މިހާރު މިއޮތް ސަރުކާރު ބަދަލުވެއްޖެނަމަ ހުރިހާ އެގްރިމެންޓެއް އެފުށް މިފުށަށް ޖަހާނަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޕީޕީއެމްގެ އެއްވުމެއްގައި ޔާމީން ވިދާޅުވީ ގައުމުގެ ހަރުމުދާ ބޭރު މީހުންނަށް ދޫކޮށްލަން ސޮއި ކުރަމުންދާ އެގްރިމެންޓްތައް "ސަރުކާރު ބަދަލުވެއްޖެނަމަ، އަޅުގަނޑުމެންގެ ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެނަމަ އެފުއް މިފުށަށް ޖަހާނަން" ކަމަށެވެ.

ޔާމީން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރު ބަޔަކަށް ދޭން ނުޖެހޭނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރު ބަޔަކަށް ދޭން ނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއިރު މީގެ މަހެއްހާ ދުވަސް ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިންޑިއާގެ ޖީއެމްއާރް ކުންފުނީގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވި މަންޒަރު ފެންނަ ފޮޓޯތަކެއް އިންޓަނެޓްގައި ދައުރުވެފައި ވެއެވެ. އެފޮޓޯތަކާއި ބެހޭ ސާފު މައުލޫމާތު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރްއަށް ކުއްޔަށް ދީފައި ވަނިކޮށް އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. ޔާމީންގެ ވެރިކަމުގައި ޖީއެމްއާރް އަށް ބޮޑު ބަދަލެއް ދިނުމަށް ފަހު އެއާޕޯޓް ތަރައްޤީ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢުއެއް ފެއްޓެވިއެވެ.

އެމަޝްރޫޢުގެ ދަށުން ރަންވޭ އަޅައި ނިންމާ ޓެސްޓް ފްލައިޓް ވެސް ޖެއްސިއެވެ. އޭގެ އިތުރުން ތެޔޮ ރައްކާ ކުރާ ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫޢުއަކާއި ސީ ޕްލޭން ޓަމިނަލްއަކާއި ވީއައިޕީ ޓާމިނަލް އަކާއި ކާގޯ ޓަމިނަލް އަކާއި ފަަސެންޖާ ޓާމިނަލްއެއްގެ މަސައްކަތް ފެއްޓެވިއެވެ. ފަސެންޖާ ޓާމިނަލް ފިޔަވައި އެހެން މަސައްކަތްތައް މިހާރު ވަނީ ނިމެން ކައިރިވެފައެވެ.

ޔާމީންގެ ވެރިކަމުގައި ތަރައްޤީ ކުރި ދަރުމަވަންތަ ހޮސްޕިޓަލް ވެސް އިންޑިއާގެ ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ނަމަވެސް ސަރުކާރުން އެވާހަކަ ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. ރަދީފް

    ސާބަހޭ އަޅުގަނޑުމެންގެ ހިތްތަކުގެ ރައީސް!

    189
    44
    • އޭނާރކީ

      ލޮލް

      8
      44
    • އަދުރޭ

      ހިތްތަކުގަ ބާއްވާގެންއޮވެބަލަ. ތިޔެއް ދެން ރައްޔިތުންނަކަށް ނުވިއްކޭނެ. ތި ގަންނާނެ މީހަކު މިރާއްޖެޔަކު ނެތް. ޖަލުގޮޅިޔަށް ވިކިދާނެހެންހީވަނީ.

      44
      155
      • ާއަލީ ހަސަން

        އެހެންވީމާ ދެން މޮދީ ގެނޭ! ރާއްޖޭގަ އުޅޭ ދޫނި ވެސްވަނީ ހިމާޔަށްކޮއްފަ، އެކަމަކު ރާއްޖޭގަމިއުޅޭ ދިވެހިން ނެއްތާހިމާޔަތެއްކޮށްފަކާ، މޮދީ ބުނެލާއިރަށް އިންޑިއާއަށް ގެންގޮސް އެތާއެއޮންނަ ގެރިބަކަރި ޤާނޫނު ދިވެހިންގެ މައްޗަށް ހިނގާގޮތަށް ޓުރީޓީ ހަދަން އެއޮތީ ކޮމިޓީން ރުހުން ދީފަ،

        65
        11
    • ފާތުމަ

      ބަޔަކު މި ކަލޭގަ ހޮވައިގެންނު ރޮށި ވެސް ފުށުން ޖެހޭނީ.

