މާލޭ މަގުމަތިން ޒުވާން އަންހެނަކާއި ފޮށުނު މެދު އުމުރުގެ ފިރިހެނެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އިއްޔެ ޓްވިޓާގައި އާއްމުވެފައިވާ ވީޑިއޯ އަކުން ފެންނަނީ ބަލާބެލުމަށް މެދު އުމުރުގެ މީހެއް ކަމަށް ބެލެވޭ ފިރިހެނަކު އަންހެން މީހާ އާއި ދިމާއަށް ފޯނު ދިމާކޮށްގެން އިނދައެވެ.

އަންހެން މީހާ ކުރި ޓްވީޓެއްގައި ބުނީ އޭނާގެ އުމުރުގައި މިހާތަނަށް މިވަރަށް ފުރައްސާރަކޮށްފައި ނުވާ ކަމަށެވެ.

އޭނާ ބުނާ ގޮތުގައި އޭޑީކޭ އިން ފެށިގެން ސްކޫޕާ ހަމައަށް އޭނާ އަށް ފުރައްސާރަކޮށް ފޮށެމުން އުމުރުން ދުވަސްވީ މީހާ އައެވެ.

އަހަރެންގެ ކާފަ އުމުރުގެ މީހަކު ފަހަތު ހިނގާފައި އައި. "އޭނާ ބުނަމުން ދިޔައީ "ހާދަހަ***ބޭނުމޭ. އަރާމުވާނެއޭ." ޓްވީޓްގައި ވެއެވެ.

"ހިނގާފައި އުޅޭ ކޮންމެ ފަހަރަކު، ފިހާރައަށް ދިޔަޔަސް، ނޫނީ އެހެން ތަނަކަށް ދިޔަޔަސް، ފޮށުމާ ކުރިމަތިވޭ. އަހަރުމެން ގިނަ އަންހެން ކުދިންނަށް އެކަން ދިމާވޭ. އެކަމަކު ދުވަހަކުވެސް މިވަރެއް ނުވޭ. އެންމެ ފަހުން މަގު މެދުގައި ހުރެ އަހަންނަށް ރޮވޭ ވަރުވި. ގިނަ ބަޔަކު މަޑުކޮށްގެން ތިބި ބަލަން. އެކަމަކު އެކަކުވެސް އެހީއެއް ނުވޭ." އޭނާ ބުންޏެވެ.

ޒުވާނާގެ ވީޑިއޯ އާއްމުވުމުން ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާގެ މައްސަލަ ބެލުމަށް ޓްވިޓާގައި ގޮވާލަމުންނެވެ.

މާލޭގެ މަގުމަތިން އަންހެނުންނާއި ފޮށުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް އެފަދަ ކަންތައް ކުރާ މީހުންގެ މައްސަލަ ބަލާ، އެފަދަ މީހުންނަށް އަދަބު ދިނުމަށް ކަމާބެހޭ އިދާރާތަކުން އެއްވެސް މަސައްކަތެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. ޢަލީ

    އަހަރެމެން އަންހެންކުދިންނޭ ބުނާއިރު ތިޔަބައިމީހުނާހެދި އަންހެނުން ނަށްވެސްލަދު މަނުބުނަން އޭނަކުރޮކަންތަށް ރަނގަޅެކޭ އެކަމު މާލޭމަގުމަތިހީވަނީ ފަރަންޖީ ހާނާއެއްހެން ޓީވީގަދައްކާ ކާފަރުން ހެދުންއަޅާގޮތައް ހެދުންލައިގެން އޮރިޔާމުންތިބެނީ މައިން ބަފައިންނަށްއޯކޭ ދެންބަނގާޅުންވެސް ބެހޭނެދޯ ދީނުގައޮތްގޮތައް އުޅެބަލަ ބެހޭތޯ ލަދުންބޯހަލާކު ކަލޭމެނާހެދި

    91
    31
    • ޏުޖެހޭ

      ޏުޖެހޭނެ ބެހޭކަށް

      28
      50
    • އަބަފިލި

      އަހަރުމެންގެ މުޖްތަމައުގަ މިކަހަލަ މީހުން ގިނައީ. ކަމެއް ވާއިރަ ކުދި ކިއުން. ނިކަން އަމިއްލަ މީހަކަ މިކަހަލަ ގޮތެއް ދިމާވީ އަލީ ކަހަލަ ބުރާންތީންނަށް ހަމަ ވިސްނުން ވިސްނޭނީ،

      16
      15
      • އެސޮރު

        ދީނުގަ އޮންނަ ގޮތައް ކަލޭ ވެސް ބެލުން ތިރިކޮށްގެން ހުރެބަލަ. އަންހެނުން އެކަންޔެއް ނޫނެއްނު ދީނަށް އުޅެން ޖެހެނީ. އަޖައިބު.

