ދިވެހި ރައްޔިތުންނާއި އަދި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ވެސް އިންޑިއާ ސަރުކާރުން އެދޭ ކޮންމެ ހާލަތެއްގައި އިންޑިއާ ސަރުކާރާއި ހަވާލުކޮށް، އިންޑިއާގައި އެމީހުންގެ މައްޗަށް ޝަރީޢަތްކޮށް، ޙުކުމް ކުރުމުގެ ބާރު ލިބޭނެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ އެންމެ ފަހުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސަމުން އެބަގެންދެއެވެ.

"މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ" ގެ ނަމުގައި އިންޑިއާ އާއި ރާއްޖެ އިން ސޮއި ކުރާ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އިން މިހާރު ގެންދަނީ ދިރާސާ ކުރަމުންނެވެ.

އެއްބަސްވުގެ ކޮޕީއެއް "ވަގުތު" އަށް ވެސް ވަނީ ލިބިފައެވެ.

އެއްބަސްވުން ބުނާ ގޮތުން ޖިނާޢީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުން ހަވާލު ކުރުމުގެ އިތުރުން އިންޑިއާ އިން އެދިއްޖެ ހާލަތެއްގައި އެމީހަކާއި ގުޅުންހުރި ލިޔެކިޔުންތައް ވެސް ފޯރުކޮށްދޭން ޖެހެއެވެ.

އިންޑިއާއިން ކުށެއްގެ ތުހުމަތު ކުރާ މީހަކު ރާއްޖޭގައި އިންވެސްޓްކުރާ ފައިސާއާއި ބޭންކްތަކުގައި ހުންނަ އެމީހެއްގެ މައުލޫމާތާއި އޭނާގެ އިންވެސްޓްމެންޓްތައް ހިފެހެއްޓުމުގެ ބާރު ވެސް މިއެއްބަސްވުމުގެ ދަށުން އިންޑިއާ އަށް ލިބިގެންދާނެއެވެ.

މިއެއްބަސްވުން ބުނާ ގޮތުން އިންޑިއާ އިން އެގައުމާއި ހަވާލު ކުރަން އެދޭ މީހަކު ކޮށްފައިވާ ކަމަށް އިންޑިއާ އިން ބުނާ ކުށަކީ ކޮންމެހެން ރާއްޖޭގައި ކުށަކަށް ވާކަށް ނުޖެހެއެވެ. އެމީހަކު ހުރީ ރާއްޖޭގައި ކަމަށް ވީނަމަވެސް އޭނާ ކުރީ ކުށެއް ކަމަށް ކަނޑައަޅާނީ އިންޑިއާގެ ޤާނޫނުތަކަށް ބަލައިގެންނެވެ.

އެއްބަސްވުން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ އެއްބަސްވުމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގާސިމް އިއްޔެ ވިދާޅުވީ އެއްބަސްވުމާއި ދެކޮޅަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ އިދިކޮޅު މެންބަރެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި އެވާހަކަފުޅު ދައްކަވަނީ މިސަރުކާރު ގެނައުމަށް މަސައްކަތް ކުރި ކޯލިޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުން ކަމަށެވެ.

"ވާހަކަ މިދައްކަނީ އިދިކޮޅު މެންބަރެއްގެ ހައިސިއްޔަތަކުން ނޫން، މިސަރުކާރު ގެނައި، ސަރުކާރު ކޯލީޝަންގައި ހިމެނޭ، އަދި ސަރުކާރުގައި ވަޒީރުންނާއި އެހެން ބޭފުޅުން ތިބި މީހެއްގެ ހައިސިއްޔަތުން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގައުމުތަކުން ކަންތައްތައް ކުރާ ގޮތާއި ކަންތައްތައް ގެންދާގޮތާއި، މަޅިފަތި ޖަހާ ގޮތާއި މަޅިފަތި ބައްދާގޮތް އަމިއްލަ ތަޖުރިާ އިން އެމަނިކުފާނަށް އެނގިވަޑައިގަންނަވައެވެ.

"އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގައި ތިބޭފުޅުންނަށް ނޭނގޭ ކިތަންމެ ކަމެއް އަތުންހިފައި ލޮލުން ދެކިފައި އަހަރުމެން ދަންނަން، އަދި ގައުމުތަކުން ކަންތައްތައް ކުރާ ގޮތާއި ކަންތައްތައް ގެންދާގޮތާއި މަޅިފަތި ޖަހާ ގޮތާއި މަޅިފަތި ބައްދާގޮތާ އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމަ އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ކާބަފައިން ގެނައި އިސްލާމް ދީނާއި މިނިވަން ކަމާއި އިސްތިގުލާލާ، ކޮންމެ ޖުލައި 26ގައި ފާހަގަކުރަމުން މިދާ މިނިވަންކަން، އަޅުގަނޑުމެންގެ އަތުން ނިގުޅައިގަތުމަށް ބަޔަކު އުޅުނަކަސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ގާސިމް ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ އެއްބަސްވުންތައް ގައުމުތަކާއި އެކު އެކުލަވާލާއިރު ލިމިޓޭޝަންސް އޮން އެސިސްޓަންސް (ހުށައެޅުންތަކަށް ނޫނެކޭ ބުނެވޭނެ ހާލަތްތައް) ބަޔާންކޮށްފައި ވީނަމަވެސް މިއެއްބަސްވުމުގައި އެފަދަ ކަންތައްތަކެއް ވެސް ބަޔާންކޮށްފައެއް ނެތެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ އަށް ނިސްބަތްވާ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވަނީ އެއްބަސްވުން އޮތްގޮތަށް ފާސްކުރަން އެއްވެސް ހުރަހެއް އޮތް ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މިއީ ރާއްޖެއަށް ފައިދާ ކުރަނިވި އެއްބަސްވުމެއް ކަމަށާއި އޭގައި ހުރި ކަންބޮޑުވުންތައް މިހާރު ވެސް އޭޖީ އޮފީހުން އޮޅުންފިލުއްވައި ދެއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުން އިންޑިއާ އާއި އެކު ސޮއި ކުރަން އުޅޭ އެއްބަސްވުމުގައި ސޮއި ކުރަން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިންޑިއާ އިން ހުށަހެޅިއެވެ. ނަމަވެސް ޔާމީންގެ ސަރުކާރުން ވަނީ އެއެއްބަސްވުމާއި މެދު އިތުރަށް މަޝްވަރާ ވެސް ނުކުރާނެ ކަމަށް ވިދާޅުވެ، އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން ހުއްޓާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި އޮންނަނީ އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

122 ކޮމެންޓް

  1. އަލީ

    ހޮންކޮންގ މިހުން އެ މުޒާހަރާ ކުރަނީ ޗައިނާ އާއި ކުށްވެރިއަކު ހަވާލު ކޮށްފާނެތީ. ދިވެހިން މިކަން ރާއްޖޭގަ ހިންގާ އިރު ބޮޑު ގުގުރީގަ ނިދާފަ. ލަދު#

    295
    3
    • ހުމާ

      މިއީ މިކިޔާ އައިއެސްއާ ގުޅުވަެިގެން އައްޑޫ މީހުނަށް ބޮނޑިދޭން ޖަހާމަޅިއަކާ ވައްތަރު.

      48
      • WASEEM

        WHAT A THIN IS GIONG TO DO

        4
        1
    • ކީކޭ ބުނާނީ

      اللّه المستعان

  2. ސަމީރު

    ނިކަން ތިކަން ކޮބަލަށް... އަހަރުމެން ތިޔައެންމެން މަގުމަޗަށް ނެރެއް ސަރިޔަށް ކޮއް މިކަމަށް ނިމުމެއްގެނާނަން ވަރަށް ރަގަޅަށް

    279
    5
    • Anonymous

      ދަރިންނޭ، ތިހެން ކިޔަކިޔައި ތިބެގެން ވާކަށް ނެތް. "ޓެރަރިސްޓް" އަކަށް ނުވާނެ މުސްލިމެއް ނުހުންނާނެ. އިންޑިޔާއިން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި، ދިވެހި ގައުމުގައިތިބި، އެމީހެއްގެ ދީނަކީ "އިސްލާމްދީން" ކަމަށް ޕާސްޕޯޓްގައި ލިޔާ ކޮންމެ މީހަކު އިންޑިޔާއަށް ގެންގޮސް ޝަރީއަތްކޮށް މެރުމުގެ ބާރު މިދެނީ.

