ކުރީގެ ސަަރުކާރު ތަކުން ނެގީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ސިޔާސީ ނާޖައިޒު ފައިދާ ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ އަގު ވަޒަންކުރުމާއި، އެކަމަށް ހިތްވަރުދިނުމުގެ ގޮތުން ދޭ "ރިވެލި އެވޯޑު" ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިދާތާ ވިދާޅުވީ ހާއްސަ އެހީ އަަށް ބޭނުންވާ މީހުންގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރާ ކަމަށާއި ފާއިތުވެދިޔަ އަހަރު ތަކުގެ ތެރޭގައި ރާއްޖޭގައި ކުރިއަށް ދިޔަ އުމުރާނީ ގިނަ މަޝްރޫތަކެއްގައި ކުރިއަށް ގެންދިޔައީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ކުޑަ ކުދިން މުޖުތަމައުގައި އުޅޭކަން ރިއާޔަތް ނުކޮށް ކަމަށެވެ.

"ކުރީގެ ސަރުކާރު ތަކުން ނެގީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ސިޔާސީ ނާޖައިޒު ފައިދާ, މިދިޔަ އަހަރު ތަކުގައި އާންމު ތަންތަނުގައި ހިދުމަތް ބިނާ ކުރުމުގައި އެފަދަ ފަރާތްތަކަށް އިސްކަން ދީފައެއް ނުވޭ " ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ މިއަދު އެވޯޑްތައް ހާސިލް ކުރި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތައް އެ އެވޯޑްތައް ހޯދީ ނުހަނު ގިނަ ގުނަ މަސައްކަތް ކޮށް ރަނގަޅަށް ހުންނަ މީހާ އަށް ވުރެ އެތަށް ގިނަ ގުނަ ގުރުބާނީ ތަކެއް ވެގެން ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބައަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މި އެވޯޑް ދިނުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ޞާލިހު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރު ރިވެލި އެވޯޑު ދީފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެތެރޭގައި، ރާއްޖެއަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތައުިލީމު ފޯރުކޮށްދިނުމުގެ ދާއިރާއާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކާއި ފަންނީ ދާއިރާއާއި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއާއި ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ދާއިރާއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ގޮތުން ހަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ހިދުމަތުގެ ފަރާތްތަކަށެވެެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރަސީ

    ކަމަނާ ތިއަޅުއްވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ބޮލުގަ ބެޑްޝީޓް. ލަދެއްނުގަނޭދޯ

    17
  2. މަގުމަތި

    ހާދަ ފޫއްސެއްކަރުވައޭ.ބޮޑުއަނގައެއް

    17
  3. ޖކޖފުމާ

    ކަލޭމެން ވެރިކަމަށް އައީ، އިންކްއަރީ ކޮމިޝަނެއްގެ ނަމުގައިތަ؟ ބަލަ ކޮޔާ، ކަލޭ ކިޔަންވީ، ކަލެއަށް ކޮށްދެވޭނެ ކަމަކާއި، މިސަރުކާރުން ތި ކިޔާ ނުކުޅެދޭ ކުދިންނަށް ފޯރުވައިދޭނެ ފަސޭހަތަކޭ. ކުރިން ކަންކުރިގޮތް އެއީ މާޒީ. މީހަކު ނުކިޔެއްކަމަކު އަހަރެމެންނަށް އެނގިފައޮތީ. މިހާރު ކުންފުނިތަކުގަ މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި އެތިބީ ހާއްޞަ އެހީއަށް ބޭނުންވާ ކުދިން. އެކުދިންނަށް ވަޒީފާ ހަމަޖައްސައިދިނީ ކޮންސަރުކާރަކުން. އެކުދިންނަށް ފައިސާގެ އެހީދިނީ ކޮންސަރުކާރަކުން. އަނގަޗޭކޮށްފަ ހަޅޭނެއްކަމަކު ކަމަކުނުދާނެ.

    20
  4. އެސްމާ

    ތިވެސް ކުރީގަ ސަރުކާރުގައި އުޅެފަ ކޯމާއެއްގަ އޮވެފަ ހޭރި މީހެކޭ،،އެހެންވެ ހާދާންނެތިގެން ތި އުޅެނީ..ވަރައްސަލާމް..

