ސަރުކާރުން ޕީޕީއެމް-ޕީއެންސީ ސަޕޯޓަރުން މާޔޫސްކުރަން މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ "އަދަދު" ނޫހުގައި ރައީސް ޔާމީން، މުއިއްޒަށް ފާޑުވިދާޅުވި ކަމަށް ބުނެ ލިޔެފައިވާ ވާހަކަތަކާއި ގުޅޭގޮތުން ކުރެެއްވި ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ ކިތައްމެ ވަރަކަށް ސަރުކާރުން ބޭނުންވެގެން ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން މާޔޫސްކުރަން މަސައްކަތްކުރިޔަސް އެކަމެއް ނުވާނެ ކަމަށެވެ.

"މިތިބީ ރައީސް ޔާމީނަށް ރައީސް ސޯލިހް މިކުރާ އަނިޔާ ސެޕްޓެމްބަރު 9 ގައި ނިންމާ ޑރ. މުއިއްޒު އިންތިހާބުކޮށް ރައީސް ޔާމީން މިނިވަންކުރަން . މިބަދަހިކަން ރޫޅާނުލެވޭނެ." ޝިޔާމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ބުދަ ދުވަހު ހައިކޯޓުގެ ޝަރީއަތައް ފަހު ކޯޓުގައި ޕީޕީއެމްގެ ބައެއް ބޭފުޅުންނާއި ވާހަކަދައްކަވަމުން "މުއިއްޒު އެ ޖަހަނީ އަމިއްލަ ފަޔަށް ބަޑި" ކަމަށް ވިދާޅުވި ކަމަށް "އަދަދު" ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.ނަމަވެސް ރައީސް ޔާމީން ޖަލުގައި ހުކުމް ތަންފީޒު ކުރައްވަން ހުންނަވާއިރު އޮންލައިން ނޫސްތައް ވިދާޅުވުމުގެ ފުރުސަތެއް ލިބިވަޑައެއް ވެސް ނުގަންނަވައެވެ.

ރައީސް ޔާމީން އާއި ޑރ.މުއިއްޒުގެ ގުޅުން ގޯސް ކަމަށް ސަރުކާރަށް ތާއިދުކުރާ ބައެއް މީޑިއާތަކުން ބުނި ނަމަވެސް "ވަގުތު" އަށް އެނގިފައިވާ ގޮތުގައި އިންތިހާބު ބޮއިކޮޓް ކުރަން ބޭނުން ނުވާކަމަށް ޕީޕީއެމްގެ ސެނެޓުން ނިންމުމުން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ޑރ.މުއިއްޒުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ޑރ.މުއިއްޒަށް ދަންނަވައި ދެއްވުމަށް ރައީސް ޔާމީން ވަކީލުންގެ އަރިހުގައި ވިދާޅުވިއެވެ.

ޑރ.މުއިއްޒު ވެސް އަންނަނީ ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމީން މިނިވަން ކުރެއްވުން ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޕޮޕްކޯން

    ތިޔަ ކަން ހުއްޓާކަން ނުވޭތަ. ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭބައެއްތަ މީ އަޅެފަހެ އިންސާނަކު ހޭބަލަވެދާނެ މިިމީހުން މިއުޅޭ ވައްތަރަކުން. ކޮންމެ އެއްޗެއް ކިޔަސް މިފަހަރު އިންޝާﷲ އެއް ބުރުން މުއިއްޒު. އަހރުމެންގެ އަޒުމެއް އިރާދަކުރެއް ވިއްޔާ ނުގުޑާނެ. ހައްގަށް ނަސްރު ލިބޭނެ.

    16
    2
  2. ނަށާ

    އެ ބައިގަނޑު އެއުޅެނީ އެ ހޮޓަލުގަ ގެނގުޅޭ ދީނީމީހާގެ ވާހަކަ އޮއްބާލަން.ވެގެން. . ދައްކާނެ މާމޮޅުވާހަކައެއް. އަންނި އަށް ބޮންގޮއްވި ވާހަކައާ ފޕއޑގެ ވާހަކަ ދައްކަބަލަ، ﷲ ދެނެވޮޑިގެންވާނީ . ޔކ ގަ އެލާރިން ކިޔެވި އެއްޗެއް. ބަހުރުވަޔާ ފެންވަރު ހަމަ ގައިމުވެސް ސުމެއް.

