ރައްޔިތުން ކެކިއަރާއިރުވެސް ހަނު ހުންނެވުން ގޮތެއް ނެތްތޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއަށް އިދިކޮޅު ޕީއެންސީގެ ރައީސް ސުވާލުތަކެއް އަމާޒު ކުރައްވައިފިއެވެ.

ރައީސް ޞާލިހުއަށް އަމާޒު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ 1988 ވަނަ އަހަރު ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ދިވެހިންގެ ކުށެއްނެތް 19 ދިވެހިން ޝަހީދު ކޮށްލި މުޅި ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި އުދުވާނުގެ އެންމެ އިސް ލީޑަރު ހިމާޔަތް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް މުހިންމުވެގެން މިއުޅެނީ ކީއްވެ ކަން ހަމަ ކޮންމެ ދިވެސަކަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

އަދުރޭ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިކަން މިހެން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމީ މަސްލަހަތަށް ވުރެން އާއިލީ މަސްލަހަތު އިސްކުރުން މަޖުބޫރު ވުމާއި ރައްޔިތުން ކެކި އަރާއިރުވެސް ހަނު ހުރުން ނޫން ގޮތް ނެތީމަ ކަމަށެވެ.

"ސުވާލަކީ މިފަދަ މީހަކަށް ރައްޔިތުންނަށް އިންސާފު ހޯދައި ދެވިދާނެ ހެއްޔެވެ, ގައުމަށް ވަފާތެރިވެވޭނީ ކިހާވަރަކަށް ތޯއެވެ, ގާނޫން ތަންފީޒު ކުރާނީ ކިހާ މިންވަރަކަށް ތޯއެވެ." އަދުރޭ ސުވާލު ކުރެއްވިއެވެ.

ތިނެއް ނޮވެންބަރުގައި ޝަހީދުވެގެން ދިޔައީ ދިވެހި ދަރީން ކަމަށާއި އެދަރީންގެ ވެސް އަނބި އަދިރިންނާއި އާއިލާ އަދި ހައްގުތަކެއް އޮންނާނެ ކަމަަށާއި އިންސާފު ވެސް ބޭނުން ވާނެ ކަމަށް ވިދާޅުވެ އަދުރޭ ވިދާޅުވީ މިހާރު މައްސަކަތް ކުރަމުންދަނީ ލުތުފީ އަކީ ކުށެއް ނެތް މީހަކަށް ހަދަން އާވަހަތަކެއް ހެދުމަށް ކަމަށެވެ.

"އެހެން އެކަން ވެއްޖެ ނަމަ ކުށްވެރިވާނީ އެދުވަހު މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމުގެ ހައްގުގައި ޝަހީދުވި އަބްތާލުން ބާ؟ ނޫނީ އެދުވަހު ގައުމު ދިފާއު ކުރި ފަހުރުވެރި ސިފައިން ބާ؟ "އަދުރޭ ސުވާލު އުފެއްދެވިއެވެ.

އަދުރޭ ނިންމާލަމުން ވިދާޅުވީ ގައުމު މިދަނީ ނުބައި ދިމާލަކަށް ކަމަށާއި ހިތާމައިގެ ކޮޅެއްވެސް ނެތް ކަމަށެވެ.

ނޮވެމްބަރ 03 ގެ އުދުވާނީ ހަމަލާ ދިނުމުގައި ބައިވެރިވި ދިވެހިންގެ ތެރެއިން ބައެއް މީހުންނަކީ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނެވެ. އޭގެތެރެއިން ބައެއް މީހުން ވަނީ 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން ސަރުކާރުގެ އިސް މަގާމުތައް ވެސް ފުރާފައެވެ.

ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ލުތުފީ ދިޔައީ މެއި މަހުގެ 01 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާ އެމްބަސީގައި ހުރިކަން ސަރުކާރުން އިއުލާން ކުރީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ލުތުފީ ރާއްޖެ ގެންނާނެ ދުވަހެއް އަދިވެސް ސަރުކާރުން ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ރައްޔިތުން

    އަދުރޭއަށް ރައްޔިތުން ސިފަވަނީ އުދުންމަތީ ކައްކަން އުދާފަހުރި ބަތްތެއްޔެއްގެގޮތުގަތޯ.

