ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުވާން އެންގީ ޝަރީއަތުގެ އަޑު އެހުމަކަށް ނޫން ކަމަށާއި އެމަނިކުފާނު ކޯޓަށް ހާޒިރުވުމަށް އެންގީ އިދާރީ ބޭނުމަކަށް ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.

ޔާމީން ކޯޓަށް ހާޒިރު ކުރަނީ އިދާރީ ބޭނުމަކަށް ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވީ އެމަނިކުފާނުގެ ޝަރީޢަތުގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓް ކުރަން ދިއުމުންނެވެ. ޔާމީން ކޯޓަށް ހާޒިރު ކުރަނީ އިދާދީ ބޭނުމަކަށް ކަމަށް ކޯޓުން ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައިވާ ކޯޓުގެ ޝެޑިއުލްގައި ވާގޮތުން ޔާމީންގެ މައްސަލައިގެ ޝަރީޢަތް 11:30 ގައި އެބައޮތެވެ.

ކުރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އެންމެ ފަހުން މައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުން ނިންމާލީ ދައުލަތައް ދައުވާ ސާފުކޮށް ނުދެވުމުން ދެން އޮންނަ އަޑުއެހުމެއްގައި ދައުވާ ސާފު ކޮށްދިނުމަށް ފުރުސަތު ދިނުމަށެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެވެ. މައްސަލައިގެ ޝަރީޢަތް ފަށާނީ މިއީ ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ މަދަނީ މިންގަނޑުތަކުން ބެލުމަށް ފަހު އެވެ.

ޔާމީންގެ މައްޗަށް މިދައުވާ އުފުލާފައި ވަނީ އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ފފފ

  ޕީޖީއަށް އެކަށީގެންވާ ވަރަށް ހެކި އަދިވެސް ނުލިބެނީތަ؟ ބަލަ ޕީޖީކުދިން، އޭސީސީއަށް ވާ ޝައްކު ލަކުޑިން ހަދައިގެން އެ ހިފައިގެން ކޯޓަށް ދޭބަލަ. އޭރާ އޮންނާނެ ލަކުޑީގެ ޝައްކެއް ހެތްކެއްގެ ގޮތުގައި ހުށަހަޅަން ލިބިފަ.

  41
 2. އާޒިމާގެ ދައްތަ

  ބްރޯ ކައިފައިވަނީ، މމޕރސ ގެ ފައިސާގެ 99.99 ޕަސެންޓް. ރައީސް ޔާމީން އެކައުންޓަށް ވެސް ބްރޯގެ އައުވާނުން ފައިސާ ޖަމާކުރީ. ބްރޯއާޢި، އައުވާނުން ސާފު. އެކަމަކު އަމިއްލައަށް އެފައިސާގައި ޖެހުނުކަމުގެ އެއްވެސް ހެތްކެއްނެތް މީހެއްގެ މައްޗަށް ދައުވާ އުފުލައިގެން މިތެޅިނަގަނީ. ބުއްދިވެރިން ހީހީ ހަލާކުވާވަރުގެ ކަންކަން މިސަރުކާރުން ކުރަމުން ިގެންދަނީ.

  57
 3. ހަބީބީ

  ދެންތިކަލޭގެ ގެންދާއިރުވެސް ގެންދާނީ ބިޑިނާޅުވާދޯ! ކިހާބޮޑުވެއްޖެކަމެއްމީ! އެހެންޤަޢުމުތަކުގަވެސް ޚާއިނުން އެއްތަނުން އަނެއްތަނައް އުފުލާއިރު ގެންދަނީ ބިޑިއާ ކަސްތޮޅު އަޅުވައިގެން.

  2
  57
  • Anonymous

   މަޖިލީހުގެ ރައީސަކަށް ހުންނާނެ ބިޑިއަޅުވައިގެން ގެންދަންޖެހޭ ކޮހެއް، ޔާމީން އަކީ އެކަހަލަ ކޮސްބަރަޅި މީހެއްނޫން.

