ރާއްޖޭގައި ހުތުރު އެއްޗިހި ކިޔާ މީހުންގެ ތެރޭގައި ދީނީ މީހުން ހިމެނުމަކީ ދީނާ ދުރަށް މީހުން ހިނގައިދާނެ ސަބަބެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒާއި ދިމާލަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ފާޑު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލް ވިދާޅުވީ ކީރިތި ރަސޫލާގެ ހަދީޘް ފުޅެއްގައި ވަނީ "މުސްލިމުންގެ ސިފަޔަކީ ތިމާގެ ދުލާއިއަތުން އަނެއް މުސްލިމާއަށް ރައްކާތެރިކަން ލިބިގަތުން." ކަމަށެވެ.

ރާއްޖޭގައި އެންމެ ހުތުރުކޮށް މީސްމީހުންނަށް އެއްޗެހި ކިޔާމީހުންގެ ތެރޭގައި ދީނީ މީހުން ހިމެނޭކަމީ ދީނާ ދުރަށް މީހުން ހިނގައި ދާނެ ސަބަބަކަށް ވެދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ވަރަށް ނުބައި ނަތީޖާ ނިކުމެދާނެ ކަމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ސިޔާސީ ދާއިރާއަށް ނުކުތީ އަދާލަތު ޕާޓީގެ ހާލީގައި އޮވެގެން ކަމަށެވެ. އޭރުވެސް މުއިއްޒު ދިޔައީ އަދާލަތުން ކުރަމުންދިޔަ ހުރިހާ ކަމަކާއި ދެކޮޅު ހަދަމުން ކަމަށް އިމްރާން ވިދާޅުވިއެވެ.

"މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގައި އޮވެ ކައިގެން. އަޅުގަނޑުމެން ކާންބޯން ދީގެން." އިމްރާން ވިދާޅުވިއެވެ.

ވެރިކަން ބަދަލުވެގެން މަޤާމުތައް ބަހަންޖެހުމުން މުއިއްޒު އޭނަގެ ކައިރިޔަށް އައިސް "ކުޑަކުއްޖަކު މަންމަ ކައިރީ ރޯހެން" ރުއި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި އޭނާގެ ލަގޮނޑިއަށް ކެތް ނުކުރެވިގެން މުއިއްޒުއަށް މަޤާމެއް ދެއްވީ ކަމަށާއި ޕީޕީއެމް ސަރުކާރެއް އައުމުން އަދާލަތު ދޫކޮށްދިޔައިރު އަންގާވެސް ނުލާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ް11111

    ވާހަކަ ރަނގަޅު. އެކަމކު މީގެ މައްސަލައަކީ ތަނަކުން އެއްޗެއް ކިޔަވައިގެން މީހަކު އަންނަ އިރަށް އެއީ އަދި ދީނީ ޢިލްމު ރިއަކަށްވީކަންވެސް ނޭގޭ ބަޔަކު އުޅޭތީ. އެކަން ނޭގިތިބެމެ މި ބުނި އަގީދާ ފަސާދާވެފައިތިބޭ ބަޔަކާ ދިމާލަށް އިލްމު ެރިންނޭ ޝޭޙުންނޭ ކިޔާ މިހާތަބުކޮށް އުޅޭ އުން.

    27
    1
    • ކިއުންތެރިއެއް

      ޢިމްރާނަކީ ދީނީ އިލްމުވެރިއެއް ނޫން

  2. ދެފޫދޯރި

    ބަލަގަ ކަލޭ އަވަގުރާނަ ގޮވާ، ދީނީ މީހުންނާ ޖެހިގަތަސް އޯކޭ! ދީނީ މީހުން ޖެހުނީމަ މައްސަލައަކީ! ކަލެއަށް ބާވައި ލެއްވީ ބައިބަލް ދެއްތޯ! ދީނީ މީހުން ޖެހޭނީ ޤުރްއާން ކިޔަވަން؟ ކަލޭ ގީބަ ބުނަން އޯކޭ؟؟ ކަލޭ ބަކަރި ހުއި ހައްޕާ މީހުންނޭ ކިޔާފަ މަލާމަތްކުރަން އޯކޭ؟ ކަލޭ ޕޯޑިޔަމަށް އަރާފަ ހޯއްގޮވަން އޯކޭ! އެހެން މީހުން އެހެން ހެދީމަ ކަޑަވަނީ؟؟