      2
      10
  2. ޖުމާ

    ސާބަހޭ ޔާމން

    160
    29
    • ❤️

      ❤️

      64
      9
  3. ޙުދު ހުދު

    ޔާމީން އެފުއް މިފުށަށް ޖެހިބަލަ ފުރަތަމަ ކިހާވަރުގަދަ ކަމެއްމީ ގައުމު ފެންފޮދަކާއެކު އަރި ހުރަހަށް ދިރުވާލަން ވީނުން

    40
    175
    • އަޒޫ

      ފެންފޮދަކާ ވެސް ނުލާ ރާއްޖެ ދިރުވާލަން އުޅޭމީހުން އެބަފެނޭ.

      13
      2
  4. ހުސެން

    ދެން ސޮރީ ވެރިކަން ފުރެންޑޫ

    38
    147
    • Anonymous

      ސޮރީ، ކަލޭމެން ކިތަންމެ ވަރަކަށް ފުމެ އެރިޔަސް ރައީސްޔާމީން އަކާ ޗެލެންޖް ނުކުރެވޭނެ.

      56
      14
  5. އަލް ނޫރު

    ސާބަހޭ ތިޔައީ ޒަޢީމަކީ....

    187
    31
    • މޫސާ މަނިކު

      އައްޗީޑި ބޮޑުވަގެއް. ތިޔައްވުރެ ރަގަޅުވާނެ ޖިންނިސައެތޯނުންވެސް. ހަމަ ތިނޫންމީހަކު ނެތީތަ ދެން ޒައީމުއޭކިޔާފަ ނެރިފަދައްކަން.

      25
      98
      • ދދދދދދ

        ނޫނޭ ޓެރަރިސްޓު، ވަގު، ބާޣީ އެހެރީނު. ހުރިހާ ލަގަބެއް ހޯދައިގެން ހުރި ގަދަ ގޮލައެއްނު.

        19
        7
  6. މުހައްމަދު

    ސާބަހޭ ދިވެހި ދަރިޔާ ތިކަހަލަ ދަރިޔަކަށް މިހާރުމިވަނީ ވަރަށްބޮޑަށް ބޭނުންވެފަ މިގައުގެ ކުރިއެރުމުގެ ލާމަސީލް މިސާލެއް މިހާރު މިވަނީ މިގައުމު ވަގުންތަކެއް ދަވާލާފައި މިވަގުންތައް އިތުރަށް ވައްކަން ކުރިޔަނުދީ ބާޣީންގެ ގޮތުގައި ސިއްކަޖަހަން ޖެހޭ މިމީހުން ހިންގި ޖަރީމާތައަ ވަކިވަކިން ބަލައި އެކަމުގެ އަދަބު ދޭން މިހާތުމަޖުބޫރު ވެއްޖެ ސާބަހޭ މިގައުމުގެ ރަންދަރިޔާ ހެހެހޭ

    165
    24
  7. ނަފާ

    ސާބަހޭ ތަރައްގީގެބާނީ.

    91
    11
  8. ރަނޑު

    ކަލޯ ހުވަފެނެއްގަތަ ތިއުޅެނީ

    12
    83
  9. ޒވނއ

    ބެގް ބޮރޯ ސްޓީލް !

    14
    61
  10. ހާޑުވެއާ

    މަނީލޯންޑަރިންގެ މާސިންގާ ދައުވާތައް ކޮށްފަތިބޭމީހުން ސްޓޭޖުތަކަށްއަރާ ދައްކާ ވާހަކަ. އެއުޅެނީ ވެރިކަން ބޭނުންވެގެން. ދެވަނަ ކަމެއްނޫން.

