އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީއާ ދެމެދު ދަތުރު ކުރަމުން ދިޔަ ކާގޯ ބޯޓުގެ ދަތުރުތައް ހުއްޓާލައިފިއެވެ.

މޯލްޑިވްސް ސްޓޭޓު ޝިޕިން (އެމްއެސްއެސް) އިން ބުނީ ދަތުރުތައް ހުއްޓާލީ އެ ދެމެދު ދަތުރު ކުރަމުން ގެންދިޔަ ބޯޓު ބާވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ބޯޓުގެ ބައެއް ސާވޭތައް ވެސް މިވަގުތު ހެދެން ނެތުމުން ކަމަށެވެ.

އަދި ބޯޓުގެ ދަތުރުތައް މެދުކަނޑާލަން ޖެހޭކަން މުދާ އެތެރެ ކުރާ ފަރާތްތަކަށާއި ސަޕްލަޔަރުންނަށް ވެސް ކުރިން އަންގާފައިވާ ކަމަށާއި. އައްޑޫ އަށް ކާގޯ ބޯޓުގެ ހިދުމަތް ދެން އަލުން ފެށޭނެ ސީދާ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

ކާގޯ ބޯޓުގެ ހިދުމަތް ފެށާފައިވަނީ 2020ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. އެދުވަހު އައްޑޫ އަށް 500 ޓަނުގެ މުދާ ގެނެއެވެ. އެ ބޯޓުގެ ދަތުރުތައް ފެށުމާއެކު އައްޑޫގެ ވިޔަފާރިވެރިން އެ ބޯޓަށް ބަރޯސާވެ އެ ބޯޓުން އައްޑޫ އަށް ގެންނަން ޖެހޭ މުދާތައް ދިޔައީ ގެންނަމުންނެވެ.

އައްޑޫގެ ވިޔަފާރިވެރިން ބުނީ ދަތުރުތައް އަލުން ހުއްޓާލުމުން ދެން މުދާތައް ގެންނަން ޖެހޭނީ މާލެއިން ކަމަށެވެ. އަދި ފުރަތަމަ ކާގޯ ބޯޓުގެ ދަތުރުތައް ފެށިއިރު ފުރަތަމަ ދެ ދަތުރުގައި އަގުވެސް ހެޔޮ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.

އެހެންނަމަވެސް ފަހުން އެ އަގުތައް އެމްއެސްއެސް އިން ބޮޑުކުރި ކަމަށާއި އެކަމަކުވެސް މާލެ އިން މުދާ ގެނައުމަށްވުރެ އަގުހެޔޮ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ވިއްޓޭ

    މިސަރުކާރު ރައްޔިތުންގެ ލޮލުގައެޅުވި އަނދުނެއްއެއީ. އައްޑޫގަ އިންޑިޔާ ސިފައިން ބޭތިއްބުމަށް. ކަލޭމެންނަށް ރާކަނިމަސް މިހާރު ހުންނާނީ ކެވިފަ.

    35
    2
  2. ޜ

    ހަ ހާ...ހި ހިި..ނުފޯރާ ފޮތިން ފޫގަޅާތި

    38
    1
    • ސޫކުރިއްޔާ

      އައްޑޫ ޔައްޔިތުންނާއި އާއްމުކޮށް ހުރިހާ ރައްޔިތުން ގުނބޯހައްދައި އަވާމެންދުރުދެއްކުން ފިޔަވާ ކުރެވޭކަމެއް އަޅެ މިސަރުކާރަށްނުކިރެވޭނެ.. ދެންވެސް ބުނޭ ރ. ޔާމީންގެ އަންބޮނޑިޔޭ.. ލަލަލަ

      26
      2
  3. ބަރުގޮނު

    ރާއްޖެއާ އިންޑިއާއާ ދެމެދު ދުއްވަދުއްވާ އެންމެފަހުން ބޯޓްވެސް ބާވީ.