      264
      1
      • ޗަކޮއެ

        ދޮގު ވާހަކަ ނުފަތުރާ. ކަންކަމުގެ ހަގީގަތް ބަލާލުމެއްނެތި މިކަހަލަ ވަކިފަރާތަކަށް ޖެހިފަ އޮންނަ ނޫހެއް ބަލާގެން ރުޅިގަދަވެގެން ކޮމެންޓުކުރުން އެއީ ގޯސްކަމެއް.

        8
        195
        • Anonymous

          މިއީ މިހާރު އިންޑިޔާގަ ހިންގާ ޖަރީމާތައް. އެމީހުންގެ އަތްދަށުވީމަ ދިވެހިން ރީތިވެގެންތަ ދޫކުރާނީ. އިންޑިޔާގެ ވެރިކަމުގައި އެތިބީ ޝައިޠާނީ ބުޑިސްޓުން. އިންސާނުންނަކީ އެމީހުން ގުރުބާން ކުރަން ތިބި ބައެއް.

          117
          1
        • ސަމީރު

          ކަލޭ ތީ ކާކުތައް އަހަރުމެންނަ ގޮތް ކިޔަން . ކަލޭވެސް ހުރޭ ތި ބާގަޑު ތެރޭގައި އަހަރުމެން ކަލެއާއި އެކޮން ބުރވާލާނީ

          46
          4
          • ސަމީރުގެ އައްޕަ

            ބަލަ ސަމީރޫ މީ ޗަކޮއެގެ އައްޕައޭ. ޗަކޮއެ އަނެއްކާ ހަމާގަތަ ޗަހުރީ.

            3
            3
        • ދޮންބެ

          ހަގީގަތް އެނގޭތީ މި ކޮމެންޓް ކުރަނީ. ޗަކޮޔަށް ހަގީގަތް ނޭންގެންޏާ ކޮމެންޓް ނުކޮށްބަލޭ. އަދި ބުނަން ސިއްރުވާހަކައެއް؟؟ ސަރުކާރަށް ސަނާ ނުކިއުމަކީ ދެކޮޅުވެރިވުމެއްނޫން.

          43
          2
          • ނޭފަރު ރައްޔިތުން

            ޗަކޮޔައް ސިއްރެއް ބުނަންވެސް ނޭގެދޯ އެންމެނަށް އެގޭގޮތަށްނޫނީ. ދެންކިހިނެއް ޗަކޮއެމެން ކަހަލަ ބުރާންތިން ދައްކާ ވާހަކަ ގަބޫލުކުރާނީ.

            4
            5
        • ހހ

          ހާދަ ވިސްނޭ ސްމާޓް ސޮރެކޭ ޗޯ

          3
          1
        • ާއަލީ ހަސަން

          ވަގުތު ނޫހުން މިޚަބަރު ގެނެސްދީފަ އެވަނީ އެބުނާ ޓުރީގެ ކޮޕީއެއް އޮވެގެންކަން ކިޔާމީހުންގެ މަޢުލޫމާތައްޓަކާ ވަގުތުން ވަނީހާމަ ކޮއްފަ ނޫންތޯ.

    • ސަމީރު

      ތި ބުނާ ނަސީދު އާއި އިންޑިޔާ އަކީ ވަރަށް ބިރުގަންނަ ބައެއް ... ކުރީ ފަހަރުވެސް އަހަރުމެން އޮންނާނީ ދައްކާފަ އެއްކަން ... ޟިފަހަރު ތިޔަ ނަސީދު ނުބަހައްޓާނަން އަންބުރާ އަންނާކަށް

      79
      1
  3. ބޯހަލާކު

    މީ އިންޑިޔާގެ އަވަށެއްތަ؟ އިންޑިޔާ ސަރުކާރުން ޖަހާހާ ބެރަކަށް ނަށަން.

    225
    5
    • އާމިން

      މަޖްލިހުން ދިވެހި ގައުމު އިންޑިޔާއަށް އެދެނީ! ދިވެހިންނަށް ކުރެވޭނެ ކަމެއް އެބައޮތް؟ އެކަން ހުއްޓުވޭނެތަ؟ ކެރޭނެތަ ހުއްޓާނުލާ މުޒާހަރާކުރަން؟ މިއީ ރައީސް ޔާމީންއަށް ދޭ ދެރައެއްތަ؟ ޣާފިލް ދިވެހިން. އަޅުވެތިވަނީ މިފަދަ ހާލަތުގައިވެސް، ފޯނުން ލޯ ނުނެއްޓި ސިކުނޑި މަރުވެ ޣާފިލްކަމުގައި ނިދާފަ ތިބެންހަދައިގެން.

      171
  4. ށ

    ކޮންމެ ބައެއް ކުރިޔަސް މީ ވަރައް ދަށުދަރްޖަޔައް ދިވެހިން ވަޓާލުން. މެކްސިކޯ ޑްރަގު ލޯޑުން އެމެރިކާ ސަރުކަރާ ހަވާލު ކުރީވެސް މައިތިރި ނުވާހިސާބައް ދިޔާމަ. އަދި ރާއްޖެ އެހާލަތަކަ ނުދޭ. އަދި އެފަދަ ކެފޭސިޓީ އެބަ ހުރި.

    166
    1
  5. މަގޭ ވެސް ޤައުމު

    ހަމަ ހިލާ ތިހެންވިޔަކަ ދިވެހި ލޭހިނގާ ހަމަހޭ ބުއްދި ހުރި ދިވެހި ދަރިއަކު ނޭދޭނެ. ކަލޯމެނޭ ތިޔަ ހަދަނީ ބޮޑު ގޯހެއް. އަމިއްލަ ކަރުގަ އަމިއްލަ އަތުން ވަޅި ނާޅާތި ކޮންމެވެސް

    175
  6. އާދަނު

    ރާއްޖޭ ވެރިކަމަށް އަރަންވެސް ހުޅުވާލާ ފެށުނީސުރެން އިންޑިޔާއިން އުޅެނީ ރާއްޖެ ނުހިފިގެން އިންޑިޔާ ބޯޑާރ ގައުމުތަކާ ކާއިރި ހުރިހާ ގަމަކާ އިންޑިޔާ އޮންނަނީ ޖެހިފަ

    139
    1
  7. ބައެކޭ

    ދޭބަލަ އިންޑިޔާ ސަރުކާރާ ހަވާލުވާން.. ތިޔަ އެއްޗެއް ފާސްކޮށްފިއްޔާ ހޭދައްކާލާނަން..

    134
    • ޢަޅު

      ޢަޅޭ ދިވެހިން ކިހިނެއް ވެފަ؟މީ ބޮޑު މުސީބާތެއް ނޫން.. ގައުމަށް ވަފާތެރި ދިވެހި ދަރިން ކޮބާ؟

      116
      • ލކފޖފހފ

        ނެތް. ގާފިލްވެފައި. ކްރެޑިޓަށް ނެގި ފޯނުން، ސޯޝަލް މީޑިޔަރ ބްރައުޒް ކުރުމާއި، ޝަހުވާނީ އެއްޗެއްހި ބެލުމާއި، ހަލާލެއް ހަރާމެއް ނުބަލާ ފައިސާ ހޯދުމައިގެން ހޭބަލިވެފަ ތިބީ.

        62
      • ފަޅުވެރިން

        ޤައުމަށް ވަފާތެރި ދަރިން ހަމަހޭގައި ތިބެގެން އެމްޑީޕީ އަތުން ރުފިޔާ ނަގާފައި ހަރާންކޯރު މެންބަރުން ހޮވީމާ ވާނީ މިހެން. އަހުރެން ދެކޭ ގޮތުގައި މެންބަރުންނަށް ވުރެ ބޮޑަށް ހަރާންކޯރީ އެމީހުން އަތުން ރުފިޔާ ނެގި ދިވެހި ދަރިން. ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި އޮވޭ ވެރިކަމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ، އަދި އެބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައޭ.

        38
        1
  8. ފުރެންޑޫޫ ?‍?

