ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ނެގި ލޯނުތަކަށް ދަރަނީގެ ގޮތުގައި ރާއްޖެ އިން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެއީ އިތުރުފުޅެއްކަން ޗައިނާގެ ސަފީރު ޒަންގް ލިއޮން ހެއްކާއި އެކު ހާމަކުރެއްވުމުން ވެސް ނަޝީދު، އަނެއްކާ ޗައިނާ ސަފީރަށް ރައްދުދެއްވައިފިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ އިން ދަރަނީގެ ގޮތުގައި ޗައިނާގެ އެކިއެކި ކުންފުނިތަކަށް 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަންނަ އަހަރުން ފެށިގެން ބަޖެޓްގެ 15 ޕަސެންޓް ޗައިނާގެ ލޯންތައް ދައްކަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި ޗައިނާ ސަފީރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އިން ދަރަނީގެ ގޮތުގައި އެކި ގައުމުތަކަށް ދައްކަން ޖެހޭ 3.21 ބިލިއަން ޑޮލަރުގެ ތެރެއިން ޗައިނާ އަށް ދައްކަން ޖެހޭނީ 1.53 ބިލިއަން ޑޮލަރު ކަމަށެވެ.

ޗައިނާ ސަފީރު ތަފާސްހިސާބުތަކާއި އެކު ހެކިތައް ހާމަކުރެއްވުމުން ނަޝީދު ޗައިނާ ސަފީރަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރުގެ ދަރަނި ރާއްޖެ އިން ބަލަނީ ލޯނަށް ދައުލަތުން ދީފައިވާ ސޮވެރިން ގެރެންޓީ ހިމަނައިގެން ކަމަށެވެ.

"ރާއްޖޭގެ ބޭރުގެ ދަރަނީގެ ތެރޭގައި ސަވަރިން ގެރެންޓީ ވެސް ހިމެނޭ. ބޭރުގެ ދަރަންޏަކީ ހަމައެކަނި އެއް ސަރުކާރުން އަނެއް ސަރުކާރުން ނަގާފައިވާ ލޯނެއް ނޫން. ރާއްޖެ އިން ޗައިނާގެ ބޭންކްތަކަށް ދީފައިވާ ސަވަރިން ގެރެންޓީ ހުރީ ކަންބޮޑުވާ ހިސާބެއްގައި. މިކަން ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ބޭރުގެ ދަރަނީގެ ތެރޭގައި ސަވަރިން ގެރެންޓީ ހިމެނޭ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީން އާއްމު ކުރާ އެއްވެސް ތަފާސް ހިސާބެއްގައި ބޭރުގެ ދަރަނީގެ ތެރޭގައި ސަރުކާރުން ދީފައިވާ ސަވަރިން ގެރެންޓީއެއް ނުހިމަނައެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ އިތުރުން މިހާރުގެ ސަރުކާރުން ވެސް ސަވަރިން ގެރެންޓީ ދީގެން ވިޔަފާރިވެރިން ބޭރުގެ ބޭންކްތަކުން ލޯނު ނަގާފައިވެއެވެ.

ނަޝީދު މީގެ ކުރިން ވެސް ޗައިނާ އިން ރާއްޖެ އަށް ދޫކޮށްފައިވާ ބެހޭ ދަރަންޏާއި ބެހޭ ގޮތުން ހަޤީޤަތާއި ހިލާފު ބައެއް ވާހަކަފުޅު ދައްކަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

83 ކޮމެންޓް

 1. އަލިފް

  ފިރުއައުނު ދައްކާ ވާހަކަ...........

  176
  1
  • ބުނުން

   ފިރުއައުނެއް ނޫން އަބޫޖަހުލާ ހާމާނު ބުންޏަސް ސަވަރިންގެރެންޓީ ދަރަނީގެ ތެރޭގަ ލައިގެން ހުރިހާތާކުން ވެސް ބޭރުގެ ދަރަނި ގުނާނި.. އެއީ އާޚިރުގަ ދަޢުލަތުން އޭގެ ބުރައުފުލަން ޖެހުމުގެ ފުރުސަތު އޮތް ދަރަނިތައްވީމަ

   2
   46
 2. މޫސަ

  ނަޝީދުއަށް ހީވަނީތޯ ޗައިނާ އެމްބަސެޑަރ ކައިގެން ނިދަނީކަމަށް؟ ނިދާ އަސުރަށް އިރުތިރިވީމާ ހޭލައިން ތެޔޮބިޑިއެއް ބޮއެގެން ދެމިޔަކަނުން ޗޯބާލަމުން އެފޮހޭނެ ޓިޝޫއެއް ނެތިގެން އުޅޭކަމަށް؟ ބަލަނަޝީދޫ، ކަލޭ ޗައުޅޭ ވައްތަރުން ގައުމު އޮރިޔާންވާތީ ލަދުގަނޭ.

  187
  2
 3. ހަސަން

  އަތްޖަހާ ހުރިހާކުދިން ތިހިރީމޮޅުމީހެއް.

  189
  3
 4. ޓަވަރު

  ނަޝީދު ތިޔަ ކުޅެނީ އަލިފާނާ!

  215
  2
 5. ނައިބުތުއްތު

  އެކަކުބުނީ ބޭރުގެ ޤައުމުތަކާ ވަކިވެގެން ނޫޅެވޭނެކަމަށް. އަނެކަކު އުޅެނީ ބޭރުގެ ޤައުމުތަކާ ދިމާކޮށްގެން ޖަދަލުކުރުމުގައި. މީ ކިހިނެތްވާކަމެއްތޯ؟

  133
  1
 6. ދަންނަ

  ދަރިންނޭ ވިސްނާ ނަޝީދު މީ މިޤައުމުގެ ހަލާކު. ފިތުނަ ފަސާދަ ކުރުން ކަމަކީ.

  163
  3
 7. ގައުމުގެ ދޫ

  ޕީޕީއެމް ކުދިން ނަޝީދުދެކެ ހާދަ ލޯތްބެކޭ ދޯމިވަނީ. އެހެންތާވާނީ އެއީ ހިތްތަކުގެ ރައީސް، އެ މަނިކުފާނު ވެރިކަން ކުރެއްވިޔަސް ގެ ލާޖައްސާ 15 ބުރިއަކަށް ނުހަދާ. އުޅުއްވަނީ ސާދާ ދިރިއުޅުއްވުމެއް. އެހެންވީމާ، ހަސަދަވެރިން ކޮންމެ ޔޯލައެއް ގޮވިޔަސް ގަބޫލުކުރާމީހުން މަދުވާނެ. އެހެންނޫނަސް ލޯތަބަކީ ފާޑެއްގެ އެއްޗެއް. ވެދުމާ ސަލާމް

  7
  167
  • ޖެހޭނެ

   ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެފައިވާ މޮޔަ މީހަކަށް އިތުރު ސަމާލުކަން ދޭން ނުޖޭހޭބާ؟

   100
   3
  • Anonymous

   ލާދީނީ ބައިގަނޑަށް ނަޝީދު މީ އެމީހުންގެ ކަލާނގެހެން ހީވާކަހަލަ. ތި ގަންޖާބޯ އަކީ މި ޤައުމުގެ ހަލާކު. އިންޝާﷲ ހިތިގޮތަކަށް ނިމިގެންދާނެ މީހެން ހެން ހީވަނީ ތި ރަންނަމާރިއަކީ. ވަރަށް ސާދާ ދިރިއުޅުމެކޯ. ބޮޑު ހިޔަޅެއް މި ކެނެރީގޭ ނަޝީދަކީ. ޤައުމަށް ޖެހިފައޮތް ވަބާއެއް.

   62
   1
  • ޢަލީ

   ރަނގަޅު ވާހަކައެއް. ލޯތްބަކީ ހަމަ ފާޑެއްގެ އެއްޗެއް. ބައެއްފަހަރު ކަނު އެއްޗެއް. އަނެއްބައިފަހަރު އަޅުވެތިވާއިރުވެސް ނޭގެ.

   54
   1
  • ޒަވާ

   ޢަމިއްލަ ގެދޮރެއް ހުރި ނަމައެއްނު ތިޔަހެން ހެދޭ ނީވެސް ގެދޮރެއް ނެތް ވިއްޔަ ހުރިނަމަ ނަގާނީ 15ބުރިއަކަށްވެސް ނޫން 20ބުރިއަށްވެސް ނަގާނެ

   26
   1
  • Anonymous

   އުޅުއްވާލެއް ސާދާ ކަމުން މުޅިންވެސް ބޭރުގައުމު ތަކުގަ އުޅެނީ. ޢެވެސް ޔަހޫދީން ހިލޭ މީނަ ބަހައްޓާ ތަންތަން.

  • އުގޫފާރު މީހާ

   ކަލޭ އަންނި ދެކެވަނީ އެހެން ލޯތްބެއް. އަހަރެމެން ވަނީ ވަތަނީ ލޯބި. ވަރަށް ސަލާމް

 8. މަބޭ

  އިންޑިޔާއިން ދިން 1ބިލިޔަން ކްރެޑިޓް ފެސިލިޓީ ދިންގޮތް ވަރައް އަވަސް އަރުވާލައިގެން އިންޑިޔާގެ އިންތިހާބުގެ ކުރިން މިކަންމިވަނީ ކޮއްނިންމާލާފަ ލޯނުފައިސާ ހަރަދުކުރަނީ އިންޑިޔާ ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓްތަކައްއެކަނި ލޯބުދިނީ ރާއްޖެޔައް އެކަމު މުޅިއެތިކޮންޓްރޯލް ކުރަނީ އިންޑިޔާއިން .

