މި ސަރުކާރުން އައްޑޫ ތަރައްގީ ކުރަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ދަށުން މަގު ހެދުމުގެ މަސައްކަތަށް އިންޑިއާ އިން 200 މިލިއަން ޑޮލަރު ހަމަޖައްސައިދީފިއެވެ.

އިންޑިއާ އިން ހަމަޖައްސައިދިން މި ފައިސާއަކީ މިދިޔަ މާރިޗް މަސް ތެރޭގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ތެރެއިން އެ ގައުމުން ރާއްޖެ އަށް ދޭން ނިންމާފައިވާ 800 މިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިލިޓީގެ ތެރެއިން ހަމަޖައްސައިދިން ފައިސާއެވެ.

ކުރުނބާ މޯލްޑިވްސްގައި ދެ ދުވަހަށް ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ނިންމުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އައްޑޭ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އިތުރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ފައިސާތައް ހޭދަ ކުރާނީ އެ ސިޓީގެ މަގުތަކާއި ބަނދަރު ހެދުމަށް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ 6.3 ބިލިއަން ރުފިޔާ (414 މިލިއަން ޑޮލަރު)ގެ މަޝްރޫއު ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި، އައްޑޫގެ ހަ ރަށް ސިޓީއެއްގެ ގޮތުގައި ތަރައްގީކޮށް ފަތުރުވެރިކަން ފުޅާކޮށް އިގްތިސޯދީ ގޮތުން އައްޑޫއަށް ނަފާ ލިބޭނެ ގޮތްތަކެއް ހޯދުމެވެ.

އައްޑޫ ސިޓީގައި މި ސަރުކާރުން ހިންގާނީ 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް ކަމަށް އިބްރާހީމް މުޙައްމަދު ސޯލިހު ކުރިން ވަނީ ވިދާޅުވެފައެވެ.

ރައީސް އެއިރު ވިދާޅުވީ އައްޑޫގައި ހިންގާ ބޮޑު މަޝްރޫއާއެކު މުޅި އައްޑޫ އާރާސްތުވެ، އައްޑޫގެ އިނދަޖެހިފައިވާ އިގްތިސާދު ކޮޅަށް ޖަހާ، މުޅި ގައުމުގެ އިގްތިސާދުގެ އިންޖީނަކަށް އައްޑޫ ބަދަލުވެގެންދާނެ ކަމަށެވެ.

އެ މަޝްރޫގެ ދަށުން ފަތުރުވެރިކަމަށް 8000 އެނދު އިތުރުކުރުމާއި، އައްޑޫގެ ބިން އިތުރުކުރުމާއި، ބައިނަލްއަގުވާމީ ފެންވަރަށް އައްޑޫގެ ޕޯޓު ތަރައްގީ ކުރުމާއި، އައްޑޫގައި 17 ކިލޯ މީޓަރުގެ މަގު ހެދުމާއި، މަސް ބަނދަރާއި، މަސް ޕްރޮސެސްކުރާނެ ފެކްޓަރީއެއް ހެދުމާއި، އައްޑޫގެ ކަރަންޓުގެ ހިދުމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލު ހޯދައިދިނުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އިޖްތިމާއީ ގޮތުން އައްޑޫ ސިޓީ އަށް ބޭނުންވާ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމާއި، ސްވިމިންޕޫލާއި ފުޓްބޯޅަ ދަނޑެއް އެ ބިޔަ މަޝްރޫގައި ހިމެނިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޕްރައިވެޓް

    އިންޑިއާގެ އަސްލު މަގުސަދު ތިއޮތީ ކާމިޔާބުގެ އައްސޭރީގަ. އިންޑިއާގެ އެއްމެ ބޮޑު ބޭނުމަކީ އަށްޑޫއަތޮޅު އެމީހުންގެ ބާރުގެދަށުގައި ބޭއްވުން. ގެރި މޯދީގެ ހުވަފެން ހަގީގަތަކަށް ވާންއުޅެނީ.
    މީވަރަށްވާހަކަ.