    ތިޔަ އުޅުއްވަނީ މޯދީ އަށް ދިވެހި ރާއްޖޭގެ ވެރިކަން ޙަވާލުކޮށްފާ ބައިތުލްމާލު ދޮވެލައިގެން ޔޫރަޕްގެ ހިމާޔަތް ހޯއްދަވައިގެން ޢައިލާ އާއެކު ފިއްލަވާންތޯ

    130
  9. ޢަލީ

    ތިވާހަކަ އަހަރެމެން ދެއްކީ!! ތާހިރުވެއްޖެ ނޫން. 800 މިލިއަން ޑޮލަރުގެ ބަދަލުގައި ދިވެހިން މިޖެހުނީ އިންޑިޔާގެ އަޅުންނަށް ވާން. ބަދަލުގައި ދިވެހީން ބޭނުންވާ ކޮންމެފަދަ ހާލަތެއްގައިވެސް އިންޑިޔާގެ ކޮންމެ ރައްޔިތަކުވެސް ދިވެހިން އެދޭ ކޮންމެ ރަށެއްގެ ކޯޓަަކަށް އެމީހެއްގެ މައްޗަށް ހާޒިރުކޮށްދިނުމަކީ އިންޑިޔާގެ ވާޖިބެއް.

    105
  10. މާތާ ޚަރާބު

    ދެން މިރާއްޖޭގައި ގެރިމަސް ކާ ހުރިހާ އެންމެން ކުށްވެރިވާނެ ކަމަށް މިބަލަނީ.

    131
    • ސާމަރާ

      ޔަގީން ދެން މިރާއްޖެއްށް ގެރިމަސް އެތެރެވެސް ނުކުރެވޭނެ!
      ދެރަކަމެއްނު ވެރިކަން ނުކުރެވެންޏާ ކުރެވޭވަރު ބަޔަކާ ހަވާލުކޮށްފަ ގޮސް އިންޑިޔާގެ ފައްޅިގަނޑެއްގަ ފިލާ އޮވެބަލަ އަހަރުމެން ނުދާނަން ހޯދާކަށެއް!!

      28
  11. ސަޓޯ

    އަހަރެމެން ބާގީ އިބުރޭއަށް ބުނެލަން އޮތީ ތިހުރީ ސަކަރާތެއް ނުޖަހާ މިގައުމު އެއްކޮއް ކަލޭ ބޭނުންވާ ގޮތައް ދޭންވީނުންހޭ ؟؟

    98
    1
  12. ޢަދުރޭ

    ޢަޅެފަހެ އެމްޑީޕީ ގެ މަރުމޯލުން ކޮންގަނޑެއްތަ މި ގަންނަނީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަދޭނެކަމަށް ހީކޮށް ވެރިކަން ޙަވާލް ކުރީމަ!! ކަންކަން ކޮށްދޭނަމޭ ކިއައިގެން ވެރިކަމަށް އައިސް ދިވެހި ރައްޔިތުންނަށް ބައިނަލް އަޤްވާމީ ގޮތުން ލިބިފަ އޮއިތް "އިންޕިއުނިޓީ" ނުވަތަ ދިފާޢުވުމުގެ ބާރު ނެތިކޮށް ދިވެހިން ގަން ހިންގަންތަ ތިއުޅެނީ . މީހަކު އަޅެ އަންތަރީސްނުވާނެތަ މި ކަނޑުކޮހުންނާ ހެދި .. މި ތަނުން ބަންގާޅީން މަދުކުރުމުގެ އެއްބަސް ވުމެއްގައި ނޫންތަ ސޮއެ ކުރަންވީ މިހާރު ؟ ދިވެހިންނަށް ހައްތާ ދެރަގޮތް ހަދަން ތި ރާވަނީ ކަލޭމެންނަށް ކޮން އަނިޔާއެއް ކޮއްގެންތަ އަޅެ؟

    109
    1
  13. އެހެނަސް

    އެހެންވިއްޔާ ގެރިމަސްކާ ހުރިހާ ދިވެހިން އިންޑިއާއަށް ގެންގޮސް އަދަބުދޭނެ

    105
  14. ރާޅު ބޯއީ

    ބަލަން ތިބޭ ދެން. ތިކަންވެސް ފާސްވާނެ. މމުޅި ގައުމު އިންޑިއާގެ އަޅުވެތި ކަމަށް ގޮސް ހުސްވީ. މަޖިލީހުން ހަދާނީ ހަދާނެ އެއްޗެއް. މަޖިލީހުގެ ކޮމިޓީތަކާއި ހުރިހާ އާރަކާއި ބާރެއް މިއަދު އޮތީ ލާދީނީ ގޮތެއްފޮތެއް ނެތް ބައިގަނޑުގެ އަތްމަތީގަ. އަހަރެމެންނަށް އޮތީ މާތްﷲއަށް ވަކީލުކުރުން.

    110
  15. އަހަންމަދޭ

    އަޅެ ދިވެހިންނަށް ހަމަ ވަރިހަމަތަ؟ އަހަރެންގެ ލޮލުން ހަމަ އަސްލުވެސް ކަރުނަ އަތުވެއްޖެ. ގައުމަށް ކުލުނެއް އޮތީ ކާކުގެ ހިތުގަބާއޭ ހިތަށް އަރާ.

    116
    1
    • އަހްމަދު

      ގައުމަށް ކުލުނެއްނެތީ މިހާރުގެ ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ނަޝީދުއާއި އެމީހުންގެ އައުވާނުން.

      81
  16. ނަޖާ

    ކުރާނެ ނުކުރާނެ ކަމެއް ނެތީތަ؟މި ލާދީނީ ސަރުކާރަކީ އަޅެފަހެ ހޭބަލިވެގެން އުޅޭ ބައެއްތަ.

    97
  17. މުގުރާން

    އަދިހަދާނެ ނިތްކުރީގަ ގެރިގުއި ހޭކުންމަޖުބޫރުކުރާ އެއްބަސް ވުމެއްވެއްވެސް !! މިވަރުން ދަނީވިއްޔާ !

    95
    1
  18. ބުރޯ

    އިތުރަށް ދައްކާނެ ވާހަކައެއްނެތް. މީ ދިވެހިން ބޭނުންވާގޮތް. މިހާރު ތިބި މީހުން ކޮންމެ ކަމެއް ކުރިޔަސް ރައްޔިތުން މަގުމައްޗަކަށް ނުނިކުންނާނެ. އެއީ އެމީހުންނަށް ކިތައްމެ ގެއްލުމެއްވިޔަސްމެ. ކަނުބައެއް.

    87
    1
  19. މަންޖެ

    މާތްރަސްކަލާނގެ ކުޅަދުންވެރިކަން. މިމީހުންނަށް ވަންޏާ އަހަރެމެންނަށް އިންޑިއާ ރައްޔިތުންނަށް ވާންވެސް މަޖުބޫރު ކުރާނެ. މީ ދިވެހިރާއްޖޭގައި ހެޔޮވެރިކަން ކުރާހިތުން ލޮލަށް ނިދި ނައިސްގެން އުޅުނު މީހުން.

    91
  20. ކެޔޮޅު

    ދިވެހިން ލޮލައްނިދިނައިސްގެން ގެނައި ހެޔޮވެކަން ދެންތިބޭ ވާއެއްޗެއްބަލަން މިއީ ފެނފެނިހުރެ ފުއްމާލި އަލިފާންގަޑެއްނޫންތަ؟

    82
    2
  21. ބަކުރު

    ރާއްޖޭގަ ހުރެ އީދު ދުވަހު ގެރި ކަތިލާގެން ވެސް އިނޑިޔާ ޖަލަށް

    86
  22. ކެޔޮޅު

    ބައްޕާފުޅުގެ މަސް ރޮލާކާންއުޅުނު ބާގީންދޫކޮލީމާވެސް ޔުމްނާމެނައް އޯކޭދޯ؟

    83
  23. ކޖފހފ

    އަދުރޭމެން އެގޮވާ ފަތިވަރު މިހިރަ ފާޅުވަނީ. ހަމަ ތިބެންވީ. އެއްކަމެއްވެސް ކުރާނެ ކަމެއްނެތް. މިހާރުގެ ޒުވާން ޖީލް އެކީ އިންޑިޔާއަށް އަޅުވެތިވާން ތާއީދު. ދެން މިމީހުން މުސްކުޅިވެ، ގައިބާރު ދެރަވާ ދުވަހަކުން، އެމީހުންގެ ދަރިން ދަމާގެންގޮސް އަޅުންގެ ގޮތުގައި ގެންގުޅެން ފެށީމަ ދަނޑިބުރި ޖަހައިގެން، ގައުމުގެ ދިފާޢުގައި ތެދެވެވޭތޯ މަސައްކަތް ކުރަންދެކަން ހިނގާ އެންމެ މަޖާކޮށް، ރިސޯޓްތަކުގައި އުޅޭނެ ސިފައަކަށް އުޅެ، ލިބޭތަނގައި ރެސްޓޯރަންޓްތަކުން ކައިގެން އުޅެލަމާ.

