ވަގަށް ނަގާފައިވާ ހަތަރު ފޯނާއި މެދު މެދު އުމުރުގެ މީހަކު މިއަދު ހައްޔަރު ކޮށްފިއެވެ.

ވަގަށް ނަގާފައިވާ ހަތަރު ފޯނާއި މެދު މެދު އުމުރުގެ މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަން ފުލުހުން ވެސް ކަށަވަރު ކޮށްދެއެވެ.

ފުލުހުން ވިދާޅުވީ މިއަދު 14:20 ހާއިރު އދ.ގެ ބިލްޑިން ކައިރިން 38 އަހަރުގެ ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަތަރު ފޯނު އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

މި ފޯނުތަކުގެ ތެރެއިން ތިން ފޯނަކީ މިއަދު 12:00 ހާއިރު ފުލުހުންނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި ގުޅުން ހުރި ފޯންތަކެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފޯނު ވަގަށް ނެގުމުގެ މައްސަލަތައް ފާއިތުވި އަހަރުތަކުގައި މަދުވި ނަމަވެސް މިހާރު ވެސް ފޯން ވަގަށް ނެގުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅެއެވެ. ފޯން ވަގަށް ނެގުމުން ފޯން އަލުން ހޯދުމަށްޓަކައި ފޯނުގެ އައިއެމްއީ ނަމްބަރު ފުލުހުންނަށް ފޯރުކޮށްދީފި ނަމަ ފޯނު ހޯދަން ފަސޭހަ ވެއެވެ. ފޯންގައި #06#* ޖެއްސެވުމުން އައިއެމްއީ ނަމްބަރު ފެނިވަޑައިގަންނަވާނެއެވެ. އެހެންކަމުން ކުރީބައިގައި އައިއެމްއީ ނަމްބަރު ހޯއްދަވާ، ރައްކާ ކުރައްވާފައި ބޭއްވެވުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަމަ

    ތިޔަހެން ހޯދާ ހައްޔަރު ކޮށްފަ އަދަބު ދިނީމަ ރަންގަޅު ވާނީ

  2. ޖިނާއީ އިޖުރާތް

    ފޯން ތައް އަތުލާފަ މީހާ ދޫކޮށްލާ

  3. ޖިންނި

    އަޖީބު ދޫކޮށްލާފަ ނޫނޭ ދިމޮކްރާތީ ނިޒާމް ފައްކާ