        13
        3
    • 《》

      ފޮށޭނެތާދޯ ހިތްބަލި ކަމުން އަންހެން ކުއްޖަކު ފެންނައިރަށް މޫނު އަބަދުވެސް ހުންނާނީ އެދިމާލަކަށް. ނުލާހިކު ފަސޭހައިން އަންހެނުންގެ ހަށިގަނޑަށް ހެއްލިގެން ދާނެ. އެހެނެއްނުވާނެ ހިތްވަރުގަދަ މީހުނެއް. ހިތްވަރުގަދަ މީހުން އެކަހަލަ ބެލުންތަކެއް ނުބަލާނެ. މިގޮތައް ހެއްލިގެންދާ ކިތަންމެ ފިރިހެނަކަށް އެބަތިބި ލަނޑުލިބިފަ.

      22
      2
    • މަބުނީ...

      ޢަހަންނަކީ ވެސް އަންހެނެއް. މަވެސް ބުނާނީ ހެދުން ލެވޭ ގޮތާ ހިނގޭ ގޮތް ގޮތުންނޭ މިހެން ކަންކަން ދިމާވަނީ. ހިނގާނީވެސް ފިރިހެނުން މަށަށް މަށަށް ގޮއްވަން. ޙުވާ މިބުނީ. ލަދުން ބޯހަލާކު. ދީނުގައި އޮންނަގޮތަށް ހެދުން ބޭރަށް ނުކުންނަ އިރު އެޓްލީސްޓް ގެންގުޅޭ ނަމަ މިހެން ވުން ދުރު.... ދެން އަންހެނަކަށްވެ ހުރެ މަބުނާނީ ފިރިހެނުން ވެސް ބެލުން ތިރި ކުރަންވީ. ޢެކަން ދަސްކުރަންވީ ފިރިހެނުން. ފިރިހެނުން ނަރަކަށް ދާނެ ކަމަށް ވަނީ އަންހެނުން ގެ ސަބަބުން. ސޯ ގައިސް ބީ ކެއަރފުލް

      22
  2. މުހައްމަދު

    ފޮށުނީމަ ފޮށޭވާހަކަ ބުނާނީ، މިމީހުން ލާ އެއްޗިހިންވެސް ނުފޮށޭވަރެއް ނޫން

    147
    50
    • ކެނެޑީ

      މައްސަލައެއްނެތް އޭނަލައިގެން ހުރީ ގޯސް އެއްޗަކަށް ވެދާނެ. އެއީ ވަކި މައްސަލައެއް. އެކަމަކު އެހެނެކޭ ކިޔާފަ މިގޮތަށް ފޮށެން އިސްލާމީ ޝަރީޢާގަ އެއްވެސް ހުއްޖަތެއް ފިރިހެނަކަށް އެބައޮތްތޯ؟ ޤުރުއާނުގަ އޮތީ ބެލުން ތިރި ކުރުމަށް. އަންހެން މީހާގެ ހެދުން ގޯސް ވިއްޔާ އެއީ އޭނާގެ މައްސަލައެއް. އެކަން ހައްލު ކުރަން ޖެހޭނީ އޭނާގެ މައިންބަފައިން އަަޚުން ނުވަތަ ފިރިމީހާ.

      66
      9
    • XD

      ފޮށޭ މީހުން މިކުރަނީ މާ ތާހިރު ކަމެއް ވިއްޔާ.

      39
      8
    • ކިޔާ

      އަހަރެންނާ ދިމާލަށްވެސް މިފަދަ ހަޑިހުތުރު ބަސްތަކެއް ބުނި..އެއީ މީގެ އަހަރުތަކެއް ކުރިން..އޭރު މިހާރު ލައިމިއުޅޭ ވައްތަރުގެ ހެދުމެއް އާންމެއް ނޫން..އަހަރެން ހުރީވެސް ގަޔަށްދޫ ޕާކިސްތާނު ހެދުމަކާއި ދޫހަރުވާޅެއް ލައިގެން..އެކަމުވެސް ވީވަރުމީ..ޤަބޫލުކުރަން މިހާރުގެ އަންހެނުންގެ ހެދުން އެޅުން މިހުންނަނީ މީހުން ލަދުން ބޯހަލާކުވާވަރުގެ ދަރަޖައެއްގަ..މިއީ ޙަދީޘް ބަސްފުޅުގަވާފަދައިން ފަހުޒަމާނުގައި ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުން.