    15
    76
    • Anonymous

      މިސަރުކާރުގަ އެބައުޅޭ ވަރަށްބޮޑު މަނީލޯންޑްރިން ހިންގާފަހުރި މީހެއް، ސްޓޭޖައް އަރާ ވާހަވެސް ދައްކާ، ކޮބާތަފާތަކީ، ގުދޯ ގުދޯ ތިކިޔަނީ.

      32
      4
  11. ހާލުގެދުލުން

    ޙަޤީޤީ ދިވެހި ރަތްލާޖެހި ވެރިއަކީ މީއޭ.އަބަދުވެސް ޙައްޤުބަސް ބުނުމުގައި ހިތްވަރާއި ފަންވަރު ދެއްވުމަށް އެދި ﷲ سبحانه وتعالى ގެ ޙަޟުރަތުން ދުޢާ ދަންނަވަމެވެ.

    138
    18
    • ބާޢީ ލުތުފީ ޕާޓީ މޑޕ!

      އަންނިމެން އިބޫމެން މިހާރު ހަދަމުން މި ގެންދާ އެގްރީމެންޓް ތަށް އެ ހަދަނީ ކެންސަލްކޮށްފިއްޔާ ބޮޑު ބަދަލެއް ދައުލަތުން ދޭންޖެހޭގޮތަށް. އެއީ މޑޕ މީހުން އެބުނާ ދުރުވިސްނޭވެ ވެރިން! ރައްޔިތުން މި އެގްރީމެންޓްތައް ހެދިޔަނުދޭންވީ، ކުރެވުނު ކޮންމެކަމެއް ކޮއްގެންވެސް. ނޯ އިންޑިއަން ޕޮލިސް ޓު ރިސައިޑް، ނޯ ފެރީ ޓު އިންޑިއާ އޯ ފޮރިންކަންޓްރީ. ނޯ ބަންގާޅީސް، ނޯ ލާދީނީ ސްޓަފް....

      63
      6
  12. ލަކީ

    ޙެހެ މުޅިތަން އޮތީ ފުރާލާފަ ހެހެކޮބާ މަބުނީ މެއް ނު

    29
    7
  13. ސަނާ

    ސާބަހޭ ރައީސުޔާމީނު ތިގޮތައް ގައުމައް އިޙުލާސްތެރި ދަރިންތިބެނީ ތިގޮތައް ގައުމެއްގެ ރައީސުންތިބެންޖެހެނީ

    66
    7
  14. ީއިންސާނާ

    ކިތަންމެ ވަރައްއެރުވިޔަސް މިރާއްޖޭގެ ވެރިކަމުގެވަސްވެސްދެނެއް ނުފެންނާނެ ލުތުފީއޭ ލުއްޑާއޭ ކިޔާނެކަމެއްނެއް

    10
    60
    • ކިބުރުވެރިނުވޭ

      ކަލޭތަ ވެރިކަންދީއުޅެނީ. ބާޢީންނަ ވެރިކަން ލިބުނީ ކަލޭދިމަދޯ. ﷲއިރާދަ ކުރެއްވިއްޔާ ލަސްތަކެނުވެ މިވެރިކަން ބިމާހަމަވާނެ. އިންޝާﷲ.

      35
      4
    • ކެކެކެ

      ލުތުފީއެކޭ ބަޔަކު ނުކިޔާ. ބާޣީ ލުތުފީއޭ މިކިޔަނީ. ކަލެއަށް އެހެން ކިޔަން ނުކެރުނީ ދޯ؟

      23
      2
  15. ާައަލި

    ތިޔާމިނެއް ދެނެް ނުގެންނާނަް

    5
    56
  16. السلا

    ސާބަސް ރައީސް ޔާމިން އެމްޑީޕީ މީހުން ހީކުރަނީ މީ އިންޑިއާގެ އަވަށެއް ހެން

    65
    5
  17. އޑޕ

    ޢިރަާދަކުރެއްވިއްޔާ ލަސްތަކެއްނުވެ މިހާރުމިއޮތްސަރުކާރު ވެއްޓޭނެ ޢާމީން

    66
    8
    • ާއަލީ ހަސަން

      އާމީން

      57
      5
    • ާްއޒ

      ޢާމީން ޔާރައްބުލް ޢާލަމީން.

