ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މި އަހަރު ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ޕީޕީއެމްއަށް ލިބެންޖެހޭ 9.2 މިލިއަން ރުފިޔާ އެޕާޓީގެ އެކައުންޓަށް ޖަމާކޮށްދީފިއެވެ.

ފިނޭސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މި އަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ޕީޕީއެމަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާ 9.2 މިލިއަން ރުފިޔާ އެޕާޓީގެ އެކައުންޓަށް ޖަމާކޮށްދީފައިވާކަމަށެވެ.

މި ފައިސާ ޕީޕީއެމަށް ޖަމާކޮށްދީފައިވަނީ އިލެކްޝަންސް ކޮމިޝަނުން އެކަމަށް އެދުނުތާ 3 ދުވަސްތެރޭގައިކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

މިިދިޔަ އަހަރު ނިމުމުނު އިރު 10000 މެމްބަރުން ތިބީ ހަތަރު ޕާޓީއެއްގައެވެ. އެ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 26.2 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ދޫކުރަން ހަމަޖެހިފައިވާ ޕާޓީތަކުގެ ތެރެއިން އެންމެ ފަހުން ފައިސާ ޖަމާކޮށްދީފައި ވަނީ ޕީޕީއެމްއަށެވެ. އެހެން ޕާޓީތަކުގެ މީގެ ކުރިން ފައިސާ ދައްކާ ނިމިއްޖެއެވެ.

ހުރިހާ ޕާޓީތަކަށް ފައިސާ ދޫކުރިކަން ފިނޭންސް މިނިސްޓްރީން އެންގިއިރު، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ރަރަދުކޮށްފައިވާތީ 95،000 ރުފިޔާއިން އެޕާޓީ ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެމްޑީޕީ ވަނީ 60،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެހެންކަމުން މި ދެޕާޓީއަށް ފައިސާ ޖަމާކުރުމަށް ފިނޭންސްއަށް ފޮނުވާފައިވަނީ މި މި ބައި އުނިކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ އާރިފް

    ޢަވަހަށް ދަރާފައިހުރި ތަންތަނަށް ފައިސާދީ ހަލާސްކުރޭ، ނޫނީ ތިފައިސާތައްވެސް ވަކިބައެއްގެ އަތްމައްޗައްއަރައި އެމީހުންގެ ޖީބުތައް ފުރާލާނެ.

    9
    9
  2. ނާސިރު

    ސިއާސީ ޕާޓީތަކަށް ފައިސާ ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ސަބަބެއް ނެތް

    17
    3
  3. ޢުމަރު

    ތިފައިސާ ނަމަނަމަ މިދިޔަ ފަސްއަހަރު ދައުލަތުން ވައްކަންކޮށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު އެއްވެސްމީހެއްގެ އަތްފޯރާފަށުގައި ނުބަހައްޓާތި ނޫނީ އެވެރިން ތިފައިސާތައްވެސް ހަމަ ފެންފޮދަކާނުލާ ދިރުވާލާނެ.

    8
    3
  4. ޖަޒުބާތު

    އެއްވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ފައިސާއިން ދޭކަށް ނުޖެހޭނެ. ދައުލަތުގެ ފައިސާ އަކީ އެންމެންނަށް ހަމަހަމަ ވާންޖެހޭ އެއްޗެއް. ވަކިބަޔަކަށް ނާޖާއިޒު ފައިދާ ނަގަން އެފައިސާ ދީގެން ނުވާނެ. ސިޔާސީ ޕާޓީ ތަކަށް ތިގޮތަށް ފައިސާ ދެންޏާ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ފައިސާ ދޭންޖެހޭނެ. އަދި ޕާޓީތަކަށް މިދެނީ މަދު އަދަދެއްވެސް ނޫން. މިލިއަނުން މިލިއަނުން. ސިޔާސީ ޕާޓީތައް ހިިންގަން ބޭނުމިއްޔާ އަމިއްލަޔަށް ފަންޑްރައިޒު ކޮށްގެން ނުވަތަ އެނޫންވެސް ގޮތަކުން ފައިސާ ހޯދާ.