ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ކުއްޖަކު، ކިޔަވަން ދިއުން ހުއްޓުވުމުގެ ގޮތުން، އެ ކުއްޖާގެ ޕާސްޕޯޓް ބައްޕަ ހިފަހެއްޓިކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ސްރީލަންކާގައި ކިޔަވަމުންދިޔަ އެ ކުއްޖާ ޗުއްޓީއަށް މާލެ އައިސް ހުއްޓާ އެ ކުއްޖާގެ އަތުން ޕާސްޕޯޓް އަތުލުމަށްފަހު އެ ކުއްޖާގެ ބައްޕަ އެ ކުއްޖާ ގޮވައިގެން ރަށަށް ދިއުމަށް މަޖުބޫރު ކުރަވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އެކަން މީސް މީޑިއާގެ ސަމާލުކަމަށް ގެނެސްފައި ވަނީ އެ ކުއްޖާގެ ކަންކަން ބަަލަމުންދިޔަ އަންހެން މީހާއެވެ. އެއީ އެ ކުއްޖާގެ މަންމަ ފަރާތު ބޮޑު ދައިތައެވެ.

މަންމަ ނިޔާވެފައިވާ އެ ކުއްޖާ ލަންކާގައި ކިޔަވަމުން އަންނަތާ ތިން އަހަރު ވެެދާނެއެވެ. މިއީ އެ ކުއްޖާގެ އޯ ލެވެލް އަހަރެވެ. އަދި އޭނާގެ ޓެސްޓުވެސް ފެށިފައިވާކަމަށް އެ އަންހެން މީހާ ބުނެފައި ވެއެވެ. އެހެން ނަމަވެސް އެ ކުއްޖާގެ ޕާސްޕޯޓު ހިފަހައްޓާފައިވުމުން، އެ ކުއްޖާއަށް ފުރޭގޮތް ވަނީ ނުވެފައެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިމައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ އެކު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ، މި މައްސަލާގައި ބަލަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި، މި މައްސަލާގައި ކުއްޖާ ބަލަހައްޓަމުންދާ މީހާއި ކުއްޖާގެ ބައްޕަވެސް މިނިސްޓްރީން ސީރިއަސްކޮށް ބަލަން ޖެހޭ ކަންތައްތަކެއް ފާހަގަކޮށްފައިވާކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ ކުއްޖާ ބަލަހައްޓަމުންދާ އާއިލާގެ ފަރާތުން ބައްޕައާ ދެކޮޅަށް މަސައްލަތަކެއް ހުށަހަޅާފައިވާއިރު، ބައްޕަވެސް ވަނީ އެ ކުއްޖާ ބަލަހައްޓަމުންދާ އާއިލާއާ ދެކޮޅަށް މައްސަލަތަކެއް ހުށަހަޅާފައެވެ.

"ދެ ފަރާތުންވެސް އެބަހުރި މިނިސްޓްރީން ބަލަން ޖެހޭ ސީރިއަސް މައްސަލަތަކެއް ހުށަހަޅާފައި، މައްސަލަ ތަހުގީގު ކުރާތީ އަދި މިވަގުތު ބުނެވޭކަން ނެތް ވަކި ފަރާތަކަށް ނިސްބަތްކޮށް". އެ އޮފިޝަލް ވިދާޅުވިއެވެ.

ބައްޕަ އެ ކުއްޖާ ހިފަހައްޓާފައި ވަނީ ކީއްވެގެން ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަލީ

    ޝުކުރިއްޔާ!

    11
    1
  2. އާދަމް

    ހަމައެންމެ ރަނގަޅު ވާހަކައެއް.

    10
  3. ޖަންޑާ

    ދަރިން އެއީ ބަފާގެ. މިއަދު އާއިލާއިން ދަރި ޖަހައިގަންނަން އުޅޭ ސަބަބެއް ނުވިސްނޭ.