  112
  1
 9. ޔާމިން

  މީއްޗެއްގެކިބައިން މިގައުމްސަލާމައްކުރައްވާޝީއާމިން

  125
  3
 10. ބީޗް

  މީނަ މީ ދޫކޮށްލާފަ ބަހައްޓަން ވާ މީހެއް ނޫނެވެ.

  124
  2
 11. ދިއެންޓަޔަރ

  ކެނެރީގެ ނަޝީދު ގޮވާ ކަނޑުކޮސް ގޮވުން ތަކަށް ރައްދު ދެއްވުމުގެ ބަދަލުގައި ހަދަންވީ ގޮތަކީ ޗައިނާ އިން އަންނަންވީ އެމެންގެ ބެކް ސައިޑުން އައިސް ރައީސް އޮފީސް އެއްކޮށް ގަނެލަންވީއޭ އަދި މަޖްލީސް މެމްބަރުން ވެސް އެއްކޮށް ގަނެލަންވީއޭ އެކަން ކުރެވޭނެއޭ މާލެ ސަރަހައްދުގެ ތަރައްގީ އަށް ޗައިނާ އިން އަހަރަކު 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ނިންމާ އަދި މަޖްލީހުގެ އިދާރާ ތަރައްގީ ކުރުމަށް އަހަރަކު 20 މިލިއަން ޑޮލަރުގެެ ހިލޭއެހީއެއް ދީ ހެދުމުން ދެން ކެނެރީގެ ނަޝީދު އެކަނިވާނެއޭ އެއިރުން ރައީސް އާއި ނައިބް ރައީސް އާއި އަދި ކެބިނެޓް މެމްބަރުންނާއި މަޖްލީސް މެމްބަރުން އޮންނާނީ ޗައިނާ އަށް ނުސީދާ ގޮތެއްގައި ގަނެލެވިފައޭ އަދި މަޖްލީހުގެ މެމްބަރުންގެ އާއިލާ ގެ ދަރިންނަށް ޗައިނާ ގެ ޓޮޕް ޔުނިވަރސިޓީ ތަކުން ކިޔެވުމުގެ ފުރުސަތު ހިލޭ ދޭނީއޭ އެއިރުން ދެން މަޖްލީސް މެމްބަރުން ވެސް އެއްކޮށް ގަނެލެވޭނެ ނޫންތޭ މޭކް އަ ބެޓަރ ވޯލްޑް ފޯރ ދިސް ހީލް ދަ ވޯލްޑް މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން

  44
  3
 12. މަސީހު

  2016 އިންފެށިގެން ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން ދިޔައީ އިންޑިޔާއާ އެއްހަމައެއްގަ މީއުންޑިޔާ ސަރުކާރުގެ ހިތައް ކެއްވާވަރުގެ ކަމަކައްނުވި 2019ގައި މިވަނީ އިގްތިސޯދީ ކުރިއެރުން އެތައްތަނެއް ފަހަތައް ޖައްސާލާފަ.

  87
 13. ކަތްދަމޫސަ

  ޤުރްއާނާއި ސުންނަތާ އިދިކޮޅަށް ވާހަކަ ދައްކާ މީހަކު ޗައިނާ ސަފީރާ އިދިކޮޅަށް ވާހަކަ ދައްކާކަށް ޑަރުވެސް ހިއެއް ނުވާނެތާ! ތިޔައީ މި ޤައުމަށް ޖެހިފަ އޮތް ދިގުދެމިގެންވީ ވަބާއެއްވިއްޔަ!

  99
 14. ކަންބުލޮ

  ޖީއެމްއާރު ބޭރުކުރިފަހުން އެއާޕޯޓްގެ ޑިއުޓީ ފްރީ ހުރިހާފިހާރަތަކެއްހެން ހިންގަމުންދަނީ އެންއޭސީއެލްއިން ނަމަވެސް މީގެ މަހެންހާދުވަސްކުރިން އިންދީޔާގެ ކުންފުންޏަކުން ޑިއުޓީފްރީ ފިހާރަޔެއް ހުޅުވާއެމީހުންގެ ޕްރޮޑަކްޓަތައް ވިއްކަންފަށައި

  70
 15. ރަސީދު

  ޚެރަފާވާނީ ހަމަ ކެރަފާއަށް

  62
 16. ރަސީދު

  ކެރަފާވާނީ ހަމަ ކެރަފާއަށް

  57
  1
 17. ޖައްސަބަލަ

  މާލެ ސަރަހައްދުން ނުޖެހޭ ފްލެޓްސް ތައް އަޅާ ކުއްޔަށް ދޭން ވެސް ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ބިމެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ކުއްޔަށް ދޭ ގޮތަށް ހަދާ ރާއްޖޭގެ އާބާދީ އެންމެން ނަށް މާލެ ސަރަހައްދުން ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ބިމެއް ކުއްޔަށް ދީ ކޮންމެ މީހަކީ އެއި މަހަކު 2 ހާސް ރުފިޔާގެ ކުލި ސަރުކާރަށް ދައްކާ މީހަކަށް ހަދާ އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރާއްޖެތެރޭގެ 195 ރަށް އެއްކޮށް ފަޅު ކޮށްލާ އެ ރަށް ތަކުގެ މީހުން އޮޓޯ މޯޑް ގައި މާލެ އަށް ބަަދަލު ކޮށްލާ އެރަށް ތައް މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ބޮޑެތި ވިޔަފާރި ވެރިންނަށް އަކަފޫޓަކަށް މަހަކު ބައިލާރި ސަރުކާރަށް ދައްކާ ގޮތަށް އެރަށް ތައް އެފަދަ ކުންފުނި ތަކަށް ދިވެހި ރުށް ހައްދަން ދޭނީ ވަކި ބަޔެއްގައި އިންޑަސްޓްރިއަލް ޕާރކާއި އަދި ގެސްޓް ހައުސް ތަކާއި މޮޓެލްސް ތައް ހަދައިގެން ވިޔަފާރި ވެސް ކުރެވޭ ގޮތަށް ރާއްޖެތެރޭ މީހުން މާލެ ސަރަހައްދަށް ބަދަލު ކޮށް އަދި ބަދަލުނުވާ މީހުން ލަންކާ އަށް ބަދަލުކޮށް އެމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދާނީ ވިސާ އާއި ޕާސްޕޯރޓް ފްރީޒް ކޮށްގެން...

  10
  2
 18. ކޮރަލް

  އިންޑިޔާގެ ދަރަނީގެ ވާހަކަ މީނަ ނުދައްކައެވެ.

  71
 19. މޯދީ

  އިންޑިޔާއިން ވެރިކަން ބަދަލުކުރަން ވޯޓްކަރުދާސް އޯޅުވާލައިގެން ލިބުނު މަންފާތަކުގެ އަގު ވަޒަން ކުރަން އިންޑިޔާއިން ބުނާ ހުރިހާ ކަމެއް ކުރަން އެސޮރަާް މަޖުބޫރުވާނެ!

  71
  1
 20. ހުސެން

  މޮޔައަކު ދައްކާ ވާހަކަ އަޑުއަހާނީ ކޮހުން.

  66
 21. ހިނދުކޮޅު

  ހިނދުކޮޅު އައިސްފަ ހުންނަ ގަޑީ ދެކެވޭ ވާހަކަ ތީ

  67
 22. Anonymous

  ދިވެހިއުންމަތަށްފާކުރެއްވި ފިރުއައުނު. ކައްޒާބު. ތައްބައްލަކަ.

  60
 23. އައްޑޫސިޓީ

  އަތްނުފޯރާފަށުގެ ވާހަކަދެއްކީމަ ދެންޖެހޭނީ ކޮނމެވެސް ގެރެންޓީއެކޭ އަނެކެއްޗެކޭ ކިޔަން. ދަރަނީގެވާހަކަ ދައްކާއިރު 2008ނޮވެމްބަރ11 އިންފެށިގެން 2012ފެބުރުއަރީ7 އައް ވެރިކަމާ ހަވާލުވި އިރު 9ބިލިއަންގަ އޮތް ދަރަނި 27ބިލިއަން އައްއެރި އިރު ފެންނާނެ ބޮޑުމަޝްރޫއެއް ހިންގިފަނެތި މި18ބިލިއަން ދަރަނީގެ ވާހަކަ އެއްވެސްބަޔަކު ނުދައަކަނީ ކީއްވެތަ؟ މިއައްކިޔަނީ އަރަނިތޯ؟

  61
 24. ނެތީމޭ

  ޗައިނާ އާއި ނުކުޅެވޭނެ ކަން ޗައިނާގެ ސަފީރު މެން އެބަޖެހޭ ލާރޖް ކޮށް ބުދު ޖެހި ނޫޓް ރައީސް އޮފީހުގެ ބޮޑޭ އާއި ހަވާލު ކޮށްގެން އެކަން ހަމަ ޖައްސަން ޗައިނާގެ ސަފީރު ޖައްސަބަލަ ތަންކޮޅެއް ލާރޖް ކޮށް މިކަން ޗައިނާ އިން އަދި މިއަހަރު އެއްވެސް އެހީއެއް ނުވަމެއް ނޫންތޭ ރައީސް އިބޫގެ ސަރުކާރަށް ހިލޭ އެހީ ތައް ބުދު ޖެހި ނޫޓުން އޮއްސާލަބަލަ އެއިރުން ހުންނާނެއޭ ރަންރީނދޫ ބޮޑޭ އަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމޭ އިނގޭތޭ ނެތީމޭ ނެތީމޭ