    5
    1
  3. އޭނައޮތީ ގޮޅީގަ

    ޔާމިނު ދުވަހަކު ސަޕޯޓެއްނުދިނަސް ޕީޕީއެމް އާއި އެކު ރައްޔިތުން މިތިބީ މުއީޒު ހޮވަން

  4. ސުލްތާން

    މުއިއްޒުއަކީ ދުނިޔޭގަ އާއި ރާއްޖޭގަ ނެތްވަރު މާވަހަރަކަށް ހަދައިގެންވެސް ހުޝާމަތު ކުރަންމުން ގޮސް މިނިސްޓަރުކަންލިބޭތޯ ބަލަމާ. ދިގު މުއްދަތުގައި އަމިއްލަ މުދަލުން ހަގީގީ ޚިދުމަތާއި އެހީ ރައްޔިތުންނަށް ދީފައިވަނީ ގާސިމް ކަން ލޯއަނދިރި ބީރު މަންމަން ބަޔަކަށް ނޭނގޭނެ. ޕީއެޗްޑީ އިން ޑޮކްޓަރިޒަމް ހެދިޔަސް ހަގީގަތް ސާފުނުވާ މީހުން އެބައުޅޭ. ގާސިމް އިބްރާހިމްގެ ދީލަތިއޭގަ ކިޔަވާފައައިސްވެސް ހައްގުން އެއްކިބާވެ ވާހަކަ ދައްކަން ބޭނުންވޭ މިނިސްޓަރުކަން ލިބޭތޯ. ސާބަސް.

    1
    3
  5. ހުނާޒް

    ދަޅަދައްކައިގެން ވެރިކަމަށް އާދެވިދާނެއެވެ. އެކަމަކު މުއިއްޒުއަށް ޕާފޯމް ކުރެވޭނެތޯ މި ހާލަތުގަ. ދެން އަނެއް ފަސް އަހަރު ރައްޔިތުންނާއި ގައުނު ގަނަތެޅި ހަލާކުވާންނޫންތޯ ޖެހޭނީ. މިހާލަތާއި އެންމެ އެކަށީގެންވާ
    އެކުސްޕޯޝާ ހުރީ ގާސިމް އިބްރާހީމްގެ ކިބާގައިކަން ތާރީޚް ބަލާލީމަ އެނގިގެންދާނެ. މުއިއްޒު އަވަހަށް ގާސިމް އިބްރާހީމްގެ ފަހަތައް އަރުއްވާ ގައުމު އޮޔާދެވުނާނުދިނުމަށް ނަސޭހަތްތެެރިވަން.

    1
    5
  6. ދދދ

    2023 ޕީޕީއެމް

    6
    2
    • ސަރީ

      2023 ޖުމްހޫރީ ޕާޓީ.. ޕީޕީއެމްއަކީ ފޭލިޔާއެއް.. ވެރިން ދިނީމަ ރާއްޖޭގައި ހިނގި ބޮޑު ކޮރަޕްޝަނާއި ވައްކަން ހިންގީ ޔާމީނު ވެރިޔަކަށް ހުރެ. ކޮރަޕްޝަން އުތުރި އަރައިގެން ސަލާމަތް ނުވެގެން ރައްޔިތުން 2018 ގަ ކޯލިޝަނަށް ދިނީ. އެމްޑީޕީއިން ވިއްކާލީ މިނިވަންކަން. މިއީ ފެއިލްވެގަ ހުރި ދެ ޕާޓީ. ދެން ދޭންވީ ޖުންހޫރީ ޕާޓީއަށް.

