މާލެ އާއި ހުޅުމާލެ އާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ހެދުމަށް ޗައިނާ ބޭންކަކުން ނަގާފައިވާ ލޯނު ދައްކަން ވިހި އަހަރުގެ މުއްދަތެއް ލިބޭ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޒޭންގް ލިޒްހޮންގ ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ބްރިޖް ހެދުމަށް ޚަރަދުވީ 200 މިލިއަން ޑޮލަރުގެ 57.5 އިންސައްތަ އަކީ ޗައިނާ އިން ދިވެހި ސަރުކާރަށް ދިން ހިލޭ އެހީއެއް ކަމަށެވެ. އަދި ޖުމްލަ ފައިސާގެ 36.1 އިންސައްތައަކީ ޗައިނާގެ ބޭންކަކުން ސަރުކާރަށް ދޫކޮށްފައިވާ ލޯ އިންޓްރެސްޓް ރޭޓް ލޯނެއް ކަމަށާއި، ބާކީ 6.4 އިންސައްތައަކީ ދިވެހި ސަރުކާރުން ކޮށްފައިވާ ޚަރަދު ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވެފައިވާ ގޮތުގައި ބްރިޖްގެ މަސައްކަތަށް ދިވެހި ސަރުކާރުން ދައްކަން ޖެހޭނީ ޖުމްލަ 100 މިލިއަން ޑޮލަރު ކަމަށެވެ. މި ލޯނު ދެއްކުމަށް ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަހު 20 އަހަރު ލިބޭއިރު، އިންޓްރެސްޓް ނުލައި ކޮންމެ އަހަރަކު ސަރުކާރުން ޗައިނާއަށް ދައްކަން ޖެހޭނީ ފަސް މިލިއަން ޑޮލަރެވެ.

ޗައިނާގެ ސަފީރު މި މައުލޫމާތު ހާމަކުރައްވާފައި މިވަނީ، ރާއްޖެއިން ޗައިނާއަށް ދަރައިފައިވާ ދަރަނީގެ އަދަދާ ބެހޭގޮތުން ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފައި ވަނިކޮށެވެ. އެކަން ދޮގުކުރައްވައި ސަފީރު ވިދާޅުވީ، ހުރިހާ މަޝްރޫއެއް ނިމޭއިރު ޗައިނާއަށް ދައްކަން ޖެހެނީ 1.529 ބިލިއަން ޑޮލަރު ކަމަށެވެ.

އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަށް ދިވެހި ސަރުކާރުން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޗައިނާ ސަފީރު ޒޭންގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ސާބިތު ނުހިފޭ ވާހަކަތައް އެއްސެވީ ކުއްލި ހައިރާން ކަމާއެކުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކެޔޮޅު

    ހިސާބައްވުރެ އަނގަދޮށިވަންޏާ ވަރައް އަވަހައް ބޭޒާރުވެ ފަލީހަތްވާނެ އަމުދުން ދ}ގުހަދަންޏާ އެކަން މާއަވަސްވެދާނެ!!

    52
    2
  2. ީިަނަސްމާ

    ނަޝީދަށް ތެދުހަދާކަން ނޭންގެ

    48
    2
    • ޙައްގުބަސް

      ރައިސް ނަޝީދަކީ އަބަދުވެސް ދޮގުހެދުމާއި މަކަރު ހެދުމާއި އޮޅުވާލުން އިންތިހާއަށް ބޮޑު މީހެއް! މިއީ މިއަދަކު އިއްޔެއަކު ކުރާކަމެއްނޫން! އެންމެ ކުޑައިރުއްސުރެން ފެށިގެން މިއަދާހަމަޔަށް ވަރަށް ރަގަނޅަށް ކުރަމުން އަންނަކަމެއް! ކަށީގައި ހަރުލާފައިވާކަމެއް! މީގެ އެންމެ ހިތާމަވެރިކަމަކީ މީނާ ހަދަނީ ކަނޑައޅިގެން ބުހުތާން ދޮގުކަން އެގިހުރެ އުފަލުން އަތްޖަހާ މީހުންވެސް މިރާއްޖޭގައި ތިބީތީ! މީނަގެ ސަބަބުން ރައިސް އިބޫސޯލިހުގެ ވެރިކަންވެސް މިހަލާކުވަނީ! މީނާ ދޫކޮށްލާނީ އެކަން އެމަގުންގެންގޮސް ނިންމާފަ! ބްރިޖުގެ ވާހަކަ ދައްކާއިރު އެކަން ނުކުރެވޭނެކަމަށް ބުނެ އެއިރު ދިޔައީ މީހުން ގުނބޯ ހައްދަމުން! ބްރިޖް އަޅާ ނިމުނުތަން ފެނުނީމަ ބުނީ މާއަގު ބޮޑުކޮށޭ ބްރިޖް އަޅަނީ! މިހާރު މިބުނަނީ ޖީއެމްއާރުން 77 މިލިއަން ޑޮލަރަށް ބްރިޖް އަޅާދޭން ހުށަހެޅިއޭ! މިވެސް ހަމަ ދޮގު! ޗައިނާއިން ބްރިޖް އެޅީ 300 މިލިއަން ޑޮލަރަށޭ! މިވެސް ދޮގު! ބްރިޖް އަޅާފަ އެއޮތީ 200 މިލިއަން ޑޮލަރަށް! އެއީވެސް ޗަައިނާއިން ދިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ހިމަނައިގެން! ދިވެހި ދައުލަތުން ދައްކަންޖެހެނީ 100 މިލިއަން ޑޮލަރު! އެއޮތީ ދުނިޔޭގެ ފެންވަރުގެ ކޮލިޓީ ބްރިޖްއެއް އަޅާ ނިންމާފަ! ދުނިޔޭގެ ފެންވަރުގެ ކޯޑް އެފް ރަންވޭއެއް އަޅާ ނިންމާފަ! ދުނިޔޭގެ ފެންވަރުގެ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެއް އަޅާ ނިންމާފަ! ދުނިޔޭގެ ފެންވަރު މުޅިން އާޓާމިނަލެއް އަޅަން ހުރިހާ ކަމެއް ނިންމާފަ ބިންލާދިން ގުރޫޕާ ޙަވާލުކޮށް އަމަލީ މަސައްކަތް ފަށައިގެން އުޅެނިކޮށް ދިވެހި ރައްޔިތުން ރައިސް ޔާމީން ވެރިކަމުން ދުރުކުރީ މާމޮޅުތަކެއް ވާނެކަމުގެ އުންމީދުގަ! މިކަހަލަ ދޮގުހެދުމާއި ފިތުނަ އުފެއްދުން ފިޔަވާ މީނަވެސް ކުރާކަމެއް ނެތް! ހުރިހާ ބާރެއް މުށުތެރެއަށްލާ ރައިސް އިބޫސާލިހު ވެރިކަމުން ދުރުކުރުން މީނަގެ މަގުސަދަކީ!!