  24
  4
 25. ފެންވަރު

  މިހާރު މިސަރުކާރު ގެންނަންވޯޓް ދިންމީހުންވެސް ތިބޭނީ ތިމަންނަމެންނައް ވޯޓްދެވުނުމީހަކާ ދޭތެރޭވެސް ޝައްކުވެފަ ހުވާކުރީ އެހެންމީހެއް ސަރުކާރުގެ ހުރިހާކަމަކާބެހޭގޮތުން ވާހަކަފުޅުދައްކަވަނީ އަނގަ ގަދަ މަނިއްޕުޅު

  60
  1
 26. މަހަށްދޭބަލަ

  ދަރަނީގެ ގޮތުގައި ސޮވެރިންގް ގެރެންޓީ ހިމެނެން ޖެހޭނެ ކަމަށް ބަޔާން ކުރާ ގާނޫނެއް ރާއްޖެ އަކު ނޯންނާނެއޭ ކޮން ސޮވެރިންގް ގެރެންޓީ އެއްތޭ ތަމެންނަށް ކިތަންމެ އަސަރު ކުރި ނަމަވެސް މާލެ އާއި ހުޅުލެ އާއި ދެމެދު އެއޮތީ ބްރިޖް އަޅާފައި އެއީ ތަމެންނާއި އަރާ އަރަފޯދިގެންވާ ކަމެއް ނޫނޭ އިންޑިއާ ގޮވައިގެން ދެން ތަމެން އޮށްވަޅު ގޮނޑި ކުޅެން އުޅުނިއްޔާ މާތާހިރުވާނެއޭ އިނގޭތޭ ތަމެން ދެން މަހަށް ދާންވީ އެއް ނޫންތޭ މަހަށް މަހަށް މަހަށް މަަހަށް ދޭބަލަ...

  38
  1
 27. ަސދަސދ

  ތި ކެނެރީގޭ މޮޔަ ކުއްޖާ ކިހިނެއް މަޖިލިހުގެ ރައީސްކަން ކުރާނީ ؟

  37
 28. ސިކަންދަރު

  އެހެންތާވާނީ އެއީ ހިތްތަކުގެ ރައީސް، މިގައުމުގެ ރަށްޔަތުން އަޅުންނައް ހަދައިފި ޖީއެސްޓީއޭ ކިޔާފަ ޖިޒީނަގަން ފެށީ އެފައިސާއިން މުސާރަޔާ އިނާޔައް ނަގަނީ ސަރުކާރުން ވިޔަފާރި އެއް ނުކުރާނޭ ކިޔާފަ ބޭރުމީހުންނައް އެއަރޕޯޓްދިނީ ބިންތައްދީގެން ފުލެޓް އަޅައިގެން ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހިންގަނީ ރައްޔަތުންނަށް މީއަނިޔާއެއް ނޫންތޯ ޕުރިމެއިޑުމެނައް ރައްތައްދީ ރައްޔަތުންގެ މުދާ ނަހަމަގޮތުގައި ބޭނުންކުރީ އެ މަނިކުފާނު ވެރިކަމާއިގެން އުޅުއްވަނީ އެހެންވީމާ ހަސަދަވެރިން ކޮންމެ ޔޯލައެއް ގޮވިޔަސް ގަބޫލުކުރާމީހުން ގިނަވާނެ އެހެންނޫނަސް ލޯތަބަކީ ފާޑެއްގެ އެއްޗެއް އެއީ ކަނުލޯބި ވެދުމާ ސަލާމް

  12
 29. ބެއްޔާ

  އެހެންވީމާ އިންޑިޔާއިން ނެގި ލޯނުތަކަށް ތިބުނާ ސަވަރިން ގެރެންޓީ ހިމަނައިގެން ހާދަ ބޮޑު އެއްޗެއް ދައްކަންޖެހޭނެތާ. އިންޑިޔާއިން ނެގި ލޯނުތަކުގެ މަތިން ހަނދާނަތައެއް ނުލަމޭ. އެވާހަކަ އބަދަކު ނުދެއްކިއެއްކަމަކު. ކިތައް ބިލިޔަންކަމެއް ނޭނގޭ ދައްކަންޖެހޭނީ. ޗައިނާއިން ނެގި ޢަދަދު އެނގެން އެބައޮތް. އިންޑިޔާއިން ނެގި ޢަދަދެއް ދައްކަންޖެހޭ ޢަދަދުގެ ހިސާބެއްވެސް ރައްޔިތުންނަކަށް ނޭގޭ.

  14
 30. ނުފެންނަނީތޭ

  އަތޮޅު ތަކުގައި 5000 ހައުސިންގް ޔުނިޓްސް އަޅަން ބީލަމަށް ލިއިރު ތިޔާއީ އަތޮޅު ތަކޭ ތަމެން ކީ ނަމަވެސް އެއީ ދަ ރާއްޖެތެރެ އެއް ނޫންތޭ ދަ ރާއްޖެތެރެ އޭ ނުކިޔަނީ އެއީ ކިއެއްވެތޭ ތިޔާ 5000 ހައުސިންގް ޔުނިޓްސް ތައް ދަ ރާއްޖެތެރޭގައި އަޅަނީ އެއީ އެއްވެސް ޑިމާންޑެއް އޮވެގެން ނޫނޭ އަދި އެކަމަށް އެއްވެސް ރައްޔިތަކު އެދިގެން ނޫނޭ ބަދަލުގައި ރައީސް އިބޫ އަށް ހަމަ ނުފެންނަނީތޭ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ 80 ހާސް މީހުންގެ ފޯރމްސް ނުފެންނަނީތޭ ނުފެންނަނީތޭ...

 31. ބުއޅަބޭ

  އަދި ރިޕްލައިކުރީވެސް ފޭކް އެކައުންޓުން. މީ މީނާގެ ފިނޑިކަން.

  30
 32. ކަނޑާލާ

  ލޮލަށް ނުފެންނަ ކަންކަން ދޯ ރައީސް އިބޫގެ ވެރިކަމަށް އަހަރު ދުވަސްވާއިރު ވެސް އެމެން ވެއްޖެއޭ ކިޔައިގެން ޕްރޮޕެގެންޑާ ފަތުރަނީ މަމެން ނުދެކެން އަދި އެއް ތިޔާ ސްޓޫޑެންޓް ލޯނެއް ވެސް ހަމަ ޖެހުނު ތަނެއް ކަނޑުކޮސް މިނިސްޓްރީން ނެރުނު މަރުފޯރމް ފުރައިގެން އެ ފޯރމްލީ ތިން މީހުން އެމެންނަށް ވެސް ނުލިބޭނެ ކަަމަށް މިހާރު ވަނީ އަންގާފައި ދެން ތަމެން ފޯރމް ފަސޭހަ ގޮތަށް ފުރަން ކިޔާ އެކަން ވެސް ނުކޮށް ދެން ކޯއްޗެއް ހަދާނަމޭ ހިތާތޭ ތިޔާ އުޅެނީ ނުވާވަރުން ބޭނިގަނެގެން އުޅުމަށް ވުރެން ރަނގަޅުވާނީ ހުސްގަނޑެއްގައި ސޮއި ކޮށްފައި ގެއަށް ކަނޑާލިއްޔާއޭ މަމެން ބުނަން ނެތީމޭ ކަނޑާލާ ކަނޑާލާ ކަނޑާލާ ދެން...

  10
 33. ދދ

  މިއަދު ދުނީޔޭގަ ޗައިނާ އާޖެހިގަނެގެން ކުރިލީބޭނެ ހަމަ އެއް ވެސް ބަޔަކުނެތް
  މިކަން ތެޔޮބިޑި ސޭޓަށް ވެސް އެމގޭނެ

  19
 34. މުހައްމަދު

  ނަޝީދަށް ހީވަނީ މިޤައުމަކީ އޭނާގެ ތަރިކަ މުދާގަނޑެއްކަމަށް. ޙައިރާކީ އޮޅުވާލައިފި.. އުނދުޅި ނުބާނާ ވަކިތަނެއް ނޯވޭ.. މީނާގެ ނޮފޮރުއްޕާނުން މިޤައުމު ސަލާމަތް ކުރެއްވުން އެދި ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟްރަތުގައި ދުޢާދަންނަވަންވީއެވެ. ޔާ الله މި ވަބާއިން މި ވަޠަން ސަލާމަތް ކުރައްވާނދޭވެ!