      11
      1
  18. ހާލުގެދުލުން

    ކޮންކުއްޖަކަށް ޗެނަލް 13ން ގެ " މަޑިސީލަ " ޕްރޮގްރާމަށް ފޮނުވާ ޚިޔާލު ލިބޭނެ ނަމްބަރ އެއް އެނގެނީ. ވަރަށް ފުރިހަމަ ޕްރޮގްރާމެއް އެއީ.

    42
    5
  19. Anonymous

    ??
    ????????

    34
    2
  20. މޯދީ މާމަ

    މީހަކުވެސް އެއްނުވޭ.. ހާދަ ވައި މުޒާޙަރާއެކޭ...

    12
    41
    • Anonymous

      ނިދިފަތަ ހުރީ

      17
      2
    • ...

      ޢަހަރެމެންނަށް ވުރެ ކަލޭމެން ފޯރި ހުރޭ ޔާމިން ބަލަން. ޢެހާވެސް ލޯބިވޭ ވިއްޔާ . މަ ވަރަށް ޖޭ ވޭ އަސްލު. މަ ބޭނުމީ މަ އެކަނި ޔާމިން ބަލަން. ޢެކަމަކު ކަލޭމެން ޖެހޭ މި ދޭތެރެއަށް ވަންނަން. ދޭބަލަ ސެލްފީ ކައިރިއަށް. ޙުޫޫން.

      3
      1
  21. މަދިރި

    ވެރިކަމާއިގެން ދަންޖެހެނީ ކޯޓުގަ ބޮޑެތި މަނީލޯންޑަރީ މައްސަލަ ހިނގާއިރުވެސް.

    9
    48
    • ޢަލީ

      ވެރިކަމައިގެން ދަންޖެހެނީ އެއުޅޭ އަންނިއެއްނުން... ވެރިކަން ބޭނުންވެގެން ދުނިޔޭގެ ޔަހޫދީންގެ އުގަށްވެއްޓި ސަލާންޖަހާ އެވަރުނުވެގެން ދިވެހިން ބަނޑަށް ޖައްސަން ޓޫރިޒަމް ބޮއިކޮޓް ކުރަން ފޮށާނަގައިގެން ދުވީނުން. ކަލޭހުރީ އަތްޖަހާކަންނުން.

      6
      1
  22. ހިތްތަކުގެ ރައީސަށް

    ސާބަހޭ ތަރައްގީގެ ރައީސް. ތިއީ ހަގީގީ ދިވެހި އަބްތޯލެ. މިއަދުގެ ހާލަތު ބަދަލު ކޮއްލެވޭނެ ހަމައެކަނި ބަތަލަކީ ތިއީ. އަހަރެމެން ރައްޔިތުން މިތިބީ މަނިކުފާނުގެ އިންތިޒާރުގަ އިންޝާﷲ ލަސްތަކެނުވެ މިދުވަސް ދައްކަވާށި. އާމީން.

    48
    6
    • ޢޒ

      ޢާމީން.

  23. ޢަބޫ

    ޙަމަ ރަގަޅަށް އެބުނަނީ. ޔާމީން އެރުމާއެކީ ރާއްޖޭގަ ލެއްވި ހުރިހާއެއްޗެއް އެފުއްމިފަށަށް ޖަހާ އެތައްބަޔަކަށް އޭގެ ދުއްތުރާކުރާނެ.

