ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް އިން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ފްލައިޓް އަޅައި ނުދީ، އަދި ފައިސާ ވެސް އަނބުރައި ނުދިން މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ސަރުކާރުން އެއްބަސްވެ، ފައިސާ ލިބެން ޖެހޭ މީހުންނަށް ފައިސާ ދިނުމުގެ ޒިންމާ އާއި ވެސް ސަރުކާރުން ހަވާލު ވެއްޖެއެވެ.

ސީ ލައިފްގެ މައްޗަށް ދައުވާކުރާ މީހުންނަށް ބަދަލުދޭން އެއްބަސްވީ، ދައުލަތުން ސީ ލައިފަށް ދައްކަން ޖެހޭ 12 މިލިއަން ޑޮލަރުންނެވެ. އެ ފައިސާ އަކީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާ އެވެ.

ހުޅުމާލެ އިން ފްލެޓް ގަންނަން ފައިސާ ދެއްކި މީހުންނަށް މި ފައިސާ އިން ރީފަންޑު ދިނުމުގެ އިތުރުން ފްލެޓް ބޭނުންވާ މީހުންނަށް ދެ އަހަރުގެ ތެރޭގައި ފްލެޓް ހަމަޖައްސައިދޭން ވެސް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ސީލައިފް ހިޔާނާތާއި ގުޅިގެން ދައުވާ ކުރި 203 މީހުންނަށް ދައުލަތުން ބަދަލުދޭން އެއްބަސްވުމުން ސިވިލް ކޯޓަށް އެމީހުން ހުށަހެޅި މައްސަލަ އިއްޔެ ވަނީ ކޯޓުން ނިންމާފައެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ޙުކުމުގައި ވިދާޅުވެފައި ވަނީ މީހުންގެ އަތުން ނެގި ފައިސާ އަނބުރާ ނުދިނުމަކީ ސީލައިފްގެ ހިއްސާދާރުން ފަރުދީ ގޮތުން ޒިންމާ ވާން ޖެހޭނެ ކަމެއް ނޫންކަމަށް އެމީހުން ކޯޓުގައި ބުނެފައިވާ ކަމަށެވެ.

ސީލައިފްގެ މައްސަލަ ސަރުކާރު މެދުވެރިވެގެން ކޯޓުން ބޭރުގައި ހައްލު ކުރުމުން އައްމަޓީ އާއި ދެކޮޅަށް ފުލުހުން ހިންގާ ތަޙްޤީޤު ނިމުމަކަށް އައިސް އޭނާ ތުހުމަތުތަކުން ސަލާމަތް ވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ސަޓޯ

    އަޅެ... މިމީހުނަށް ކިހާ ދެރަ ލަނޑެއް މިދިނީ ދޯ.. މަރިޔަނބާ ކަތިވަޅިއެއްކޮއް އެ ގެއްލުވާލީ ޕުސް ޕުސް ޕުސް

    51
    2
  2. ތަކުރު

    ތީ ހަޤީޤަތެއްނަމަ ޔާމިނަށް ބެވުން މިހިސާބުން ނިމުނީ. ވައްސަލާމް.

    127
    3
    • Anonymous

      މި ހަގީގަތް.ސިވިލް ކޯޓުގެ ސައިޓުގައި ހުކުމް އެބައިން.

      73
    • ހެހެ

      ޔާމީނަށް ބަވާ

      11
      26
  3. އަލި

    ޓެކްސް ފައިސާ އެއްވެސް މީހަކު ނުދެއްކުމަެް ގޮވާލަން އަދި ސަރުކާރުން އެއްވެސް ރއްޔިތަކަސް ބިރު ނުދެއްކޭނެކމައި ސަރުކާރު ވެސް އެއީ ރއްޔިޔުންކަން ހަނދާނކޮށް ވަކި ވަކި ބަޔަކައް ޖެއސުންކިރާކަމުގައިވާނަމަ ނިކުވެ މަރަންވީ އޯކޭ

    72
    1
  4. ފފފފ

    އެކަމަކު މިކިޔަނީ، ރައީސް ޔާމީން ވައްކަން ކުރީއޭ. މީހަކު ހަލާކުވެދާނެ.