  18
 35. މަހަށްދޭބަލަ

  ތަމެންނަށް ކޮން ތަރައްގީ އެއްތޭ ކޮން ސްޕީޑެއްތޭ ނެގޭނީ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމުގެ ފުރަތަމަ 100 ދުވަހު ހުޅުމާލެ ދޭއް ހިއްކާލީ ބްރިޖް އަޅަން ފެށީ ހުޅުލެ ހިއްކާލީ ދޯ ތިލަފުށި ހިއްކާލީ އަދި މާލޭގެ މަގުމަތީގައި ފެން ކޮޅެއް ވެސް ނުހުންނަ ގޮތަށް މަގުތައް ހެދީ ތަމެންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ތަމެން ތިބީ އަލިފުލައިލާ ވާހަކަ ކިޔަން ދޯ ދެން ކޮން ޒީރޯ ޓޮލެރެންސެއް ތޭ އެހެންވެ ދޯ ރިސޯރޓްސް ތަކުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފުރި ބާރުވެފައި ތަމެންނަށް އެއް ކަމެއްވެސް ނުކުރެވެއޭ ތަމެންނަކީ އެއީ ކަން ކުރެވޭ ބަޔެއް ނޫނޭ ތަމެން ދެން ރަނގަޅުވާނީ މަހަށް ދިޔައިއްޔާއޭ އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

 36. ނުވާނެއޭ

  ކޮބާތޭ ސްޕީޑް ރަނގަޅު ވެފައި ރާއްޖޭގެ އެންމެ ގިނަ އަދަދެއްގެ މީހުން ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވަނީ އެއީ މާލެ ސަރަހައްދުން އެކަމަކު މާލެ ސަރަހައްދަށް 4000 ފްލެޓްސް ދަ ރާއްޖެތެެރެއަށް 50000 ފްލެޓްސް ކޮބާތޭ ރައްޔިތުންގެ ރުއިމާއި ކެކުޅުން ތަކަށް އަޑު އަހާފައި ރައީސް އިބޫގެ ވެރިކަމުން އަދި ފްރޭމްވާރކް އެގްރިމެންޓް ގައި ހުޅުމާލޭގައި އަޅާ ފްލެޓްްސް ތަކުގައި އިންޑިއާގެ ކިބަޅި ކުންފުންނަކާއި އެކު ސޮއި ކޮށްފިނަމަ އަދި ތިޔާ މަސައްކަތް ފަށަން ނަގާނެ އަދި ދެ އަހަރު ދުވަސް ދޯ ދެން އިންޑިއާ މީހުންނަށް ހަވާލު ކުރާ ކަމެއް ނުނިމޭނެ ދުވަހަކު ވެސް...

 37. އިލްހާމް

  މަކުނު ފިދުން ވާހުސްވޭތަ

  11
 38. ދޭޑޯންޓް

  ރައީސްގެ ތަރައްގީގެ ސްޕީޑް އެއްގޮތަކަށް ވެސް މަމެންނަށް ނޭގެއޭ ސަބަބަކީ މާލެ ސަރަހައްދުގައި އަޅަން އެންމެ 4200 ފްލެޓްސް ތަކުގެ ފްރޭމް ވާރކް އެގްރިމެންޓްގައި ސޮއި ކުރީ އެއީ ކޯއްޗެއްތޭ ފްރޭމް ވާރކް އެގްރިމެންޓް އެއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާ ނަމެއްތޭ ޔަގީނޭ އިންޑިއާގެ ޓަޓްވާ ފަދަ ފަގީރު ކިބަޅި ކުންފުންނަކަށް 4200 ފްލެޓްސް ތައް އަޅަން ދީގެން އެމެންނަށް ފަންޑް ހަމަ ނުޖެހިގެން އުޅެނީއޭ ކުޅަދާނަ އެއް ނޫނޭ ކުޑަ އިންޓަރެސްޓް ރޭޓްގައި ތިޔާ ކަން ކުރަން ކުޅަދާނަ އެއް ނޫނޭ ޔޫނޯ އައި ރިއަލީ ހޭޓް ޓު ސީ ފިނިހަކަ ދުވެލި އޮފް ރައީސް އިބޫގެ ތަރައްގީ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް...

 39. ބުރޯ

  އައްޑޫސިޓީ ތިޔަ ވިދާޅުވީ ވަރަށް ބޮޑުތެދެއް .2008 ގެ ނޮވެމްބަރ 11 ގަ އޮތް 9 ބިލިއން ދަރަނި 7 ފެބްރުއަރި 2012 ގަ އިސްތިއުފާ އާއެކު އޮތީ ހަމަ 27 ބިލިއަންގެ ދަރަނިގަ މި ހުރިހާ ދަރަންޏެއްވެސް ދެއްކީ ވަހީދުއާ ޔާމީނު. މިދަރަނިތައްދައްކާފަ އެތައް މަސްރޫއެއް ހިންގާފަ 32 ބިލިއަންގަ ހުރި ރިޒާވް 968 މިލިއަން ޑޮލަރަށް މަތިކުރީވެސް. އަދި ފިނޭންސްގާ ޖަމާކޮށްފާހުރި 2.5 ބިލިއަންރުފިޔާގެ ފައިސާދައްކަންޖެހޭ ބިލަށްވެސް ވަހީދާ ޔާމީނު ވަނީ ޕޭކޮށް ނިންމާފަ. މެރިޓައިމް ހަދައިގެން އެކޮނޮމިސްޓަކަށްވެގެން ގައުމަ ހަވާލުވީމަ ވާނެ އެތި މިވަނީ ކުދިންނޭ ހޭއަރާކަށް ނުވޭތަ ؟

  16
 40. އިނގޭތޭ

  ކެނެރީގެ ނަޝީދަށް އިގްތިސާދީ ނޯރމްސް ތައް ނޭގި އޭގެ ތެެރެއަށް ބޭނިގަނެގެން އަންހެން ދުޅައިގެ ވާހަކަ ތައް ދެއްކިނަމަވެސް ކަމަކު ނުދާނެއޭ މިހާރު ކެނެެރީގެ ނަޝީދު ތިޔާ އުޅެނީ ބަދިގޭގައި ގަރުދިޔަ ގަނޑު ކައްކަން ނޫން ކަން ދަންނަން ޖެހޭނެއޭ..

  10
  1
 41. ޖައްސާށޭ

  އެމްޓީސީސީގެ މަހާޖައްރާފް އަކީ އެއީ ފައިސާ ޕްރިންޓް ކުރާ މެޝިނެކޭ އެ އުޅަނދުގެ ބޭނުން ކުރަން މިސަރުކާރަށް ނޭގެނީއޭ މަމެން ޕިންކީންގެ ވެރިކަމުގައި ވެސް ހެދި އެންމެ ބޮޑު ގޯހަކީ އެއީ މަހާ ޖައްރާފު ގެނެސްގެން ކުޅުދުއްފުށި އެއާރޕޯރޓް އަޅަން ބިން ހިކުމޭ ބަދަލުގައި މާލެ ސަރަހައްދުން ތިލަފުށި އަދި ގުޅިފަޅު އަދި ފުށި ދިއްގަރު ފަޅު ހިއްކިނަމަ މަހާ ޖައްރާފަށް ކުރި އިންވެސްޓްމެންޓް ކަވަރު ވާނެއޭ އެމްޓީސީސީ އަށް އެންމެ 5 މިލިއަން ގެއްލުން ވިނަމަވެސް ބްރިޖް އަޅަން ޖެހޭނެއޭ މިހާރު އެމްޓީސީސީ އާއި ހަވާލުވެ ހުރި އައްޑޫ ގޮލައަކީ އެއީ ކަނޑުކޮހަކާއި އޭ ވައްތަރީ ވިޔަފާރި ދަންނަ އެއްޗެއް ކަމަށް މަމެންނަށް ގަބޫލެއް ނުކުރެއޭ އެގޮލާ ފޫކޮޅު ގައި ސައްޕެއް ޖަހާ އެމްޓީސީސީން ބޭރު އަރުވާލާ މާލޭގައި ވިޔަފާރި ކޮށް ކާމިޔާބު ހޯދާފައިވާ މީހަކާއި އެމްޓީސީސީ ހަވާލުކުރަންވީއޭ އެއިރުން މަހާ ޖައްރާފް ބޭނުން ކޮށްގެން މާލެ ސަރަހައްދު ހިއްކޭނީ އައްޑޫ މީހުންނަށް އިގްތިސާދު ނޭގުނީމައޭ އައްޑޫ ފަޅުވަމުން ދަނީ..

 42. ދެ ދޭ

  އެމީހަކަށް ވާހަކަ ދެކެވޭނީ އެމީހަކަށް އެނގޭވަރަކަށް. ނަޝީދު ދޭހިތްވަންޏާ 3.4 ބިލިއަން 1.53 ބިލިއަންގެ ބަދަލުގާ ދޭންވީނުން. ޗައިނާ އޭރުން ދިވެހީންނަށް ވަރަށް ކަނތައްކޮށް ދޭ ހިތްވާނެ.

 43. މަހާ

  ނަސީދު އަކީ ދިވެިންނަށް ޖެހިފައިވަވާ ބޮޑު މުސީބާތެއް!