   20
   1
  • ހަބީބާ

   ފުރަތަކަ ކަމަކަށް ތިކަލޭގެ އަދަބު އަޙުލާގު ދަސްކުރޭ. ކަލޭ ރޔާމީން ނިކަމެތިކުރަން ކަލޭގެ ކިޔަސް ޔާމީނަކީ މިގައުމުގެ ވެރިކަންކޮއްފަހުރި މީހެއް. އަދަބު އިހްތިރާމް ދަސްކުރޭ. ރޔާމީންގެމައްޗަށް ކުށެ ސާބިތެނުވޭ އަދި. ތުހުމަތު ކުރެވޭ އިބުރާހިމް ރައީސަށްވެސް. ރނަޝީދަށްވެސް. ތުހުމަތީ ކުއްވެރިވުމެނޫން. ގާޒީއަކު ވަގަށްނެގިމީހެ ރނަޝީދަކީ އެހުރީ ދޫކޮއްފަ. އަދީބަކީ މމޕރސގެ ފައިސާއަށް އިހުމާލުވިމީހާ. ހަވާލުވެހުރި ޒިޔަތު ގޭގައޮތީ. މމޕރސ ގެ ފައިސާ ކައިފަތިބި ބޮޑެތި ވަގުން އެތިބީ މޑޕގެމީހުން. ފަހަތުން ދުވެބަލަ ކަލޭ..

   40
   1
   • ދާސް

    ޔާމީނަކީ އަމިއްލަ ޢިއުތިރާފުން ވައްކަންކުރިކަމަށް އެއްބަސްވެފަވާ ވަގެއް.

    1
    21
    • Anonymous

     ކޮންތާކު؟ އަދިވެސް ދޮގުހަދާ.

     9
     1
 4. ލުކް

  ކޮބާތަ، މީހަކު 25 އަހަރުގެ ޖަލުހުކުމުން ބަރީއަވާންވެގެން ރިޔާސީ ކޮމިޝަނަށްދިން ބަޔާން. އެއީ ތާކުންތާކު ނުވާއެއްޗެއްކަން މިއަދުތަ އެނގުނީ؟ ހިތުން މާމޮޅު ހެތްކެކޯ އެއީ. ހަސަދަވެރި ނުބައިނުލަފާ ބަޔަކު މިސަރުކާރުގައި މިތިބީ. ﷲ ގެ ރަހުމަތުން މިގައުމު މިނުލަފާ ބައިގަނޑުގެ ކިބައިން ސަލާމަތްކޮށްދެއްވާ ފާނދޭވެ. އަދި، 2012 ފެބްރުއަރީ 7 ގައި ވެރިކަން ނިމިދިޔަ ގޮތަށްވުރެވެސް ހިތާމަވެރިގޮތަކަށް މިވެރިކަން ނިންމަވާނދޭވެ. އާމީން.

  59
  1
 5. Anonymous

  ރައީސް ޔާމީން ދެކިލުންބާ އިދާރީ ބޭނުމަކީ؟ ދައްކާނެ ވާހަކައެއްނެތިއްޔާ ބުނެބަލަ، ގަޅިކަމުންނޭ ޗިޓް ފޮނުވުނީވެސް.

  53
  1
 6. ލކޖފހފ

  ޝަރީޢަތް ކުރަން ކޮޔާ ބޭނުންވާނެ، ޝަރީޢަތަށް ހުށަހަޅާނެ ހެކި. ޕީޖީން ކޯޓަށް ނުދެވޭނެކަމަށް އެންގީމަވެސް، ގަންނާކުރައްވާ ބިރުން ކެންސަލް ކުރީއޭ ބުނަން ޖެހިލުންވީ.

  44
 7. ޙަހަހަހ

  އެއީ ހައްޔަރު ކުރަން އަމުރު ނެރެންވެގެން. ބުނެގެން އަމުރު މިހާރު ދަނީ ރެޑީ ކުރަމުން.

  4
  6
 8. ވގ

  އަދިވިސް ތުހުމަތްތަކުރެވެނީ ކިހާވަރެއްކޮއްލީމަބާ ކުރިކަމައް މިވަނީ

  10
  • ރުއްގަސް

   13އަހަރުގެ ޖަލުހުކުމް ފިލި ނަޝީދުކުރެން އަހާލަން ޖެހޭނީ. ގާޒީ ވަގަށްނެގީ ތިމަންނާކަމުގަ ބައިނަލްއަގުވާމީ މީޑިޔާގަބުނެފަ އަދި 100ފޫޓަށްވެސް ކޯޓާކައިރި ނުވެވޭނެކަމަށްބުނެ އިންޒާރުދީފަ އަމިއްލަ އިއުތިރާފުން ގާޒީ ވަގަށްނެގިކަ އިއުތިރާފުވެފަ ކުށެނެތްކަމަށް ސާފުވެގެން މަޖުލިހުގެ ރިޔާސަތުގަ އޭނީ ޓެރަރިސްޓެ. އޭނަގެ ފަހަތުންދުވެބަލަ.