    18
    68
  2. لا

    ލުތުފީ އެއް ނޫން އެބާއާވާއި ރޭވީ މައުމޫން

    11
    67
  3. ދަންޑަހެލު

    ސަރުކާރު ހިންގަނީ ސޯލިހުބާ.. ނޫނީ އަންނި ބާ... ގައުމުގަ މިފަދަ ހަލަބޮލި ވަގުތެއްގަ ގައުމާމެދު ކުޑަވެސް ފިކުރެއް ޚިޔާލެއް ނުބަހައްޓައި ސޯލިހު އޭނާގެ އަންހެނުންނާއެކު ސިންގަޕޫރަށް ގޮސް ނާޗަރަނގީ ކުޅޭއިރު... ގައުމު ހިނގަމުން މިދަނީ އަމާބުނީތީ ފަރަށް ދާ ގޮތަށެވެ... ދިވެހިން ސޯލިހުއާއި ވެރިކަން ހަވާލު ކުރީ މިގޮތައް ވެރިކަން ކޮށްދިނުމަށް ބާ؟... ނޫންނަމަ މިހާރުން މިހާރަށް މަގުމައްޗަށް ނިކުމެ މި ވެރިކަން ނިންމާލަން އެބަޖެހޭ

    82
    14
  4. އަހުމަދު

    މި ރަތްލާޖެހި އެމް ޑީ ޕީ މީހުންނަށް މީހަކު ރަނގަޅުއެއްޗެއް ބުންޏަސް އޮންނަނީ ދިމާކުރުން އެހެންނުވާނީ ލޮލެއް ހުރީތީ ފެންނަނީކީނޫން ކަންފަތެއްހުރީތީ އަޑެއްއިވެނީކީނޫން ގަބޫލު ކުރިއަސް ނުކުރިއަސް އަދުރޭ އެބުނީ ތެދުވާހަކައެއް ގައުމު މިދަނީ ވަރަށް ނުބާއި ފައްތަތަކަށް ރައްޔިތުންނަށް ވިސްނޭނީ ވާނެ ހައެއްޗެއް ވީމަ މި ގައުމަށް ލިބޭގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނީ އެމް ޑީޕީ އަށް ސަޕޯޓްކުރި މީހުން ނާ އެމް ޑީޕީ ގެ ވެރިކަން ގެނައުމަށް ވޯޓްއެޅި ކަނު އަދި އަޑުނީވޭ އެމްޑީޕީގެ ބައިގަނޑުކަން ޔަގީން

    69
    11
  5. އަހުމަދު

    އަދުރޭ ޕްލީޒް މިކަމުން މިންޖުވޭތޯ ކޮންމެސްކަހަލަ ކަމެއްކުރަން ރާވަބަލަ މީ ބޮޑު މުސީބާތެކޭ ގައުމަށް ޖެހިފައޮތް އުމަރު ކޮބައިތަ މިހަނަފަސް 5 އަހަރުން ސަލާމަތް ވޭތޯ ކޮންމެސް ކަމެއްކޮށްބަލަ

    52
    7
    • ނިހާނު

      މި ކަމުން ސަލާމަތްވާނީ ދެފައި ދަޑިއަށް ގުއިރުނީމައެވެ

      8
      24
  6. ހަސަން

    ބާާޣީން މިހާރު ޤާޒީންނަށް ބަދަލުވެއްޖެ

    51
    2
  7. ިއިއްބެ

    އަދުރޭ ބުންޔަސް ތެދެއް ވާނީ ތެދަކަށް

    57
    8
  8. ނީތާ

    ބައްލަވާ، ރައީސް ޔާމީންގެ ރިޔާސަތުގައި ދިވެހި ރައްޔިތުން ގެންގުޅުނު ގޮތުންނޭ ކެކިއަރައިގެން ކަލޭމެން ބޭރުކުރީ.......

    11
    29
  9. އަލީ

    ޒީރޯ ޓޮލަރަންސް ގަ ގައުމު މިހާރު މިތޮތީ. އަދި ޒީރޯ ކޮމެންޓްގަ.