 44. ސިއްރު

  މިވަގުކަލޭގެ ތެދެއްނުހަދާނެމިދެވަގުން ކާލާލާރިގަނޑު ގެ ވައްކަމުގެ ޢަދަދު މިކެނެރީވަގު މިބުނަނީ ސަމާލުވޭ ދިވެހިންގެ މިނިވަންކަންވެސް ވަގަށް ވިއްކާލި މި ވަގު

 45. ސިއްރު

  ޤައުމުގެ ދޫ ކަޅޭ ތިއުޅެނީ ކެނެރީވަގުގެ ދިފާއުގަ ވަގުން ކުރާވައްކަން ނުފެންނަނީ ތިޔަ އަދަދު ެކިޔަނީ ވަގަށްނަގާ އަދަދު އެއްކޮށް ސާފވެއްޖެތަ

 46. ސޭކުސްތާން

  ޗޮއިބެ ބޯގޮވަނީ އިބޫ ސިންގަޕޫރަށާއި ސައޫދީ ތަންތަނަށް ދާތީ މީނާ ދާހިތުން. އެކަމު އިންނަންޖެހެނީ ބޯގޮވި ގްރޫޕްގެ ޒުވާބު އަޑ؛ުއަހަން. މަޑުކޮށްލާ އިރުކޮޅަކުން ކިޔާނެ އައައަޅުުޅުޅުގަގަގނޑު ރައްޔިތުން ބޭނުންވާގޮތަށް ހަދާނީ

 47. ގަލަދުން އާދަބީ

  މި ޤައުމު ސަލާމަތްވާކަށް ނެތް ތިޔަ ނަޝީދެއް މިނިވަންކޮށް ހުއްޓައި. ކިހާބޮޑުކަމެއް. މި ކަމުގައި ޤައުމުގެ އެންމެން ނުކުންނަންވެއްޖެ މި ކަން ފިލުވަން. މި ކަލޭގެ ދުނިޔޭގައި ހުރިހަ ހިނދަކު އެމްޑީޕީއަށްވެސް ހަމަ ނޭވާ ނުލެވޭނެ. އެމްޑީޕީއަކީ ފަރީދުއާ އިބުރާއާއި ސައްޕޭމެން އުފެއްދި ގުންޑަ ޕާޓީއެއް މި ނަޝީދު ހީކުރަނީ އޭނާގެ މިލްކެއްހެން.

 48. ބަލާތި

  ޗައިނާގެ ސަފީރު ރަންރީނދޫ ބޮޑޭ އަށް ކުރުދޮށިން ދޭނަމަ ދެން ސަރުކާރުން ރައީސް އޮފީހުން އެބަޖެހޭ ރަންރީނދޫ ބޮޑޭ އަށް އަންގަން އޭނާ ނޫން ކަން ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސް އަކީ އެއީ ސަރުކާރުގެ ދަރަނި ކިޔާ ދޭން އިންނަ މީހެއް ނޫނޭ އެއީ ޕޮލިސީ މޭކާރ އެކޭ އެމެން ތިބެން ޖެހޭނީ އެމެންގެ މޭންޑޭޓް ތެރޭގައޭ މީ އަމިއްލަ ކުންފުންޏެއް ނޫނޭ މީ ސަރުކާރެކޭ މިހިނގަނީ އަނެއްކޮޅުން ޗައިނާ އާއި ނެކް ޓު ނެކް ޖައްސާއިރު ރާއްޖޭގެ ޓޫރިޒަމް ހިފަހައްޓަނީ ޗައިނާއިން އެންމެ ޓްރެވެލް އެޑްވައިޒަރީ ނޯޓިސް އެއް ނެރެފިނަމަ ވެސް ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ބޭންކް ރަޕްޓް ވެގެންދާނެއޭ މިހާރު އޮކިއުޕެންސީ ރޭޓަށް ބަލާނަމަ މިކަމަކީ މީ ސީދާ ރައީސް އޮފީހުން ރައީސް އިބޫ ޑިސްރަޕްޓް ކުރަން ޖެހޭނެ ކަންކަމޭ ކެނެރީގެ ނަޝީދަށް މީއޭ އެއް އުރައެއްގެ ތެރޭގައި ދެކަނޑި އަށް ނޯވެވޭނެއޭ މަމެން ކިޔާ އެއްޗަކީ..

 49. އައިއޭމްފޭޑެޑް

  ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އިކޮނޮމީ އަދި އެންމެ ވަރުގަދަ މިލިޓަރީ ޕަވަރ އެއީ ޗައިނާ އަކީ ޗައިނާ އާއި އެކު ނެކް ޓު ނެކް ރައްޔިތުންގެ މަޖްލީހުގެ ރައީސް ޖެއްސުން ސްޕެޝަލީ ސަރުކާރުން ކުރަން ޖެހޭ ކަންކަމުގެ ތެރެއަށް މަޖްލީހުގެ ރައީސް ބޭނިގަނެގެން އެމަގުން ކަންކަން ކުރުން އެއީ އެމްޑީޕީގެ ވެެރިކަމުގައި ރައީސް އިބޫ މާލެ ސަރަހައްދަށް ގެންނަން ބޭނުންވާ ތަރައްގީ އަށް ފަންޑް ހޯދަން އަޅާ ހުރަހެއް ކަމަށޭ ބެލެވޭނީ ރައީސް އޮފީހުން އެބަޖެހޭ ބަޔާން ތަކެއް ނެރެދޭން މިކަމަށް އެނޫން ނަމަ ރާއްޖޭގެ ޓޫރިޒަމް ފުނޑިގެން ހިނގައިދާނެއޭ ޗައިނާ އިން ނެރޭ އެންމެ ޓްރެވެލް އެޑްވައިޒަރީ އަކަށް ޗައިނާ ރައްޔިތުން ފުރިހަމަ އަށް ބޯލަނބާނެ ކަން އެއީ ކަށަވަރުވެ ޔަގީން ވާ ކަމެކޭ ސްޕެޝަލީ ގައުމީ ވަންތަ ކަންކަމުގައި ޗައިނާ އަކީ ދެގޮތެއް ނުވާ މީހުން ތިބި ގައުމެކޭ އެހެންވެއޭ ޗައިނާ އަށް ވަރުގަދަ މިލިޓަރީ ޕަވަރ އެއް އޮތް ޖަޕާން އަތުން ހަނގުރާމަ ކޮށްގެން މޮޅުވީ ވެސް ރައީސް އިބޫ ރާއްޖޭގެ އިކޮނޮމީ ގެ ދުވަސް ދުއްވާލަންއޭ ކެނެރީގެ ނަޝީދު އާއި ދަ ގޫބައްޑާ ލަބިއްޓެ ގްރޫޕް މެން އުޅެނީ ވެއަރ އާރ ޔޫ ނައު ރައީސް އިބޫ އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް ސޯ އައި އޭމް ލޮސްޓް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް ސޯ ލޮސްޓް ޑާންސް ޑާންސް ޑާންސް ޑާންސް...

 50. ސަމީރު

  ބަލަ މޮޔަ ނަސީދު ކަލޭއަށް ބެހޭކަމެނޫން ދޯ ތިއީކީ... މިގައުމުގެ ރައީސް ތައް ކަލޭ ތީ ދެން ކަލޭ ތީ

 51. ސަމީރު

  މި ނަސީދު ޖަހަނީވެސް ނުބައި ސުމްޕާ މީހެއް ސިފަ

 52. ބަލާތި

  ދޮގު މައުލޫމާތު ފެތުރުން ގަބޫލެއްނުކުރެވޭނެ ކަމަށް ޗައިނާ ސަފީރު ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ޗައިނާ އަކީ މިރާއްޖޭގެ ރައްޔިތުންނަށް ވަރަށް ޖެނުއިން ކޮށް އެހީވެފައިވާ އަދި ވަމުންދާ ގައުމެކޭ ކެނެރީގެ ނަޝީދަށް އިކޮނޮމިކް ނޯރމްސް ތައް ނޭގި ހުރެ އަދި މިހާރުގެ ފިނޭންސް މިނިސްޓަރަކީ އެއީ ގައުމުގެ އިކޮނޮމިކް ނޯރމްސް ތަކުގެ ތަޖްރިބާގެ ކަންފުޅެއް ވެސް ނެތް މީހަކަށް ވުމުން މިދަރަޖަ އަށް ކަންކަން މިދަނީ އެހެން ނަމަ ފިނޭންސް މިނިސްޓަރު މިކަން ބެލެންސް ކުރާނެއޭ އެއީ އެހެލާން ތެހެލާން މެން ފިނޭންސް މިނިސްޓަރު ކަމަށް ނުލާން ޖެހޭ އެންމެ ބޮޑު ސަބަބަކީ ޑޯންޓް ލެޓް އިޓް ގޯ ޓު އެހެލާން ތެހެލާން އެމެން ރާއްޖޭގެ ދުވަސް ދުއްވާލާނެއޭ...

 53. ޢަލާ

  ޢަންނި ނިކަން މޮޅުވާނެ ގެރިޒުވާބު ކުރަން އޭނާގެ ވެރިކަމުގަ ދިއްދޫ ހަޓެއްގެ ތެރޭގަވެސް ވަކަރުގޭކުދިންނާ ޒުވާބުކުރި ވީޑިއޯއެއް އެބަ ހުރި ޔޫޓިއުބްގަ މިހާރުވެސް ވަރަށް މޮޅު

 54. ގޮކް

  ކެނެރީގެ ނަޝީދަށް އޮޅެނީއޭ އޭނާ މިހާރު ހުރި މަގާމް ސަބަބަކީ މިހާރު އޭނާ އަކީ އެއީ ސަރުކާރު ހިންގާ މީހާ ނޫނޭ އެއީ މަޖްލީސް ހިންގާ މީހާއޭ ކަން މިހެން ހުރުމުން ސަރުކާރާއި މަޖްލީހާއި ދެމެދުގައި އޮންނަ އިންފާރު ފަހަނައަޅާ އެއްވެސް ބަޔަކު ގޮސްގެން ނުވާނެއޭ ރައީސް އިބޫގެ ދެއަތް ބަނދެގެން ހުރެ ރައީސް އިބޫގެ ވެރިކަން ކުޅަދާނަ އެއް ނޫނޭ ކާމިޔާބު ކުރަން އެމްޑީޕީން ބުނާ ގޮތަށް ހަދައިގެން ރައީސް އިބޫގެ ވެރިކަމުގައި މާލެ ސަރަހައްދުން ފްލެޓްސް ތައް ވެސް ނުނިމިގެން އުޅެނީ ރަސްފަންނު ގައި ސިންގަޕޯރ އިން ކުރަން އޮތް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ވެސް އޮޅާލުމުން ދެން މިހާރު އެއިންވެސްޓަރުން ވެސް ވަނީ އިންވެސްޓްމެންޓް އަނބުރާ ގެންގޮސްފައޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ ދޯ...