    62
  24. ފުށެތިކާ

    އެޖެންޑާ 19 ސަޅިވަނީ! ދޮންރިހަ ބޮއިގެން ދެން އަތްޖަހާ!

    78
  25. ނަންނަ

    މިދެން ބޮޑު މުސީބާތެއް ނު. ޢެމް.ޑީ.ޕީ ފަނާ ކުރައްވާނދޭވެ.

    95
  26. ހަލާކުވެއްޖެ

    މުޅިން ބޯހަލާކު.....އަހަރެން މުޅި އުމުރުގަވެސް ސައްޙަ ވޯޓެއްލީ މި ކަލޭގެވެރިކަަމަށް އަރުވަން. އެނޫނީ ދުވަހަކުވެސް ސައްޙަ ވޯޓެއްނުލަން.
    މިހާރު ބާތިލްވޯޓާ ސައްޙަ ވޯޓުގެ ރަހަވެސް ލައިފި.... މުޅިއުރަށް ވޯޓުލުން މިނިމުނީ.... ހަމަ މިގޮތަށް ކިތަންމެ ވޯޓެއް ގެއްލުވާލާނަން..
    ވަރަށް ސަލާމް.....

    56
  27. ހފކފހފ

    އެހެނެއްނޫނޭ މިވަނީ؟ އިންޑިޔާއަށް، ދިވެހިން ޝަރީއަތްކުރުމުގެ ނަމުގައި ފޮނުވަނީއޭ. ދެން އެމީހުން އަނބުރާ ލިބޭނެތަ؟ އާއިލާތަކަށް އެމީހުން ސަލާމަތް ކުރެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އޮންނާނެތަ؟ އަމިއްލައަށް ބޮޑުއަގުގައި ވަކީލެއް ފޮނުވޭނެތަ؟ މިގަނޑު ގަތުމަށް، ޔާމީނޭ ކިޔައިގެން އަޑުގަދަކޮށް މިގަންނަނީ. ދިވެހިން އެއްކަލަ ލާރިގަނޑޭ ހިތަށް އަރާފަ ސިކުނޑިއަށް ލޭއަރާފަ ތިބޭނެތީ.

    63
    1
  28. ސަންތިމަރިޔަބު

    ސުބްހާނަށްﷲ މިގައުމެއް ނެތޭ! ދެލޯކަރުނައިން ފުރިޖެއެވް. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެމެން ދިވެހި މުސްލިމް އަހުންނާ އުހްތުން ދީނނަށް އުޅުންވެސް މިއޮތީ އިންޑިޔާ ބުނާގޮތަކަށް ހަދަންޖެހޭ ހިސާބުގައެވެ. ޔާﷲ މިނުލަފާ ހާއިނުންގެ ކިބައިން މިގައުމު ސަލާމަތް ކޮށްދެއްވާ ފާދޭވެ! ޢެނުބާއި ނުލަފާމީހުން ނިކަމެމެތި ކުރަށް ވާފާދޭބެ! އާމީން

    75
  29. ލުތުފީ

    ތި ބިލަކު ދިވެހިން އިންޑިޔާއަށް ގެންގޮސް ކޯޓަށް ގެންދާވާހަކައެއް ނުފެނުނު، އެކަމަކު ދިވެހިން އިންޑިޔާއަށް ބޭހަށާ އެހެނިހެންބޭނުންތަކަށް ދާކަންއިނގޭ! ޑެސްޕަރޭޓުވިއަސް ތީބޮޑުވަރު! ތިއޮތީ ވެރިކަން ގެއްލިފާ! ކޮށްފަހުރި ވައްކަންތަކަށް ކޯޓުގަ ޖަވާބުދާރީވާ ތައްޔާރުވޭ...

    9
    75
    • ގހދފފފ

      ތިހެއްދެވީ އިތުރުފުޅެއް. ބިލްގައޮތީ، ކްރިމިނަލް ޗަރޖަސްއަށް/ އިންވެސްޓިގޭޝަންއަށް/ސަސްޕެކްޓްސް ފޮނުވުމަށް އެއްބަސްވެފައި. ޑެސްޕަރޭޓްވާނެދޯ؟ އަހަރެމެންގެ ލޭނުހިނގާ ދިވެއްސެއް ނުހުންނާނެ. މުސްލިމުންކޮޅު ވަކިން ހޮވާލާފަ އިންޑިޔާގެ ޖަލުގައި ނިމިދިއުމަށް ފޮނުވުމަށް މިތައްޔާރުވަނީ. ތިޔަބޭފުޅާގެ "ބާރތް ޕްލޭސް" ޖަހައެއްނު ދޮތްތޯ ސެޓްފިކެޓްގަ؟ ދިވެހިރާއްޖެ އޮތީމަ، އޯލްވޭސް ލޭބަލްވާނީ، މުސްލިމަކަށް. ނެއްޓޭނަމޭ ހިތާ ފޮނިވެފައި ހުންނާނެ ކަމެއްނެތް. ނަންބަދަލުކުރިއަސް. ބުދެއްގަ ބައްދައިގެން އޮތަސް އިސްލާމްދީނަށާއި، ﷲ ތަޢާލާއަށް ފުރައްސާރަކުރިއަސް. ތިބޭފުޅާ ތިއީ މުސްލިމް ދިވެހިރާއްޖޭގެ މީހެއް. ސަލާމަތްވާނެ ގޮތެއް ނޯންނާނެ.

      48
      2
    • Anonymous

      ކޮންކޯޓެއް. ބޮޑުކޯޓް އޮންނަދުވަސް މަތިން ހަނދާންކޮށްލާ. ﷲ ތަޢާލާގެ ހަޟްރަތުގައި ކޮޅަށް ހުންނަ ދުވަހު ޑެސްޕަރޭޓްވާނެ ވަރަކާމެދު ވިސްނާލާ. ކާކަށް ތި ސަޕޯޓްކުރަނީ، އިސްލާމް ދީން ނައްތާލަން، މިގައުމުގެ ކަރިކިއުލަތް ދީނާ ދުރުކުރަން އުޅުނު، ﷲ އާ ރަސޫލާއަށް ފާޅުގައި މަލާމަތްކުރި ﷲ ގެ އަދުއްވަކަށް.

      34
      1
  30. މޯހަން

    ދިވެހިން ބިރުކުޑަ އަލީ އައްވެ ނޫސްތަކުގަ ޔާއި މީސްމީޑިޔާގަ ހާޅޭއްލަވާ މޮޅުބަސް ބުނާ ބަޔަކައްވެ ނިމިއްޖެ ، ހާގީގީ އެއްވެސް ކަމެއް ކުރާކައް ނުކެރެ ހަމަ ހުސް ބިރުކުޑައަލީ ފަދަ މޮޅުބަސްބުނާ ކަމެއްކުރަން ނުކެރޭ ބަޔަކައްވެއްޖެ ، ބިރުކުޑަ އަލީ ވެސް ވަގު ވަނީމަ ދަނޑިމަތި އަނބުރާލާނަމޭކިޔާފަ ފިލަންވަނީ ރުނބާ ޖާޑީ ތެރެއަށް

    53
  31. ހަސަންތަކުރު

    އިންޑިއާއިން ލާރި ބަނޑުއަޅައިގެން މެންބަރުކަމަށް ހޮވިފައި ތިބި ގެރިިިިިިިިތަކެއް ވީމާ ދެން އިންޑިއާއިން ގުއިލިޔަސް ތިމީހުން ކާނެތާ

    68
  32. ބީޗް

    މަޖްލިސް މިނިވަނެއް ނޫނެވެ. އަންނި ބުހާ ގޮތެއް ހަދަނީއެވެ.

