މިމަހުގެ 16 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއްވުން ބާއްވާނެ ކަމަށާއި، އެއްވުމުގައި ބައިވެރިވުމަށް ވީހައިވެސް ގިނަ ބަޔަކު މާލެ އައުމަށް އެފަރާތުން އެދިއްޖެއެވެ.

އިދިކޮޅު ފާރާތްތަކުން މިގޮތަށް ބުނެފައިވަނީ، ހުކުރު ދުވަހު އެފަރާތތްތަކުން ބާއްވަން އުޅޭ އެއްވުމުގެ ތެރެއިން ދިވެހި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ރާވާފައިވާ ކަމުގެ އިންޓެލިޖެންސް މަޢުލުމާތު ލިބިފައިވާކަން ފުލުހުން މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ވަކިވަކުން ނެރުނު ބަޔާނެއްގައި ފުލުހުން ވިދާޅުވީ، އެފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މިކަމަށް ރައްދުދީ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، ފުލުހުންނާއި ސިފައިންވެސް ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލާކަމަށެވެ.

މިއަދު ފުލުހުންނާއި ސިފައިން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާ މި ދަނޑިވަޅުގައި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައި ވީނަމަވެސް، ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.

އަދި ރަށްރަށުން މީހުން އައުމަށާއި ހަމަނުޖެހުމަށް ހިތްވަރުދޭ ފަރާތްތަކާއި، ޤާނޫނާއި ޤަވާއިދާ ހިލާފަށް މީހުން އެއްވެ ހަމަނުޖެހުން ހިންގުމަށް ރޭވުމާއި، ހަމަނުޖެހުން ހިންގުމަށްވެސް ޖާގަ ނުދެއްވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ޤައުމުގެ އަމަން އަމާންކަން ނަގާލާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ނިޔަތުގައި ކުރަމުންދާ ކަންކަމަކީ އެއްވެސް ޙާލެއްގައި ފުލުހުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށާއި މިފަދަ އެއްވެސް އަމަލަކަށް ދިވެހި ފުލުހުން ފުރުޞަތު ނުދޭނެ ކަމަށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާއިރު، އިދިކޮޅު ސިޔާސީ ލީޑަރުންގެ އެންގުމަށް ރާއްޖޭގައި ތިބި އެފަރާތްތަކަށް ތާއީދުކުރާ ބަޔަކު ދަނީ މަގުތަކަށް ނިކުމެ ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި ހަމަނުޖެހުންތަކުގެ ތެރެއިން އެފަރާތްތަކުން ގެންނަން އުޅުނު ބަޣާވާތެއް ނާކާމިޔާބުވުމުން މިހާރު ދަނީ ޤައުމަށް އެކި ގޮތްގޮތުން ގެއްލުން ދެމުންދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި މިވަނީ، ރިޝްވަތުގެ ނުބައި ރޭވުމެއްގެ ތެރެއިން އިދިކޮޅު ފަރާތްތަކުން އެދޭފަދަ ގޮތަކަށް، ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި "އާދަޔާއި ޚިލާފު" އަމުރުގެ ސަބަބުންނެވެ. އަމުރުގައި އަންގާފައިވަނީ، ކުރިން ނިންމާފައިވާ މައްސަލަތަކެއްގައި ކުށް ސާބިތުވެގެން ޖަލަށް ލާފައި ތިބި ނުރައްކާތެރި ގައިދީންތަކެއް ވަގުތުން މިނިވަން ކުރުމަށެވެ.

މީގެ ކުރިންވެސް މިފަދަ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިން، އިދިކޮޅު ހަމަނުޖެހުންތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ދިވެހި ސަލާމަތީ ބާރުތަކާއި ކުރިމަތިލައި، އެފަރާތްތަކަށް ޙަމަލާދީ، ދައުލަތާއި ޢާންމުންގެ މުދަލަށް ގެއްލުންދީ ރޯކޮށް، ޤައުމުގެ އަމާންކަން ނަގާލުމަށް މަސައްކަތްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޙަފްޞާ / މާލެ

  ބޮޑުން އަރާމުގަ! ނިކަމެތިން ޖަލަށް!

 2. ޕޮގުބާ

  ދެންނުރޯ ނުދާނަމެ.

 3. މޮޔަ

  ޢެއީ ދޮގެއް.. އެކަކުވެސް ނުދާތި! ތިހެން ކުރިންވެސް މީހުން ގެންދިޔަ. ވީހާވެސް ކަމަކީ މަގުމަތިވެ ބިކަވީ.. މީ މާގޭ އަމިއްލަ ތަޖުރިބާ.. ތިޔައީ އަމިއްލަ އެދުމައިގެން ފޯވެފައި ތިބި ބަޔެއް.. ރާއްޖެތެރޭން ދާބަޔަކަށް އެއްވެސް އަޅާލުމެއް ނުހުރޭ.. މަވާ ސަލާމް

 4. ހާދިސާ

  ލަދުހަޔާތްކުޑަބައެއް ތީ އަހަރުމެން ކަލޭމެންނަށް ފުނޑިގެން ވެރިކަން ހޯދަދެން ހުރިހާ ލާރިއެއް ބަނޑު އަޅަން ބޮޑެތިން ބިލިޔަނަރަކަށް ލެވެނީ އެއްވޯޓް ފަގީރަކަށްވެސްލެވެނީ އެއްވޯޓް ނުދާނަން

 5. ޜަސީދު

  ނުދާ ނަން ،ބެރިކަން ހޯދާދި ބޮޑެތި މަގާމު ތައް ހޯޑަން ތިއުޅެނީހުސް އަމިއްލަ އެދުމުގަ

