ހާރިޖީ ގުޅުންތައް ބާއްވަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ ނަރާ ގޮތަށް ކަމަށް ރައިސުލްޖުމުހޫރިޔާ އިބްރާހިމު މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދިވެހީ ހާރިޖީ މަސައްކަތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަށް ނައްތާލުމާއި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މިއަދު ފޮރިން މިނިސްޓްރީގައި ފެށުނު ދިވެހި ސަފީރުންގެ ބައްދަލުވުމުން ފެށުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މި ފަދަ ބައްދަލުވުމެއް ބޭއްވުމުގެ އެންމެ މުހިންމު މަގުސަދަކީ ދިވެހިންގެ ދިރިއުޅުމާއި ފުދުންތެރިކަން އިތުރުކޮށް މިހާރަށް ވުރެން ފާގަތި މަންޒިލަކަށް ރާއްޖެ ގެންދިއުމައްޓަކައި ރާއްޖެއިން ލިބެން ހުރި ވަސީލަތަށް ބޭނުން ކޮށްގެން ކުރިއަށް ދާނެ ގޮތަކާއި މެދު މަޝްވަރާ ކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ނިސްބަތުން ކުޑަ ގައުމެއް ނަމަވެސް ގާބިލު ކަމާއި އެކު ގޮންޖެހުން ތަކާއި ކުރިމަތިލާ އަޒުމް ވަރުގަދަ ގައުމެއް, ބައިނަލް އަގުވާމީ މައިދާނުގައި ވެސް ދިވެހި ރާއްޖެއިން ވަކާލާތު ކުރަނީ ގާނޫނުގެ ބާރު ދަމަހައްޓައި ހަމަޔާ އިންސާފު ހޯދައި ދިނުމަށް" ރައީސް ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ހައިބަތު އުފުލާދޭނީ ދިވެހި ޑިޕްލޮމަސީގެ ސިޔާސަތު ހަރުދަނާވާ ވަރެެއްގެ މައްޗަށް ކަމަށް ވިދާޅުވެ ރައީސް ޞާލިހު އިތުރަށް ވިދާޅުވީ މި ގައުމުގެ ދިފާއީ އައްޑަނައަކީ ހާރިޖީ ސިޔާސަތުގެ ތަޅުދަނޑި ކަމަށެވެ.

"ހީނަރުވެފައިވާ ހާރިޖީ ގުޅުންތައް ބަދަހި ކުރުމުގައި ދިވެހި ސަފީރުންގެ ދައުރު ވަރަށް ބޮޑު, ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ދިވެހިނަށް ބޭނުންވާ ހިދުމަތްތަށް އެއްވެސް ދަތި ކަމެއް ނެތި ފުރިހަމަ އަށް ފޯރުކޮށްދެއްވަން ތިބީ އެކި ގައުމުތަކުގައި ތިބި ދިވެހި ސަފީރުން " ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ބޭރު އެހެން ގައުމުތަކާއި ދިވެހިރާއްޖެއިން ގުޅުން ދަމަހައްޓަނީ އަމިއްލަ މިނިވަންކަމާއި އަމިއްލަވަންތަކަމަށް ބުރޫނަރާ ގޮތުގެ މަތިން ކަމަށެވެ.

މިއަދު ފެށުނު މި ބައްދަލުވުމުގައި ރާއްޖެއިން އެކި ގައުމުތަކަށް ކަނޑައަޅުވާފައިވާ ގިނަ އަދަދެއްގެ ސަފީރުން ވަނީ ބައިވެރިވެފައެވެ. މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހި ހާރިޖީ ސިޔާސަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މެދު ހައްލު ހޯދަން މަޝްވަރާ ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުން

    މި ބައިގަނޑު ބުނާގޮތާ އިދިކޮޅަށް އަބަދުވެސް ކަންކުރާނީ..

    24
  2. ޑީދި

    އިންޑިޔާގެ ރުހުން ގެއްލިދާނެތީތޯ ޕާކިސްތާނާ ދުރުވެގެން ތިއުޅެނީ ޕާޖިސްތާނުން ގައުމީ ކްރިކެޓްޓީމައް ހިލޭދިން ދަތުރުތަކާ ކުޅޭސާމާނު ބޮޅާލާޖެހުމައްފަހު ގަުމީޖޭޒީގަ އިންޑިޔާ ދިދަ ޖަހައިގެން ރާއްޖެއިންބޭރުގަ ކުޅެނީވެސް

  3. ރާޅު ބޯއީ

    ބުރުލެއް ނާރަ އެއްގޮތަކަށްވެސް. ބުރޫ އަރާފަ ހުންނަ މީހަކު ކަންކުރާނީވެސް ބުރޫ އަރާގޮތަށް. ބުރޫ އަރުވަން ފޫގަޅައިގެން ހުރި ކެނެރީގެ ނަޝީދު ލައްވާ ބުރޫ އަރުވަނީ ވެސް ބުރޫ އަރާފަ ހުރި މީހާ. ބުރޫ އަރައިގެން ގޮސް ސަލާމަތް ނުވީމާ ބުނާނީ ބުރޫ އެރީ ޔާމީނާ ހެދިޔޭ. ލަދުން ބޯހަލާކު.

  4. ދދދދދދ

    މިނިވަންކަމަކީ ކޮބައިކަން ކަލެއަށް އެނގޭހެނެއް ހިއެއްނުވޭ.

    4
    1
  5. އިސްލާޙު

    އެމްޑީޕީ އިން އަބަދުވެސް ހާރިޖީ ގުޅުންތައް ބާއްވަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ގޮތަށް.