    28
    1
  4. މޮހޮނު

    ތިއީ މާކުރިންވެސް ތިކަން ހަމަޖައްސާފައި އޮތްގޮތް.
    އައްޑޫ މީހުންނަށް އޮންނާނީ ހަމަ ތިގޮތް. ދެން ތިބޭ ސޯލިހް އެހެރީ ޕޮލިސް އެކަޑަމީއެއް ހަދައިދީފައި ތިޔާސިޓީ ތަރައްގީކޮށްލާފައި. ވޯޓުކާރިވާވަރަކަށް ކަޑަޖަހަމުން މަގުނާކު ކޮންނަމުން ރޯނުދަމަމުން ބިންހިއްކާވާހަކަ އާއި ރިސޯޓުތަކުން ލިބޭ ޕައުންޑުން ޖީބުފުރާލާނެވާހަކަ ކިޔާލަދޭން މާލޭން ބޭބޭފުޅުން ދާނެ ތިކޮޅަށް.
    ބާރަށް އަތްޖަހާތި އަދިވެސް.

    15
    1
  5. ތެތެ

    އެމް އެސް އެސް ނޫނިއްޔާ އެވަރުވެސް ވީބައެއް ނެތް މި ރާއްޖެ އަކު އެމް އެސް އެސް ހަމަ ވަރަށް ހަބޭސް ހަމަ. 1 ވަނަ ހަމަ މަބުނާނީ.

    4
    10
    • ވަކަރު

      އެމްއެސްއެސްގެ އެމްޑީގެ ކޮމެންޓް ސަޅި

  6. ނުރަބޯ

    ދޮޅު އަހަރު ދުއްވާ އިރަށް ބޯޓު ބާވެއްޖެ 🤣🤣🤣

    18
  7. ޙާލަތު

    ދުއްވާތާ ބައިޤަރުނުވީ އުތަ 🤣🤣🤣

  8. ބީތާ

    އެސްޓީއޯ ގެ ބޯޓެއްގައި ތި ދަތުރުތަށް ހުއްޓާނުލާ ކުރިއަށް ގެންދަންޖެހޭނެ. ކޮންމެވެސް ނުފޫޒު ގަދަ ބައެއްގެ ޜޭވުމަކަށްވާނީ.

  9. 8787

    ދެންތިޔަ ބޯޓެއް ބޮޑު އަގުގަ ގަތީ އެންމެ އަހަރަކު ދުއްވަންތަ. އޭސީސީ ޕްލީސް ގޯ އިބޫ ހޯމް އެންޑް ކާލައިގެން ނުކުމޭ

    4
    2
  10. ހަސަން

    އައްޑޫ ގައި އެޅި އިންޑިއާ މިލިޓަރީ ބޭސް އަށް އިތުރަށް ސަޕްލައި ކުރާނެ މުދަލެއް ނެތުމުން ދަތުރު ހުއްޓާލީ. އެއްވެސް ހާލެއްގައި އެއީ ފެރީގެ ޚިދުމަތެއް ނޫން. އެ ބޯޓް ބޭނުންކުރީ އެތަން އަޅަން ދަގަޑާއި އެހެނިހެން ބޭނުންވާ ސާމާނު ސަޕްލައިކުރުމަށް އެމް.ސީ.އެލް އާއި އެކު ހަދާފައިވާ ވަގު ޑީލެއްގެ ދަށުން.

  11. ބޯޓް

    ކޮބާ އައްޑޫ އަށް ޑޮލަރު ވަދޭތަ އެބަ

  12. އަލީމޫސާ

    ކޮޗިން ފެރީ ޗޮކްހުންގޮސްފަ.! ކަންދެއްކުމަށް. މީހުން އޮޅުވާލަން ކުރާ ކަންތުގެ ނަތީޖާ .

  13. ސައީދު

    ތިބޯޓްގައި ކުލަކޮޅެއްހާކައިގެން އަލުން ދަތުރުކުރަން ފެނޭ. އަދި މިބޯޓް އެސްޓީއޯއަށް ބޮޑުއަގުގައި ހޯދުން މުހިއްމު.

  14. ނަންނު

    ރަގަޅު އުޒުރެއް.