ހާއްސަ ހާލަތެއްގައި ނޫނީ އިންތިހާބާ ދިމާކޮށް މުވައްޒަފުން ނުނެގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ލަފާ ދެއްވައިފިއެވެ.

އޭސީސީން އެގޮތަށް ލަފާ ދެއްވާފައި ވަނީ އިންތިހާބުތަކާއި ގުޅޭ ކޮރަޮޕްޝަންގެ ހިރާސް ކުޑަކުރުމާ ގުޚޅޭ ގޮތުން ނެރުނު އިރުޝާދު ނާމާގައެވެ.

މިއީ އިންތިހާބުތަކުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކާއި ކޮރަޕްޝަނަށް ހުށަހެޅޭ ފަދަ ކަންކަން ވެދިޔަ ނުދިނުމަށް އެކުލަވާލައިފައިވާ އިރުޝާދު ނާމާއެއް ކަމަށް އޭސީސީން ވިދާޅުވިއެވެ.

އެގޮތުން ދައުލަތުގެ މުދަލާއި ފާއިސާއާާއި އަދި މަގާމުގެ ކެމްޕޭން ކުރުމުގައި ބޭނުން ކުުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތް ކަމަށް ބުނެ ބައެއް ކަންކަމަށް ލަފާ ދެެއްވާފައި ވެއެވެ.

އެގޮތުން ހާއްސަ ހާލަތެއްގައި މެނުވީ، ދައުލަތުގެ އިދާރާއަކަށް ނުވަތަ ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއަށް ނެގުން އަދި ވަކިނުކުރުމަށް ލަފާ ދެއްވާފައި ވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ބޭއްވި އިންތިހާބު ތަކާ ދިމާކޮށް އެކި ކުންފުނިތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ވަޒީފަތައް ދީފައިވާތީ ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވެއެވެ.

އޭގެ އިތުރުން އިންތިހާބުތަކާ ދިމާކޮށް ވަކި ގޮތަކަށް ވޯޓު ދިނުމަށް ބުނެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާ މައްސަލަ ވެސް ފެންމަތިވެފައި ވެއެވެ.

އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފައި ވެއެވެ. އެހެން ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލިސް އިން ވަނީ އެ މައްސަލަަތައް ބޭރުކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖާނޭ

    ހުރިހާ ކަމެއް ނިމުނީމަ ދެން ކީއްކުރަން. އަގައިން ގިނައެއްޗެތި ނުކިޔުއްވާ މުސާރަހަލާލު ކުރޭ.

    15
  2. Anonymous

    މިވެސް ހާދަޔަހޫދީބަޔެކޭދޯ! ނަގާނިވަރަކަށް މުއައްޒަފުން ނަގައި ނިންމީމައީ ލަފާދެނީ! ރާއްޖޭގައި ދިރިއުޅޭނީ ކަޑުކޮހުންކަމަށްތައް އޭސީސީއިން ހީކުރަނީ!

    17
    1
  3. ލަދު

    ކަލޭ އަދިރީތޯ؟ މިއީ ޑިކްޓާޓޭރ ވެރިކަމެއް.ޑިކްޓޭޓަރ ވެރިަކމުގައި މިނިވަން މުއައްސަސާ އެއްނޯންނޭނެ.ތޮބޭނީ މި ކަހަލަ އަޅުން.ވަރަށް ވެދުން/ލަދެއް ނުގަނޭތަ ކަލޭމެން.

  4. ބަރުގޮނު

    ޚާއްޞަ ޙާލަތު ގެންނާނީ އެތަނެއްގައި ތިއްބަވާ ވެރިން ބޭނުން ވެލެއްވީމާ ބޭނުން ވެލެއްވި ވަގުތެއްގައި.

  5. އަލީ ިދއްދޫ

    ހެހެ އެކަން ނި މިއްޖެ އެންމެން ފެނަކަ ރޯޑް ވަޒީފާގަ، ސިވިލް ސްޓާފުންނަށް ވުރެ ރަށްރަށުގަ ގިނައީ ފެނަކަ ވަޒީފާ އޮޑިޓެއް ހަދާ މުސާރަ ޝީޓްތަށް ބަލާ ތީ ހުސް ވގނ

  6. ވަޒީރު

    ރާއްޖޭގެ ކުދި ހާހެއް ހަމަނުވާ އާބާދީ ތަކުގައި ފެނަކައިގެ 400 އެއްހާ މުވައްޒަފުން އިންތިހާބާ ދިމާކޮއް ވަޒީފާދީ މަސްދޯނިތައް ފަޅުވެރިން ހަމަނުވުމުގެ ސަބަބުން މަހައްނުގޮސް ފަޅުގައި އަޅާފަ ހުރި ރައްރަށް މަދެއްނޫން މީހަކު މައްސަލަ ނުޖެއްސިއްޔާ ބަލަންޖެހޭ މުއައްސަސާއެއް މިގައުމަކުނެތް.

  7. ރާވިޒް

    އިންސާފަކީ މިޤައުމުގައި އޮތް އެއްޗެއް ނޫން. މިފަހަރު ހުޅުމާލެއިން ފްލެޓް ދިން އިރުގައި މާލޭގައި އުޅެ؛ މީހުނާއި އިނދެ ދަރިން ލިބި އެދަރިންނަށް މާލޭ ސްކޫލްތަކުން ގްރޭޑް 12 ނިމެންދެން ކިޔަވައިދީ މާލޭގައި ދިރިއުޅެމުން ދާތާ 15އަހަރުވެފައިވާ މީހާ އަށް ފްލެޓް ނުލިބި؛ ދަރިއަކުވެސް ނެތި އަމިއްލަ ރަށުގައި މިހާރު ދިރިއުޅެމުންދާތާ 12އަހަރު ވެފައިވާ މީހާއަށް ހުޅުމާލެއިން ފްލެޓް ދީފައި އެބަހުރި. މިއީ މިޤައުމުގައި އިންސާފު ހުރިގޮތް. ހިތު ހުރި ގޮތަކަށް ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ބަޔަކަށް ދެމުން ގެންދާއިރު މިކަންކަން ބަލާނެ ތަނެއް ނެތް.