 6. ދޮންބެ

  ކިހާދެރަ ކަމެއް ހަމަޖެހިލާގެް އުލެވޭކައް ނެތެއްނު ކޮންމެވެސް އެހެން ކަމެއް ކުރެވާތޯ ބަލަން ވެއްޖެއްނު

 7. ދޭ

  ކޯއްޗެއްތޭ އެއްވުން ބާއްވާނަމޭ ތޭ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ސޯމާލިޔާނޭ ދަ އުނގުވިއްކައޭ. މިހާރު މިއޮތީ ސްޓޭޓް އޮފް އެމެޖެންސީ އޭ އެމްޑީޕީ ހަރުގެ ތަޅާ ފުނޑާލައިގެން ނަމަވެސް އެތަން ހަނަފަސް ސަަހަރާ އަކަށް ހަދާލާ އެތަން ބަންދު ކުނޫޒު ކިއްލާ ވެސް ބަންދު އެމްޑީޕީގެ ސެކްރެޓޭރިއެޓް ވެސް ބަންދު މިކަން ޖައްސާށޭ ޖައްސާށޭ ޖައްސާާށޭ ލާރޖް ކޮށް އެނޫނިއްޔާ މަމެންގެ ވެރިކަން ނޯންނާނެއޭ މީ މަރު ނޫނީ ދިރުމޭ ޕިންކީންގެ. ރަންރީނދޫ ޓްވިޓަރޭ މެން އުނގު ވިއްކަމުން ގޮސް އެމެން އެވަނީ ބޭޑް އެން މޭޑް އެން ކްރޭޒީ ވެފައޭ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް. ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް.

 8. އަންނި

  ނުދާނަން. އަންނިވެސް ޔާމީނުވެސް ދެންތިބީވެސް އަހަރެމެންރަށު އަދުނާނު ބުނާކަހަލަ ދެފޫދޯރިން. މޮޔައިން.

 9. މުހައްމަދު

  އަންނާނެ މިތިބައުޅޭ ބޮޑެތި މަކަރުވެރިންގެ މަޅީގައި ޖެހި ހައްޔަރުވެސް ވާނެ ކީއްކުރާނި ނުބައިހަދާ ބަޔަކު އުޅޭނަމަ އެބަޔަކާ އެއްބައިވެ ނުބައިމަގުން ހިނގާނީ ކުއްކުރުމަށް ލޯބިކުރާމީހުންކަން ޔަގީން މިކަމުގެ ހެކި ހިތަދޫ ދެގެއެއްގައިޖެހި ހުޅުން ދޭހަވޭ

 10. ނަމްބަރސް

  އެއްވުން ބާއްވާނަން، އެންމެން މާލެ އާދޭ އޭ ބުނެ އިދިކޮޅު އިއްތިހާދުން އެގޮތަށް ގޮވާލާނަމަ އެކަމަކީ އެއީ ގާނޫނާއި ޚިލާފަށް އެމެން ކުރާ ކަމެކޭ ބިކޮޒް އެމެން ނަށް އެގޮޔތަށް ނުގޮވޭނެއޭ. ބިކޮޒް ގާނޫނީ ގޮތުން އެއީ މަނާ ކަމެކޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް ފައި ވަނި ކޮށް. އެމެން ރަންރީނދޫ ޓްވިޓަރޭ މެން އެވަނީ ކަނޑު ފައްތާ ފިލްމް ކުޅެން އެމެން ރައީސް އޮފީސް ބަޖެޓް އިން ވައްކަން ކުރި ގޮތަށް ވައްކަން ކުރަން ނުލިބޭތީވެ އެކަމާއި ނައްޓައިގެން މިގައުމުގެ މާލިއްޔާ ރޭޕް ކޮށްލަންއޭ އެމެންނަކީ އެއީ ބޮޑެތި ވަގުންނޭ ރާއްޖޭގެ ވެރިކަމަށް ގަދަ ކަމުން ފާވާން އުޅޭ. ޝީ ގޮޓް ދަ ކޮރަޕްޓް ނަމްބަރ ޝީ ނޯ ދަ ކްރުއެލް ގޭމް. އައި ނޯ ދެޓް ވުމެން ޝީއިޒް ނޮޓް ޑުއިންގް އެނީތިންގް ގުޑް ފޯރ އަަވަރ ކަންޓްރީ ބެޓަރ ގަޅާލާ އެމެން ޖަލަށް. ޝީ ގޮޓް ދަ ކޮރަޕްޓް ނަމްބަރ ކޮރަޕްޓް ނަމްބަރސް އާރ އޮން ދަ ޑާންސް ފްލޯރ. ކޮރަޕްޓް ނަމްބަރސް އާރ އޮން ދަ ޑާންސް ފްލޯރ. އާއް އާއް ހާއް ހާއް ހޯއް ހޯއް ހޯއް. ޝީ ގޮޓް ދަ ކޮރަޕްޓް ނަމްބަރ ކޮރަޕްޓް ނަމްބަރސް އާރ އޮން ދ ޑާންްސް ފްލޯރ.

 11. އަމުރު

  ރައްޔިތުން ކައިރި އަށް 2018 ގެ މެނިފެސްޓޯ ހިފައިގެން ދިއުމަކީ ދެން ހަމަ އެހާދަށް ކަމެއްކަމަށް ދެކެނީތަ؟

 12. ސިންގާ

  އެއް ކެންޑިޑޭޓަކު. ނުނެރެވިގެން ރުޅިގަދަވަނީ.

 13. މަނާރާ

  ނުދާނަން ނުދާނަން ނުދާނަން، ގޭމީހުން ގޮވައިގެންގޮސް މުޒާހަރާ ކޮއްލާ