    65
  33. ދޮބެ

    ރާއްޖެގައި ގެރި ކަތިލުން ހުއްޓުމަކަށް އައީ.

    53
  34. އަލިބެ

    ކޮން ބޭކާރު ވާހަކައެއް މިހާރު މި ދައްކަނީ. އަރުވާ ޖަހާ ފޫގަޅައިގެން މިރާއްޖޭގައި އުޅޭ ޔަހޫދީ ބައިގަނޑު ބޭނުންވާ ގޮތަށް އެމީހުންނަށް ވޯޓް ދީ ނުވިތާކަށް މަޖިލީހުގެ ސުޕަ ސުޕަ މެޖޯރިޓީ ދިން އިރުވެސް އަހަރުމެން ރޮއި އާދޭސް ކުރިން. އެކަމަކު މިޤައުމުގެ މީހުން ޤަބޫލު ކުރީ އެ އެމްޑީޕީގެ ޖާހިލުންގެ ވާހަކަ. މިއަދު ހިތާމަ ކުރާނެ ކަމެއްނެތް. ވާނެއެއްޗެއް ތިއޮތީ ވެފަ. ތިޔަ އިލޮށި ލޮލަށްހެރީ އަމިއްލަޔަށް. ވަރަށް ސަލާމް. ދައްކާ ވާހަކައަކުން ކެއްކޭނެ ރިހައެއް ނޯންނާނެ. ނިކަން ޢަމަލުން ދައްކަބަލަ.

    46
  35. ހުސޭނުބޭ

    ވަގުތު ނޫހުން މި ޚަބަރުގެ ސުރުޚީ ރަގަޅުކޮށްލާދެއްވުން އެދެން! ރަގަޅު ގޮތަކީ "ދިވެހިން އަޅުންގެ ގޮތުގައި އިންޑިޔާ ސަރުކާރަށް ވިއްކާލެވޭނެ އެއްބަސްވުމެއްގައި ސޮއިކުރަނީ" މިގޮތެވެ. އަމިއްލަ ޤައުމުގައި ހުއްޓާ ދަމާފައި އެމީހުން ބޭނުން ޙުކުމެއްކުރަން އިންޑިޔާއަށް އެ ގެންދެވެނީ އަޅުންގެ ގޮތުގައި ވިއްކީމާނޫންތަ؟

    49
  36. ޥިންދު

    އިސްތިއުފާ
    އިސްތިއުފާއިސްތިއުފާ
    އިސްތިއުފާއިސްތިއުފާ
    އިސްތިއުފާ
    އިސްތިއުފާއިސްތިއުފާ
    އިސްތިއުފާއިސްތިއުފާ

    51
  37. ގެރި

    ދުލުން ޝަހާދަތު ގެ ދެކަލިމަ ކިޔުން ހުއްޓުވޭނެތަ ؟؟

    43
  38. ޥިންދު

    ޤައުމު ހިންގަން ނޭނގޭނަމަ އިސްތިއުފާ
    އިސްތިއުފާއިސްތިއުފާ
    އިސްތިއުފާއިސްތިއުފާ.
    ޤައުމުގެ ވަހްދަތު ނުހިފެހެއްޓޭނަމައިސްތިއުފާ
    އިސްތިއުފާއިސްތިއުފާ
    އިސްތިއުފާއިސްތިއުފާ.
    ނޫންނަމަ ރައްޔިތުން ނިކުމެ ވެރިކަމުން ބާލަންޖެހިދާނެ. އޭގެ ކުރިން ރިިވެތި ގޮތުގައިއިސްތިއުފާ
    އިސްތިއުފާއިސްތިއުފާ
    އިސްތިއުފާއިސްތިއުފާދީފައި އިންޑިޔާގެ ހިމާޔަތުގައި އުޅެން އެޤައުމަށް ވަޑައިގަންނަވާ.

    48
    • މަކާ

      އެއޮށް ދިޔައީ. ޕަކާސް. ހަމަ އަސަރެއް ކުރާނީ

      1
      37
      • ޙައުލާ

        މީހަކަށް ބަދު ދުއާއެއް ކުރާނެ ނަމަ ﷲ ގެ ހަޟްރަތުން އެދި ދެންނެވީސް ފުރަތަމަ ކަލެއަށްއެކަމުގެ އަސަރު ކުރުން އެދި. އެކަމަކު އަހަރެމެންނަކީ ނަތަންޔާހޫއަށްވެސް ބަދުދުޢާއެއް ކުރާނެ ބައެއްނޫން. އަހަރެމެންގެ ދުއާއަކީ"ޔާ އިލާހު، މިގައުމުގައިތިވި ޣާދިލު ހަސަދަވެރި އަމިއްލަ ނަފްސަސާ ގައުމަށް އަނިޔާވެރިވާ އެންމެހާ މީސްތަކުންނަށްވެސް ތެދުމަގުދައްކަވާ ޣާފިލްކަމުގެ ނިދިން ހޭލަނމއްވާނދޭވެ." އާމީން.

        14
        4
  39. އަނބުއާސަ

    ވަރަށްބިރުހުރިކަމެއް ތިކުރަނީ މިހާރު މިއީ އިންޑިޔާގެސްޓޭއްދޯ ގައުމުގެމިނިވަންކަމާ އިސްތިގުލާލްގެއްލިގެންމިދަނީ ހުރިހާމީހުންއަތްޖަހަންތިބޭ

    46
    1
  40. ކީއްކުރާނީ

    لا إله إلا الله محمد رسول الله

    56
  41. އާމިން

    ދިވެހިން ޣާފިލްވެ، ސޯޝަލް މީޑިޔާގަ ފޮނިކަނޑުމާއި، ޝަހްވާނިއްޔަތަށްގޮސް ގެއްލި ހަލާކުވެފަ ތިބި މިކަހަލަ ދުވަސްވަރެއްގައި، ގައުމު ވިއްކާލެވޭނީ. އެވެރިން އެކުޅެނީ އެކުޅި.

    48
  42. އާބިދާ

    މިހާރު މިއޮތް، ކަންނެތް، ހަސަދަވެރި، ފާސިގް ޖީލެއް އޮތް ހިނދު ގައުމު އަޅުވެތިކޮށް، އިސްލާމްދީން ނެތިކޮށްލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ. އަހަރެމެން މިއިން ކަމަކާ ދެކޮޅަށް އަޑު އުފުލުމަށް ނުނުކުމެތިބޭނީތޯ ނުވަތަ ނިކުންނާނީތޯ ނިންމަންވީ!

    23
  43. ކަނބާ

    މަޖިލިސް 19 ތަފާތުވީ ދިވެހިންގެ ކަރަށް ފައިންއަރާ ދިވެހިން ނެތި ކޮށްލާތީބާ! ވަކި މީހަކު ލިޔެފައިދޭ ބިލުތައް ލިެފައިވާ ގޮތަށްކިޔުން ނުންކަމެއް ނުކުރޭ ތަޅު ލެވިފައިވާ ސިކުނޑިއަކުން ބަންދުވެފައިވާ ދުލަކުން ރަމްޒި ގޮތުން ގޮނޑިގައި އިންނަ ކޮން މަސްބުރި ތަކެއް. އެންމެ މީހެއްގެ ފިކުރު އެންމެ މިހެއްގެ ވިސްނުން އެންމެ މިހެއްގެ ދޫ މުޅި މަޖިލިސްގައި މިއަށް އަހަރެމެން ކިޔަނި އަޅުވެތިކަން އަޅުވެތި ވުން. ނަޝިދަކީ މޯދީގެ އަޅެއް . ަެމްޑީޕީ މެމްބަރުންނަކީ ނަޝީދުގެ އަޅުން. ދެން އަތްޖަހާ

