދޭބަލަ

  4. ލޮލް

    ޕީޕީއެމާއި ޕީއެންސީއަކީ އުޅެފައި ނޫޅޭނެ ގޮތެއް ނޭނގިގެން ތެޅޭ ބައިގަނޑެއް. އެއީ ޔާމީނުގެ އަޅުކުދިން. ދެޕާޓީގެ ހުރިހާ ގޮތްޕަކާއި ސެނެޓަކީވެސް ޔާމީނު. އެކަމަކުވެސް ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ޕާޓީހިންގާ ކަމަށް ވަކާލާތުކުރަނީ. ޑިމޮކުރަސީ ދައްކަން ޑުރާމާކުޅެނީ. މިހާރު މުއިއްޒު ފަކީރު އެހެރީ އެހެލާފައި. ޕާޓީކުދިން ޔާމީނުގެ މޮޅު ބުއްދިއަށް އަތްޖަހަނީ އޭނާ ދައުލަތުން ނަގާފައި ހުރި ލާރިގަނޑު ނުފެންނަހާ ބާރަށް. ކަލޭމެން އެމްޕީޕީއެންސީ ކުދިން އަޅެ ވެއްޖެއެއްނު ޔާމީނުގެ ސިކުނޑިން ނުވިސްނާ މާތްކަލާނގެ ކަލޭމެންނަށް ދެއްވި ސިކުނޑިން އަމިއްލައަށް ވިސްނާލަން.

  5. ފެއްނު

    މުޅި ބަހުސުން އެގިގެން ދިޔައީ ޖަލުގައި އޮވެގެންވެސް ވެރިކަން ކުރަން ހިފާފައިވާ މިންވަރު. ވަޒީފާ އަކަށް ކުރިމަތިނުލެވޭ ދަށު ކޯޓެއްގެ ހުކުމެއް އޮވެއްޖެނަމަ. ނަމަވެސް ދޫނި ރާއްޖޭގައި ރޖ ކަމަށް ކުރިމަތިލެވޭނެ ކަމަށް ދައުވާ ކޮށް ސާބިތުކޮށް ދޭން މިއުޅެނީ. ކީ ކޭ ބުނާނީ؟ އަދި ބުނީ ވެރިކަން ލިބުމުން ޖަލުގައި އޮވެގެން ވެރިކަންކުރާނީ. މި ވެގެންދާނީ މި ރާއްޖެ ގިނެސް ވާރލްޑް ބުކް އޮފް ރެކޯރޑްސް އަށް އަރާނެ ފަހަރެއް ކަމަށް. ވަރީގެ ރެކޯރޑާއި ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ރޖ ކަމަށް ހޮވާ ފުރަތަމަ ގަައުމުކަމަށްވުން ގާތީ. އަދި ވެދާނެ ގޮތަކުން ނައިބު ރައީސް ވެސް ޖަލުގައި އޮވެދާނެ. ދެން ހުންނާނީ މަޖިލިސްގެ ރައީސް. މީނާވެސް މި 3 މީހުންވެސް ޖަލުގައި އޮވެދާނެ. ބަލަގަ މިހާުރު މިމީހާ ކުރި ވަށްކަމެއް، ވީ ޚިޔާނާތެއް، އަނިޔާއެއް ނެތް. ހުދު ކާފޫރު. މީ ކޮންކަހަލަ ރައްޔިތެއް އުޅޭ ގައުމެއް ބާ؟

  6. ދިރާސާ

    ތިހުރިހާ ސަކަރާތެއް ނުޖަހައި މުއިޒުއަށް ނޫނީ ގައްސާން އަށް ޓިކެޓް ދީ އަވަހަށް ކެންޕެއިން ފަށަންވީނު... ކޮންމެ މީހަކު ހޮވުނަސް ހަމަސް ފަހުން ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ކޯޓުތަކަށް އަތް ބާނައިގެން ޔާމިނު މިނިވަން ކުރީމައި ނިމުނީނު... ޔާމިނު އެ ދައްކަވަނީ މީހުން ދައްކާ ވާހަކަ އަޑު ނާހައި ބޯކޮށް ލާރި ހޯދަން އުޅުމުގެ ނަތީޖާ..

  7. ޗުކި އާދަނު

    ތިވިސްނުން ދުކޮށް އެއްބައިވާންވީ ޗޯރުން އެބަބަލާ ދަޑިވަޅަ