    33
    1
  10. ވގ

    މޮޔަފުޅުވީތޯ މެންބަރުކަން ނުލިބުނީމަ

    14
    27
  11. ތުނިޔަ

    ޢަދުރޭމެން ކީތްވެތޯ ތިމައްސަލަ މަޖިލީހަށް ނުވައްދާ ތިއުޅެނީ؟

    10
    18
  12. އަދުރޭ

    އަދުރޭ..... ! ދެންކިހާބޮޑު ބަލާއެއް ކަލެއާއިހުރެ... އަދުރޭގެ ވެރިކަމުގައި އުމަރުގެ ހޯމްމިނިސްޓްރުކަމުގައި ލުތުފީގެނެސް ކޮށައިކާޅަށްދިންނަމަ މިއަދު ހިމާޔަތްދޭކަށްނުހުރީސް..

    13
    34
  13. އަލްޖިބްރާ

    ވެރިކަން ނުލިބުނީމަ ކަލޭ ކެކިއެރިއަސް އެހެންބަޔަކު ހާސްވެގެނެއް ނޫޅޭ ! ކަލޭ ތެޅުނު ވަރަކަށް ދާނީ ހުޅުބު ! ކުރެވޭނެ ކަމެއް ނޯންނާނެ !

    11
    36
  14. ސަންބެ

    އެމްޑީޕީގެވެރިކަން ވަރަށްހިތި ގޮތަކަށް ވެއްޓޭތަން ވަރަށް އަވަހަށް ފެނިގެންދާނެ އެދުވަހުން ނަޝީދުގައިން ދެފަހަރަށް ހުޅުނބު ދާނެ.

    22
    7
  15. ޑްރީމް

    ސިންގަޕޯރ އަކީ އެއީ ދަރަނިވެރި ނުވެ ހަމަ އެކަނި ހިނގަމުން އަންނަ ގައުމަކީ ދުނިޔޭގައި އޮތް ޑިމޮކްރެޓިކް ގައުމު ތަކުގެ ތެރޭން އަދި ސިންގަޕޯރގައި ސުޕަރ ރިޗް ބޯއިސް އެން ގާރލްސް ކުދިން އެބައުޅެއޭ އެމެންގެ އިންވެސްޓްމެންޓްސް ތައް އެބަޖެހެއޭ ރާއްޖޭގެ މާލެ ސަރަހައްދުގައި ދަމާލަން އެއިރުން މަމެންނަށް ޔަގީނޭ އޭގެ ފަހަތުން ޗައިނާ އަންނާނެ ކަން ދެން މެލޭ އަދި ތައިލެންޑް އެޓްރެކްޓް ކުރާނެ ކަން ޕުޝިންގް ތްރޫ ދަ ޑާރކެސްޓް ޓު އަ ބްރައިޓް ލައިޓް އައި ބިލީވް އިން އިޓް އޯއް ޔޭއް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އޮފް ފެންޓަސީ އިފް ޔޫ ސީ ދަ ވޮންޑަރ އޮފް ދިސް ފެއަރީ ޓޭލް ޔޫ ވުޑް ނެވަރ ގިވް އިޓް އަޕް އައި ބިލީވް އިން އިޓް ސަމްތިންގް އިޒް ރިއަލީ ވެރީ ގުޑް އިން އިޓް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް...

    1
    4
  16. ޙޫން

    ވައްކަން ނުކުރެވޭތީ އަދުރޭ ކެކިއަރަނީ.......