      47
  3. ރަށުމީހާ

    ނަސީދު ކަލޭ އ}ޅެގެންވެސް ތެދެއްނުހަދާތި ފިތުނައުފައްދަންތީއެކަމަކުބޮޑުވަރު ކަލޭމަރުވާނެޔޭ ހިތައްއަރާތަ؟؟

    36
  4. މަމިޔޮކާކަ

    ޙެހެހެ?

    23
    1
  5. ޙާލުގެ ދުލުން

    ހުރިހާ ވަގުތެއްގައިވެސް ދޮގު.ދިވެހިންގެ ލޮލުގަ އަނދުން އަޅުވާފަ ދޮގުހަދައިގެން ވެރިކަން ފޭރިގަތީ އަދިވެސް ދިވެހިން ހޭއަރާކަށް ނުވޭތަ؟ނުވިތާކަށް ކަރަންޓަށްވެސް ދޮގު'ފްލެޓްތަކަށްވެސް ދޮގު.މަތިމައްޗަށް ދޮގު

  6. މަދީތަ

    100 މިލިއަން ޑޮލަރަށް ބޮޑު ރިސޯޓެއްވެސް އެޅޭނެ.

    އަޅަމުން އެގެންދަނީވެސް .. ތި ބުރިޖާ ބަލާފަ އަގުމާބޮޑަށްވެސް ހެޔޮ.

    21
  7. ސަޓޯ

    ގަންޖާބޯ ބާގީ ނަޝީދުއަށް ހަލާކު ހުރި... ހެޔޮވެސް ނުވާނެދޯ ތިހާދޮގު ހަދާކަށެއް ޕިސް ޕިސް ޕިސް

    28
  8. Mohamed Aboobakru

    ތެދު ބުނީމާ މީހުން ގަބޫލެއް ނުކުރާނެ. ގަބޫލު ކުރާނީ މޮޅަށް ދޮގުހަދައިގެން.

    8
    1
  9. عبدالله سعيد

    ކަމެއް ކުރާނެ ގޮތެއްވެސް އެނގެނީ ކީއެއްނޫނެވެ. ރުފިޔާއެއް ހޯދާނެ ގޮތެއްވެސް އެނގެނީ ކީއެއްނޫނެވެ. އަދި ލިބޭ ފައިސާ އިޤްތިޞާދު ކުރާނެ ގޮތެއްވެސް ދަސްވެފައި ހުރީ ކީއެއްނޫނެވެ.
    އެމްޕީއެލްގެ ފައިސާއާއި ކަސްޓަމްސްގެ ފައިސާއާއި ޓޫރިޒަމްގެ ފައިސާއާއި، އެއަރޕޯރޓުގެ ފައިސާއާއި، މީރާގެ ފައިސާއާއި މިހެންގޮސް ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއްގެ ހިސާބުކިތާބު އޮޅުވާލުމުގެ ބޭނުމުގައި ބްރިޖުގެ ވާހަކަދައްކާއިރު، މިހާތަނަށް ތަރައްޤީއަށްޓަކައި އެންމެ ގާބުރިއެއްވެސް ބެހެއްޓުނީ ކީއެއްނޫނެވެ.

    12
  10. އިބްރާހިމް

    ނަޝީދަކީ އިންޑިއާގެ ޕަޕެޓެއް. އެހެންވެ އެމަބަސީގައި ފިލުވީވެސް