ދުނިޔޭގެ އެންމެ ފުރަތަމަ އަދި އެންމެ އަވަހަށް 5G ތައާރަފް ކުރާނެ ގައުމަކަށް ރާއްޖެ ވާންޖެހޭނެ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރ މުހައްމަހު މަލީހު ވިދާޅުވެއްޖެއެވެ.

މިއަދު ދިރާގުން ގިގަބިޓްސް ސްޕީޑުގައި އިންޓަނެޓް ތާއާރަފް ކުރުމަށް ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮަށްދެއްވައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ޗައިނާއާއި އެމެރިކާގެ ދެމެދުގައި އޮތް ވާދަވެރިކަން އެނގޭއިރު މި ވާދަވެރިކަމުގެ ތެރެއިން ރާއްޖެއަށް 5 ޖީ ތާއާރަފް ކުރުން އެއްގޮތަކަށް ވެސް މަޑުޖެހިގެން ނުވާނެ ކަމަށެވެ.

"އެންމެ އަވަހަށް 5 ޖީ ތާއާރަފް ކުރާނެ ގައުމަކަށް ރާއްޖެ އެބަ ވާން ޖެހޭ, ސިންގަޕޫރު ތައިލެންޑުން މިހާރު އެދަނީ އެމައްސަކަތް ކުރަން ތައްޔާރުވަމުން" މަލީހު ވިދާޅުވިއެވެ.

މަލީހު މިހެން ވިދާޅުވެފައިވާއިރު ދިރާގުން މީގެ ކުރިން ވަނީ 5 ޖީގެ ޑެމޯއެއް ދައްކާލާފައެވެ.

މަލީހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ގިނަ ހިދުމަތްތަކެއް ދެމުންދާނީ އޮންލައިކޮށް ކަމުން މިއަދު މި ތާރަފް ކުރެވުނު ހިދުމަތާއެކު ހިދުމަތް ދިނުމުގައި އިތުރު ހަލުވިކަން ލިބޭނެ ކަމަށެވެ.

މަލީހު ވިދާޅުވި ގޮތުގައި، މި އޮތްހާ ދުވަހު އިންޓަނެޓާ ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމަކީ ހުރިހާ ގޭބިސީއަކަށް އެ ހިދުމަތް ނުލިބުމެވެ. ނަމަވެސް މިހާރު ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި ގިނަ ގޭބިސީތަކަށް އިންޓަނެޓްގެ ހިދުމަތް ލިބޭ ގޮތަށް މިއަދު ހަމަޖެހިފައިވާ ކަން ފާހަގަކުރެއްވިއެވެ.

"ފަތުރުވެރިކަމުގެ ވިޔަފާރިއާއި އެހެނިހެން ވިޔަފާރިތަކާއި، އިގްތިސާދީ ހަރަކާތްތަކުގެ އިތުރުން، އިޖުތިމާއީ ހަރަކާތްތައް ވެސް ބަރޯސާވަނީ އިންޓަނެޓަށް. އިންޓަނެޓްގެ ދުވެލި އަވަސްވެ، އަގު ހެޔޮވެގެން ދިއުމުން ރާއްޖޭގެ އިގްތިސާދުގެ ދުވެލި އިތުރަށް ބާރުވާނެ" ކަމަށް މަލީހު ވިދާޅުވިއެވެ.

މިއަދު މި ހިދުމަތް ތައާރަފް ކުރެވުނު ރަށްތަކަކީ މާލޭ ސިޓީ, ހުޅުމާލެ ވިލިގިލި ހިމޭނެ ގޮތަށް ހދ ކުޅުދުއްފުށި, ލ.ގަން، ލ.ފޮނަދޫ, އައްޑޫ ސިޓީ, އދ ދަގެތި , ފުވައަމުލަކުގެ އިތުރުން ބ އޭދަފުށިގައެވެ.

ގިގަބިޓްސް ސްޕީޑުގައި މިހާރު ބޭނުން ކުރާ ފިކްސް ބްރޯޑް 100 އެމްބީބީއެސް އަށް ވުރެން 10 ގުނަ ސްޕީޑްގައި ހަލުވި އިންޓަނެޓް ލިބޭނެ އެވެ. ދިރާގުން ބުނީ މި ހިދުމަތް މިހާރުވެސް ބޭނުންވާ ފަރާތްތަކަށް ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޛސޖސހ

  5ޖީ ތަމިއުޅެނީ ނުލިބިގެން. މިގައުމުގެ މިނިވަންކަމާ ދީން ގާދޫކޮލުން ބޭރުވާ އިރު ތިޔަ 5ޖީ ޔަށް ކޮށްދެވޭ ކަމެއް ނޯންނާނެ.