    22
  5. ރަޝީދު

    ސިދާތާ ކަލެއަކީ ވ ހަޔާތްކުޑަ އަންހެނެއް ކަލޭ ތިޔަމަގާމަށް ކުފޫހަމައެއްނޫން އިސްތިއުފާ ދީފަ ރައްކާވޭ

    22
  6. ސިދާތާ ބެޑްސީޓް

    މިމީހުންނަށް ކަންތައް ނުވާކަން ބުނަންފެށީމާ މިހާރު މިއޮށްނަނީ ހުރިހާކެމެއްވެސް ކުރީ ސަރުކާރު ބޮލަށް ޖެހުން ދޯ

    19
  7. ހުސޭނުބޭ

    މަންޖޭ! މިނިސްޓަރުކަން ލިބުނޭ ކިޔާފައި ދެފައި ބިމުގައިނުޖެހި އުޅޭއިރު ދެލޮލަށް ތިހުރީ ހުދުފޮނު އަރާފައިތަ؟ ނިކަން ދެލޯ ފުހެލައި ބަލާލަބަލަ! ޔާމީނު ސަރުކާރުގައި ނުކުޅެދުންތެރިކަން ހުންނަ ކިތައްކިތައް މީހުންނަށް ވަޒީފާ ހަމަޖައްސާދިން! މިހާރުވެ އެމީހުންގެ ފަޒީގައިތާ ތިބިތަން ފެންނާނެ! ތިޔަށްވުރެ މާ ތާހިރުވީސް ތިމާއަށް ކަމެއްނުވާކަން ޤަބޫލުކޮށް އިސްތިޢުފާ ދީފައި ގޭގައި އޮތްނަމަ!

    21
  8. އިކްލީލް

    އެއްކަލަ ހިނގާދިޔަ ކަންތައްތައް އޮއްބާލަން ނޫޅޭ!

    18
  9. ބާއީ

    ޝިދާތާ ... ސުވާލެއް ކޮއްލަންތަ؟ ނުކުޅެދުންތެރި ކަމަކީ ކޮބައިތަ؟ 1 ކިޑުނީ ނެއް މީހަކު ވާނެތަ ނުކުޅެދޭ ފަރާތަކައް؟

    13
  10. ކަމަނަ

    މިއީ ހާދަ ދޮގުހަދާ މީހެކޭ. ކުރިން ހެދި ދޮގުތަކުގެ ސަބަބުން އިހަކަށް ދުވަހު އެވީ ބޮޑު ފަލީހަތް ހަނދާންނެތިގެން އަނެއްކާ ދޮގުތަކެއް ހަދައިފި. ދެން މީނާއަށް ލައިގަންނަ ކަންތައް އެ ކުއްޖާގެ މައްސަލައަށްވުރެ ބޮޑުވާނެހެން ހީވޭ.

    11
  11. ގޫޅާބޯ

    ސިދާތާ ތީބޮޑު ގޭހެއް

  12. ސަންތިމަރިޔަބު

    "ކުރީގެ ސަރުކާރު ތަކުން ނެގީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ސިޔާސީ ނާޖައިޒު ފައިދާ, ކަމަށް ކަލޭބުނާއިރު އެފާއިދާގެ އެއްހިއްސާދާރު ކަލެއަކީ އަދި މަގާމަކާއި ހަވާލުވެހުރެ ކުޑަކުއްޖަކަށް އަނިޔާތަކެއް ލިބެމުންގޮސް މަރުވިއިރު ވެސް ހަމަކަލޭ ދޫސަލާމަތުން އޮތިއްޔާ ކިއިދާނެ ކޮންމެ ފަދައެއްޗެކޭވެސް ހަމަ ހިނިއަންނަނީ

  13. މުހައްމަދު

    އޮހޯތް މިއޮއްކަމެއް އަނގަތައްމިނައްހުޅުވާލީ އުތަ ކޮބާތޯ ކަމަނާގެ ސިޔާސީކުޅިގަނޑު ބަލަގަ ތިމާކޮންމެ ސަރުކާރެއްގަ ހުއްޓަސް ޚިދުމަތްކުރަންޖެހެނީ ހަމަ ގައުމަށް ރަށްޔިތުން ނަކަށް ނޫންތަ ވީއިރު އެކަން ކުރުމަށް ޖެހޭ ކޮންމެފަހަރަކު ކޮންމެސްތަނަކަށްވަދެ ފިލާއޮވެފަ މީހުން ތަންކޮޅެއް މައިތިރި ވީމަ ނިކުމޮ ކޮންމެސް ދޮގުހާސަރުތަކެއް ތިޔަ ދަމާލައްވަނީ ކީކޭ ހިއްތަވައިގެންތޯ ތިމާޔަށް ކަމެއް ކޮށްނުދެވުނީމަ ކުރިން ކޮށްފަހުރި ކަންކަމަށް ހިފާދަމަނީ ކަމަނާގެ ނާގާބިލްކަމުން ކުރީގެ ސަރުކާރު ހުރިހާކަމެއް ގޯސްކޮށް ކޮށްގެންނޫންތޯ ކަމަނާ މިހާރުތިޔަބޮޑު މުސާރަ ނަންގަވަނީ ވީމާ ބޭކާރު ވާހަކަ ނުދައްކަވާ ތިޔަހުރި ގާބިލްކަމާ ފަތަރާސީކަމުން ރައްޔިތުންނަށް މިހާތަން ނުލިބޭފަދަ މޮޅު ޚިދުމަތެއްދެއްވަ ބައްލަވާ އިތުރަށް ފަޟީހަތްނުވެ ހެހެހެހޭ