ބޭރުގެ އެހީހާއެކު ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި މަސައްކަތް ކުރާ ފަނޑިޔާރުންގެ ފެންވަރު ބެލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލަން ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ޝަރުތު ހަމަތޯ ބަލަން އެދި ޖޭއެސްސީއަށް ރައްޔިތުން މަޖިލީހުން ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައެވެ.

ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީން މިއަދު ވިދާޅުވީ، ފަނޑިޔާރުންގެ މަސައްކަތުގެ ގާބިލްކަން ބެލުމަށް ގަވާއިދެއް ހަދާ 2014 ވަނަ އަހަރު ގެޒެޓްކޮށްފައިވާކަމަށާއި، އެ މަސައްކަތް ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވެ އެކަން ވިހާވެސް އަވަހަަށް ކުރުމަށް ނިންމާފައިވާކަމަށެވެ.

އަދި އެ ގަވާއިދުގެ ދަށުން ހުރިހާ ފަނޑިޔާރުގެ ގާބިލްކަން ބަލާނެ ކަމަށް ޒަހީން ވިދާޅުވިއެވެ.

"އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވިޔަސް ދަށު ކޯޓުގެ ފަނޑިޔާރަކު ވިޔަސް އެއްވެސް ފަނޑިޔާރަކު އިސްތިސްނާ ނުކޮށް އެ ގަވާއިދުގެ ދަށުން ފަނޑިޔާރުގެ ގާބިލްކަން ވަޒަަން ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ދަންނަވައި މަޖިލީހަށް ޖަވާބު ދޭން ވަނީ ނިންމަވާފައި". ޒަހީން ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ގާބިިލުކަން ބެލުމަކީ ރާއްޖޭގައި މުޅިން އަލަށް ފެށޭ މަސައްކަތެެކެވެ. އެހެންވެ ބޭރުގެ ކޮންސަލްޓެންޓުންގެ އެހީ ހޯދައިގެން އެކަން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ޒަހީން ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން، ދިވެހި ކޮންސަލްޓެެއްޓެއްގެ އެހީވެސް ހޯދާނެ ކަމަށާއި، ޖުމްލަ ތިން ކޮންސަލްޓެންޓެއްްގެ އެހީ ހޯދާނެ ކަން ޖޭއެސްސީން ފާހަގަކުރިއެވެ.

އިތުރަށް ޒަހީން ވިދާޅުވީ، އ ެކޮމިޝަނުން ބޭނުންވަނީ އެ މަސައްކަތް އަވަހަށް ފަށައިގަތުމަށް ކަމަށާއި، އެގޮތުން މަދާމާއިން ފެށިގެން އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަތްދޫނި

    ވ ރަގަލު ނިންމުމެއް. ތީގެ ތެރެއިން އެއްވެސް ފަނޑިޔާރަކާއި ތިޔަ ބޭރުން ގެންނަ ބޭރުގެ މީހަކާއި ބައްދަލު ވިޔަ ނުދޭތި. މިވެރިން ނަކީ މަޤާމު ދިފާޢު ކުރުމަށްޓަކައި ވަރަށް އަވަހަށް ފައިސާ ދޭން ވަރު ހުންނަ ބައެއް.

    1
    7
  2. ހުސޭނުބޭ

    ފަނޑިޔާރުންގެ ކަންތައްތައް ބަލަން ޤާނޫނު ލާޒިމްކުރަނީ ޖޭއެސްސީއަށް. އެމީހުންގެ ނެތް ފަނޑިޔާރުންގެ ފެންވަރު ދެނެގަނެވޭނޭ ޤާބިލްކަމެއްވެސް! ޝަރުޢީ ދާއިރާ އިސްލާޙްކުރަން ބޭނުންނަމަ ތި ފެންވަރު ނެތް ޖޭއެސްސީ އުވާލަބަލަ!

    13
  3. ޚޖހހ

    ކޮންސަލްޓެންޓުންނަށް ލާންވީ އަންނިއާއި ހިސާނާއި ރިފްޢަތާއި މަސްތުރަނުވާ މީހާއާ.

    18
    1
  4. ޔާގޫތު

    ހެހެހް.. މަޖާކަމެއް.. ފަނޑިޔާރުންނާމެދު ގޮތްނިންމާ ފެންވަރުހުރިތޯ ބަލަން ރައްޔިތުންމަޖިލީހުގަ ތިބި މެމްބަރުންގެ ފެންވަރު ބަލަންވީނު ފުރަތަމަ. އެންމެކުޑަމިނުން ބިސްމި އަޅާލަން އަދި އަމިއްލަނަންވެސް އަޅާލަން ނޭންގޭން އެބަތިބި.ދެންފަނޑިޔާރުންގެފެންބަރުބަލަނީކިހިނެހ؟

  5. ބުއްލަބޭ

    ހިތާދޫމީހަކަށް ހުދު ފޮށައެއްލިބުނަސް ދުނިޔެ ރަންނުވެ ތިބެބަލަ ދިވެހިންގެ ފަނޑިޔާޜުގެތަކުގަ ހިނގާނީ އިސްލާމީ ޝަރީޢަތްކަމަށް ވަންޔާ ކޮންމެހެން ބޭރު ފަރަންޖީންގެ ނުވަތަ ދޮންމީހުންގެ ލަފާ ހޯދާކަށްނުޖެހޭނެ މިޤައުމުގަވެސ ކިޔަވައިގެންތިބި ޢިލްމީ ޤާބިލް މީހުން އެބަތިބި ދިވެހިރާއްޖޭގަ ޝަރިޢަތް ހިންގަނީ ދިވެހި ބަހުން

  6. ޢަބްދުﷲ

    ވެރިކަމުގެ ޤާނޫނީބާރު ނަހަމަގޮތުގައި ބޭނުންކޮށް މިރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނުތަކާއި ޤަވާޢިދުތައް ކުދިކުދިކޮށް ފޮތިފޮތި ކުރަމުންދާއިރު، ތިޔަބައި މީހުންނަކީ، އިސްލާމް ދީނަށާއި ޤާނޫނު އަސާސީއަށާއި ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި މިއިން އެއްވެސް ކަމަކަށް ޚިޔާނާޔަތެރި ނުވުމަށް މާތްﷲގަންދީ ހުވައިކޮށްގެން ދައުލަތުގެ ކަންކަމާއި ޙަވާލުވެފައިވާ ބަޔެކެވެ.