    91
    1
    • ގަބުޅުބޯ

      ދިވެހިންނަކީ މީހުން ކިޔާ ކޮންމެ އެއްޗެއް ގަބޫލުކުރާ ތަންދޮރު އެހާ ރަނގަޅަން ނުދަންނަ، ފަރުދީ ޒިއްމާޔާ ގައުމުގެ މަސްލަހަތައްވުރެ އަމިއްލަ އެދުންވެސް ބޮޑު ބައެއްކަމުން ހެވާ ނުބައި ނޭގި ހޫރެމުން ގައުމު ދަނީ! 2 އަހަރުތެރޭ ބޮޑުވަޒީރުވެގެން ގައުމު ހަލަބޮލިވާއިރު ނިކަން ރަނގަޅަށް ބަލަން ތިބެއްޗޭ!

      42
    • އޭނާރކީ

      ޔާމީނުވެސް ވައްކަން ކުރި ހަމަ

      9
      44
  5. މިއަދު

    ސާބަސް ސާބަސް ނިކަމެތި ރަޢިއްޔަތުމީހާ ފެލާލައިގެންގެ ބޮޑުންގެ ބަނޑުފުރޭތޯބަލާ ބޮޑުން ކައިފުރީމަ ދަރަނިދައްކަން ނިކަމެތިމީހާގެ ޓެކުސް ލާރިކޮޅު މިއީ ދެންފަހެ ކޮންތަނަކުން ނެރެގެން އުޅޭ އުޞޫލެއް މިއަކީ މިހާރު އިންސާނުން ދިރިއުޅެން ހެޔޮވާވަރުގެ ގައުމެއްވެސްނޫން

    75
    1
  6. ޒާލިމް

    އަޅެ، ޔާމީނުގެ ހުރިހާ ޚިޔާނާތެއްވެސް ސުރުޚީގައި އެވާގޮތަށް މިސަރުކާރުން ފޮރޮވާލާނަމަ ކިހާ ރަނގަޅު ދެއްތޯ؟

    22
  7. Anonymous

    ކޮރަޕްޝަން ޒީރޯ ޓޮލަރެންސް... ?????

    30
    1
  8. އަލް ނޫރު

    މި ކޮންކަހަލަ ސަރުކާރެއް ގޮނޑި ކޮއްކޮ ފުޅި ކޮއްކޮ ސަރުކާރު....

    34
  9. ހިހި ހިހި

    ހިހިހިހި

    10
    1
  10. ފަހުލަވާނު

    ﷲއަކްބަރު .ޤައުމު ހަލާކް ގެ މަގަށް. ހުރިހާ ދެރައެއް ނިކަމެތި ރަތްޔިތުންށް... އެކަމާ ވޭން ތަހަންމަލް ކުރަމުންދާ މީހުންނަށް ﷲ ސ.ވ.ކެެއްތެރިކަން މިންވަރު ކޮއްދެއްވާށި. އާމީން..

    28
  11. ބުޚްތާން

    އެހެންވީމާ ދެން ބޯނީ ކޮންއެއްޗެއް މިވެސް އިންސާފުގެ ވައްތަރެއްދޯ

    24
  12. ކިނބޫ

    އެއްވެސް ޚިޔާނާތެއް ހިނގާފައެއް ނޯންނާނެ މި ސަރުކާރުގަ ތިބި ވަގުން ނުހިމެނޭ ގޮތަކަށް.

    30
  13. ޒވނއ

    ޔާމީނު އަބަދުވެސް ބުނެއުޅޭ ވާހަކައެއް،
    "ސާބިތު ކޮށްދޭށޭ!" ނުބުނާނެ އެކަމެއް ނުކުރަމެކޭ.

    ހުރިހާ ޑޮކިއުމެންޓެއް ނައްތާލީމާ ކިހިނެއްތޯ ސާބިތު ކުރާނީ!

    ތިކަމަކީވެސް ޔާމީންގެ ފުލްކޮންޓްރޯލްގައި އޮތް ފްލެޓް ތަކެއް. ބިންގާވެސް އަޅާދިން. އުޞޫލުން ބޭރުން އެޑްވާންސްކޮށް ލާރިވެސް ދިން.

