މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އެކި ފަރާތްތަކުން ކުރިއަށް ގެންދާއިރު، ގާނޫނާއި ގަވާއިދަށް ރިއާޔަތްކޮށް ދައުލަތުގެ ވަސީލަތް ކެމްޕެއިނުގެ އެއްވެސް ކަމެއްގައި ބޭނުންކުރުމަކީ، ގާނޫނީ ކުށެއް ކަމަށެވެ.

ނަމަވެސް، ގަވާއިދުގައިވާ ދައުލަތުގެ ވަސީލަތްތައް ކެމްޕޭން ކުރުމުގައި ބޭނުންކުރެވިދާނެ ހާލަތްތައް ބަޔާންކޮށްފައިވާ އިރު، ދައުލަތުގެ ވަސީލަތް ކެމްޕޭނުގައި ބޭނުންކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަދޭއިރު، ގަވާއިދާއި އެއްގޮތަށް އަމަލު ކުރުމަށް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމާއި ގުޅޭގޮތުން އާންމުންގެ ފަރާތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ އިތުރުން، ކޮމިޝަނުން އިސްނަގައިގެން މިފަދަ ކަންކަން މޮނިޓަރކުރަމުންދާނެ ކަމަށެވެ. އަދި މައްސަލަތައް ބަލައި ގާނޫނާއި ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެ ބަޔާނުގައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި، ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން ނޫނީ ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރުމަށާއި، ގާނޫނާއި ގަވާއިދު ތަކުގައިވާ ގޮތުގެމަތިން ނޫނީ ދައުލަތުގެ ވަސީލަތް އެއްވެސް ފަރާތަކަށް ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް ދައުލަތުގެ އިދާރާތަކަށް އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަހޯލި

    ހާތްތެރީ ތިޔާ ކޮމިޗަން އެބަ އޮތްތޯ

  2. ލިޔޯ

    ކޮން ފިޔަވަޅެއް އެޅޭނީ. މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ. އަދިވެސް ކުރިއަށް އޮތް ތަނުގައި ވެސް ބޭނުންކުރާނެ. ފިޔަވަޅެއް އެޅޭނީ ނިދިންހޭލާގެން. ރާއްޖޭގައި މިނިވަން މުއައްސަސާތަކަށްނެތް. ކުރެވޭނެ ކަންތައްތަކުގެ ވާހަކަތައް ދައްކާ.

    • ޙިންނަބެ

      ތަކެތި އެކަނިތަ ސަރުކާރުގެ މުވައްޒަފުންނާއި ވަސީލަތްވެދް ކަލޯ މަށައް ހީވަނީ އޭސީސީ އާދޭތެރޭ ފިޔަވަޅުއަޅަން ވީހެން

  3. ކާސިމްބެ

    އޭސީސީ އަކީ ދައުލަތުގެ މުއައްސަސައެއް
    ދައުލަތުގެ ރައީސާ ދެކޮޅަށް ފިޔަވަޅެއް ނޭޅޭނެ

  4. މަކަރެ

    ކަލޭމެނައް ކޮންފިޔަވަޅެއް އެޅޭނީ ކޮރަޕްށަނުން މުޅިގައުމު ތަތްވެފަ އޮތްއިރުވެސް ތިތިބެނީ ސޯލިހައް ސަނާކިޔަަލަ ކިޔާ މާމުތް ބޮލަބޯލަ

  5. ޙަސަނުބެ

    ކަލޯގަޔާ އެއްކަލަ އޭސީސީ އަށް ހޭލެވިއްޖެ މިއޮށް ހުރިހާ ދުވަހު އެއީ މި ޤައުމުގައި އޮތްތަނެއްކަންވެސް ނޭގޭ ކެމްޕެއިން ނިމެން 2 އަތޮޅަކަށް ވީމާ ހޭވެރިކަން މިވީ ކަލޯ ފައްކާ ކަމެއްމީ ފިސާރި

  6. ސުން

    ނާޅާނެ.ނުވެސް ކެރޭނެ.އަޅަންޏާ މިހާރުވެސް އަޅަންވީނުން.މިހާރުގެ ރައީސް އެދަނީ ނަހަމަގޮތުގަ ދައުލަތުގެ ވަސީލަތް ބޭނުންކުރަމުން.އެވަރުގެ މިނިވަން ކޮމިޝަނެއް މިގައުމުގަ ނެތް.

  7. މާމުއިޗޯރް

    ޢިންތިހާބުނިމި ޕީޕީއެމްގެ ސަރުކާރެއްއެކުލަވާލީމަ ތިޔަބާންނެރެންވީ މިހާރު ވަރައްސާފުކޮއް ކުލަކޮއް މަންޒަރުފެއްނާތީ އިތުރު ގޮފިތަކުންވެސްނެރޭނެ ބަޔާން ނިދާފޮށް އެޗްއާރްވެސް މިރޭފަތިހުވެސް ހޭލަފާނެ ހިނިއައްނަނީ ދެންގޮޅިތަކުންދުވާނީ ކަނޑާތަކެއް މާމުއިބޯން މާމުއިމޫސުންނިމެނީ ނިމެނީ

  8. އަހައްމަދޫ

    މިތަންތަން މީ ހަމައެކަނި ބަޔާން ނެރެލަނެރެލަ ތިބެން އުފައްދައިފައި ތިބޭ ބަޔެއްކަމައް ހީވާކަހަލަ، މާބޮޑުކަމެއް ނުކުރެވުނަސް. ފިޔަވަޅުއަލާނަން، އެނިމުނީ

  9. ދީނާ

    ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ޚަރަދުކޮށްގެން ފުލުހުންނާ ސިފައިން ބޭނުންކޮށްގެން މިހާރު ރާއްޖޭގެ އަތޮޅުތަކަށް ކުރަމުން އެގެންދާ ދަތުރުތަކަކީ ކެމްޕޭނެއް ނޫންތަ. ތިޔަ ކޮމިޝަންގައި އޮތް ހަމައެކަނި ލޯވެސް އޮތީ މެރިފަތަ؟ ވޯޓަށް މަހަކަށްވުރެ ކުޑަވީމާ ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށް ދެވަނަ ދައުރަކަށް ހޮވަންޖެހޭ ވާހަކަ ދެއްކުން އެއީ ކެމްޕޭނެއް ނޫންތަ؟ އަދި ދައުލަތުގެ ބާރުތައް ބޭނުންކޮށް އިދިކޮޅު ފިކުރުގެ މީހުން ހައްޔަރުކޮށް އަނިޔާކޮށް ހަދަމުން އެގެންދަނީ ކޮން އުސޫލަކުންތަ؟ ތިޔަކޮމިޝަނުން ކުރެވުނު ކަމެއް އެބައޮތްތަ.