 55. އިލްކްސަ

  ތީ އިބޫގެ ވެރިކަމުގައި ޗައިނާއިން ލުއި ލޯނުތަކެއް ނަގައިގެން އިބޫގެ ވެރިކަން މެކުހަށް ޖަހާފާނެތީ ސަރުކާރާ ޖައްސަން ނަޝީދު ކުޅޭ ގޭމެއް. އިބޫއަށް ދެން ނުކުރޭނެ ލޯނަކަށް އެދޭކަށެއް. އިންޑިޔާއަށް ވަރަށް ބޮޑު އަގެއް ދައްކައިގެން ނޫނީ ހެޔޮވަރުގެ ލޯނެއް ނުލިބޭނެ. ލިބުނަސް ލިބޭނީ އަހަރަކު 100 މިލިޔަން ރުފިޔާއަށްވުރެ ގިނަ ނުވާގޮތަށް. ނޫނީ ދެންޖެހޭނީ ކޮމާޝަލް ރޭޓުގައި ލޯނު ނަގަން. ޗައިން 5% ގައި ދެމުން އައި ލޯނުތައް ބަންދުކޮށްލުން މަގުސަދަކީ. އާހިރުގައި ގެއްލުން މިވަނީ އަހުރެމެން ރައްޔިތުންނަށް.

 56. ގޮކްދޯ

  މަޖްލީހުގެ މެމްބަރުން ތިޔާ އުޅެނީ އަބަހައްދަވެގެންނޭ ތަމެން ނޫނޭ ސަރުކާރު ހިންގަނީ މަޑުމަޑުން ތަމެން ކުރާ ކަމަކީ ސަރުކާރާއި ސަރުކާރަށް އެންމެ ބޮޑަށް އެހީތެރިވެ ދޭ ގައުމު ތަކާއި އެކު ނެކް ޓު ނެކް ޖެެއްސުންތޭ ތަމެން ހީިކުރަނީ ތިޔާ ކަން ސަރުކާރަށް އަދި ރައީސް އިބޫ އަށް ނޭގޭނެ ކަމަށްތޭ ތަމެން ޖެހޭނީ ސީލާން ތިޔާ ކަމުގައި ތިޔާ ގޭސް ގަނޑުގެ ބޭނުން ރައީސް އިބޫ އަށް ނޭގޭނެ ކަމަށް ހީކޮށް ތިޔާ ކަން ކުރާނަމަ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ ދޯ...

 57. އިންދަ

  އިންޑިޔާއިން ބުނެގެން ޖައްސާ ސްޓަންޓު ތަކެއް ހެން ހީވަނީ

 58. ގޮނާސަކް

  ތިޔާއީ މަޖްލީހުގެ ބޮޑޭ ރައީސް އޮފީހުގެ ބޮޑޭގެ ވެރިކަމުގައި ރައީސް އޮފީހުގެ ބޮޑޭ މާލެ އާއި ގުޅިފަޅާއި އަދި ތިލަފުއްޓާއި ދެމެދު ބްރިޖް އަޅާފާނެތީވެ އެކަން ފަހި ކޮށް ނުދިނުމަށް ޓަކައި އޭނާ ޖަހާ ރޮކެޓްސް ތަކޭ ތިޔާ ކަމުގެ އަޑީގައި ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ވެސް ވާނެ ކަން އެއީ މަމެން އިރު ފެންނަ ފަދައިން ޔަގީން ކަން ދޭނެ ކަންކަމޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ..

 59. ގޮނާސަކް

  މިސަރުކާރަށް ކަލަންޑަރ ޑޭޒް ތަކުން 9 މަސް ދުވަސް ވެގެން ދާއިރު ވެސް ރާއްޖޭގެ ފޮރިނޭ އަށް ރާއްޖޭގައި ސިންގަޕޯރ އެމްބަސީ އެއް އަދި ތައިލެންޑް އެމްބަސީ އެއް އަދި މެލޭޝިއާ އެމްބަސީ އެއް ގާއިމް ކުރެވުނީ އެއް ނޫނޭ އަދި ރާއްޖޭގައި މިވަގުތު ހުރި ދުނިޔޭގައި އޮތް އެންމެ ބާރު ގަދަ ގައުމު ކަމަށްވާ ޗައިނާގެ އެމްބެސެޑަރު މެން ފޮރިނޭގެ އެހީއަށް ބޭނުންވީ ހިނދު އޭނާ އުޅެނީ އެހެން ކަމެއްގައޭ މިއިން އެގިގެންދަނީ ފޮރިންގް ޕޮލިސީ ވަނީ ފޮރިނޭ މެން އޮޅާލާފައި ކަމަށޭ އެހެން ނަމަ މިކަމަކީ ފޮރިންގް މިނިސްޓްރީން ބަޔާން ތަކާއި އެއްޗެހި ނެރެގެން ނިއުޓްރަލް ކުރާނެ ކަންކަމޭ ޗައިނާ އާއި ނެކް ޓު ނެކް ޖައްސައިފިނަމަ ޗައިނާ އިން ނަގާ އެންމެ ޑިސިޝަން އަކުން ވެސް ރާއްޖޭގެ ޓޫރިޒަމް ފުނޑިގެން ހިނގައިދާނެއޭ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނޭ އަދި އަންނަން އޮތީވެސް ޗައިނާ އިންނޭ މިކަން ދަންނަން ޖެހޭނެއޭ ރައީސް އިބޫ ވެސް ވަރަށް ރަނގަޅަށް ރައްކާވެތިބިއްޔާ ދަތުރޭ އެކަން ދަންނަން ޖެހޭނެއޭ ރައީސް އިބޫ ވަރަށް ރަނގަޅަށް މީ ކެނެރީގެ ނަޝީދު ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން އަޑީގައި ބައިތިއްބައިގެން އެމެން ރައީސް އިބޫގެ ސަރުކާރުން ރައްޔިތުންނަށް ކަމެއް ކޮށް ދިޔަ ނުދޭން ވެގެން ރާއްޖެ އަށް އެންމެ ބޮޑު އެހީތެރި ކަމެއްވެދޭ ޗައިނާ ފޫކޮޅު ގައި ސައްޕެއް ޖަހާ ބޭރު އަރުވާލަނީއޭ އެއިރުން އިބޫގެ ސަރުކާރު ވާނީ ފެއިލްއޭ އެއިރުން ދެން ކެނެރީގެ ނަޝީދު ނޫންތޭ މަޖްލީހުގެ ރައީސް ކަމުގައި ހުރެފައި ރާއްޖޭގެ ރައީސް ކަމާއި ހަވާލުވާނީ ނައިބް ރައީސް މަގާމުން ނަގާ އެއްލާލެވޭނެއޭ މަޖްލީހުގައި ސުޕަރ މެޖޯރިޓީ އޮތްވާ ވަރަށް ރީއްޗަށް ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ...

 60. އިނގޭނެއޭ

  މަމެންގެ ހަތް ވަނަ ސެންސް ބުނަނީ މިއުޅެނީ އެއީ ޗައިނާ އަށް ދައްކަން ޖެހޭ ލޯންގެ އަދަދު ބޮޑުވެގެން ނޫނޭ މިއުޅެނީ އެއީ ޗައިނާ އިން މާލެ އާއި ގުޅިފަޅާއި ދެމެދު އަޅާ ބްރިޖް އަށް ބޭނުންވާ ފަންޑް ހިލޭ އެހީ އެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ރައީސް އިބޫގެ ވެރިކަމަކީ އެއީ މާލެ ސަރަހައްދުގެ ތަރައްގީ ރައީސް ޔާމީނަށް ވެސް ނުގެންދެވުނު މިންވަރަށް އަޕަރ ސްޓްރީމް އަށް ގެންދާނެ ވެރިކަމެއް ކަމަށްވާތީވެ ރައީސް އިބޫގެ ވެރިކަން ކާމިޔާބު ވެދާނެތީވެ އެކަން ވިޔަ ނުދޭން ވެގެން ކެނެރީގެ ނަޝީދު އާއި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން އަޑީގައި ތިބެގެން އަނބުރާ ގޭސް ގަނޑު ގަނޑޭ މިހުންނަނީ ހުރިހާ ޖާސޫސެއް ރައީސް އޮފީހުން ކެނެރީގެ ނަޝީދަށް ކޮށްދެނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަން ޚުދު ރައީސް އަށް ވެސް މިހާރު އިނގޭނެ ނޫންތޭ މީ ބަލާ ދިރާސާ ކުރަން ޖެހޭނެ ކަންކަމޭ މިހުންނަނީ އިނގޭތޭ ރައްކާވެ ތިބިއްޔާ ދަތުރޭ ރައީސް އިބޫ ޖެހޭނެއޭ ރައީސްގެ ހައިސިއްޔަތުން ޗައިނާ ސަލާމަތް ކޮށްދޭން ސަބަބަކީ ރައީސް އިބޫ ވެެރިކަން ކާމިޔާބު ވާން އޮތީ ޗައިނާ އާއި ގުޅިގެންނޭ ރައީސް އިބޫ އަށް އިނގޭނެއޭ ހަމަ ރަނގަޅަށް މިވެރިކަމުގައި ހުރި ފޮރިންގް މިނިސްޓަރަކީ އެއީ އެއްވެސް ތަޖްރިބާ އެއް ނެތް ކަނޑުކޮހެއް ކަން ހަމަ ރަނގަޅަށް އިނގޭނެއެއް ނޫންތޭ...