    29
  44. ކާފަބޭ2019

    ޤާސިމު މައުމޫނު އިމްރާނު ތިޔަ3މީހުންގެނައި ބަލާވެރިކަމާމެދު މިހާރުވަރަށްފަޚުރުވެރިވޭދޯ؟ ޤައުމުގެއަދާވާތްތެރިންނާގުޅިގެން ޔާމީނުވެރިކަމުން ދުރުކޮށްފަ އިންޑިޔާގެއަޅުވެތިކަމުގައަރާމުގަ ކިހާދުވަހަކުދުނިޔޭގައުޅެވޭނެތޯ؟ހަމަޔަޤީނުންވެސް ދިވެހިލޭހިގާދަރިންނެއް ތިޔަތިންމީހުނަށް ދުވަހަކުވެސްމައާފެއްނުކުރާނެ ތިޔައީ އަމިއްލައެދުމާހެދި މިދިވެހިޤައުމު ވިއްކާލި 3 މީހުން ﷲގެއިރާދަފުޅުން އިންސާފް ތިޔަ 3 ޤައްދާރުންނާހަމަކުރާނެ

    29
  45. Anonymous

    ކޮން ބޭކާރު ވާހަކައެއް މިހާރު މި ދައްކަނީ. އަރުވާ ޖަހާ ފޫގަޅައިގެން މިރާއްޖޭގައި އުޅޭ ޔަހޫދީ ބައިގަނޑު ބޭނުންވާ ގޮތަށް އެމީހުންނަށް ވޯޓް ދީ ނުވިތާކަށް މަޖިލީހުގެ ސުޕަ ސުޕަ މެޖޯރިޓީ ދިން އިރުވެސް އަހަރުމެން ރޮއި އާދޭސް ކުރިން. އެކަމަކު މިޤައުމުގެ މީހުން ޤަބޫލު ކުރީ އެ އެމްޑީޕީގެ ޖާހިލުންގެ ވާހަކަ. މިއަދު ހިތާމަ ކުރާނެ ކަމެއްނެތް. ވާނެއެއްޗެއް ތިއޮތީ ވެފަ. ތިޔަ އިލޮށި ލޮލަށްހެރީ އަމިއްލަޔަށް. ވަރަށް ސަލާމް.

    27
    1
  46. ސަންގުމަރުމަރު

    އަދިކިރިޔާ ތިދަނީ އެމްޑީޕީގެ ލާދީނީ އެޖެންޑާ ކުރިއަށް. ދެން މިރާއްޖޭގަ ގެރި މަސް ކައިފިނަމަ އިންޑިއާއިން އެމީހަކު މަރާލާނެ، އެއީ ދިވެއްސަކަށް ވިޔަސް. އެންމެ ފުރަތަމަ އޮތީ ރާއްޖޭގެ ދީނީ އިލްމު ވެރިން ގެ ދުވަސް ދުއްވާލުން.

    "ދިވެހިންގެ ނިންމުން ދިވެހިންގެ ލޮލަށް މި ހެރެނީ"
    ދިވެހި ރައްޔިތުންނަށް ހަމަ ސާބަހޭ ދެންނެވޭނީ.
    ވައްސަލާމް.

    32
  47. އަޙުމަދު

    ދިވެހި ރާއްޖޭގައި ކުށަކައް ނުވާ ކަންތައް ވެސް އިންޑިޔާއިން ހުކުން ކޮއްފައި މީހުން ގެންދެވޭ ކަމަށް ވާނަމަ ކީއްކުރާ ޤާނޫނު އަސާސީއެއް.

    30
  48. އަމީ

    ބަލާވެރިކަން ފެށުނީ.

    32
  49. ނަސީދު

    ވެރިކަން ހަވާލުކުރީ ގައުމް ކަންތައްތައް. ޢެހެންގައުމް އަކާހަވާލުކުރާކައްނޫ އެހެންވީމާ ވަރައްސާފުކޮއްމިބުނާ ތިގޮތައްވެރިކަންކުރަން ދޫކުރާގޮތަކައްނޫ މިތިބީ މިބުނަނީ ވަރައްސާފުއިބާރާރުން

    34
  50. މޮޔަ ކިނބޫ

    ނުބައި ނުލަފާ މީހުންގެ ރޭވުމުން ގައުމު ސަލާމަތް ކުރައްވާށި. ޢާމީން

    37
  51. ގައުމީ

    ރާއްޖޭގެ ޒަމާން ދަނީ ދިވެހިންނޭ ހޭލާ!
    މިހާރުން މިހާރަށް އިހްތިޖާޖަށް ނުކުންނަން އެބަޖެހޭ ގައުމަށްޓަކައި ދީނަށްޓަކައި

    35
  52. ފަހުލަވާނު

    ކީއްވެ ތޯ އިތުރު ނޫހަކުން މި ހަބަރު ޖެހުމަށް ފަސްޖެހިގެން މިއުޅެނީ..

    29
  53. މިނިވަންކަން

    ކޮބާ ކުރިންވެސް ހީވިގޮތައް މިސަރުކާގެވެރިޔަކައްމިވަނީ އިންޑިޔާގެމޯދީ މިތާމިހުރީ މޭޔަރ

    26
  54. ޙަސަނާ

    ޢާންދޯ ރާއްޖެޓީވީ ދެންހުރިނޫސްތައް ހަމަމިނިވަންކަންމަތީގަ ހަބަރުފަތުރަނީ..ދުވާފަރުދާއިރާގަވެސްހުރީފައްކާބޯބުރާންޗެއްދޯ ލަދުހަޔާތްވެސްކޮބާ ...

    21
  55. ޟރ

    ދިވެހިންނައް މިހިންގާކަންކަން ރޭކާލާއިރު މަގައުމު އޮންނާނީ އިންޑިޔާގެ އަޅުވެތިކަމައްގޮސް ނިމިފަ

    26
    1
  56. މަގޫދަނޑި..

    ދެނެއްދެރަވެގެން ރޯނިކަމެއްނެތް މީދިވެހިން އަމިއްލައައްބުއިބޮނޑި ކުރިިންވެސްބަޔަކުކިޔާދިންދޯ މިއީމިޤައުމައްހެޔޮއެދިގެންއުޅޭބަޔެއްނޫންކަން އެއުޅެނީ ނަވާރަދިވެހިންގެލޭބޮއިފަހުރިބާޢީވެސްނުގެންނަންވެގެން މިވަރުގެބަޔަކުޤައުމުގެމިނވަންކަމެއްބޭނުމެއްނުވާނެއެއްނު

    22
    1
  57. ޖ

    މިމީހުން ވެރިކަމައް ހޮވިއްޖިއްޔާ ރޯންޖެހޭނެ ވާހަކަ ކުރީގަވެސް އަހަރެމެންބުނިން އެކަމަކުއެވާހަކަ އަހާނެ މީހަކުނުވި ދެންމީމީހުންނައްވޯޓުދިންމީހުން ރޯނެކަމެއްނެތް

    28
  58. އިސްލާމް

    އުމަރު ބޮނދާ ނޯވެ ޤައުމު ސަލާމަތް ކުރަން ނުކުމެބަލަ..

    27
  59. ޖޫން

    މީ ދީނީ އިލްމުވެރިންނަށް އަމާޒުކޮއްގެން ޖަހާ ދަންތޫރައެއް. ބޭނުމަކީ އިސްލާމްދީން މިބިންމަތިން ފޮހެލުން

    29
  60. ގެރި މޯދީ

    ދެން ގެރިމަހެއް ނުކެވޭނެ.. އިންޑިއާ ގާނޫނުގަ މަނާ

    20
  61. މަސްވެރިޔާ

    ރ ޔާމިނަށް ވޯޓް ދިން އަދި އަދުލާއި އިންސާފަށް ، ޤައުމިއްޔަތުގެ ލޮބުވެތި ދަރިންނޭ، މަގުމަށްޗަށް ނުކުމެ، މިސާލަކަށް ހޮންކޮންގް ބަލާ މިވެރިކަން ސާފްކުރަން ލަސްނުކޮށް ކަމަރު ބަނދޭ.... ހެޔޮ ނުވާނެ ދަރިންގެ ހައްގުތައް މިގޮތަށް ޤުރުބާން ކުރަން...

    22
    • ހހހހ

      ގައުމާ ދަރިންގެ މުސްތަގްބަލަށްވިސްނާ. މިޔަންމާއާ ފަލަސްތީނާ އިންޑިޔާގައި ތިބި މުސްލިމުން މަރަމުންދާއިރު ދުނިޔެ ނިދާފަ މިއޮތީ. މިގައުމުގެ މުސްލިމުން ކަރުގަ ވާ އައްސައިގެން ގެންދިޔައަސް ދެކޭނެ ލޮލެއް ނުހުންނާނެ. މިއަދު މިކަމުގައި ދެކޮޅުހެދުމަށާ މިވެރިކަމުގައި މިހިންގާ ޖަރީމާތައް ހުއްޓުވަން ނުކުންނަންވީ. އިހައްނުވި ރައްކަލެއް ފަހުން ނުވެވޭނެ.