 9. ވގ

  ކޮބާތޯ އަބިކަބުލޭގެ ކަދުފައުންޑެސަން މިހާރުނެތް ވެރިކަން ގެއްލުނީމަ އެކަންވެސް ނިމުނީދޯ އާ އެހެންނުވާ ބޮޗެ މުބީން ރޮކެޓް ޑީޑީ މިހިންގޮސްކިޔާނެކަމެއްނެތް މިކަހަލަ ކިތައްމެބަޔަކު މެޓާ ބަންދުކުރަން ގެންގުޅުނު މިއެންމެން ގެއްލިއްޖެ ވެރިކަމާއެކު

  12
 10. Anonymous

  އިންޑިޔާ މީހުނަށް ވަޒީފާތަކަށް ނާދެވޭގޮތް ހެދީމަ، އެކަމުގެ ބަދަލު ހިފުމަށް އިންޑިޔާގެ އެދުމުގެ މަތިން ރައީސް ޔާމީނަށް އަނިޔާއެއް ދިނުމުގެ ބޭނުމުގައި މިސަރުކާރުން ހިންގާ ޖަރީމާތަށް މިހުންނަނީ. އިންޝާﷲ މިސަރުކާރު ނިކަން ނިކަމެތިގޮތަކަށް ނިމިގެންދާށި. އާމީން.

  34
  1
 11. މަރި

  ބަލަ އެމަނިކު ކޮއްފަ ހުރި ގައުމަށްފައިދާވާކަމެއްގެ ވާހަކަ ނުދައްކާ އަބަދުވެސް މީހުންގެ ކުއް. ބަލަ ﷲޖަޒާ ދެއްވާ ދުވަހުވެސް އިންސާނުން ކޮއްފައިވާ ދެކަންތަކައްވެސް ހައްގު ޖަޒާ ދެއްވާނެ

  26
 12. މޫސާފުޅު

  އަހަރެމެންނަށް ފެންނަންހުރި ރިޕޯޓްތަކަކީ، އޮޑިޓް ރިޕޯޓްތަކެއް. އޭގެން އެނގޭ، 2009 އިން 2012 އަށް ދައުލަތް ދަވާލިކަން. ޔޫތު މިނިސްޓްރީން 556 މިލިއަން، އިކޮނޮމިކްސް މިނިސްޓރީން 313 މިލިއަން. އެޑިޔުކޭޝަނުން، 714 މިލިއަން. މިހުރީ މިއަދުވެސް، އޮޑިޓް އޮފީސް ވެބްސައިޓުތަކުގައި ހުރި މަޢުލޫމާތު. ކީއްވެބާ އެވެރިން ދައުވާކުރުމެއްނެތި ޖަލަށް ނުލަނީ؟ އިންސާފަކީ ވަކި މީހަކުވީމަ ހަނދަމަން އޮންނައެއްޗެއްތަ؟

  32
 13. ނަވާރަ

  މީހާދަގަމާރު ބަޔެކޭ ކިތަންމެވަރަކައް ރައީސްޔާމީންޖަލައްލާން ބޭނުންވިޔަސް އެކަމެއްބޭނުންހާގޮތަކައް ނުކުރެވޭނެ ކިތަންމެރުޅިއައިސްގެން ހިތައްއެރިކޮންމެއެއްޗެއްކިޔަސް އެއީމިދިވެހިރާއްޖޭގަ މަލްޓިޕާޓީ ޑިމޮކުރަސީއުފެދުނުފަހުން ޤާނޫނުއަސާސީގަބުނާ ރައީސްކަމުގެ ފަސްއަނހަރުގެ ދަވްރު ފުރިހަމަކުރިރައީސް ދެން ލަލަލާ

  15
 14. އޭނާ

  ޔާމީނަކީ ހުދު ކާފޫރު ނޫންކަން މި ދިވެހި ގައުމުގެ ކުދިބޮޑު އެންމެން ހެކިވާނެ. ހެހެ. ބަޔަކު އޭނަ ހުދު ކާފޫރަށް ހަދަން އުޅުނަސް