 61. ނެތީމޭ

  ރާއްޖޭގެ ދަރަނީގެ ނިސްބަތާއި އަދި ދަރަނީގެ ވާހަކަ ދައްކާނީ އެއީ ރާއްޖޭގެ ރައްޔިތުންގެ ވޯޓަކުން ހޮވާފައިވާ ވެރިމީހާ ރައީސް އިބޫއޭ އެއީ އެއްގޮތަކަށް ވެސް ކެނެރީގެ ނަޝީދު ބެހެން ޖެހޭނެ ކަންކަމެއް ނޫނޭ ވެރިކަން ހިންގުމުގެ ބާރާއި އަދި ދައުލަތް ހިންގުމުގެ ބާރާއި އަދި ދައުލަތުގެ ދަރަންޏަށް ޒިންމާ ވުމާއި އަދި ޖަވާބުދާރީ ވުމަކީ އެއީ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކޭ ދެން އިންޑިއާގެ ވަކި ބަޔަކަށް ތިލަފުށި މާލެ ބްރިޖް ދޭން މަޖްލީހުގެ ރައީސް ޗައިނާ ނޮޅާލައިގެން ރޮލާއި ކާލަން ތިޔާ އުޅެނީ ބްރިޖް އަޅަން ހޭދަވާ 400 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރު ކަޓެއްގެ ގޮތުގައި ކެނެރީގެ ނަޝީދަށް ދެނީތޭ އެއީ މަމެން ސާފުކޮށްލަން ބޭނުންވާ ކަމެކޭ ބުނަން މަމެން ނެތީމޭ...

 62. ދަންނާތި

  މަޖްލީހުގެ ރައީސް ކަމުގެ މަގާމް ކެނެރީގެ ނަޝީދު ބޭނުން ކުރަނީ އެއީ ވަރަށް ބޮޑަށް ކޮންފްލިކްޓް އޮފް އިންޓަރެސްޓް ހުންނަ އުސޫލުންނޭ މަޖްލީހުން ފުރަތަމަ ފާސް ކުރަން ޖެހޭ ގާނޫނަކީ އެއީ މާލެ ސަރަހައްދުން ގޯތި ތައް ދޫކުރާނެ ގޮތުގެ ގާނޫނޭ އެވާހަ ނުވެސް ދައްކާ މިހާރު ޗައިނާ އާއި ނެކް ޓު ނެކް ޖެހޭނެ އުސޫލުން ކެނެރީގެ ނަޝީދު އެވާހަކަ ދައްކަނީ އެއީ މާލެ ގުޅިފަޅު ބްރިޖްގެ މަސައްކަތް އޭނާގެ މަސްލަހަތުވެސް ހިމެނޭ އިންޑިއާ ކުންފުންނަކަށް ދޭން ވެގެންނޭ އިންޑިއާ އަށް ބްރިޖް އެޅޭތޭ އެއީ މަމެން ނުދަންނަ ކަމެކޭ މިހާތަނަށް އިންޑިއާ އިން އެޅި ބްރިޖެއް ނަމަ އޮތީ ބޮލަށް ވެއްޓި އެތައް ބަޔަކު މަރުވެފައޭ މިއަހަރުގެ މިހާތަނަށް ތިން ބްރިޖް ކޮލަޕްސް ވެއްޖެއޭ ދެން ޑީޕް ބްލޫ ސީ ގައި ބްރިޖް އެޅުމުގެ އެއްވެސް ތަޖްރިބާ އެއް އިންޑިއާ އަކު ނުހުންނާނެއޭ މިކަން ދަންނަން ޖެހޭނެއޭ ސަރުކާރުން ރައީސް އޮފީސް ސްޕެޝަލީ ރައީސް އިބޫ މިކަން ދަންނަން ޖެހޭނެއޭ މިއުޅެނީ އެއީ ކަޓް ކާންވެގެންނޭ މަޖްލީހުގެ ރައީސް ކޮށިއަރައިގަނެގެން އުޅެނީ ރައީސް އިބޫ ދަންނާތި މިކަން ވަރަށް ރަނގަޅަށް...

 63. ނުޖެހޭނެއޭ

  ރައީސް އިބޫ ވިދާޅުވަމުން ގެންދަނީ އެއީ ރައީސް އިބޫގެ ސަރުކާރުން ގެންގުޅޭނީ ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ކަަމަށް އެކަމަކު ކެނެރީގެ ނަޝީދުގެ ފަރާތުން ފެންނަނީ ވަކި ފަރާތަކަށް ޖެހި ހުސްވެ އޮވެގެން އަދި އެވަރުން ނުވެގެން ރާއްޖެ އަށް އެންމެ ޖެނުއިން ކޮށް ވޭތުވެ ދިޔަ 30 އަހަރު އެހީވެފައިވާ ގައުމު ކަމަށް ވާ ޗައިނާ އާއި ރާއްޖޭގެ ސަރުކާރާއި އަދި ރައްޔިތުން ޖެހޭ ގޮތަށް އަމަލު ކުރަމުން ގެންދާ ތަނޭ މިކަން ކަން މީ ރައީސް އޮފީހުން ދޫކޮށްލަން ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ...

 64. އަވައްޓެރި

  ނަސީދު ވެއްޖެ މިހާރު ބޮލުގެ ހާއްސަ ޑޮކްޓަރަކައް ދެއްކޭތޯ ބަލަން

 65. ކޮރަޕްޝަނޭ

  ޗައިނާ އާއި ކެނެރީގެ ނަޝީދު ނެކް ޓު ނެކް ޖެއްސުން ހައިރާން ކަން ލިބިގެން ނުދެއޭ އެއީ އެމްޑީޕީގެ މެނިފެސްޓޯގެ 19 ވަނަ ސޮފްހާގައި ބަޔާން ކުރަނީ ސަރުކާރުން ޓެކްސް ޕޭޔަރ މަނީން ޚަރަދު ކޮށްގެން ހިންގާ ހުރިހާ ޕްރޮޖެކްޓްްސް ތަކެއް ދޭނީ ދިވެހި އަމިއްލަ ނޫނީ ސަރުކާރުގެ ކުންފުނި ތަކަށް ކަމަށް އެކަމަކު ޕްލޭނިންގް މިނިސްޓަރު މެން މޭޒު ދަށުން ދަމާ ކުޅެގެން އިންޑިއާގެ އެމްއެމްއެކްސްޕޯޓަށް ފެންޕްލާންޓް ސަޕްލައި ކުރަން ދެނީ އެއީ ފުށް ސަޕްލައި ކުރާ މީހުންނޭ އެމެންނަށް ކިހިނެއްތޭ ރަށްރަށުގައި ފެނުގެ ނިޒާމް ގާއިމް ކުރަން ކޮލިފައިވާނީ ވާނެ އެއްގޮތެއް ވެސް ބުއްދީގެ ހަމަ ތަކުން ނުފެނެއޭ މީ ސީދާ ކެނެރީގެ ނަޝީދު އަށާއި ޕްލޭނިންގް މިނިސްޓަރު އަސްލަންޓޭ މެންނަށް ބައިއަޅާ ގޮތަށް އިންޑިއާގެ އެމްއެމް އެކްސްޕޯރޓާއި ގުޅިގެން ކުރާ އޮރިޔާން ވައްކަން ތައް ކަން މަމެންނަށް ރީއްޗަށް އެގިގެން ދެއޭ...

 66. ޢަދުރޭ

  ވަރަށްސާފު ކޮށް އިޢުތިރާފްވީނު ރައްޔިތުންނަށް އޮޅުވާލިކަން !! ބުއްފުޅި ދޮހޮއްތު އަށް އެނގޭތަ އެއްވެސް އިރެއްގަ އެއްވެސް ޤަވުމަކުން ސޮވެރިން ގެރެންޓީއަށް ދަރަނި ކިއާފައެއް ނެތް. އެހެނެއް ނޫން މަނިކުފާނަށް ބުނެވިދާނެ އަހަރެން އަންހެނުން ކިއަނީ އަހަރެންގެ މައިދައިތަ އަށޭވެސް . އެކަމަކު ދަންނަވަންތޯ އެއްވެސް ބަޔަކު އަނބިމީހާ އަކީ މައިދައިތަ ކަމުގަ ބަލައެއް ނޫނެ . ހަމަ އެ އުސޫލުން ސޮވެރިން ގެރެންޓީ އަކީވެސް ދަރަނި ކަމުގަ ބަލައެއް ނޫޅެ .