    4
    38
  14. ހަމަ

    މިތަނުން ލާރި ޖަމާކުރީކާކުގެ އެކައުންޓަކައްބާ

    16
  15. ފޮރުވި

    ހިޔާނާތް ފޮރުވީތަ ނޫނީ އިތުރު އަގެއް ނެތި ފުލެޓު އަޅަން ހަވާލުކުރީތަ؟؟ 17 މިލިޔަނާ އެހެން ހިޔާނާތްތައް އޭސީސީގަ އެބަދޭ ކުރިޔަށް ދަޢުވާތަށް ފުލިފުލުން އައިމަ އެނގޭނެ ފޮރުވުނު ވަރު

    8
    1
  16. ކައްޕިތާން

    މިގައުމުގެ ތާރީހު ބައްލަވާ ތިފުލެޓްގެ އަނިޔާވެރިކަން ފެއޓީ އެދިގުރާސްތާ 30 އަހަރު ހިލޭ ދިރިއުޅެމުން އައިބަޔެއް ކުއްލިޔަކަށް އަޅުވެތި އަހަރުމެން ވޯޓްލައިގެން ހޮވި ބަޔެއްގެ ދެން އައި ކުރުރާސްތާ 3 އަހަރު ޓަސްލާފައި ޖިޒީގެ އަޅުތިކަން ކަމެއްދިމާވީމާ ވިސްނަންވީ ތިމާމެން މުޅިގައުމުގަ ޑުރަގް ހުއްޓުވާނެ ބަޔަކުނެއް ހީވަނީ ވާދަވެރިކަމެއްގަ އުޅޭހެން ވާދަވެރިވާންވީ އަޅުކަން ކުރުމުގައި މީ އެދިގުރާސްތާ 30އަހަރުވެރިކަން ދަމަހައްޓަން ހިކުމަތްތެރިކަމާއެކު ފެތުރި ވަބާއެއް އެކަން އޭނާ ކާމްޔާބް ކޮއްފި މުޅިގައުމުގެ އާބާދީ ކަހަލަގޮތަކައް އެވަބާގައި ޖައްސައިފި ސުކޫލްތަކުގައި އިސްތިހާރު ކޮއްގެން ވެރިކަމުގެ ދަހިވެތިކަމުގައި މާތްﷲ މިއަނިޔާވެރިޔާއައް ޖަޒާ ދެއްވާށި އާމީން

  17. ޏ

    ބޮޑެތި ޚިޔާނާތާއި ވައްކަންތަށް ރާއްޖޭގައި ހިންގާ
    ފައިވާނީ މޑޕ މުގުލުގައި އޮވެގެންނެވެ ހަމައެކަނި ވައްކަމެއްވެސް ނޫނެވެ މަކަރާއި ހީލަތް
    ހެދުމާއި މީހުންނަށާއި މުދަލަށް ގަސްތުގަ ގަސްތުގައި ގެއްލުންދިނިމާއި ހުޅުޖެހުމާއި މިކަން
    ކަން މޑޕ އާނުލާ ނުކުރެވޭނެއެވެ

    20
  18. ޑޭންޖުރެސް

    ޚިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުން ނެތް ކަމަށް މެމްބަރުން ގަބޫލެއް ނުކުރެވުން އެހާތަނުން މިކަން ހުއްޓާލައިފިނަމަ އެއީ ކަނޑުގައި އަޅާލާ ރޮނގަކަށް ކިޔާ ނަމެކޭ ރާއްޖޭގައި އުޅޭނެއޭ ކޮރަޕްޝަން ހުއްޓުވުމަށް ނަމުގައި އުޅޭ މީހުން ކަމުން ވައްކަން ކުރާ ފަސްމާމުލު ފަސްވަގުން އެބައި ވަރަށް ބޮޑޭ މަޖްލީސް ތެރޭގައި ވެސް ހައްޖު ކޯޓާ އޮޅާލާ އެއިން މިލިއަނުން ކަޓް ނަގަނީ މަޖްލީހަށް ނިސްބަތްވާ މެމްބަރުންގެ ހިޔަލިއްޓޭ އޭ އެއީ ނުރައްކާތެރި ވަގުން ތަކޭ ވަގުންނޭ ނުރައްކަލޭ ...

  19. ބަލާމީހާ

    ދިވެހިރައްޔިތުންގެ ޓެކްސްފައިސާ ތިޔަގޮތަށް ބަހަނީތޯ، ޖަޒީރާ މެނިފެސްޓޯ ބުނަނީ ތިޔަގޮތަށްތޯ، އެސް ޓީ އޯ އިންވެެސް ތިޔަފަދަ ސެޓްލްމެންޓަށް ހަދަން ނުވޭތޯ.

  20. ޢަލީ މަނިކުފާނު

    ޕޮލްކޯގެ ފުލެޓްގެ މައްސަލަ ބަލާނެ ބަޔަކު ނެތް މިވެސް 300 އާއިލާގެ ހަައްޤު.