      1
      3
  7. ޝާނީ

    ހަމަ ބުންޏޭ ބުންޏޭ އިނގޭތޯ. ޔާމީނުއަށަ ތާއީދު ކުރިޔަސް މުއިއްޒުއަކަށް ތާއީދެއް ކުރެވޭކަށެއް ނެތް. އެއީ މިއަދުގެ ހާލަތަށް އެކަށީގެންވާ ތަޖުރިބާ އަދި އެކުސްޕޯޝާހުރި މީހެއްނޫން. ޕީޕީއެމް އިން ރައީސް ވަހީދު ފަދަބޭފުޅަކު ނެރުއްވިނަމަ ތާއީދުކުރަން ފަސޭހަވީސް. ދަޅަދައްކައިގެން ނިކުންނަ ކެންޑިޑޭޓަކަށެއް ޔާމީނު ބުންޏަސް ތާއިދެއް ނުކުރާނަން. ޔާމީނަށްވުރެ ގައުމުގެ ހާލަތު އަދި ކުރިމަގު މުހިންމު. ޔާމީނަކީވެސް މިއަދުގެ ދަރަނި އުފެއްދުމުގައި ހިއްސާވިމީހެއް. މިނިސްޓަރުންނަށް ކޮރަޕްޓް މީހުން ލައިގެންގޮސް ތިމާ ކަރުގަ މަޅިއެޅުނީ ޔާމީނުގެ ވިސްނުންކޮށިކަމުން. ދެނެއް ޔާމީނަކަށްވެސް ފުރިސަތެއް ރައްޔިތުންދޭނެ ކަމެއް ނެތް. ޖަލުގަ އޮވެ ހައްގު އަދަބުއާއި ހުކުން ތަންފީޒުކުރޭ.

    1
    4
  8. ޑޮލަރު

    ހުކުމް ކުރިދުވަހު، ތަޅާފޮޅީ ކޯލިޝަން ޖަގަހައިގެ ބޭރުގަ ؟

  9. ޗަގޯސް

    ތޮޔޮ މިނިސްޓަރު ކަން ރަނަގަޅު، ހޮޅިވިއްޔަ އަޅަނީ، ގޭސް ވެސް ރަޝިޔާއިން ސީދާ ހޮޅި. ޕޭމަންޓް މަތިން ދުއްވާ ގޮތަށް.

  10. ފާޒް

    މުއިއްޒު ވާށާ މާބުރުތަކެއްހެން އެނބުރޭތަން އެފެންނަ މޫނުތަކަކީ ސިއްދީގުންގެ މޫނުތަކެއް ނޫނެވެ. އެއީ މައުސޫމު މޫނުތަކެއް ނޫނެވެ. ކަރަޕްޝަން ބަލައިފިއްޔާ މިއިން އެކަކުވެސް ސަހަލެއް ނޫނެވެ. ޔާމީނަކީ ހަމަ ކަރަޕްޓު ސަރުކާރެއް ހިންގިމީގެއް. މިއަދު މައުސޫމަކަށްވާން ދަޅަ ދެއްކޭތޯ ބަލަނީ ސާބިތުވެފަ ހުރި ކަންކަން ބޮލާލާޖަހަން. ޕީޕީއެމް އާއި އެމްޑީޕީ ވަނީ ފޭލް ވެފަ. ތިންވަން ވިސްނުމެއް ހޯދަންޖެހޭ. އެއީ ޖުމްހޫރީ ޕާޓީގެ ވިސްނުން.

    1
    2
  11. ސީލް

    އެމްޑީޕީއާއި ޕީޕީއެމް ސަރުކާރުތަށްވަނީ ފެއިލްވެފަ. ރައްޔިތުން މިއަދު އެދެނީ އަދި ގައުމު އެދެނީ ދަރަނިން އަރައިގަންނާނެ ގޮތް ދައްކާނެ ތިންވަނަ ވިސްނުމެއް. އެއީ ޖުމްހޫރީ ޕާޓީގެ އޮނަރަބަލް ގާސިމް އިބްރާހިމްގެ ހިކުމަތްތެރި ހަރުދަނާ މާލީ ވިސްނުން.