ދައުލަތުން ހަރަދުކޮށް ރައީސް އިބްރާާހިމް މުހައްމަދު ސޯލިހު ކެމްޕޭން ދަތުުރުތައް ކުރައްވަމުން ގެންދަވާތީ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު މުހައްމަދު ޖަމީލު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވަން ނިންމަވާފައިވާ އިރު އެމްޑީޕީން އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮވަމުން އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ރައީސް ވާދަކުރައްވައެވެ.

ރައީސް ސޯލިހު ކެމްޕޭން ފައްޓަވާފައިވާ އިރު އެމަނިކުފާނު މިހާރު ދަނީ އަތޮޅު ތެރެއަށް ވަރަށް ގިނައިން ޒިޔާރަތް ކުރައްވަމުންނެވެ. ނަމަވެސް އަދި އެ ދަތުރުތައް ކުރައްވަމުން ގެންދަވަނީ ރަސްމީ ދަތުރުފުޅުތަކުގެ ގޮތުގައެވެ.

ނަމަވެސް އެގޮތަށް ދަތުރުފުޅު ނުކުރެއްވޭނެ ކަމަށް މަލީހު ވިދާޅުވިއެވެ.

"އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓަކަށް ދައުލަތުގެ މާލިއްޔާއިން ކެމްޕޭން ނުކުރެވޭނެ. ބައި ހަދާލައިފައި ކެމްޕޭނަށް ދިއުމުގެ ހަރަދު ކުރަން ޖެހޭނީ ކެންޑިޑޭޓްގެ ކެމްޕޭންގެ އެކައުންޓުން. މިއީ ބަލަން ޖެހޭ މައްސަލަ. ޕްރައިމަރީ ނިމެންދެން މި ބާވަތުގެ ދަތުރުތައް ހުއްޓާލަން ޖެހޭ" މަލީހު ވިދާޅުވި އެެވެ.

ރައީސް މިފަހުން ކުރެއްވި ދަތުރުފުޅުތަކުގެ ތެރޭގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މ. ކޮޅުފުއްޓަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅު ހިމެނެ އެވެ. ހަމަ އެހެންމެ މިދިޔަ މަހު ގއ. ދާންދޫއަށް ވަޑައިގެންނެވިއެވެ.

ރައީސް ސޯލިހު އިއްޔެ އާއި މިއަދު ހެނދުނު ހުންނެވީ ރ. އަލިފުށީގައެވެ. އެއީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުފޫހަމަނުވޭ

    އެމްޑީޕީގެ ވެރިކަމަކީ ތަކެތީގެ އަގު އިންތިހާ އަށް މަތިވެ ރައްޔިތުން އެއްކޮށް ހަނާވެ ފަނާވެގެންދާ ވެރިކަމެކޭ ނިމިދިޔަ ޕީޕީއެމްގެ ވެރިކަމުގައި މާލޭގެ ފައިސާ ނަގާ މެޝިން ތަކުގެ ބުޑުގައި ނުތިބޭނެއޭ ސަލާމް ޖަހާ މީހުން މިސަރުކާރުގައިއޭ އެމެން ފައިސާ ނަގާ މެޝިން ބުޑުގައި ސަލާމް ޖަހަން އެތިބެނީ އެގިގެންދާ އެއްޗަކީ އެމްޑީޕީ އަކީ އެއީ އެއްގޮތަކަށް ވެސް ރާއްޖެތަރައްގީ ކުރަން ދަންނަ ބައެއް ނޫންކަމޭ އެމެން ހަދާނީ ދޮގާއި މަކަރާއި ހީލަތޭ އެމެންނަކީ އެއީ ރާއްޖޭގެ ތަރައްގީ އަށް ހުރި ޗޮއިސް އެއް ނޫނޭ އެމެންނަކީ އިންޑިއާ އަށް ރާއްޖެ ވިއްކާލާ ކަޓް ކާން ދަންނަ ޗޮއިސްއޭ އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ

    4
    2
  2. ވށފރ

    ކޮބާތަ މައްސަލައަކީ.ކުރިން ނުވާކަމެއްތަ.މީ ދޯ ޖާބެ އެބުނާ އަބަދު އިދިކޮޅަށް ،ވިހޭއިރުވެސް އިދިކޮޅަށް އޮތް ކުއްޖަ😂