އިންޑިއާގެ ކޮޗިން އާއި ދިވެހި ރާއްޖެއާއި ދެމެދު ފެރީގެ ނިޒާމުން ގުޅާލުމުން،ބޮޑެތި މުޖުރިމުން ރާއްޖެ އަންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ޝިޔާމް ޖެހި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހާރުވެސް ރާއްޖޭގައި ބިދޭސިން ގިނަވެ މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންސާނުން ވަގަށް ނެގުމައި މަސްތުވާތަކެތި އެތެރެކުރަން އިތުރު ދޮރުތަކެއް ވެސް ހުޅުވިގެން ގޮސްފާނެކަމަށް މާނަ ދޭހަވާ ގޮތަށް ވެސް ޝިޔާމް ކޮންބޮޑުވުންފާޅު ކުރައްވާފައިވެއެވެ.

" މިކަމުގެ ސަބަބުން ރާއްޖެއަށް އިންޑިއާއިން އަންނަ ޢިލްމެއް ނެތް މީހުންނާއި މަސައްކަތު މީހުންނާއި ބޮޑެތި މުޖުރިމުން އަންނާނެ މިއެއްބަސްވުމަށްފަހު، އަޅުގަނޑުމެން ހިއުމަން ޓްރެފިކިންގެ ވާހަކައެއް، ޑްރަގް ޓްރެފިކިން ގެ ވާހަކައެއް އަދި ހިއުމަން ރައިޓްސްގެ ވާހަކައެއް ދައްކާނެ ކަމެއް ނެތް" ޝިއާމް ވިދާޅުވިއެވެ.

ޝިއާމް ވިދާޅުވީ މިއީ މިފަސްގަނޑުގައި އަވަށްޓެރި ބީރަށްޓެހި މުޖުތަމައެއް އުފަން ކުރަން ކޮށޭނެ އެންމެ ތަނަވަސް މަގު ކަމަށެވެ.

ރާއްޖެއާއި ކޮޗިން، ޕެސިންޖަރ ކާގޯ ފެރީއަކުން ގުޅާލުމާއި ގުޅޭ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަން އިއުލާނުކޮށްފައި ވަނީ ސަރުކާރުގެ ފަރާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމިގިލީ މީހާ

    މަސްތުވާތަކެތި އެތެރެ ކުރާން ހުޅުވާލާ ދޮރެއް ތީ.

    30
    2
  2. އ. ޖ. އ

    ބްރިޖު ހަދަން އައި މީހުން ހިމާޔަތް ކޮށްފައިވާ މަސްތައް ބޭނީ

    4
    21
  3. މޫސާ

    މިހާރުވެސް މިރާއްޖެއަށް އެންމެ ގިނައިން ޑްރަގް އެތެރެ ކުރަނީ އިންޑިޔާގެ ލަކުޑި ބޯޓުތަކުން.
    ތިޔަ ފެރީތަކުން އެތެރެ ކުރާވަރު އޭރުން އިތުރުވާނެ.

    16
  4. ބޮއްކޮނި

    ކަލޭމެންނަށް ވުރެން ވަކި ބޮޑު މުޖްރިމުންތަކެއް އުޅޭނެތަ؟ ސަބަބަކާ ނުލާ އެތައް ބައެއްގެ ފުރާނަ ނުދެނެތިއްބާ ގޮއްވާލާމީހުންނަކީ ތިއީ އެއް ނޫންތަ؟

    4
    11
  5. ބާބޫޖީ

    ތިޔަކަހަލަ އެއްބަސް ވުންތަކުގާ ކިތަންމެ ރީތިކޮށްވެސް މީގެ ކުރިން ވަނީ ސޮއިކޮށްފާ. ނުވާނެ ތިކަމެއް.

    9
    1
  6. ދަތްދޫނި

    މިކަހަލަ މީހުންގެ އަމިއްލަ ޖީބުތަކަށް ބަރު ނުވަންޏާމު މިވެރިންނަކަށް އިހުސާސް އެއް ނުވާނެ ޤައުމަށް ވާނެ ލިބޭނެ ފައިދާތަކެއް. މިކަހަލަ މީހުން ބޭނުންވާނީ ހަލާލެއް ހަރާމެއް ނުބަލާ އަމިއްލަ ޖީބުތައް ފުރޭތޯ ! ނިމިދިޔަ ސަރުކާރުން މިވެރިންނަށް މިހިރަ މިހިރަ ކަންކަން ކުރާނެގޮތް ވަނީ ދަސްކޮއްދީފައި.

  7. އ. ޖ. އ

    ކޮންމެ ކަމެއްގައި ވެސް ގޯހާ ރަނގަޅު ހުންނާނެ... ބުރިޖު ހެދުމުން ވެސް ވާ ގެއްލުން އެބަހުރި

    2
    3
  8. ޖަވާހިރު

    ޢެންމެ ފުރަތަމަ ފެރީން ވެސް މުޖުރިމުން ގެންނަން ދޯ ކަލޭގެ ހިތުގައި އޮތީ. ލަކޭ މިހާރު ދައުވަތު ދީފިން ދޯ އެ މުޖުރިމުންނަށް.ކަލޭ ތިއީ ވވވ މަކަރުވެރި މީހެއް.

    1
    1
  9. އަލްޖިބްރާ

    މީގެކުރިންވެސް ތިކަހަލަ ބޮޑެތި މުޖްރިމުން ރާއްޖެ އައުމާއި ޑްރަގް އެތެރެ ކުރަނީ ވައިގެ މަގުން ނާއި ކަޑުމަގުން ! އެމަގުތަށް ބަންދު ކުރަންވީނު ؟ އަގައެއް އޮތީމަ އަގަގަޅަން ވީކީނޫން ! އެންމެ ގިނަ މުޖްރިމުން ނާއި ޑްރަގް އެތެރެ ކޮށްފައިވަނީ ކަލޭމެންގެ ވެރި ކަމުގައި! މިހާރު ތިތަޅަނީ ކޮންއަގައެއް ؟