    32
    5
    • އ. ޖ. އ

      ތަރައްޤީ އަށް ހުރަސް އަޅާ ގަމާރު

      3
      23
  2. ބަފާބެ

    އައްޑުއަކީ އިންޑިޔާގެ ކުޑަ އަވަށެއް އެއަވަށްގަދުގެ މަގު ހަދަން 200 މިލިޔަން ދިނުމަކީ އަނެއްކާވެސް އެއްކަލަ އެއްބިލިޔަން ޑޮލަރުގެ ތެރެއިން ޚަބަރު ނޫސްތަކުގައި ޖަހާލުމަށް ކުރި ކަމެއް! އައްޑުގެ ބިމުގެ 25% އެއޮތީ އިންޑިޔާ ސިފައިންނަށްދީފަ!

    29
    5
  3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތީ އިންޑިޔާއިން ހޮލޭ ސާބަހަށް ދޭ އެއްޗެއްތަ؟ ނޫންނަމަ މިސަރުކާރުން ނެގީމަ މުސްތަގުބަލުގަ އަހަރެމެންގެ ޅަދަރިންގެ ބޮލުގަ އެޅުވޭ ދަރަންޏަކަށްނުވޭ؟؟؟؟ ރައީސް ޔާމީނު އެކަންކުރީމަ ދެފަޔަށް ހިނިއަރައިގެން ތެޅުނީ؟؟؟؟ މިސަރުކާރުން ވަކި މިކުރަނީ ކޮންކަމެއް؟؟؟؟

    30
    5
    • އ. ޖ. އ

      ލޯނެއް ވިއްޔާ ދެއްކޭނެ މަގު ތަނަވަސް ކުރަން ެއެ ހޭދަ ކުރާނީ.

      17
      4
  4. އ. ޖ. އ

    ޕިންކީން އަނގަ ލައްޕައިގެން ހަޖަމު ކޮއްލައިގެން ތިބޭ

    5
    36
    • އައްޑޫ މީހާ

      އޑޕ އަށް ހަޖަމް ކުރަން އެގޭބާ؟ އައްޑޫ އަކީ މިހާރު މިމީހުން ފައިސާޖަހާ ތަތްގަނޑު ހިލޭދިން އެއްޗެއްނަނަތާ ހަމަ ލޯނަކަށްފަހު ލޯނެއް ނަގާ ބަނޑުއަޅަމުން ދަނީ ކުރެވޭ ކަމެއްނެތް ލޯނުނަގާ ވަރަށް ލޯނު އެބަނަގާ ގައުމުގަހުރި ފައިސާކޮޅުވެސް ދަވާލައިފި އައްޑޫ ރައްޔިތުންގެ ސޫރަ ނުފެނިގެން ތެޅިބާލަނީ މަޑަކުން ނުތިބެވޭނެ އައްޑޫ ވިއްކަން ނޫޅޭ

  5. ާަާަަައަސްލު

    އެމްޑީޕީ ތެރޭގަ އައްޑޫ މީހުންގެބާރުގަދަވެ 200މ ޑޮލަރު އެމީހުންނަށް ދެން ރާއްޖޭގެ އެހެން އަތޮޅުތަކަން 5މ ޑޮލަރު ތޯ...ހަމަހަތޯ.!!؟ އިންސާފްތޯ.!!!؟އެނެއް 16 އަތޮޅަށް...900މ ޑޮލަރު ދިނަސް އިންސާފެއްނޫ...އޭރުން އަތޮޅަކައް އެޖެހުނީ ކޯޗެއް..؟؟! ރާއްޖޭގަ ރިސޯޓްތަށް އޮތީއައްޑޫގަތޯ..ހައިރާންވެއްޖެ...

  6. ރާއްޖޭ ސޮރު

    އިންޑިޔާއަކީ ފަޤީރުން ގިނަ ޤައުމެއް. އެހެނަސް ލޯނު ދިނުމުގައި ވަރަށް ދީލަތި ޤަޢުމެއް.

    5
    1