    8
    19
  3. ޗަގޯސް

    މަކްރަޖުން ވާހަކަ ދައްކަން ކަމު ނުދާ މީހުން، މާ މަކްރަޖްވެގެން އުޅުނީމަ ތަޖްވީދަަށް ކިޔަވަން މީހުން ފޫހިވޭ.

  4. ށަހީމް

    ބަލަ ޝަހީމް ކެމްޕެއިން ޖަލްސާތަކަށްއަރާ ފާޑުފާޑުއެއްޗިހި ގޮވިއިރު ތިބޭފުޅާޔަށް ހަމަ ހީވެސްނުވޭދޯ؟ ހީހީ ހަލާކުވެދާނެ ބަޔަކު

    5
    16
  5. ތުން ތުން

    ޢޭގެ ވާގޮތަކީ އަހަރުން ކުރީމަ އޯކޭވެފަ، ކަލޭމެން ކޮށްފީޔާ ގޯސްވީ، 🤣🤭

    4
    11
  6. ތެދު

    ޖަމީލުމެން ކޮންމެއެއްޗެއް މީސްމީހުންނަށް ކިޔަސް ރަނގަޅު ދެއްތޯ؟ މިކޮމެންޓް ޖަހަން ވަގުތުނޫހަށް ކެރޭނެބާ!

    5
    13
  7. ދޮންބެ

    ކެނޑިޑެސީ އަކީ ޖަލުގައި ހުރި މީހަކަށް ލިބޭނެ އެއްޗެއް ނޫންކަން ބޮނޑިބަތް މުނާފިޤު ޖަމީލަށް ހަމަނޭނގެނީ ބާ! ނޫނީ ފިތުން އުފައްދަން ކުޅުނު ކުޅިގަނޑެއްބާ! މިވަރު މުނާފިޤެއް މިގައުމަކު ނެތް.

  8. ނިޝާ

    ދީނީމީހުން ދޮގެއް ނުހަދާނެ. ކޮބާތޯ އިމްރާނު އަތުގައި ހުރި ކިތާބީ ހެކިތައް؟ ކޮބައިތޯ އޭރު އެމް.ޑީ.ޕީ ސަރުކާރަށް ގޮވިހާ އެއްޗެހި. މިހާރު މުއިޒުގައިގަ އަޅައިގަނެގެން ނުނެއްޓެވިގެން މިއުޅެނީ މަގާމު ގެއްލޭތަން ފެންނާތީ. މާރިޔާވެސް ނުނެއްޓެވިގެން މިއުޅެނީ ހިތަށްކުރާ އަސަރެއްގެ ބޮޑުކަމުން.

  9. Anonymous

    ޖަމީލަކީ އިސްލާމެއްނޫންތަ؟ ޖަމީގެ ކިބައިން އަހަރުމެންނައް ފެންނަނީ މުނާފިގުންގެ އަލާމާތްތަ.ޖަމީލަކީ ގިނައިން މީޑިއާ ތަކައް އަރާ ވަރައް ގިނަވާހަކަ ދައްކާމީ ހެއް. ޖަމީލު ހެދުނު ޔާމީނައް ވަގައް ގޮވިއްޔާމު މެންދުރު ފެންނާނެ ޔާމީނު ގެ ދިފާއުގައި ވަކާލާތު ކުރަން ޚޯޓައް ގޮސްހުންނަ ތަން×. ކަޑަ އެޅިގެން ދޮގު ހަދާކަން ސާބިތު ވާމީހަކު ފަޑިޔާރުގޭގައި ވަކާލާތު ކުރަން ފުރުސަތު ދެވެންވީކީއްވެތޯ ސުވާލު އުފެދޭ.