ލ.ގަމުން ފުލުހުންނަށް ބަނގުރާ ފުޅިތަކެއް ފެނިއްޖެ ކަމަށާއި ނަމަވެސް އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ފުޅިތަކެއް ގަމުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޖޫން މަހުގެ 12 ވަނަ ދުވަހުގެ 10:00 ހާއިރު ލ.ގަން ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި، އެރަށު އިންޖީނުގެއާ ދިމާ ވަލުތެރޭގައި ފޮރުވާފައިހުރި ފޮށިގަނޑެއްގެ ތެރެއިން 36 ފުޅި ބަނގުރާ ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ." ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައިވެއެވެ.

މިމައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް މިމައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    ވެރީ ފަނީ

    14
  2. އަބްދުލް

    ނުފެންނާނެ. އަހަރުމެންންށްވެސް އެނގޭ މާލޭގަވެސް ތި ގެންގުޅޭ މީހުނާ ޕާޓީ ކުރާ ގެތައް. ޕޮލިހަކަށް ނޭނގޭނެ. ރިޕޯޓްކުރިޔަސް އައިސް ބެލިޔަސް ނުފެންނާނެ.

    13
    1
  3. ގައުމީލޭ

    ތިވާނީ ގަންޖާބޯގެ މުދަލަކައް

    14
    2
  4. ލަބީބު

    ތިޔައީ މުލިއާގެޔަށާ ތީމުގެޔަށް ގެނައި ޝިޕްމެންޓެއްކަމަށްވާނީ! ރިސޯޓުން މާލެ ސީދާކޮށް އެރުވީމާ ފަޅާއަރާގޮތަށް އަތޮޅުތެރެތުރޫކޮށް ގެނައިމާ ރައްކާތެރިވާނޭކަމަށް ހީކޮށްގެން އެތިބީ!

    14
    3
  5. ފަތިފުއް

    އެހެންކަމުން ސުވާލު ކުރެވޭނީ ބަނގުރާ ފުޅި ތަކަށް ކަމަށް މައުލޫމާތު ލިބެއެވެ

    7
    1
  6. ހހހހހހ

    "....ދެން އެހެންވީމާ ހަކުރު ގިނަވޭ".