ފަނޑިޔާރުންގެ ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް އުފެއްދުމުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށް ޔޫތް މިނިސްޓަރ މަހުލޫފް އަހުމަދު ވިދާޅުވިއެވެ.

މަހުލޫފް މިހެން ވިދާޅުވީ، މި ޖަމިއްޔާ އުފެއްދުމަށް ފަނޑިޔާރުންގެ ޖަމްޢިއްޔާ އުފެއްދުމަށްޓަކައި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް ޔޫތް މިނިސްޓްރީއަށް ހުށަހަޅާފައިވާކަން މިއަދު އިއުލާނުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ،ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއެކު އެ މައްސަލައަށް ގޮތެއް ނިންމާނީ އެޓާނީ ޖެނެރަލްގެ ލަފާާގެ މަތިން ކަމަށެވެ.

ޖުޑީޝީއަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް އުފެއްދުމަށް މިދިޔަ މެއި މަހުގެ 21ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުގައި ނިންމަވާ ކަމަށެވެ. އަދި އެ ޖަމިއްޔާ އުފެއްދުމަށްޓަކައި ހުރިހާ ލިޔެކިޔުންތަކެއް މިދިޔަ މަހު 26 ވަަނަ ދުވަހު ޔޫތް މިނިސްޓްރީއަށް ހުަށަހަޅާފައިވާކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ޤާނޫނުގައި ފަނޑިޔާރުންނަށް ލިބިދީފައިވާ ޖަމްޢިއްޔާ ހެދުމުގެ ޙައްޤުގެ ދަށުން އުފެއްދުމަށް ކަނޑައަޅާފައިވާ މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ، ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުންކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބަނޑޭރި

  މިކަލޭގެ މީ ހާދަ ފުއްޕާާ ގޮލައެކޭ ދޯ.

  37
  2
  • ކިނބޫ

   ނައިބުރައީސްގެ އަނބިކަނބަލުންގެ ފިރިކަލުން މަގާމުގެ ޒިންމާ އަދާކުރަން ތިހާ ޖެހިލުންވެ ބިރުގަނެ ސުވާލު އުފެދި ޝައްކު ހީވެ ހިތް ބިރުގަންނަންޏާ އޭޖީއާ ތަން ހަވާލު ކޮށްފަ ނަމަވެސް ގެއަށް ދާންވީނު.

   3
   1
 2. ޤާ

  ޑޮލަރޭ މެން ބޭނުން ގޮތެއް މިހާރު މި ޤައުމުގަ އޮންނާނީ
  ޖަމްއިއްޔާ ހެދޭނީ ވެސް ޑޮލަރޭ ބޭނުން މީހަކަށް ދޯ.
  ބަލާލަބަލަ ކަރަންޓްގެ އަގު ހެޔޮވިވަރު މިހާރު ބިލު ހެނިފަ ރަތްޔިތުން އެތިބެނީ ހެވިފަ ވާއޮ.. އަދި ކޮބާ ކޮޗިންނަށް ފެރީ ވެސް. އޯ ގަދަ ނާސްތާވެސް ތަޅުމުގަ ޖައްސާލައިންދާ ޓިސޫގަ ވާވާ. އަދި ކުދިންގެ ލޯނޯ ފޯމް ރަގަޅަށް ފުރާލަންޖެހެީ އެ ލިބުނީ ހޯހޯ

  40
  1
 3. ދޮންބެ

  މަހުލޫފު އަކީ މަގާމެއް ލިބިފާހުއްޓަކަސް މިކަހަލަ ކަން ކަމާ އެއްޗެހި ބުނެ ވޭހާ ގާބިލު މީހެއްބާ

  35
  1
 4. އަފީ

  މީ މިދައްކާ ވާހަކަ އިސްލާހިއްޔާ ގައި ތިބި މީހުންވެސް މިއަދު ވަޒީރު ކަމުގައި.

  29
 5. ރީލޯޑު ވަޒީރު

  ބަލަ ކަލޭ ތީ އަބަދުވެސް ސުވާލު އުފެދި ހައިރާންވެ އަންތަރީސް ވެފަ ހުންނަ މީހެއްނު

 6. އަލްޖިބްރާ

  ތިޔަ ޖަމިއްޔާ ހަދަން ތިއުޅެނީ ކުރީގެ ސަރުކާރު އޮތްއިރު ހިންގާފަ ހުރި ޖަރީމާތަށް ފޮރުވަން ! މަހުލޫފް ސީދާ އެހެން ނުބުންޏަސް އެންމެނަށްވެސް އެގޭ !

  1
  6
 7. ޝަހީދު

  ތިމާމީހާއަށް ކޮރަޕްޝަނުގެ ފައިސާ ލިބުނުކަމާމެދު ސުވާލު އުފެދޭ އެތައް ކަމެއް އެބަހުއްޓެވެ. މިހާރު ރައްޔިތުންނަށް ޔަޤީންވެ ކަށަވަރުވާ ކަމަކީ ގާހަކަ ސްޕީޑުގައި ހިނގަމުން އަންނަ މިސަރުކާރަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމެވެ. ވަރަށް ކައިރި މުސްތަޤުބަލެއްގައި މިސަރުކާރު ވެއްޓިދާނެކަމަށް ލަފާކުރެވެނީ މިހިރަކަންކަން އެގޮތަށް ހުރުމުންނެވެ.