    11
    18
  17. ނަވާރަ

    މިރީނދޫބައިގަނޑު ގަމާރުވިއަސްބޮޑުވަރުދެންތީ ބަލަޔާމީންގެސަރުކާރުންނޭ އެބާޢީހޯދަދިންފަރާތަކައް ފައިސާގެ އިނާމް ކަޑައެޅީ ނުވިސްނޭ ބައގަނޑައް މިވަރުންކޮންމެވެސް އެއްޗެއް ވިސްނޭނެކަމައް އުއްމީދުކުރަން

    19
    6
  18. ވިންގްސް

    ރައީސް އިބޫ ރަސްމީ ދަތުރެއް ސިންގަޕޯރ އަށް ދަތުރު ކުރައްވާނަމަ އެވްރީ ބޮޑީ ލުކިންގް ފޯރ ދި އައުޓް ޕުޓް އޮފް ދިސް ވިޒިޓްއޭ މަމެން ބަލަން ބޭނުންވެއޭ ރައީސް އޮފީހުގެ ކުޅަދާނަ ކަން ސިންގަޕޯރ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން އިތުރު ވިޔަފާރި އަދި އެޑިއުކޭޝަން ގެ ރޮގުން ރާއްޖެ އަޕްގްރޭޑް ކޮށް ލިޓިލް ސިންގަޕޯރ އަށް ރާއްޖެ ބަދަލު ކޮށްލާ ކޮންސެޕްޓް ގެނެސް ގެން އެކަން ކުރާ ގޮތް ދެކެން މަމެން ބޭނުންވެއޭ ސިންގަޕޯރ ޔޫ ފައިންޑް އިޓް އިން ދަ ޑީޕެސްޓް ފްރެންޑްޝިޕް ކަމް ފްރޮމް ސިންގަޕޯރ ސޯ އައި އޭމް ފައިންޑިންގް ދެއަރ ފްރެންޑްޝިޕް އެވްރީ މޯރނިންގް ޔޫ ފައިންޑް އިޓް އިން ދަ ވާރކްސް އޮފް ސިންގަޕޯރިއަންސް އޯލް ޔޫ ނޯ އިޒް ދިސް އެން ވެން ޔޫ ނޯ ހައު މަޗް އިޓް މީންސް އައި އޭމް ފްލައިންގް ވިދައުޓް ވިންގްސް އައި އޭމް ފްލައިންގް ވިދައުޓް ވިންގްސް އައި އޭމް ފްލައިންގް ވިދައުޓް ވިންގްސް....

    1
    3
  19. މާމިގިލީ މީހާ

    އަދުރޭ ކަލޭ އެކަނި ކެކި އަރަނީ. ކަލޭއަށް މެންބަރުކަން ނުލިބިގެން. .

    9
    16
  20. މިފަހަރު ހައްޕު

    މަށަށް މައިގަނޑުގޮތެއްގައި އަދި މި ސަރުކާރު އޯކޭ އެވެ. ނަމަވެސް ތި ލުޠުފީ އެއްގެ ބަލާވެރި ކަމާހުރެ މިއިންނަނީ ދަތްޕިލާ ޖެހިފަ އެވެ. ކޮންމެ ނޫހެއް ބަލާލިޔަސް އޭއްޗަކުގެ ފޮޓޯ އެވެ. ހާދަ ވަރަކަށް ލޮލަށާއި ބޮލަށް އުނދަގޫ ވެއެވެ. އެޓްލީސް ވަޤުތު ނޫހުގަ އެ ލުޠުފީގެ ފޮޓޯ ޖަހާއިރު ފުސްކޮށް ޖަހައިދިނުން އެދެމެވެ.

    7
    2
  21. ބާނި

    ކެކި އަރައިގެން ގޮސް ބަންޑުން ވެފަ ތިތިބީ ކަލޭމެން ޕިންކީންތައް. ދިވެހި ރައްޔިތުންނެއް ނޫން. ދިވެހި ރއްޔިތުން މިތިބީ މިފަސް އަހަރަށް ނިކަން ކެރިގެން ކުރިއަަށް.ކަލޭމެން ތިތިބީ ކެކިން ވެއްޓުނު ތެލިގަނޑާއި އުދުންގަނޑުވެސް ސާފް ކުރަން ނޭނގިފަ.ކަލޭ ތިއީ ބޭކާރު އަނގަ ތަޅާމީހެއް.އަދުރޭ!ކަލޭ ނިކަން ރަނގަޅަށް ހުނި ލައިގެން ދުފާލާ. އޭރުން ދުނިޔެ ރަންވީ. ހެހެހެހޭ ލަލަލާ

