ހއ ދިއްދޫގައި އިއުލާނު ކުރެމެއް ނެތި ބަހާލި ފްލެޓްތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދިއްދޫ ކައުންސިލަށް އަންގައިފިއެވެ.

އޭސީސީން ދިއްދޫ ކައުންސިލަށް އަންގާފައި ވަނީ ފްލެޓްތަކުގެ މައްސަލާގައި އެ ކޮމިޝަނަަށް ޝަކުވާ ހުށަހެޅިފައިވާތީ އެ މައްސަލަ ކޮމިޝަނުން ބަލާ ނިމެންދެން ފްލެޓްތަކާއި ގުޅުން ހުރި އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށެވެ.

އެރަށު ކައުންސިލުން އެމްޑީޕީ މީހުންނަށް ފްލެޓްތަށް ބަހާލީ އިއުލާނު ކުރެމެއް ނެތި 2015 ވަނަ އަހަރު އިއުލާނުކޮށްގެން ކުރިމަތިލީ މީހުންގެ ލިސްޓަށް ބަލައިގެންނެވެ.

2015 ވަނަ އަހަރު ކުރިމަތިލީ މީހުންގެ ތެރޭގައި ޝަރުތު ހަމަވި 140 ފަރާތަކަށް ކުރީގެ ސަރުކާރުން ފްލެޓް ހަވާލުކޮށްފައި ވެއެވެ. އަދި މިދިޔަ އަހަރު ބާކީ ހުރި 110 ފްލެޓްއަށް ކުރިމަތިލާން ހުޅުވާލުމުން އެތައް ސަތޭކަ ބަޔަކު ކުރިމަތިލާފައިވަނިކޮށް އިއުލާނު ވަނީ ބާތިލްކޮށްފައެވެ.

އޭސީސިން އެ ރަށު ކައުންސިލަށް އެންގި އެންގުމުގައި ވަނީ، ސަރުކާރުން އެރަށުގައި އަޅައިދިން ފްލެޓްތަކަށް އެެދި ހުށަހެޅުމަށް ފުރަތަމަ ކުރި އިއުލާނުގެ ދަށުން ފްލެޓަށް އެދުނު ފަރާތްތަކުން ތެރެއިން ޝަރުތުހަމަވާ މީހުންނަށް ފްލެޓް ދޫކުރުމަށްފަހު ބާކީ ހުރި ފްލެޓްތަކަށް އެދި ހުށަހެޅުމަށް ކުރި އިއުލާނާއި ގުޅިގެން އެކަމަށް އެދުނު ފަރާތްތަކުން ހުށަހެޅި ފޯމްތައް ބާތިލްކޮށްފައިވާ ކަން އިނގޭ ކަމަށެވެ. އަދި ފަހުން ފްލެޓްތައް ދޫކުރުމަށް ނިންމާފައި ވަނީ ފުރަތަމަ ކުރި އިއުލާނާއި ގުޅިގެން ފްލެޓަށް އެދުނު މީހުންގެ ތެރެއިންކަމަށް ވާތީ އެކަމުގެ ޝަކުވާ ހުށަހެޅިފައިވާކަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އަދި އެކަން އެގޮތަށް ނިންމާފައިވާނަމަ ނިންމާފައިވާ ސަބަބާއި އެކަމާއި ގުޅޭ ހުރިހާ ލިޔުންތަކުގެ ކޮޕީ އާއި އެކަން އެގޮތަށް ނިންމާފައިވަނީ މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ ނުވަތަ ދައުލަތުގެ ކަމާއި ބެހޭ އިދާރާއެއްގެ މަޝްވަރާ ނުވަތަ ލަފާ ހޯދައިގެން ކަމުގައިވާނަމަ އެކަން އިނގޭނެ ލިޔުންތަކުގެ ކޮޕީ އޭސީސީން ހުށަހެޅުމަށް ވަނީ އެ ކައުންސިލަށް އަންގާފައެވެ.

އަދި މި ދެންނެވި ގޮތަށް އަމަލު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އޭސީސީން ވަނީ އެރަށު ކައުންސިލަށް ދީފައެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލުން ފްލެޓްތައް ބަހާލިއިރު ފްލެޓްތައް ލިބިފައިވާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ އެމްޑީޕީ މެންބަރުންނެވެ.

ދިއްދޫގެ ގިނަ ރައްޔިތުން މިހާރު އެންމެ ބޮޑަށް ޝަކުވާ ކުރަމުން ގެންދަނީ ދިރިއުޅުމުގެ ހާލަތައް ފާއިތުވި ދެތިން އަހަރު އައިސްފައިވާ ބަދަލަށް ބެލުމެއް ނެތި ކުރީގެ ލިސްޓަކަށް ފްލެޓް ދޫކޮށްފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނަމަ

    ބަހާ އަމަލާ ދިމާނުވާތަން މިފެންނަނީ

  2. ހަރީރާ

    ހުއްޓުވިޔަސް ނުހުއްޓުވިޔަސް ތިއީ ޤަވާޢިދާ ޚިލާފަށް ކޮށްފަ އޮތްކަމެއް އެމްޑީޕީން ކުރީތީ ރަގަޅުވައްޏާ ރަގަޅުވާންވީ.

