ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ރިޝްވަތުގެ މައްސަލަތައް ރިޕޯޓް ކުރަން ހާއްސަ ޕޯޓަލްެއެއް ގާއިމުކޮށްފިއެވެ.

އިއްޔެ އެ ޕޯޓަށް ގާއިމްކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ.

އޭސީސީން ބުނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 11 އަދި 12ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިހާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ ކޮންމެ މީހަކަށްވެސް އެ މައްސަލައެއް، އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅިދާނެ ކަމަށެވެ.

އަދި އެ ޕޯޓަލްއަށް ވަނުމުން އިންތިހާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެ ގޮތުގެ މައުލޫމާތު ހިމަނައިގެން އޭސީސީން ތައްޔާރުކޮށްފައިވާ ލުއި ފޮތް ވެސް ބައްލަވައިލެއްވޭނެ ކަމަށް ބުނެފައިވެއެވެ.

"މިޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ސިއްރުކޮށްދެވޭގޮތަށް އިންތިޒާމުކުރެވިފައިވީ ނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށެވެ. އަދި ވިސިލްބްލޯކުރާ ފަރާތްތަކަށް ކޮމިޝަނުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޕޯޓަލް މެދުވެރިކޮށް މައްސަލައާ ގުޅޭގޮތުން ދެވެން އޮތް އެންމެގިނަ މައުލޫމާތު ހިމެނުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ." އޭސީސީން ނެރުނު ބަޔާނުގައު ވެއެވެ.

ކޮންމެ އިންތިހާބަކާ ދިމާކޮށް ރިޝްވަތުދޭ މައްސަަލަ އޮންނަނީ ފެންމަތިވެފައެވެ. އަދި ވޯޓު ގަތުމަށް ފައިސާ ބަހާއިރު އެފަދަ މައްސަލަތަކުގައި ފިޔަވަޅެއް ނޭޅެއެވެ. އެހެންވެ ގިނަ ބައެއްގެ ފާޑު ކިއުން އޮންނަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރަކަށް ގޮސްފިނަމަ އެ ބުރެއް އަންނަ މަހުގެ ފަހުކޮޅު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަރީ

    ވެންޓިލޭޓަރު މައްސަލައަށް ވީގޮތަށް ހުރިހާ މައްސަލައެއެވެސް ނިމޭނީ. ޝުުކުރިއްޔާ.

    • ރިޝްވަތު

      އާދެ މުޅި މި އިންތިހާބަކީ ރިޝްވަތުން ފުރިފައިވާ އިންތިހާބެކެވެ. އެއްބަޔަކު ފާޅުގައެވެ. އަނެއް ބަޔަކު ސިއްރުންނެވެ.

  2. ކޮލި

    ވަރަށް ރަނގަޅު ކަމެއް. ބަރާބަރު

  3. މުއިއްޒު 2023

    އިބޫ ރައްޔިތުންގެ ބައިތުލްމާލުން ކެމްޕޭނަށް ހަރަދުކުރަނީ. ގާސިމު ވާވެއްދި ފަޅު ވިއްކާލައިގެން ކެމްޕޭނަށް ހަރަދުކުރަނީ. އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެތަން ނުފެނޭތަ؟

  4. ޅިޔަނުބެ

    ބޭކާރު ކަންތައް ކުރުން ހުއްޓާލާ. އަމިއްލައަށް ނިންމާކަންތައް އަމިއްލައަށް ނުކުރަން ތިބޭބައެއް ތީ

  5. ޢައިޗާ

    ހައްތަހާ ވެސް ރިޝްވަތު. ޥަޒީފާތަކާ އިއުލާނު ކުރާ މަޝްރޫޢްތަކާ، ދަވްލަތުގެ ހުރިހާ މީޑިޔާތައް ބޭނުން ކޮށްގެން ކެމްޕެއިންކުރުން . މީހަމަަ ހުސް ރިޝްވަތު. ޞަލާދީ

  6. ހުސޭނުބޭ

    ރިޝްވަތު ދޭ މީހުންނާއި ރިޝްވަތު ހިފާ މީހުން ތިތަނުތެރެއަށްވަދެ ތިތަނުގައި އެކަން ކުރިޔަސް ތިކަމެއް ނުކުރެވޭނެ!

  7. އަހްމަދު

    ހެޔޮނުވާނެރައްޔިތުންނޭ މިބައިމޫންނައް އިތުބާރުކޮށްފަ އެއްވެސްއެއްޗެއް ހުށަނާޅާތި އެއީހަމަ ވަގުތުބޭކާރުކޮށްލަންކުރެވޭކަމަށްނޫނީ ނުވާނެ އިބްރާހިމާދެކޮޅައް ޗުއްޕުވެސް މިމީހުންނުބުނާނެ ވަރައްސާފު

  8. ބުއްޅަބޭ

    ސޯލިހު އެއްކޮށްލާ އަވަހަށް ތިޔަ ޕޯޓަލްއަށް...

  9. ނަހުލާ

    މިހާރުވެސް އެ ބަހަނީ ރިޝްވަތު. ރަށަކަށް އަރާ އެ ކުރަނީ ކޮން ކަމެއް. އިންތިޙާބަށް ފްލެޓް، ބިން ބަހާ ހަދަނީ. މިއަށްވުރެ ބޮޑު ރިޝްވަތަކީ ކޮބާ.

  10. ނަންނި

    ތިމީހުއްނައްނުވާނެތިކަމެއް މަ ލީ މައްސަލަވީކިހިނެއް އިތުބާރެއްނެއް

  11. ޖާނޭ

    އެހެންވިއްޔާ އިބޫގެ އެޖެންޓް ޖާބިރު ހައްޔަރު ކުރޭ
    . ޜިހެބުގައި ތިބެނަޖެހޭ 2 މޮޔައިން ގޮވައިގެން އުޅޭ މީހެއް ވިއްޔާ. ޖާބިރުގެ ބޮޑިކަމުދާ އެއްޗެހީން ހުސް ޑޮލަރު. ޝިޔާމުގެ ކިހިލިފަތިން ފައިބަނީ ހުސް މާމުއި. ބަލާލުމެއް ނެތި ބަހަނީ. މައްސައެއް ނުބެލޭ.

  12. މުގުރާން

    ނިދިންހޭލެވުނީ ކޮންބައެއްގެ ލޮލުގަ އަނދުންއަޅުވަންބާ؟؟؟ ތިޔަތަނަށް އިތުބާރުކުރާ ރައްޔިތަކުނޫޅޭ މިހާރު.

  13. އަންޖި

    މިހާރުވެސް އެބުނަނީ ރަސްމީދަތުރުތަކުގަ ކެމްޕޭން ކުރެވޭނެޔޭ ދެން މިވަރުބަޔަކައް ކޮން މައްސަލައެއް ހުށައަޅަން ވީ ވަގުތުބޭކާރުކުރަންނޫނީ އެތިބެނީ އެޅިހާބަތަކައް ރިހަވެފަ ދެކޮޅައް އަނގަވެސް ހުޅުވާލަން ނުކެރޭނެ