      51
      2
    • ބުރުގާ

      އެމަންޖެ ހުރީ ބުރުގާއަޅާފަ. ދެންް އަޅަންވީ ކޮންއެއްޗެއްތަ؟

      24
      16
      • ޟރ

        ޙިޖާބު

  3. ޙޮބޮ

    އަދިވެސް އޮރިޔާމުން ދުވޭ.

    94
    38
  4. މީމު ޔާ

    މުޅިއަކުން ...... ނުވާނެ

    26
    4
  5. ކެނެޑީ

    އަދި ރޯދަމަސް ނިމުންތާ ހަފްތާއެއްނުވޭ. ހަމަ އަވަހީދޯ މެކޭނިޒަމް.

    42
    7
  6. ކެޔޮ އޮންނާނީ ކެވިފަ

    އަމިއްލަ ޓްވިޓާގައި އެ އަންހެނާ އެކިޔަނީ މީ ފްރީ ގައުމެކޭ، އެމިހަކު ބޭނުންވީ އެއްޗެއް އެމީހަކަށް ކިޔޭނޭ! ލަ!

    30
    14
  7. ޢަބުރުވެރި

    ތިހާ ޢަބުރުވެރި އަދި ލަދުވެތި އަންހެނަކުނަމަ، މުޅި ދުނިޔެއަށް ފެންނާނެހެން ތިގޮތަށް ކަން ހިނގިކަން އިޝްތިހާރެއް ނުކުރީހެވެ. މިބުނީ ފަހަރެއްގައި ވެސް އެ ފިރިހެނާގެ ޢަމަލު ރަނގަޅެކޭ ނޫނެވެ.

    42
    19
    • ޅަދު

      ކަލޭމެން ގެ ސިކުނޑި އިސްތަށްޓަކަށްވުރެ ހިމަ

      12
      9
  8. ލަމްރަތް

    މަގުމަތީ ހެދުން ލައިގެން އޮރިޔާމުން އުޅުނަސް ފުރައްސާރަކޮށް ރޯމާދުވާލު މަގުމަތީ ޒިނޭކުރާ ހިސާބަށް ކަން ކަން ގޮސްގެން ނުވާނެ. މަގުމަތީ އެގޮތަށް އުޅެނީ ހަމަ އެކަނި ދިވެހިންނެއްވެސް ނޫން. މީހުންގެ އުޅުން އިސްލާހުކުރުމަށް ވަގުތު ދުއްވާލުމަށް ވުރެން ބުއްދިވެރީ ތިމާމެންގެ އަމިއްލަ ނަފްސު އިސްލާހުކުރުމަށް ވަގުތު ހޭދަކުރުން.

    32
    4
  9. އަހުމަދު

    ހެދުން ކޮންމެ ގޮތަކަށް ހުއްޓަސް ފޮށި ޖެއްސުން ކޮންގެން ނުވާނެ. ރީތި ކޮށް ނަސޭހަތް ދެވިދާނެ... ނުވަތަ އެކަން ހިތުގެ އަޑިން ހެޔޮ ދުއާ ކުރެވިދާނެ ... ހަމަ ތިޔަ ގޮތަށް އަންހެނަކު ތިޔަ ގޮތަށް ފިރި ހެނަކާއި ފޮށުނީމާ ވާނީ ކިހިނެއް ހަމަ އެއްގޮތް އެހެން ވީމާ ތިޔަ އޭ ކަންކުރަން ވާނެ ގޮތެއް ނޫން ... އެއްވެސް މީހަކަު ތިޔަ ކަމާއި އަޅާނުލުން އެއީ ވަރަށް ދެރަ ކަމެއް... އެހީ ވާން ވާނެ މިއަދު ދެން މައްސަލަ ބަލާށޭ ބުނާނެ ކަމެއް ނެތް

    25
    4
  10. ސޫފި

    ޓުވީޓެއްގަ އޮންނަ ކޮންމެ އެއްޗެއް ގަބޫލުކުރެވޭ ޒަމާނެއްނޫން މިއަކީ. ދެމީހުންގެ ވާހަކަވެސް އަޑުއަހާލީމަ އެނގޭނީ ވެގެންއުޅޭގޮތެއް.