      23
  62. ދޮންބެ

    އިންސާނަކު ދިރިހުއްޓާ ފަހަރަކު ގުނަވަނެއް ބުރިކުރުމާ، މިސަރުކާރުން މިގައުމަށް މިހަދާ ގޮތާ ހުރީ ކޮން ތަފާތެއް؟؟

    26
    1
  63. ޖާބިރު

    އިސްލާމްދީނާއި ގައުމު އިންޑިޔާއަށް ވިއްކައިލީދޯ.؟؟ ހުރިހާ ގެއްލުމެއް އޮތީ ދިވެހިންނަށް. ދިވެހިން ވިސްނަވައިގެން ތިއްބަވާ..

    20
    • Anonymous

      ތިހީކުރެވުނީ ނުބައިކޮށް. ހަމަ އެކަނި ގެއްލުން ޗާނީ ރައީސް ޔާމީނަށް. އެހެން އެންމެންނަކީ ޑްބާއީގެ އަމީރު ފަދަ މުެްސަނދިން ބޭނުން ކޮންމެ ގައުމަކުން ރައްވެހިކަން ލިބޭނެ ފުއްޓަތްކެއް ޖަހާލާހާ އަވަހަށް. މިއީ މިއުޅޭ ނަރަކައިގެ އަލިފާން ކުލައިން ޒީނަތްތެރިވެގެންއުޅޭ ބައިގަނޑު ހީކުރާ ގޮތް.

      16
      2
  64. އިސްލާހު

    ކިހިނެއްވާނީ އިބޫ އިސްތިއުފާދީފަ މޯދީއާ ރާއްޖޭގެ ވެރިކަން ހަވާލުކޮށްލުން؟

    15
  65. عبدالله سعيد

    ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް ތިޔަކަމެއް ނުކުރެވޭނެއެވެ.

    18
    • Anonymous

      ކުރާނެ. ެެމީހުނަށް އެބާރު ރައްޔިތުން ދީގެން ހެވިފަ މިތިބީ. އެޖެންޑާ 19 އިން ކޮންމެ ރެއަކު 200 އެޕާޓްމަންޓުގެ 2 ކޮންޑޯ ވިހައޯ.

      18
  66. ޒޫމް

    ޔާ ﷲ އަޅަމެން ސަލާމަތް ކުރަށްވާފާދޭވެ

    24
  67. އެޑިޓް

    ތިކަމެއް ފާސް ކުރަން ކޮމެޓީތަކަށް ވަދެތިބި ( ހަތަރު ފަރާތުން އިއްޒަތް އަމިއްލަަޔަށް އަރުވާފަ ތިބި ) އެމީހުންގެ އާއިލާ އާއި މައިން ބަފައިން އަނބި ދަރީން ގެންދަން ޖެހޭނެ ފުރަތަމަ .ކެރިމަސް ކެއުމުގެ ކުށުގަ އިންޑިޔާއަށް ގެންގޮސް ޝަރީއަތްކޮށް ހުކުން ތަންފީޒު ކުރަން..

    19
  68. Anonymous

    މިހިސާބުން ގެރި ކަތިލުން ނިމުނީ

    13
    1
  69. ދޮންބެ

    ގެރިޔެއް ކަތިލިޔަސް އިންޑިޔާއަށް ގެންދިއުމުގެ ބާރު ނޯންނާނެބާ؟؟؟

    18
  70. މުހައްމަދު

    އެހެން ވެއްޖިޔާމުން ގެރިމަސް ކެއުން މަނާވާނެ ދޯ؟

    17
  71. މަސީހު

    ޑިވެހިރާއްޖެއަކީ މިހާރު މިނިވަން ގައުމެއްނޫން

    22
  72. ބޯކިބާ

    ރާއްޖޭގެ ކުންފުންޏަކުން އިންޑިއާއިން ޑެލިވަރީ ބޯއިއެއް ގެނަޔަސް ދެތިންއަހަރުވާއިރު ކުންފުނި އުފެއްދި ދިވެހިމީހާ ހުންނަނީ އިންޑިއާ މީހާގެ ދަށުގެ ކޮންމެވެސް މަގާމެއްގަ. ތިވަރު ބަޔަކާ ތި ޑީލްކުރެވެނީ.

    19
  73. ނަމ،ަ

    ތިކަން ކުރަން ހުއްދަ ދޭންވާނީ އަހަރަކު ދިވެހި ރައްޔިތުން ކާވަރަށް ގެރި ހިލޭލިބޭނެ އިންތިޒާމު އެއް ހަމަޖެހުނީމަ

  74. ޝާނީ

    މިކަހަލަވާހަކަ މިހާރު ނޫހުގަ ނުޖަހަނީ ކީވެބާ ؟ މީ ދިވެހިން ކަންބޮޑުވާންޖެހޭކަމަކަށް ނުވަނީބާ ؟ ނޫނީ ސަރުކާރުގެ ގޮނޑިކޮއްކޮއެއްބާ؟

    18
    • ޣގގގ

      އެނޫހުގެ އެޑިޓަރު އަނގަ ބަންދު ކޮށްފަ ހުރީ 25 ހާސް ރުފިޔާގެ ޕޮލިޓިކަލް މަގާމެއް ރައީސް އޮފީހުންދީފަ.

      11
  75. އާދަމް

    ޖާހިލުންތަކެއް މަޖިލީހުގައި މި ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލު ވެސްޔާ މޮޑެލާތަން ބަލަން ނުތިބެ ހުރިހާ ސިވިލް ސަރވަންޓުން މަގުތަަކަށް ނިކުންނަންވީ ވަގުތު ޖެހިއްޖެ.. ސިފައިންނާއި ޕޮލިހުންވެސް ތައްޔާރުވާންވީ ގައުމު ދިފާއުކުރަން….

    17
    1
  76. ބޭބެ

    މި ހަބަރުޖަހަން ރާޢްޖެ އެމްވީ އަކަށް ނުކެރޭނެ. މިއޮތީ ބޯންއުޅުނު ބޮނޑި ބޮވިފަ. ހިނިއަންނަނީ. 65 އަހަރު ވީމާ ދެންހަވާލު ކިރާނީ އިންޑިއާއި. އެމީހުން މަރުދުވަހަށް ބަލާނީ. ބޭބެ އަށް މިކަންތައްތައް ހަޖަމެއްނުވޭ ހިނި އަންނަނީ

    17
  77. ޖުލައިމް

    ކުއްވެރިއަކު ހަވާލުކުރުމަކީ މައްސަލައެއްނޫން

    1
    12
  78. އޮނު

    މި ޤައުމަކީ އިންޑިޔާގެ ސްޓޭޓެއް ގޮތުގައި ހެދުމުގެ ކޮޅުމަތި މިހިރިގެން ފެންނަނީ އެޖެންޑާ 19 އިން. މުޅި ދަޢުލަތް ހިންގުން އިންޑިޔާގެ ޤާނޫނުތަކާއި އެއްގޮތަށް ބަދަލުކޮށް އިންޑިޔާގެ ބާރުގެ ދަށަށް ގެންދިއުމަށް. ދެން މިތާނގެ ވެރިއަކަށް ހުންނާނީ ސްޓޭޓް މިނިސްޓަރެއް.

    12
  79. ތަކުރު

    މުޙައްމަދު ތަކުރުފާނާއި އެކަލޭގެފާނުގެ އެކުވެރިން، އަތްވާ ވާރޭގައި ޖިހާދު ކުރެއްވީ މިގައުމުގެ އިސްތިޤްލާލާއި މިނިވަންކަން އިންޑިޔާއަށް ދޭކަށްނޫން.

    11
  80. ނޮވެމްބަރު 3

    ކިހާ ދެރަކަމެއްތަ މިއެމްޑީޕީ އާއި ހެދި. މިރާއްޖެ އިންޑިއާގެ ސްޓޭޓަކަށް ހަދަން ވީނުން. ދީނާ ގައުމު ވިއްކައިގެން ވެސް ކަލޭމެން ބޭނުން ވަނީ ވެރިކަން.