    4
    9
  22. ހ މ ޒ

    ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކި ފަހަރުގެ މަތިން ލުތުފީ ގެނައުމުގެ ވާހަކަތައް ދެކެވިފައި ވެއެވެ. އެކަން އެންމެ ގަދައަށް ފެނިގެން ދިޔައީ ރައީސް ޔާމީންގެ ސަރުކާރުގައި އުމަރު ނަސީރު ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރެވެ. އެގޮތުން ލުތުފީ ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެ ސްރީލަންކާއާއެކު މަޝްވަރާތަކެއް ކުރި އެވެ. އޭނާއާ ހައްޔަރުކޮށްގެން ގެނެވޭނެ މައުލޫމާތެއް ހޯދި މީހަކަށް 10،000 ޑޮލަަރު (154،200 ދިވެހި ރުފިޔާ) ހުށަހެޅި އެވެ.

    5
    3
  23. ހ މ ޒ

    ރައީސް ނާސިރުގެ ވެރިކަމުގައި ނާސިރު އަވަހާރަކޮށްލަން ފިސްތޯލަ ގެނެސްގެން 18 އަހަރަށް ޖަލަށްލި މީހެެއް. އެކަމުގައި އަންނިގެ ބަފަޔާއި އިބޫގެ ބަފާކަލޭގެއާއި ދޮންބިލެތް އަހުމަދުގެ ބަފާވެސް ބައިވެރިވެގެން ޖަލަށްލި. އަންނިއާއި އަންނިގެ ޢާއިލާއަކީ އަބަދުވެސް ވެރިކަމާ ތޮޅެ ބަޣާވަތްކުރަމުންދާ ބައެއް. އަންނިގެ މުނިކާފަ ވެސް ކުރިން ބަޣާވާތް ކުރުމުގައި ބައިވެރިވެގެން އަދަބު ލިބުނު ވާހަކަ ކިޔާ އަޑު އެހިން.

  24. عبدالله سعيد

    އަދުމޭންގެބޮލަށް މައިފުއްޓަރުން ބޮޑުރާޅެއް ނަގާފައިވާއިރު ޔާމީނުގެ ވެރިކަމުގައި ޖާއިޒުނުވާ ގޮތުގައި ލިބިފައިވާ މުއްސަނދި ކަމުގެ ޚަބަރާއި މަޢުލޫމާތު އެއްކުރުމުގެ ބާރު ކޮމިޝަންތަކަށް ލިބިދޭ ޤާނޫނީބާރުތައް ފެށިފައިވާއިރު، ބިރެއްނުގަނޭތަ !

    4
    8
  25. އަދޫކެކިއަރާ

    އަދުރޭ ރައްޔިތު ކީއްވެ ކެކި ތިއަރަނީ، އެހެން ރައްޔިތުން ތިބީ މަޑުން ކެކި އެއްނާރާ، އެހެން ނޫނަސް ރައީސް ތިބޭފުޅުންގެ ސަރުކާރުގައި ކަންތައްތައް ކޮށްފައި އޮތީ މާ ރަނގަޅަކަށް ނޫން. ދެންވެސް މަޑުން ތިބެބަލަ....

    1
    3
  26. ޢަލީ ޢަލީ

    ކެކި އަރަނީ ހަމައެކަނި އަދުރޭއާ ތިތާ އުޅޭ ދެތިންސޮރު!
    ރައްޔިތުން ތިބިގޮތް ރިޔާސީ އިންތިހާބުގައި ވަރަށް ރަނގަޅަށް ދެއްކިފަ ވާނީ!
    ވ . ސަލާމް

    1
    1
  27. ރަށުމީހާ

    އަދުރޭ ކަލޯމެން ކެވުނުބައިވަރު ގިނަވީމާ ތެޅެނީ ﷲ ކަލޯމެންގެ ނިމުން ގެންނެވީ ރައްޔިތުންނަށް ނަޞްރުލިބެން މެދުވެރިވީމާ

    1
    1
  28. މިހިރީ

    މިވަގުން އަގަަިން ނުބުނާނެ ޖެ ހޭނީ ގަދަކަމުން ބުނުވަން ވަގު ަެހެރީ ތާސިވެފަ