ދުވަހަކު ވެސް ސިޔާސީ މީހަކުގެ އަތުން ވެސް އަދި އެހެން މީހެއްގެ އަތުން ވެސް ރިޝްވަތު ނަގާފައި ނުވާނެކަމަށާއި އަދި މަގާމުގެ ނުފޫޒެއް ބޭނުން ކޮށްގެން ވެސް ފައިސާ ހޯދާފައި ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އޭނާ އާއި ދެކޮޅަށް ހިންގާ ތަޙްޤީޤަށް މިއަދު ހާޒިރުވެ ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.

ފުލުހުން ތަޙްޤީޤު ކުރަމުންދާ އެމްއެމްޕީއާރްސީގެ މައްސަލަ އާއި ގުޅޭ ހެކިތަކެއް ލިބިފައިވާ ކަމަށް ބުނެ ހުށަހެޅި ސިޓީ އަކާއި ހަވާލާދީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ތަޙްޤީޤު ޓީމުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ފަނޑިޔާރު ކަމުގައި ހުރެ ދުވަހަކު ވެސް ރިޝްވަތު ނަގާފައި ނުވާނެ ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ އެހެން ވިދާޅުވުމުން ވެސް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ އިތުރަށް އެސުވާލު ކުރައްވާފައެވެ. ރިއްފަތު ފަހުން ސުވާލު ކުރެއްވީ އެއްވެސް ސިޔާސީ ބޭފުޅެއްގެ އަތުން ފައިސާ ނެންގެވިންތޯއެވެ. ޖަވާބުގައި ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ސިޔާސީ މީހެއްގެ އަތުން ވެސް އެހެން މީހެއްގެ އަތުން ވެސް ފައިސާ ނަންގަވާފައި ނުވާނެ ކަމަށެވެ. "އަޅުގަނޑު ސިޔާސީ މީހެއްގެ އަތުން ވެސް އެހެން މީހެއްގެ އަތުން ވެސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ހޯދާފައެއް ނުވާނެ." ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

1995 ވަނަ އަހަރުން ފެށިގެން ފަނޑިޔާރު އަބްދުﷲ ދީދީ އަންނަނީ އެކި ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވަމުންނެވެ. އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރު އެވެ. އޭގެ ކުރިން ކްރިމިނަލް ކޯޓުގެ ގާޟީ ކަމާއި ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދުންޔާ

    \އަނގަވާވާނަމަ ހަދާދޮގު

    16
    13
    • ރަސީދު

      ޚިތައް މިހުންގެ ވާވާނެބާ .އަދި މިހާރު ވެރިކަމުގާ ތިބި ހަމަ ހުދު ފޮތިނާ

      1
      2
  2. އަދުރޭ

    ޖޯކް އޮފްދަ ޑޭ "ދުވަހަކު ވެސް ރިޝްވަތެއް ނުނަގަން – ފަނޑިޔާރު ދީދީ" ހައްހާ

    31
    12
  3. މޫސާ މަނިކު

    ކާކުތޯ ބުނާނީ ތިމަންނާ މީ ރިސްވަތުނަގާ މީހެކޭ. ނުބުނާނެ އެކަކުވެސް

    29
    1
  4. ޖަވާހިރު

    ރޯ ބުހުތާނު ދޮގު.ކޯޓް ތަކުގައި ތިބޭ ފަނޑިޔާރުން ރިޝްވަތު ނެގުމަކީ އާންމު ކަމެއް. އެއީ އެމީހުންގެ ދިރިއުޅުމުގެ އެންމެ ބޮޑު އެއްބައި.ވީއިރު އެ ނުނަގާ އެމީހުން ތިބޭނެތަ؟. ހާއްސަކޮށް ޔާމީނުގެ ސަރުކާރުގަ.