    26
    3
  11. މޮޔަ

    އަންހެންކުދިން ކޮންމެ އެއްޗެއްލާފަހުއްޓަސް ފޮށޭކައް ނުޖެހޭ. ކޮންމެމީހަކުވެސް އެމީހެއްގެ ދަރިޔާ، ކޮއްކޮ، ދައްތަ، މަންމަ، މީހަކަށް ކަމެއް ދިމާވީމަ ނޫނީ އެހީތެރިޔެއް ނުވާނޭ. މަށާ ދިމާވި ތިކަހަލަ މީހަކާ އެވެސް މުސްކުޅިި ކާފަ އުމުރު މީހެއް ގައިމު މަހުންނަނީ ބުރުގާ އަޅާފަ ދިކުކޮއްހެދުން އަޅަނީވެސް ގަޔަށްދޫކޮއް ދެންބުނާނީ ކީކޭބާ. އެމީހާ ގައިގަ އަތްނުލާ ކިޔާ އެއްޗެއް ކިޔި އިރު އަޅާނުލާ ދިޔައިން ގައިގަ އަތްލީމަ ކޮއްޕާލިން އެތަންފެނިފަ މީހުން މަށަށް އެހީވި އެއިގެ ކުރިން ކޮންމެ މީހަކުވެސް ހުންނަނީ ބަލަން..... މީ އަދުގެ ދަށުދަރަޖާގެ ފިރިހެނުންގެ ހާލަތު ހުންނަގޮތް

    22
    3
    • ޟރ

      ނިގާބު ނާޅާ ހުރީމަ ވީ ގޮތް

  12. ބުލް

    އެއުމުރުގެ މީހެއް ފަހަތުން ދަގައްޕާނަށް ދަމާހެން ދަމަމުން ދިޔައީ ތިމާ ކޮންގޮތަކަށް ހުރެގެން ބާ؟؟؟؟؟؟؟ ތިމަންނާގެ މައްސަލައެއް ހުރިތޯ ބެލީމުތަ.

    24
    10
  13. އުސްމާނުބެ

    އެމީހުން ކޮންމެ އެއްޗެއް ލިޔަސް އަދި ނުލިޔަސް ދެންހުންނަ މީހާޖެހޭނެ ހަމައިގަ ހުންނަން. އެމީހުން ލީއެއްޗެއް ނުލާއެއްޗަކައް ފަޔަވަޅު އަޅަންޔާ އަޅަންޖެހޭނީ އެކަމާ ބެހޭފަރަތްތަކުން. އެހެންނެކޭ ކިޔާފަ ތާކުން އަންހެއް ފެންނަ އިރަކައްނުޖެހޭ މިވެނި އެއްޗެއް ލައިގެން ނޭހުރީ ކިޔާފަ ބެހޭކައްނުޖެހޭނެ،

    15
    1
  14. ފަރުހާން

    ކޮމެންޓްތައް ކިޔާލީމަ މި އިނގެނީ ބައެއް މީހުން ވިސްނަނީ ހަމައެކަނި އެމީހަކު ޤަބޫލްކުރާ ގޮތަކަށްކަން. އުޅެބަލަ ދޯ މި ކަހަލަ ކަންކަމަށް އިންސާފުވެރި ކަމާއި އެކު ވާހަކަ ދައްކާލަން. ކުރު ހެދުމެއް ނުވަތަ ބާރު ހެދުމެއް ލައިގެން އަންހެނަކު ނުވަތަ އަންހެން ކުއްޖެއް ހުރުމަކީ އެމީހަކަށް ފޮށި ފުރައްސާރަ ކުރަންޖެހޭނެ ހުއްޖަތެއް ކަމަށް ނަހަދަމާތޯ!. އެއްވެސް މީހަކަށް ނޯންނާނެ އަނެކާއަށް އެ ގޮތަށް ފޮށުމުގެ ހައްޤެއް. ހަމަ އެެއާއި އެކު ދަންނަވާލަން ޖެހެނި މި މަތިވެރި އިސްލާމް ދީނުގަ ތިޔަ ލޮބުވެތި ކަނބަލުންގެ ޢައުރައާއި ލަތުވެތި ގުނަންތައް ރައްކާތެރިކޮށް ހިލޭ ފިރިހެނުންގެ ލޯތަކުން ޢައުރަ ނިވާ ކުރުމަށް ތިޔަ ކަނބަލުންނާއި އަދި ހަމަ އެންމެހާ އިންސާނުން ޚަލްޤު ކުރެއްވި އެންމެ ބޮޑަށް ލޯބިވާ ރައްބު ﷲ ވަނީ އަމުރުކުރައްވާފަ. އަދި ހަމަ ބެލުންތައް ތިރި ކުރުމަށް ވެސް ވަނީ އަމުރުކުރައްވާފަ. ހަޤީގަތަކީ އިސްލާމީ މިންގަނޑުތަކުން ބޭރުގެ އެތައް ކަމަކާއި ފިތުނައަށް މި މުޖުތަމަޢުގައި ފެތުރިފައިވާކަން. ހުރިހާ ކަމެއްގެ ވެސް ހައްލަކީ އިސްލާމްދީނުގެ މަސްދަރުތަކުގައި ހިފެހެއްޓުމާއި އިސްލާމީ ޝަރީއަތް ޤާއިމްކުރުން. ކީރިތި ﷲ އަޅަމެންނަށް ހިދާޔަތް ދައްކަވާށި. ޢާމިން.

