ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ގްރޭންޑް ޕާކް ކޮއްދިއްޕަރުން ވޯލްޑް ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރެންޓް އެވޯޑުގެ 3 އެވޯޑެއް ކާމިޔާބު ކޮށްފިއެވެ.

ރަޝިއާގައި މިމަހުގެ ހަވަނަ ދުވަހު ބޭއްވި އެވޯޑު ދިނުމުގެ ހަފްލާގައި އޭޝިއާ ބައްރަށް ހާއްސަ ކެޓެގަރީން ރާއްޖޭގެ ކޮއްދިއްޕަރު ރިސޯޓަށް ލިބިފައިވާ އެވޯޑުތަކަކީ "ލަގްޒަރީ ސްޕާ ރިޓްރީޓް" އާއި "ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ" އަދި "ލަގްޒަރީ އިކޯ ސްޕާ" އެވޯޑެވެ.

އެ ރިސޯޓުން ވަނީ މިދިޔަ އަހަރުވެސް ވޯލްޑް ލަގްޒަރީ ސްޕާގެ ތިން އެވޯޑެއް ހާސިލްކޮށްފަ އެވެ.

މި އެވާޑަކީ މުޅި ދުނިޔެއިން ސްޕާތަކާއި ރެސްޓޯރެންޓުތައް ވާދަކުރާ އެވޯޑެކެވެ.

ވޯލްޑް ލަގްޒަރީ އެވޯޑު ހަފްލާ ބާއްވާތާ 4 އަހަރު ވެފައިވާއިރު މިއަހަރުގެ އެވޯޑުތަކަށް 90 ގައުމަކުން 450 ސްޕާ އާއި 270 ރެސްޓޯރެންޓު ވަނީ ނޮމިނޭޓް ވެފައެވެ.