    23
    6
  5. ޙޯރަ ބޭ

    ކޮބާ ރައީސްނަސީދު އަންކުރިހުކުމް އަވަސްނޫންތައް ހެހެހެ

    10
    5
  6. އިހުސާނާ

    ބަލަގަ ކާކުތަ ބުނާނީ މަ ވައްކަން ކުރީމޭ! މީހަކު ހޭބައްޔެއް އަޅެ ފަހެ ނުވާނެ ތަ؟ ބުރޯ އެބަ ބުނޭ ފައިސާ ދިނީމޭ އެ ބުނާ ފަނޑިޔާރަށް! ދެން ކޮންތާކަށް ވަންނަނީ؟

    14
    3
  7. އަލްޖިބްރާ

    އޭނާ އެބުނަނީ ރަގަޅަށް ! އެބުނަނީ ރިޝްވަތެއް ނުނަގަމޭ ! މީހަކު އޭނާއަށް ހައެއްކަ މިލިއަން ދިނީމަ އެ ރިޝްވަތަށް ވާނެތަ ؟

    6
    2
  8. އަބުދުﷲ

    އެއްވެސް މިހަކު ނުބުނާނެ ތިމަން ނާޔަކި ރާބޯމިހެކޭ ނުވަތަ ވަގު ވޯތުން ނޭ ތިމަން ނާ ވެރިކަމައްއައީ

    10
    1
  9. ބަލަންތިބޭ

    މިައަދުއެމްޑީޕީ ގެސަރުކާރުގަ ތިބިވަޒީރުންގެ ބައެއްބޭފުޅުންް ނަޝީދުގެ ވެރިކަމުގަ ދައުލަތުގެ ޚަޒާނާއިން ކޮށްފަހުރިވައްކަންތައް އޮޑިޓްރިޕޯރޓްތަކުގަ މިހާރުވެސް އެބަހުރި. އެއީގެއެއްގެ ކާމޭޒުކައިރީދެމީހަކުތިބެގެން ދައްކާލި މަޖާވާހަކައެއްބާ؟ ލަދުހަޔާތްކުޑަޔަސް މީފުކެއްބޮޑުވަރު.
    މިއަދުހުދުފޮތިކޮޅަކަށްވެ ކާފޫރަށްވެތިބެ މިހިންގާ ކަންކަންމިއީ އިނޑިއާގެމަކަރުވެރި ހީލަތްތެރި ރޭވުންގަނޑެއް. މިއީކީ ފަނޑިޔާރަކުގެ އެއްވެސްމައްސަލައެއް އޮވެގެން ކުރާކަންކަމެއްނޫން. މިއީއަޖުމަބަލާ ރައްޔިތުން އުތުރިގަނޭތޯނުވަަތަނޫންތޯ ބެލުމައްހިންގާ ކަންތައްގަނޑެއް. ކޮންމެފަދަޖަރީމާއެއްހިންގަމުންދިޔަ ނަމަވެސް ރައްޔިތުން އުތުރިއަރާނުގަނެ ކާމްކޮށްއޮވެއްޖެނަމަ މަގަސަދުހާސިލްވީ. މިކަހަކަލަ ކިތަންމެ ކަންކަމެއް، ސިލްސިލާކޮށް ހިންގަމުން ގެންދާނެ . އެހިސާބުން އަސްލުއެޖެންޑާ19 ފެށިގެންދާނެ. ދެފައިއެއްތާނުޖަހާ ދުނިޔޭގެ ތިބިހާމުނާފިގުންކައިރިއަށް ނާށިގަނޑު ހިފާގެ އެކަކުއެދުވަނީ ބޭރުތެރެއިން ކުރަންޖެހޭތައްޔާރީތައް ކުރުމުގެބޭނުމުގަ. މިފެންނަނީ ވަރަށްވެސް މަކަރުވެރިރޭވުންގަނޑެއް.

    5
    2
  10. ސުބްޙާނަﷲ

    ގިޔާމަތް ދުވަހު މަހުޝަރު މައިދާނުގައިވެސް އިންސާނާ ބަލާނެ ދޮގު ހަދައިގެން ރެކެވޭތޯ.