    12
    38
  24. އިންސާނާ

    ދިވެހި ރައްޔިތުނޭ ތިޔަ ރައްޔިތުން ތިޔަތިބީ އަމިއްލަ އަތުން ފޭހުނު އިލޮށި އަމިއްލަ ލޮލައް ހެރެން ކާރިވެފަ މުސްކުޅިން ބުނެ އުޅޭ އެއވެރިކަމައްފަހު އަނެއްވެރިކަމައް ނޭދޭށޭ އިބުރަތުންފުރިގެންވާ ބަހަކައްނޫނީ ނުވެނުދާނެކަން ހަމަޔަގީން

    15
    2
  25. ޢަދުރޭ

    ރައްޔިތުންނަށް ޔާމީނު ކޮށްދިން ވަރު އެއްވެސް ކަމެެއް. ޢެއް ޒަމާނެއްގައިވެސް. ޢެމްޑީޕީގެ އެއްވެސް ބަހުލޫލަކަށް ކޮށްދެވިފައެއްނެތް .ކެނެރީގޭ ބުއްޅަބެ ފުރަތަމަވެސް ކުރިކަމަކީ ވެރިކަމަށް އަރާފަ ސިފައިންގެ ކޮއްތު ކަނޑާލީ .ސިވިލް ސާވަންޓުންގެ މުސާރަ ކުޑަކުރި . ޢިންޑިޔާ އަށް ޓީ ބިލްތަކެއް ވިއްކާ ޤައުމު ދަރުވާލި . ޖީ އެމް އާރް އަށް އެއާޕޯޓް ވިއްކާލި . ޑޮލަރުގެ އަގު ބޮޑުކުރި . ކާކުތަ މި ހުރިހާ ކަމެއް އަމބުރާ އަނެއް ފުށަށް ޖެހީ ؟ ކެނެރީގޭ ބުއްޅަބެ ތަ؟ ޔާމީނު ވެރިކަމަށް ވަޑައިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކުރި. ޑޮލަރު ރޭޓް 17.50 ގައި ހުއްޓާ ދަމާގެނެސް 15.42 ރުފިޔާ އަށް ބޭނުންވަރަކަށް ގަންނަން ލިބޭގޮތް ހެއްދެވި. ސިފައިންގެ އިމްތިޔާޒްތަކާބާރުތައް އަނބުރާ ހޯއްދަވައިދެއްވި .ޖީ އެމް އާރަށް ދައްކަން ޖެހުނު އެއްޗެއް ދައްކާފަ އެއޮތީ އެއާޕޯޓް ދިވެހިންނަށް ހޯދައިދީފަ. ޢަދި އެވަރަކުން ނުނިމޭ .ކަނޑުހުރަސްކޮށް އަމިއްލަ ވެހިކްލްގައި އެއާޕޯޓަށް ދިވެހިންނަށްދެވޭގޮތް ހަދައިދީފަ އެއޮތީ އިންޑިޔާގެ މުއްފަތުން ސަލާމަތް ކޮށްފަ 900 މިލިއަން ޑޮލަރ މަރުކަޒީބޭންކުގެ ރިޒާވް އަށް ޖަމާކޮށްދީފަ ހުރީ ކެނެރީގޭ ބުއްޅަބެ މެން ވެރިކަމަށް އައިފަހުން 200 މިލިއަން ޑޮލަރަށްވުރެ ރިޒާވް ދަށަށް ހިނގައްޖެ ކުރިކަމެއް ހަރާން . ޙުސް ބުހުތާން ދޮގު ހަދައިގެން ވެރިކަމަށް އައީ އަދިވެސް ހަދަނީ ބުހުތާނު ދޮގު .އެއްފަހަރު ބަޔަކު މޮޔަ ހެއްދިދާނެ . ޢަބަދަކު އެންމެން މޮޔަ ހައްދައިގެން ވެރިކަމުގައެއް ނުތިބެވޭނެ .ކެނެރީގޭ ބުއްޅަބެމެން ކޮށްދޭން ބުނި ހުރިހާ ކަމެއް ހަމަ ޖެހޭނީ ކޮށްދޭން ! .ވަގޭ. ޥަގޭ .ލުތުފީ އޭ ސަގަރޭ . ރިލްވާނޭ .ޔާމީނޭ . ޢަފްރާޝީމޭ ކިޔައިގެން . ދެބޯގެރި ދުއްވަން ނޫޅޭ . ކުރި ހުރިހާ ވަޢުދެއް. ވަކިވަކިން އަހަރުމެން ބޮޑު އިސްކިރީން ގައިވެސް އަޅުވައިގެން ދައްކާނަން. ޢެއްކަމެއްވެސް ނުފުއްދައިދެވުނު . ދެން ކޮން ވާހަކައެއް؟