    36
    2
    • 1111

      ދަރިފުޅާ. އެހެން ފޮށެން ނުޖެހޭނީތާ! ތިޔަހެން ތިކަން ނުވާނެތީ ތިކަންކމުހެ ހިކްމަތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ވަކި ގޮތަކަށް އުޅެން އަންގަވާފަ އެވަނީ. އެނޫން ގޮތަކަށް ތިދަދަ ކަންކަމަށް ހައްލެއް ނެތްކަން ދެނެވޮދިގެނވާތީތާ! ދެން ކިތަންމެ ވަރަކަށް އެހާލަތުގަ ހުންނަ މިހަކާ ފޮށިގެން ނުވަަނެއޭ ބުންނަށް އެކަން އެގޮތަށ ވާނެތަ؟ ވީމާ އެހާލަތުގައިވާ އަންހެނަކަށް ނިސްބަތްކޮށް ދައްކާ ތިފަދަ ވާހަކަތައް ވާނީ ތާކުންތާކު ނުޖެހޭ ވާހަކަ އަކަށް

      7
      3
  15. އަފްލާ

    އަންހެނުންނައް މާތް ﷲ އަންގަވާފަ ވަނީ ތިޔަ ކަނބަލުނ ބޭރައްނުކުމެ އުޅޭއިރު ރަނގަޅައް ޢައުރަ ނިވާކޮއްގެން އުޅުމައް ފިރިހެނިންނައް އަންގަވާފަ ވަނީ ބެލުން ތިރި ކުރުމައް މާނައަކީ ބަލަންނުޖެހޭ ނުވަތަ ޙަރާމް ކުރެއްވި ގޮތަކައް މީހުންނައް މީހުންގެ ޢައުރަ އައް ނުބެލުމައް

    48
  16. މޯދީ

    ކޮން މޮޅު ވާހަކަ އެއް...މީހުން ނުފޮށޭތީވެ ކޮއްކޮ ނުވަތަ ދަރި ލާން ގެންގުޅޭ ބާރު ޖިންސާއި ،މޭޒުމަތި ފޮހެން ބާއްވާފަ އޮން ޓީޝާޓް ބުރި ލައިގެން މަގުމަތީ ދުވޭ. އަދި މަ ހިނި އަންނަނީ ބޯ މަތީ ބުރުގާ އެއްވެސް އޮންނާތީ. މީހަކު ބަލައިލިޔަސް މި ކޮއެމެން ވަރަށް ނޫންވާން ވެގެން އެންމެ ހަޑި ހުތުރު ބަހުން އެމީހަކާ ދިމާލަށް އެއްޗިހި ގޮވަން ފަށާނެ.

    22
    2
  17. ކަލޭނޭ

    މޫނު މަތީ ގަ ތަޅާގަންނަމަ

    12
    3
  18. ތަހުޒީބު މީހާ

    ތިމާ އޮރިޔާމާ ނުކުތުމެކޭ ބާރު ޓައިޓް ލައިގެން ނުކުތުމާއި ހުރީ ވަރަށް ކުޑަކުޑަ ތަފާތެއް... ތަރައްގީ ވިޔަސް ޒުވާން އަންހެނުންނަށް ތަރައްގީ ވުން ގަބޫލުކުރެވެނީ ބާރުހާ ހެދުން އެޅުން ފަދަ މިވެރިން ހޭކޭ ވައްތަރުން... މިހެން ބުންޏަސް މަދުބަޔަކު އުޅޭ ރަހަޅަށް...