 67. ކަނޑުކޮހެކޭ

  ކެނެރީގެ ނަޝީދު ޗައިނާ ބްލޭމް ކޮށް އަދި އިންޑިއާ ރަނގަޅު ކޮށްފައި ވާހަކަ ދައްކާ އިރު އޭނާ ލޯންއޭ ކިޔައިގެން ދައްކާ ވާހަކަ އޮޅުން ފިލާނެ ދިވެހި ރައްޔިތެއް މިގައުމު ގައި ނެތޭ އެއްވެސް ގައުމެއް އަދި އެއްވެސް ޕްރައިވެޓް ކުންފުންނެއް ވެސް ކުރި އަރާފައި ނެތޭ ބޭންކް އިން ލޯން ނުނަގާ މީ އިކޮނޮމިކް ނޯރމްސް ތަކުގެ ހަގީގަތަކީ ވޯލްޑް ބޭންކް އިން މިގައުމަށް ދިން ލޯނަކުން މިހާތަނަށް ގައުމަށް ކުރި ފައިދާ އެއް ނެތޭ އެމެންގެ ލޯން އިން ރާ ވަންދޫގައި ހަދާ ކުނިކޮށި ނުނިމޭނެއޭ އަދި ވެސް ކުރިއަށް އޮތް 10 އަހަރު ފަހުން ވެސް އެކަމަކު އެލޯން ވެސް އެދަނީ ދައްކަމުންނޭ ތަނުގެ ބޭނުން އަދިވެސް ނުކުރެވެއޭ ދެން އެކަމަކު ޗައިނާ އިން ދިން ލޯންގެ ފައިދާ ދަނީ ބޭނުން ކުރަމުންނޭ ދިވެހި ރައްޔިތުން މިވަރު ނޭގޭ ކަނޑުކޮހެކޭ ކެނެރީގެ ނަޝީދަކީ...

 68. ނެތީމޭ

  މާފުއްޓަކީ އެއީ މާލެ އަތޮޅު މާލޭގެ ބަޔެއް ކަން މިހެން ހުރުމުން މާފުށި އެންމެން މާފުށިން ބާލާ މާލެ ސަރަހައްދަށް އަޅާލާ މާފުށިން މީހުން ހުސްކޮށް އޭގެ ފަހުގައި މާފުށި ހިއްކާ މާފުށިން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ކޮންމެ ކުންފުންނަކަށް 10 ހާސް އަކަފޫޓްގެ ބިމެއް އަކަފޫޓަކަށް މަހަކު 1 ލާރި ސަރުކާރަށް ދައްކާ ގޮތަށް ހަދާ މިކަން މިމަގުން ކުރުމުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ފައިދާ އެއް ކުރާނެއޭ މީއޭ އިކޮނޮމިކް ނޯރމްސް ތަކަކީ މިމަގުން މިކަން ކުރުމަށް މަމެން ސަރުކާރަށް ގޮވާލަމޭ ބުނަން މަމެން ނެތީމޭ....

 69. ކްލޯސްޑް

  މާފުށީގައި ސިއްޚީ ޚިދްމަތް ގާއިމް ކޮށްގެން ސަރުކާރަށް ފައިސާގެ ގޮތުން ދެކޮޅު ނުޖެއްސޭނެއޭ އަދި ދަ ރާއްޖެތެރޭގައި ތިބޭ އެއް ހިއްސު މަދު މީހުން ތަކެއް އެއްވެލާ ސިއްޚީ ނިޒާމް ގާއިމް ކޮށްދޭށޭ ބުނިނަމަވެސް މަމެން މާލެ ސަރަހައްދުގެ ޓެކްސް ޕޭޔަރ ސަރުކާރަށް ދޭ ޓެކްސް ފައިސާ އިން އެންމެ ރުފިޔާ އެއްވެސް މާފުއްޓަށް އެއްވެސް ކަމަކަށް ޚަރަދުކޮށް ގެން ނުވާނެއޭ މަމެން މިއަދުން މިއަދަށް މިއަންގަނީ ސަރުކާރަށް މާފުށީގައި މީހުން ތިބި އަދަދު ބަލާ އެއިން ކޮންމެ މީހަކަށް ހުޅުމާލޭން 2 ހާސް އަކަފޫޓްގެ ގޯއްޗެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ކުއްޔެއްގެ ގޮތުގައި 1000 އަހަރު ވަން ދެން ދައްކާ ގޮތަށް ހަދާ އެއަށް ފަހު މާފުށި ފަޅުކުރުމުގެ ކަންކަން ރޭވިފައިވާ ސްޓްރެޓެޖީއެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މާލެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށް ތަކުގެ ތެެރެއިން މާލެ ސަރަހައްދު ފިޔަވައި ދެން ހުރި ރަށް ތައް ޖެހޭނެ ފަޅު ވާން 2030 އައުމުގެ ކުރިން މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް...

 70. ހޭބަލިވާ

  މިރާއްޖޭގެ މަޖްލީހުން ސްޕެޝަލީ މަޖްލީހުގެ ރައީސް ސަރުކާރުން ކުރަން ޖެހޭ ކަންކަމުގެ ތެރެއަށް ބޭނިގަނެން އެކަން ކަން ގޯހުން ގޯހަށް ގެންގޮސް ދުނިޔޭގެ ބާރުގަދަ ގައުމު ތައް ކަމަށްވާ ޗައިނާ އާއި ރާއްޖެ އާއި ޖެހޭ ގޮތަށް ވާހަކަ ދައްކަމުންދާތީވެ މީ ރާއްޖޭގެ އިގްތިސާދަށް އޭގެ ސަބަބުން ވަރަށް ބޮޑު ލޮޅުމެއް އައިސް ގެއްލުން ވެދާނެ ކަމެކޭ ޗައިނާ އަކީ އެއީ އދ. ގެ ސެކިއުރިޓީ ކައުންސިލް ޕާރމެނެންޓް މެމްބަރެކޭ އިންޑިއާ ނޫނޭ ނުވެއޭ ނުވެސް ވާނެއޭ ދެން ވާނީ ޖަޕާނޭ ކެނެރީގެ ނަޝީދުގެ ގްލޯބަލް ޕޮލިޓިކްސްގެ އެކްސްޕީރިއެންސް ނެތުމުން އޭނާ ހޭދެބައިވަނީއޭ އޭނާ ހޭދެބައި ވީނަމަވެސް ރައީސް އޮފީސް ނުޖެހެއޭ ހޭދެބައިވާން އެއީއޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ...

 71. ބޯދާ

  ދިސް އިޒް ގެޓިންގ އަގްލީ. ނަޝީދު ޝުޑް ސްޓޮޕް. ބައިނަލްއަގްވާމީ ދުނިޔޭގެ ކުރިމަތީގައި އަހަރެމެން މިހާރުވެސް ޖޯކަކަށް ވެއްޖެ.

 72. އެދުރު

  ދޮގު ހެދުމުގެ ރޮގުން ހިތްވަރު ދިނުމުގެ އިނާމު އަލެކް ނަޝީދަށް ދޭންޖެހޭ ، ލަދުކުޑަ މީހެއް

 73. އިހުސާނާ

  އަޅެފަހެ ނަސީދު އެ ފާޑަށް އުޅުން ހުއްޓާނީ ކޮން ދުވަހަކުންތަ؟ މި މީހާ މި އުޅެނީ މިހާރު އިނބޫ ސޯލިހުގެ ޕޮނޕިޔުލޭރިޓީ މަތިވާތީ، ސެންޓަރ އޮފް އެޓެންސަން ހޯނދަން ކަމަށް ބެލެވެނީ! އަސްލު ހަޤީޤތުގަ ދިވެހިންގެ ގިނަ ބަޔެއް މިހާރު އިނބޫ ސޯލިހް ދެކެ ނިކަން ލައިކް ވޭ! މިކަންތައްގަނޑު ހަނޖަމް ނުކުރެވިގެންހެން ހީވަނީ ނަސީދު މި އުޅެނީ ދެ ފައި އެއްތާ ނުޖަހާ ކޮށިއަރައިގެން ޓުވީޓު ކޮށްކޮށްފަ! މިހާރު މަޖްލީހުގެ ރައީސާ ކޮންމެހެނަކުން ބެހޭ ކަމެއް ނޫން ދޯ ރާއްޖޭގެ ދަރަނީގެ މައްސަލައަކީ! އަދިވެސް ނަސީދަށް ހީވަނީ ކަންނޭނގެ ޤައުމުގެ ރައީސަކީ އޭނަޔޭ!

 74. އާމިނަތު

  މޮޔަ ކުއްޖަކު ތަނެއްގެ ވެރިޔަކަށް ލިމާ ވާންހުރިގޮތް އެެއްނަނީ ނޭންގޭތަ ހުވަފެނުންވެސް ެއްނާނެކަމަށް އެލެކްސް ގަބޫލު ނުކުރިބޮޑެތިކަންތަށް ތަކެއް ރާއްޖޭގައި ކޮއްފަހުރިތަނެއް

 75. ހަކި

  ކޮބާ މޮޔަކުއްޖާ؟ ގުރައިދުއަށްލާ ގިނަވާހަކަ ނުދައްކާ

 76. ހަނދާންވަނީ

  ކުރީގެ ވެރިކަމުގެ ޙާއިނުންނާ އެކުވެގެން ޤައުމު ދަރުވާލުމަކީ ހަން ފެތުރުމުގެ އެއްމެފަހުގެ ހީލަތް!