    30
    4
  26. އ. ޖ. އ

    މި ހާމުދުރު މިއުޅެނީ ރާއްޖެ ކާފަރު ކޮއްފަ ބަނޑަށް ޖައްސަން ތަ

    7
    6
    • Anonymous

      ލާދީނީ ރީނދުލެއް ނޫނޭ އެއީ. ހިތުން ފްލެޓް ދޮންބެ ވެގަނެގެން އުޅޭ ގޮލަޔެއް ތިވައްތަރަށް އުޅެނީ.

      6
      2
  27. ބޮލު ރޮދި

    ތިޔަ ބުނާ ކޮން ހަރުމުދަލެއްބާ އެގްރީމެންޓެއް ހަދައިގެން ބޭރަށް ދޫކުރީ؟ އެންމެ އެއްޗެއްވެސް ބުނެލި ނަމަ ރަގަޅުވީސް. ހަމަ ތަނަކަށް އަރާ އެއްޗެކޭ ގޮވިޔަސް ކަމަކު ނުދާނެ.

    2
    5
  28. ރައީސް ޔާމީން

    ޝުކުރިއްޔާ ރައީސް....
    ރައީސް ޔާމީން އަކީ އަޅުގަނޑުމެންގެ ހިތްތަކުގެ ރައީިސް.....
    ރައީސް ޔާމީން އަކީ ހުރިހާ ކަންކަމުގައި ވެސް ހިތްވަރުފުޅު ގަދަ ރައީސް އެއް....???

    9
    2
  29. ޏ

    ވެލާނާ އެއާރ ޕޯޓާއި ދަރުމަވަންތަ ހޮސްޕިޓަލް
    މިސަރުކާރުން ވިއްކާލާނެއެވެ އެކަން ކުރަނީ
    ސަރުކާރު ދެމެހެއްޓުމަށް ފައިސާ އެއްކުރުމަށެވެ
    ވަރަށް ސިއްރިއްޔާތުގައި ރާއްޖޭގެ ހަރުމުދާ
    ވިއްކައިގެން ނަފާ ހޯދުމަކީ މޑޕ ބޮޑުމީހާގެ
    މައިގަނޑު އަމާޒެވެ ބަހާއި އަމަލު ތަފާތު މޑޕ
    އަށް ފާރެވެރި ވުމަށްޓަކައި އިދިކޮޅު ހަރަކާތްތައް
    ވަރަށް ބޮޑަށް ވަރުގަދަކުރަން އެބަޖެހެއެވެ
    ރާއްޖޭގެ ހަރުމުދާތައްވިއްކާލާފައި މޑޕގެ އިސް
    މީހުން ފިލިއަދީގެން ނުވާނެއެވެ.

    4
    1
  30. ހދ

    ދިވެހި ހިތްތަކުގެ އުފާފާގަތިކަން ރ ޔާމީން
    މޑޕ ވަތަށް

    6
    2
  31. أحمد

    އަބޫޖަހްލު ގެރިކަން މިހާރު ކުރިއަށް މި ދަނީ ޔާ الله މިކަން ނިމުމަކަށް ގެނެސް ދެއްވާދޭވެ

    4
    1
  32. ޓުކުރި

    ބަލަ ކަލޭމެންވެސް ކަންތައްކުރީ އެގޮތައްނުން ނިކަންބަލާބަލަ ފުލެޓް ތަކަށްވެސް ހެދިގޮތް.

    1
    4