    25
    1
  19. ވެލެޒިނީ

    ފަހުޒަމާނުގަ އަންނާގެކަމަށް އޮވޭ އޮރިޔާމާ ފިރިހެނުންނަށް ދެއްކެން އުޅޭ އަންހެނުންތަކެއް. އޮރިޔާން ދައްކަމުން ފިރިހެނުން އެމީހާއަށް ހިތް ލަންބުވަންއުޅޭ ބައެއް... ތީ އެޒާތުގެ ކަމަކާ ވަރަށް ވައްތަރު... މީޑިޔާގެ ސަމާލުކަންވެސް ލިބުނީތާދޯ

    16
    2
  20. ގޮޅާ އާރު އެމް (މައުމޫން)

    އަންހެނުންނަކީ ބޮޑު ފިތުނައެއްކަމަށް އޮންނަނީ ފަސާދަކުރާ އަންހެނުން ގިނަވީމަ. އޮރިޔާމާ ނުކުތުމަކީ ކިހާބޮޑު ފިތުނައެއްތޯ

    18
    6
  21. ގެރިމަސް ނުކާ މޯދީ

    ޒިނޭކުރަން ދައުވަތުދޭ އަންހެންމީހުންނަށް ބައްޕަ އުމުރުމީހުން ކަޑައީތަ... ތިޔަ އަންހެނާ ހައްދުޖަހާބަލަ

    15
    9
  22. Anonymous

    ނިވާކަން ކުޑަހެދުން އަޅައިގެން ހަތަރު ފަރާތުން ކުލަޖައްސަިގެން މަގުމަށްޗަށް ނިކުމެ އެންމެންނަށް ދެއްކެން އުޅެންޏާ ވާނެ ގޮތް ތީ!

    18
    5
  23. ލޮލް

    އަދިވެސް އަންހެނުން ގޯސްވާނީ. ކޮބާ ދިގު ހެދުންލިޔަސް ފޮށޭ މީހުން ފޮށޭ. މިއީ ދިވެހީންގެ ހާލަތު. އަހަރެން ދަންނަ އެތަބައެއް އެބަތިބި. މައްސަލަޔަކީ ހަމައެކަނި އަންހެނުންނެއް ނޫން.

    11
    3
    • 1111

      ދިގުހެދުން ލިޔަކަސް ފޮށެން އިޝާރާތް ކުރަމުން އުޅޭމީހުން އެއީ.

      5
      1
  24. ކުންނާރު

    އަހަރެމެންވެސް މިއުޅެނީ ހަމަ މާލޭގަ، މަގުމަތިން އަންހެންކުއްޖަކު ހަމަ ހިނގާލާފަދިޔައޭކިޔާފަ ތިބުނާގޮތަށް ފިރިހެނަކު ފަހަތުގަ އަޅުވައިގެން އުޅޭނެކަމަކަށް ގަބޫލެއްނުކުރެވޭ. އަދި މާލޭގަ އަންހެންކުއްޖަކު ހިނގާފައިދާ ކޮންމެފަހަރަކު ފުރައްސާރައާއި ކުރިމަތިލާނެޖެއޭ ބުނާނަމަ އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް.

    16
    6
  25. އެޑިޓް

    ބަލަ! އިސްލާމީ ރީތި ގޮތުގަ ހެދުން އަޅައިގެން އުޅޭނަމަ.. ފޮށޭކަށް ޖާގައެއް ނޯންނާނެ.. ތިމާމެން އަމިއްލަޔަށް ފޮށުވަން ވެގެން ތިހެން ތި އުޅެނީ...! ފޮށުނީމަ ފޮށޭވާހަކަ ނުގޮވަ ހުރެބަލަ .. އަދިވެސް މަދު ފޮށޭލެއް.. ( މަގުމަތިން ހިނގާފަ ދާއިރު ތަފާތު ފެންނާނެ ... ތިދަނީ ގަޔަށް ބާރު ހެދުންލާފަ،ހުރިހާ ވަނާ ތަކެއް ދައްކަން.. ތެދަށް ބުނާނަމަ. ޖީސްޓްރިންގ ލާފަ، ބިކިނީގަ.. ދެން މަގުމަތިންދާ ނުފޮށޭނެ މީހެއް ނުހުންނާނެ.. މީގެ ތަފާތަކީ އިސްލާމީ ރީތި ގޮތުގަ ހެދުން އަޅައިގެން ދާނަމަ ތިހެއް މުންޖޭ ކިޔާކަށް ނުޖެހޭނެ..

