ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ހައްލަކީ އިހްތިޖާޖު ކުރުން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ވ.އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކުރި ނަމަވެސް ޖަލު ހުކުމް ހައިކޯޓުން ފަސްކޮށެއް ނުދެއެވެ.

އެކަމާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަނިޔާވެރި ސަރުކާރުން ރައީސް ޔާމީނު ގެއަށް ބަދަލު ކުރުމަށް އަދި އެއްވެސް މަސައްކަތެއް ނުވަތަ އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އަދި ޕީޕީއެމްގެ ބަދަހި ސަފުގެ ފަހުލަވާނުން ހުއްޓުމެއް ނެތި އިޙްތިޖާޖް ވަރުގަދަ ކޮށް އެމަނިކުފާމަށް ދެމުންގެންދާ ލާއިންސާނީ އަދަބާ، އަނިޔާއާ ދެކޮޅަށް އާ ހިތްވަރެއް ނެރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޔާމީންގެ ޖަލު ހުކުމް ފަސްކުރަން އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އެދިވަޑައިގެންނެވީ މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން ފަސްކުރަން ހައިކޯޓުންނާއި އަދި ސުޕްރީމް ކޯޓުން ވެސް އަމުރު ކޮށްފައި އޮތުމުންނެވެ.

މިއަދު ހައިކޯޓުން ނެރުނު އަމުރުގައި ވިދާޅުވީ މީގެ ކުރިން ޖިނާއީ މައްސަލަތަކުގައި ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެފައިވީނަމަވެސް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ރައީސް ޔާމީން މައްސަލައިގެ އަލީގައި ޖިނާއީ މައްސަލަތަކުގައި ދަށު މަރުހަލާގެ ކޯޓަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްނުކުރެވޭނެ ކަމީ މިހާރު އިސްތިގުރާރުވެފައިވާ ހަމައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފަޅުހެދުން

    މިވަގުތަކީ އިހްތިޖާޖުކުރަން މަގުމަތީ ދެމެންވީ ވަގުތެއް ނޫން މިވަގުތުވީ ވޯޓުހޯދާ ރިޔާސީ އިންތިޚާބު ކުރަން އެއަށް ފަހު ޔާމީނު ދޫކޮށްލެވޭނެ

  2. ކުޑަ ހުއްތު

    ދެބަ އޮޑުވަން ނަމްބަރު ވަން! ވަކާލާތު ކުރަން ޒީރޯ

  3. ލާމު

    ހާދަ އަވަހަކަށް ތިޔަ ވަރުބަލިވީ. އަހަރެމެން ހީކުރީ ގަދަބަސް ބުނާހާވަރު ގައިގައި ހުންނާނެ ކަމަށް.

  4. ޙާލު

    ހައްލަކީ އުމަރު. އިހްތިޖާޖް ނުކުރައްވާ. ހުކުމާއި އެއްގޮތަށް އަމަލު ކުރައްވާ! ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޖެހުނު އލިފާނުގެ ފައިސާ އނބުރާ ދެއްވާ! އިސާހިތަކުން ކަންކަން ރަގަޅުވެ 11 އަހަރުގެ ހުކުމް މައާފުވެ ގެއަށް ދުރުވެވޭނެ. އުއްމީސު ކަނޑާ ނުލައްވާ! ޖަމީލް ވެސް ބޭނުންވަނީ ޔާން ޖަލުގަބަހައްޓަށް

  5. Anonymous

    ވެރިކަން ގެއްލި ބާރުތައް ނެތިދިޔައިމާ ޔާމީނެކޭ ފަށްކަނޑާ ޓައްކަލިޓުކުރާއެކޭ ތަފާތެއް ނުވާނެ. އާޚިރުގައި ޖަމީލު ވެސް ދާނީ ޔާމީނާ ފެޔަށް.

  6. ކަދުރޭ

    އެއްވެސް ތަނެއްގައި ލައްވާނުލާ ބޮޑިބަތްޖަމީލު ބޭކާރު އަގަތެޅުން ނޫން ކަމެއްއްނޯވޭ.މިލި އަންޑޮލަރުން ވައްކަން ކުރާމީހުން ޖަލުން ނެރެގެން ގެނެސް ގޭ ބޭތިއްބުމަކީ ގައުމީ މަސްލަހަތައް ހުރި ބޮޑުނުރައްކަލެއް. ޖަމީލު ތަ އެވަރުވސް ނޭގެނީ ތަ