  14
  • Anonymous

   އެހެންތަ. މައުމޫނާ ނަޝީދާ ސިހުރު ބޮނޑިބަތް ކެވިގެން އުޅޭ ބަޔަކީ މިގައުމުގެ ކުދިބޮޑު އެންމެން ދޯ

  • ހިޔަޅުގެ ވެރިކަން

   ހުދު ކާފޫރު ހުދު ބޯކިރަށްނުވެ ކާކު ހުދުވާނީ. މމޕރސ ގެ ފައިސާ ހަކުރާ ޖަހައިގެން ކައިގެންތިބި މޑޕ ބޮޑުންތަ؟އަދީބުތަ؟ޒިޔަތު ތަ؟އެސްއޯއެފްގެ ބޮޑުންތަ؟މޑޕ އެކްޓްވިސްޓުންތަ؟ޔާމީން ފަހަތުން ނުދުވެ ފައިސާ ފަހަތުން ދުވާނަމަ މަޖުލުހުގަތިބި މޑޕ ވަގުން ހައްޔަރުކުރޭ. އަދީބާ ޒިޔަތާ އެސްއޯއެފް ކުފުނީގެ ވެރިން ހައްޔަރުކުރޭ.. ރއިބުރާހިމު ހައްޔަރުކުރޭ. ކޯންޗެ ހަދަންތިއުޅެނީ މިއީ ވާރުތައަށް ދރމިގެންދާގޮތަށް ލިބިފައޮތް ވެރިކަމެނޫން. މޮޔަވަނީ މޑޕމީހުން. ހަދާންކުރޭ މާދަމާ މިއީ އޮތް ދުވަހެއްކަން.

  • ރައްޔިތު

   ކާކުތަ ބުނީ ރައީސް ޔާމިނަކީ ހުދު ކާފޫރެކޭ؟ ޔާމީނަކީ ރައީސެއް. ހުރިހާ ރައީސުންނަކީވެސް ކޮންމެވެސް ހިސާބަކުން ކުށެއް ކޮށްފައިވާ ބައެއް. ޔާމީނު ކޮށްފައިފާ ކުށްތަކާ މިހާރު ރައީސްކަމަށް ހުރި އިބޫ ސޯލިހް އަޅާ ކިޔާއިރު ބުނެވިދާނެ ޔާމީންގެ ކުށްތަކޭ މަދުވާނީ.

 15. ާަަަަަެެެޮޮިުއަފީ

  މަމީދިވެހިބިމައްއުފަންދިވެހިލޭހިގާދިވެހިންފަހުރު
  ވެރިވާތިންކުލަޔަކައްނިސްބަތްވާދިވެހިދަރިއެއް
  ވީމާތިބާޢީސަރުކާރަކާއަހަރުމެންނަކާނުކުޅެވޭނެކަ
  ންހަދުމަފުޅުކޮއްލާ ދިވެހިބިމައްއުފަންއައްހެނެއްގެހައިސިޔަތުން
  ބުނެލަންބޭނުންވަނީއަހަރުމެންގެތަރައްގީގެބާ
  ނީއާކުޅެންނަހަދައްޗޭތިއުކަނީކުޅަދުރުހަތަޔަތް
  އޮގާކަންދައްނާތިމީވަރައްގިނަވާހަކަ ވިސްނަވާ
  ނެކަމައްހަދުމަފުޅުކޮއްއަރުވަން އަހަރުމެންމިތިބެނީ
  ތިބާޢީކުރާކަންތައްތައްއެއްކުރަންއޭގެފަހުގަފިޔަވަޅު
  އަޅާނީނިކަންކެރިގެންތިގަންޖާގުރޫޕަކާމިގައުމަކާނު
  ކުޅެވޭނެ މާތްﷲގެއިރާދަފުޅާމިންވަރުފުޅުންއަދިތިވެރިކަން
  އަހަރުމެންނިކުމެހޯދާނަންމީމަގޭބަސް
  މަގޭދުވާއަކީމިވެރިކަމުންމިގައުމުސަލާމަތްކޮއްދެއް
  ވުންއެދި މާތްﷲހުގެހުލުރަތުގަދުވާދައްނަމުން
  ބުނެލަންބޭނުންވަނީމިވެރިކަމައްއަބާއްޖަވެރިކަން
  ދައްކަވާށި އާމީން
  ނ

 16. ރުގޯ

  ހުދު ކާފޫރު ފެނިއްޖެއްޔާ އެނގޭނެތަ،