    15
    3
  26. ޙުހުހުހު

    ފޮށޭނެ ފޮށޭނެ

    3
    1
  27. ބޮޑުކަމެއްނު

    ޢޮރިޔާމުން ހުއްޓަސް ނުޖެހޭ ފޮށޭކަށް. ބެލުން ތިރިކޮށްގެން ތިބެބަލަ

    9
    9
  28. 1111

    ފޮށޭނެ ފޮށެން ފުރުސަތު ދީގެން މީހުން ލަމްބުވާ ގޮތަށް ގައިގެ ވަނާތައް ހާމަ ވަގޮތަށް ހެދުން އަޅައިގެން ނުވަތަ އޮރިޔާން ނިވާ ނޮކޮށް އުޅެންޏާ! މި ކަންކަމުންވެސް އިބުރަތް ހާސިލް ކުރަންވީ. އިސްލާމްދިނުގައި އަންގަވާފައިވާ ގޮތަށް ހެދުން އަޅަންވީ. ފޮށުނީމަ ފޮށުނުކަން އެނގޭނީ. މީހުންގެ ހިތް ފަސާދަ ވާގޮތަށް މުޖުތަމައު ފަސާދަވާގޮތަށް މަގުމަތީގައި ތިމާމެންނަށް އުޅެވެކަމެއް ނޭގެއެއްނޫން!

    6
    1
  29. މާމިގިލީ މީހާ

    ކޮބާތަ ފުލުހުން. މިކަލޭގެ ހިފާ ހައްޔަރު ކުރާންޖެހޭ. މިއީ ދެރަކަމެއް.

    6
    3
  30. 1111

    އެބަ ބުނެވޭ "ކޮންމެ ގާލަތެއްގައި ހުއްޓަސް ފޮށޭކަށް ނުޖެހޭނެއޭ"! ފޮށޭކަށް ނުޖެހޭނީތާ! އެކަމަކު އެހެންތަ އެކަންވާނީ؟ ބޭކާރުވާހަކާ އިތުރުކުރުމުގެ ކުރިން ކަމުގެ އަސްލު ދެނެގަނެ އެމަގަށް ވާހަކަދެއްކުން މުހިންމު. ނުވަތަ ކަމަކަށް ހައްލު ހޯދަން ބޭނުންނަމަ ކަމުގެ އަސްލު ހޯދާ އެކަމަށް ފަރުވާކުރަން ޖެހޭނީ. (އ)، (ފ) މި ދެ ޖިންސު ހެއްދެވިފަރާތް އެންމެ މޮޅަށް މީސްތަކުންގެ ހާލު ދެނެވޮޑިގަންނަވާނީ. އެފަރާތުންނޭ އަމުރުކޮށްފަވަނީ ހެދުން ވަކިގޮތަކަށް އަޅަން. ބޭރުތެރޭގައި ވަކި ގޮތަކަށް އުޅެން. ގައިމު މިކަންކަމުގެ ހިކްމަތް އެންމެ މޮޅަށް ގެނެވޮދިންވާނީ އެފަރާތުންތާ! ދެރަކަމަކީ އެއްގަނޑުން އިސްލާމޭ ކިޔައިގެން އުޅޭކަން. އެއްގަނޑުން ދީން ފެންނަކަން. އެއްބަޔަށް އީމާންވެ، އަނެއް ބަޔަށް ކާފަރު. އިސްލާމްދީން ނުދޭ މިނިވަންކަމެއެ ހޯދައިގެން މާބޮޑު މޮޅެއް ލިބެނެކަމަށްތަ އުޅެވެނީތާ!!

    6
    1
  31. ޤައުމު

    ގަޔަށް ދޫ ކަޅު ހެދުން ލާފަ މޫނު ބުރުގާ އަޅާފަ ތިބޭ މީހުންނާ މަގުމަތިން ފޮށެނީ ކީއްވެޔޯ!!! މިގޮތަށް ހެދުން އަޅަން އަންހެނުން ފުރަތަމަ ފެށިތާ ކައިރީގަ އެ ގޮތަށް ހެދުން އަޅާފަ ހުންނަ މީހުންނާ ބަޔެއް އަންހެން ކުދިންވެސް ފޮށުނު. ފާޑުފާޑުގެ ނަންނަމުން ގޮވާ ދިމާކޮށް ހެދި އަޑު މަވެސް އެހީމު. އެއީ ކީއްވެބާ!! ހުރިހާ ވެސް މައްސަލައަކީ އަހަރަމެން ދިވެހިންގެ ވިސްނުމާ ޖާހިލުކަން. ކޮންމެ ގޮތެއް ވިޔަސް އަންހެނުންނަށް އިޙްތިރާމްކުރަން ޖެހޭނެ.
    އިދެގެން އުޅޭ އަނބިމީހާއަށް އިޙްތިރާމް ކުރަން ނޭގޭ މީހަކު އެހެން އަންހެންކަށް އިޙްތިރާމް ކުރަން އިނގޭނެބާ!؟
    ފިރިން މަޖުބޫރު ކުރުވާއިގެން އަންހެނުން އަޅާ ބުރުގާ ނަގުވާ ގަޔަށް ބާރު ފެށަން ހެދުން އަޅަން ޖެހުނު ކިތަން އަންހެނުން އެބަތިބިތޯ؟!
    ހަޤީގަތަކީ އަންހެނުން ކޮންމެ ގޮތަކަށް ހެދުން އަޅައިގެން ނިކުތަސް ފޮށޭ މީހުން ފޮށޭނެކަން. އެއީ އެކަން ކުރާ ގިނަ މީހުންގެ ކަށީގަ ހިފާފަ ހުރި ނުފިލާނެ ސުންޕާ އާދައެއް.