    14
  81. މުދިންބެ

    މިއެއްބަސްވުމުގެ ދަށުން އަހަރެމެންގެރިކަތިލާ ކެރިމަސް ކެއުމުން ކުއްވެރިވާނެ. އެމީހަކު ވަގުތުން ގެރިސަރުކާރާ ހަވާލު ކުރަންޖެހޭނެ. ބޯހަލާކު.

    12
  82. ސަމީރު

    ޟި ގެރި މޯދިއަށް މިފަހަރު ދިވެހޮން ކޮންބައްކަން ދަކާލާނަން ... މީ ކަސްމީރެނުން ހަދާން ބަހައްޓާތި މި އީ 100% މުސްލިމް ގައުމެއް...ބުދު މޯދީ

    15
    1
    • ވަހީދު

      ބުދު މޯދީ ، ގެރި ނަސީދު ، ބަބުރު ސޯލިހު

      14
  83. ޏިމުނީ

    ޙުރިހާ މުސިލިމުން ކުއްވެރި

    10
  84. ހުސެން

    މަދަިނީ ބަސްނޭހުމަކަށް ދިވެހިން ދާނެ ކަން ނަޟީދު އާއި އިބްރާހީމް ދަންނަންވާނެ.ތި ފުރުސަތު އިންޑީޔާ އަކަށް ނުދެވޭނެ،ވަރަށް ސާފުކޮށް މިދަންނަވަނީ .ދިވެހިންގެ ލެޔާއި ނުކުޅޭށޭ ގައްދާރުންނޭ،ހިތިވާނެ

    16
  85. އިއްބެ

    ޔާﷲ! މި މުޞީބާތުން އިބަ އިލާހް ކުރިންވެސް އަޅަމެން ސަލާމަތް ކުރެއްވި ފަދައިން ސަލާމަތް ކޮށްދެއްވާށި! އަދި އަޅަމެންގެ ތެރެއިން ބަޔަކު އެކަމަށް ބޭނުންވިއަސް، ކޮންމެ ނުބަޔަކާއި ނުރައްކަލަކުން އަބަދަށްޓަކައި މި ޤައުމާއި ރައްޔިތުން ސަލާމަތް ކުރައްވާށިއެވެ. އާމީން. ޔާ ރައްބަލް ޢާލަމީން.

    18
  86. Anonymous

    ދުވާފަރު ދާއިރާގެ މެންބަރަށް އަދި އަލައް މަޖިލީހައްދިޔަ ލަޓޯފަޓޯ އެމްޑީޕީ މީހުންނައް އިހައްދުވަހު ދިވެހިރާއްޖޭގެ ގާނޫނު އަސާސީފެނިގެން އުޅުނަސް މިރާއްޖޭގަ އަދިވެސް ތިޔަގާނޫނު އަސާސީ ހަދާ ތިޔައް ނިކަން އަހުލުވެރި ގައުމަށް އިހުލާސް ތެރިން އެބައުޅެޔޭ. ރައްޔިތުނ

    12
  87. ރޮނޑޭ

    އިންޑިއާގެ ބުޑިސްޓް މިނިކާ ވަގުންނަށް ރާއްޖެއިން އެމީހުން ބޭނުންވާ ދީނަށް ލޯބި ކުރުމަށް މަސައްކަތް ކުރާ އޚަުންނާ އުޚްތުން ވިއްކާލަނީ. ކަލޭމެންނަކީ ހަމަ އިސްލާމްދީނުގެ އަދާވާތް ތެރީނެވެ. ކަލޭމެން ތިވަނީ އިސްލާމްދީން ފޮހެލާ އެޖެންޑާގަ ބުޑިސްޓުންނާ އެއްބައިވެ ސޮއިކޮއްފައެވެ. ކަލޭމެންގެ ކިބައިން ކަލޭމެންގެ ވެރި އިލާހު ބަދަލު ހިއްޕަވާނެކަން ކަށަވަރެވެ.

    12
  88. ޕާޓީ

    ހުރިހާ މުއައްސަސާއެއްގެ މީހުން ގެނެސް މަޖްލިސްގައި ޖަވާބުދާރީ ކުރުވާއިރު މިމީހުނަށް ހީވާ ކަހަލަ މިމީހުން މީ ޖަވާބުދާރީ ވާން ނުޖެހޭ ބައެއް ކަނުގައި. ﷲގެ ހަޒްރަތުގައި ޖަވާބުދާރީ ވާން ޖެހޭނެކަން ހަނދާން ކިށްލަދެން

  89. ސަރީ

    އެމްޑީޕީ މީ ބޯ ބުރާންތިކައިފަ ތިބޭމީހުން އުޅޭޕާޓީއެއް...އިންޑިޔާމީހުން ގެ އަޅުވެތިވުން ފިޔަވާ މިޔަށް ކިޔާނެއެހެން އެއްޗެއްނެތް.

    10
  90. ބުރޯ

    މި މީހުންގެ އަސްލު ޓާގެޓަކީ މަނީލޯންޑްރިންއޭ ކިޔާ ޔާމީނުގެ މައްޗަށް ހަދައިގެން އުޅޭ ލިއުންތަކުގެ މައްސަލަޔާ މީގެ ކުރިން 800 މިލިއން ޑޮލަރޭ ކިޔައިގެން އިންޑިޔާގެ ނޫސްވެރިޔަކު ލައްވާ ނޫހުގާ ޖެހި މައްސަލަ އިންޑިޔާގެ ކޯޓް ގަ ހިންގާ ޔާމީން ހައްޔަރުކޮށް އިންޑިޔާ ސަރުކާރާ ހަވާލުކުރުން.

  91. ސޮންދާލި

    ދިވެހިން މަރަން އިންޑިޔާ ސަރުކާރާ ހަވާލުކުރަންވީނޫންތޯ ކީއްކުރަންތޯ ހުކުމްކުރަން ގެންދަނީ...ޔާﷲ މިނުލަފާ ބައިގަނޑު ނިކަމެތިކުރައްވާ ބަލިކުރައްވާނދޭވެ. އޭރުން އިންޑިޔާ ގާނޫނު މިތާހިނގާނީ ދިވެހި ދިދަ އެމީހުންނާ ހަވާލުކުރަންވީ .. އަދިވެސް މިދިވެހިން ހޭލާކަށްނުވޭތަ ކޮއްޗެއް ބޯންދީފަބަ މިތިބީ؟

  92. އެމް

    ޕީ .ޕީ އެމް މީ ބޯ ބުރާންތިކައިފަ ތިބޭމީހުން

  93. ތާޅަފިލި

    ތިޔައްކިޔަންވީ ލިމިޓޭޝަންސް އޮން ރައީސް ޔާމީން އެންޑް އެންޓި އެމްޑީޕީ ބޮޑީސް. ތީ ރައީސް ޔާމީން އިނދަޖައްސާލަން ހެދި ދަންތުރައެއްކަމަކާމެދު ޝައްކެއް ކުރާނެ ތަނެއްނެތް. ގައުމު ހަލާކު. މިގައުމު މި ބައިގަނޑާ ހަވާލުކުރި ބަޔަކަށް ވަރައް ސަލާން. ޙިތާމަހުރި

  94. ވިސްނާ

    "މިއެއްބަސްވުން ބުނާ ގޮތުން އިންޑިއާ އިން އެގައުމާއި ހަވާލު ކުރަން އެދޭ މީހަކު ކޮށްފައިވާ ކަމަށް އިންޑިއާ އިން ބުނާ ކުށަކީ ކޮންމެހެން ރާއްޖޭގައި ކުށަކަށް ވާކަށް ނުޖެހެއެވެ. އެމީހަކު ހުރީ ރާއްޖޭގައި ކަމަށް ވީނަމަވެސް އޭނާ ކުރީ ކުށެއް ކަމަށް ކަނޑައަޅާނީ އިންޑިއާގެ ޤާނޫނުތަކަށް ބަލައިގެންނެވެ." ނުސީދާކޮށް، އުޟުޙިޔާ ކަތިލުމަކީ ކުށެކޭ އެބުނަނީ..