    24
    4
  4. ދޫޔ

    އެންމެފުރަތަމަ އެކުއްޖާގެ ބައްޕަޔައް އެކަމަކީ ކުއްޖާޔަށް ރައްކާތެރި ނޫންކަމެއްކަމައް ގަބޫލުކުރެވޭނަމަ ޕާސްޕޯޓް ހިފެހެއްޓުމަކީ ރަނގަޅުކަމެއް

    64
    6
  5. ހިހި

    މިއޮއް ހުރިހާ ދުވަހު ކުއްޖާ ކިޔަވަން ހުރިއިރު ބައްޕައަށް މައްސަލައަކަށް ނުވެ. ޚުއްލިއަކުން މައްސަލައަކަށް ވާނީ. ބޮޑެތި ކަންތައްގަނޑެއް ހިނގީމަ. ކުއްޖާގެ ފަރާތުން ނުވަތަ ކުއްޖާގެ އާއިލާގެ ފަރާތުން. ބައްޕައެއްގެ ވިސްނުން ކުއްލިއަކަށް ބަދަލުވާނެ ސަބަބުތަކެއް އޮންނާނެ

    13
    2
  6. ހުސެން

    ތިއީ ބަލަން ޖެހެމައްސަލައެއް ނޫން އުކުއްޖާގެ ބައްޕަގެ ނުގަބޫލްގަ އެކުއްޖާގެ ދައްތަ ނުޖެހޭ އެކުއްޖާ ގެންދާ ކައް

    16
    1
  7. އޗ

    ބައްޕަ އެކުއްޖާ ހިފަހައްޓާފައި ވަނީ ރަގަޅައް މާއޯވެގެން އުޅޭ ދައްތައެއް އެއީ

    12
  8. ހަނީ

    ވ.ވ ރނގަޅު ކަމެއް ކުއްޖާގެ ބައްޕަ ތިކުރީ.ބައްޕަ ތި ޕާސްޕޯޓް ހިފަހައްޓަން ޖެހުނީ މަޖުބޫރުވެގެން ކަންނޭގޭ. މަށަށް ހީވަނީ ތީ އަންހެން ކުއްޖެހެން. އެހެން ވިއްޔާ ނ ވވ ބޮޑަށްވެސް ރަނގަޅު. އަންހެން ކުދީންނަކީ ވވ ބޮޑު ޒިންމާއެއް. އެމީހުން އަންނާނީ ހަދިޔާ ހިފައިގެން. ފިރިހެން ކުދީން ހަދިޔާއެއް ނުގެންނާނެ. އެމީހުން ކުރާނީ މިހާރު މިކުރާ އެންމެ މަޝްހޫރު ކަންތައް ގަނޑު.ތި ބައްޕައަށް ވވވވ ބޮޑަށް ޝުކުރިއްޔާ.

    11
    2
  9. ހަމްޒާ

    ކުއްޖާގެ ބައްޕަ އަށް އޮން ނާނެ ފުރިހަމަ ހައްގު ކުއްޖާ ހިފެހެއްޓުމުގެ. އެއީ އެކުއްޖާގެ ވަލީ ވެރި އަކީ. ޖެންޑާރ އަކަށް ހާޒިރުވެސް ނުކުރެވޭނެ ކުއްޖާގެ ބައްޕަ އެއް. ކިޔެވުމަށް ބައްޕަ އަށް ހަރަދު ނުދެވެންޔާ ވެސް ހުއްޓުވޭނެ. ދަރިފުޅު ގޯސް މަގަކުން ދާހެން ހީވާނަމަ ވެސް ހިފެހެއްޓޭނެ. ޢެއީ ދަރިފުޅުގެ ބައްޕަ ވީމަ. ޥާނުވާ ގެ ޖެންޑާރ ނޫޅޭތި

    16
    1
  10. އިންސާފުކާތަރާދޫ

    މި ޖެންޑަރ މިނިސްޓަރަށް އޮޅިގެން އުޅޭހެން ހީވޭ!