  3. ދޭޑިޒާވް

    ކޮންމެހެން ނުޖެހޭނެޔޭ އޭސީސީއަކަށް ތިކަން ހުއްޓުވާކަށް.. އެއިރެއްގައި އޮންނަވެރިކަމެއްގެ ޕާޓީއެއްގެ މީހުންނަށް ކަންތައް ރަގަޅަށް ކޮއްދެން ޖެހޭނެއޭ.. ޢެމީހުން ވަރަށް ޤުރުބާނީވެގެން މަގުމަތީގައި ޕެޕަރ ސުޕްރެއާ ކަރުނަ ގޭސްއިން ފެންވަރާގެން މުޒާހަރާކޮއްގެން ހޯދިވެރިކަމެކޭ. އެމީހުންނަށް ދީފައޭ އެހެން ބަޔަކަށް ދެވޭނީ.. ކުރީވެރިކަމުގައި ވެސް ޕޕމ މީހުންނަށޭ ދިނީ 80 ޕަސެންޓް އޭރު އޭސީސީ އޮތީ ނިދާފައޭ.. ޑީޕް ސުލީޕްގައޭ ފައިސާކޮޅު ނަގާގެތިބީއޭ ބުނާކަށް މަމެން ނެތީމްއޭ.. .ޔޫއާރ މައި ސުލީޕިންގ ޗައިލްޑް..

    1
    9
  4. ޙާޖީ

    ވަގުތު ތިޔަކުރައްވާ ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން ، މިކަމުގަ ވަގުތުން ވަރަށް ކައިރިން މަސައްކަތް ކޮށްދެއްވުންއެދެން ، ވަކިކޮޅެއްގަ ޖެހެއްދެން

  5. ރާޅު ބޯއީ

    އޭސީސީން ތިކުރި ކަމަކުން އެމްޑީޕީ ސަރުކާރުން ވަރަށް ހުންގަދަވާނެ. އޭސީސީ ރީފޯމް ކުރަން ގޮވާނެ. ހައްގުގެ މަގުގައި އެއްޗެއް ބުނި މީހަކު ޔަހޫދީ ސަރުކާރުން ކަތިލާނެ.

  6. އެގެންތާ

    އެޖެންޑާ ނަވާރަ ތަފާތުވާނެ ބަހާއަމަލާ ދިމާނުވާނެ ހެހޭ ތިއޮތީ އެމް ޑީ ޕީ ގެ ނައިބު ރައީސް ސިފާޒު ބުނިގޮތަށް ޕާޓީ ކުދިންނަށް ދީފަ ބާކީވި އެއްޗެއް އެހެންމީހަކަށް ލިބޭނީ ދެން ބާރަށް އަތްޖަހާ އިންސާފު ގާއިމުވެއްޖެ.....

    14
  7. ނިޗެ

    ތިޔައީ ޔާމީން ސަރުކާރުގެ ކޮރޮޕްޓް ވެފައި އޮތްތަނެއް! ކޮންމެ މެމްބަރަކަށް ފްލެޓެއްދީފައި ހުރީ.

    1
    9
  8. ހަނދާންވަނީ

    މަޑުޖެހިފަ ކިހާދުވަހަކު އޮތްބާ؟

  9. ރަބީ

    ތީޕާޓީންބަހާ ބޮނޑިބަތެއްނޫން އަސާސީ ހައްގެއްވިއްޔާ އެންމެންވާންޖެހޭނީ ހަމަހަމަ

  10. ސަބޭ

    ދިއްދޫ ޒުވާނުންނާ ދެކޮޅައް މި ޖަރީމާ ހިންގަނީ . އަލީ ސާކިރު.ބަގަޅޭ.ނައިންޓީ.ތުނބުޅި.ބޮޑުސަފީގު.ސިރާޖު. ހިމެނޭ ފެކްށަނުން. މިމީހުން ސައިޒުކުރާނީ ދިއްދޫ ޒުވާނުން ނިކުމެކަން ދަންނާތި. މި250 ފުލެޓަކީ އެންމެފުރަތަމަ ބުރުގަ ފޯމްލީ މީހުންގެ ހައްގެއް. ފެނަކައައްލީ ފޯމްތަކަކީ އުފެދުމުގަވެސް ބާތިލް އެއްޗެއް.

  11. ޢަލިކާ

    ޢަލީ ހާޝިމް ވަރުގެ ހީވާގި މުރާލި ކައުންސިލަރެއް މިރާއްޖެއިން ވެސް ނުދެކެން. ދެންވެސް ހޮވާނީ އަލީ ހާޝިމް

  12. ޝުކުރިއްޔާ ގައުމު

    ޕާޓީ އޮފީހުގަ އުޅޭ ޕާޓޭންތައް ގޮސް އޭސީސީގެ މުވައްޒަފުން ބޮލުގަ ބަޑި ޖައްސާ ބިރު ދައްކާ ތަނުގެ ބިއްލޫރިތައް ތަޅާލާ ދެން. އެއެއްނު މިހާރު ވެރިކަން ހިންގާ ގޮތަކީ. މައުމޫނާއި ގާސިމަށް ވަރަށް ވެދުން.

  13. ފަރީ

    ތީ ބިލާހެއް. މި ފަސް އަހަރުވެސް ދާނީ ތިގޮތައް ދެނީ، ދޫކުރަނީ ކިޔަކިޔާ ތިއްބާ. ދެން އަނެއް 5 އަހަރަށް ހޮވުނީމަ ދޭނީ އޭ ކިޔާފަ ހުވަފެން ބިލާހުތައް ދައްކާނެ. މިގޮތައް ނަހަދާ ދިނީމަ ވީއެއްނޫ. ދެން މިމީހުންގެ ވެރިކަމުގަ އަނެއްކާ ފުލެޓް އަޅާފަ ދޭންވީމަ ކޮން ބަހަނާއެއް މިދައްކަނީ.