    9
    5
  32. Šàñފަ

    😂😂😂

    3
    1
  33. ދޮންބެ

    ފޮށުން އެއީ އެކަން ކުރާމީހުންގެ ދީނީ ވާޖިބެކޭ މަނުބުނަން. އެކަމަކު ރަނގަޅަށް އައުރަ ނިވާކޮށްގެން ތިބޭ ކުދިންނާ ފޮށެނީ ވަރަށްވެސް މަދުން. ކަލޭމެން ގެ އަގުހުރި ގަހަނާޔާއި ރުފިޔާ ފައިސާ ފޮރުވާފަ ބަހަށްޓަނީ ކީއްވެތަ؟ ގޭ ދޮރުމަތީ އަތުރާލާފަ ބަހައްޓަންވީނުން؟؟ ދެން ވަގަށް ގެންދިޔައިމަ ބުނާނީ ކީއްވެހޭ އެ ގެންދިޔައީ. ތިމާގެ އައުރަޔާ އިއްފަތްތެރިކަމަކީވެސް އެކަހަލަ ކަމެއް. އެ ނުޖެހޭ އެންމެންގެ ލޯމައްޗަށް ނެރެ ހާމަކުރާކަށް. ތިމާގެ އައުރަ ނިވާނުކޮށް ނުކުންނަނީ މީހުންނަށް ތުއި ދެއްކޭކަށް ނޫންތަ؟ ދެން އެހެން މީހުން އެޔަށް ބަލާ ފުރައްސާރަކުރީމަ ކީއްވެ ރުޅިއަންނަންވީ؟ އަސްލު މިވީގޮތަކީ މުސްކުޅިޔަކު ބެހުނީމަ ކަޑަވީ. ޒުވާނަކު ކުރިނަމަ ވަރައް ވެފަ ހުނަނާނީ.

  34. އިސްލާހް

    އަންހެން ކަބަލުން އިސްލާމް ދީނުގައި ވާގޮތަށް އައުރަ ނިވާ ކޮށްގެން އުޅެންޔާ އެގޮތަށް ފޮށޭކަށް ނުކެރޭނެ. އަހަރެންނަށް އެކަން ތަޖުރިބާ ކުރެވިފައި ހުރީމަ. ނިގާބް ގައި މަގުމައްޗަށް ނިކުތީމަަ ތިކަހަލަ އެއް ވެސް ކަމެއް ދިމާ ނުވޭ އަލްހަމްދްﷲ

  35. 3ނިރު

    މައްސަލައެއްނޫން އެޖެންޑާ19 އިންޑިޔާ ކޮޕީކުރާނީ

    1
    3
  36. އައްޔާ

    ތީގެ ހައްލަކީ ޑިމޮކްރަސީއެއް ނޫން. ސަބަބަކީ ތީ ޑިމްކިްރަސީގެ ހުއްދަ ކަންކަން ދެކޮޅުންވެސް ތިކުރީ. ދެން ތިބޭ މައްސަލަ ނުޖައްސާ. ހައްލު ބޭނުނިއްޔާ އިސްލާމީ އުސޫލަށް އަމަލު ކުރޭ. . އެޏުން ސޮލިއުޝަނެއް ލާހިކެއް ނޫން ވިސްނައިގަންނާކަށް. ނިކަން ގެނެސްބަލަ އެނުން ހައްލެއް. ނީ.

  37. އާދަނު

    ބެހިގެން ނުވަނެ، ބެއްސުވައިގެންވެސް ނުވާނެ. ތިމާވެސް އުޅެބަލަ، އަދި އެހެންމީހުން އުޅުނަ ދީބަލަ.