 2. ޒާޖޮދު

  ދިވެހިރާޢްޖެއަކީ، ދުނިޔޭގެ ވަން އެންޑް އޮންލީ ސްޕަރޕަވަރއަށް ވާންޖެހޭ؟ ކިހިނެއް ވާނީ؟ މިވެރިން ވާހަކަ މިހުންނަނީ ނިކަން ޔަހޫދީކޮށް. ނުބުނޭ، ކުރާނަމެކޭ، ކުރުމުގެ މަސައްކަތް ކުރަމުންނޭ ދަނީ. އަހަރެމެންވެސް ގަބޫލު ކުރަނީ، މަމީ މުޅިދުނިޔޭގަވެސް ހުރި އެންމެ މޮޅު އެންމެ މުއްސަނދިމީހާއަށް ވާންޖެހޭ ކަމަށް. އެކަމަކު އެދެންވާނެ ކަމެއްތަ؟

 3. ސަޔަން

  ފައިވް ޖީ މިހާރުވެސް ފާޚާނާ ތަށިން ލިބޭ.. ދެން މިކަހަލަ ރޯނު އެދުރުންނައް މިނިސްޓަރުކަން ނުދިނުމައް ގޮވާލަން. ހަރުދަނާ ވާހަކައެއް ދެއްކޭ މީހަކު ނުހުރޭ.. ކީއްކުރާނީ.. މި ވެރިންނާ އަދިވެސް ވެރިކަން ހަވާލު ކޮއްގެން މިތިބެނީ.

 4. ޚުނީސް

  ރާއްޖޭގައި ކޮމްޕިއުޓަރާއި ސުމާޓް ފޯނާއި ސެޓެލައިޓާއި އަދި ހާޑު ޑިސްކާއި ޕެންޑުރައިވާ އަދި އެމްއާރު އައި މެސިނާއި ނިއުކުލިއާ ސަބްމެރީންނާއި ފަބަރ އޮޕްޓިކް ކޭބަލާއި އަދި އިލެކްޓުރިކްކާރުވެސް އުފައްދާ މުޅި ދުނިޔެއަށާއި ޖައްވައް އެކުސްޕޯޓު ކުރަންވީ. އެހެންނުން މަލީހު. ކަލެޔައް ވާނެ.

 5. ޒަރްދާރީ

  ރާއްޖޭގައި ކޮމްޕިއުޓަރާއި ސުމާޓް ފޯނާއި ސެޓެލައިޓާއި އަދި ހާޑު ޑިސްކާއި ޕެންޑުރައިވާ އަދި އެމްއާރު އައި މެސިނާއި ނިއުކުލިއާ ސަބްމެރީންނާއި ފަބަރ އޮޕްޓިކް ކޭބަލާއި އަދި އިލެކްޓުރިކްކާރުވެސް އުފައްދާ މުޅި ދުނިޔެއަށާއި ޖައްވައް އެކުސްޕޯޓު ކުރަންވީ. އެހެންނުން މަލީހު. ކަލެޔައް ވާނެ.

 6. ނަންރީތި

  7ޖީ ނުކިޔާ ސްޕީޓް އަވަސްކޮށްބަލަ. ކޮބާ ވަޢުދުވި ކަންކަން. އިންޓަނެޓް އަގުހެޔޮކުރަން ބުނި ވަޢުދު، އެވައުދު ފޮރުވަން 5ޖީ ތިކަިޔާނީ. 5ޖީ ފެށެނީ ގުޅާނިމޭއިރުު އޮންނަނީ 0ޖީއަށް ތިރިވެފަ. ކަމަކުނދޭ

 7. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  މަލީހޫ ތީ ކަލެއާ ބެހޭކަމެއްނޫން.. ތީ ސާވިސް ޕްރަވައިޑާގެ ކަމެއް..

 8. ޒާ

  ރުޅިއަރުވަން އަނގަނުތަޅާށެވެ. އެންމެ އަވަހަށް އިންޓަނެޓްގެ އަގުހެޔޮކުރި ސަރުކާރަކަށް މި ސަރުކާރުވެސް ހަދައިފީމުނޫންތޯއެވެ.

 9. މޮހޮރު

  5ޖީ އަކީ ސީދާ ދިވެހިރާއްޖެއަށް ހާއްސަކޮށްގެން ތައާރަފްކުރާ އެއްޗެއްކަމަށްވަނީ. އެއީ ކުދިކުދި އެޕްލިކޭޝަންފޯމުތައް ފުރަން ބޭނުންކުރާ އެއްޗެކޭ ބުނެއުޅެނީ.

 10. އަލިބެއްޔާ

  މަލީހު ކަލޭ އަގު ހެޔޮ ކުރަން ބުނި އިންޓަނެޓު ކޮބާ؟