ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް އިން އެތައް ބައެއްގެ އަތުން ފައިސާ ނަގައި ފްލެޓް ނާޅައިދިނުމުން،އެ ފަރާތްތަކަށް ބަދަލު ދިނުމުގެ ގޮތުން ދައުލަތުން އެ ފަރާތްތަކަށް ދައްކަން ނިންމި ފައިސާ ނުދައްކާ މަޑުޖައްސައިލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފިއެވެ.

އެޗްޑީސީން ވިދާޅުވީ، ސީލައިފް އިން އިމާރާތް ކުރަން ނިންމި ހައުސިން ޔުނިޓްތައް ގަތުމަށް އެކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދެއް ދިނުމަށް އެޗްޑީސީގެ ފަރާތުން އެއްބަސްވެފައިވާ ކަމަށާއި އަދި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓްތައް ދިނުމަށް އެއްބަސްވެފައި ވާނެ ކަމަށެވެ.

ސީލައިފް ހިޔާނާތާއި ގުޅިގެން ދައުވާ ކުރި 203 މީހުންނަށް ދައުލަތުން ބަދަލުދޭން އެއްބަސްވުމުން ސިވިލް ކޯޓަށް އެމީހުން ހުށަހެޅި މައްސަލަ ވަނީ ކޯޓުން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެސެޓް ރިކަވަރީ ކޮމިޝަން މާބޮޑަށް ފެން މައްޗަށް ތިއަރަނީ. ސައިޒްގަ ތިބޭ. ސަރުކާރުން ނިންމާ ކަންތައް ތަކުގެ ތެރެއަށް އަތް ބާނަން ނަހަދާ. ސެޕްޓެމްބަރ މަހުގަ ތިޔަ ކޮމިޝަން އުވާލާނަން.

    8
    5
  2. ނަސޭހަތް

    ގެއްލުމުގެޒިންމާނަގަންޖެހޭނެކަމަށް ފެންނަނީ ގެއްލުންދިންފަރާތުން ސަރުކާރުގައިހުންނަ މުދަލާ
    ފައިސާއަކީ ގައުމުގެ ހުރިހާރަށްޔިތުން ޝާމިލްވާހުރިހާރަށްޔިތުންގެ ހައްގެއް ވީމާ ސީލައިފަށް
    ދައުވާކުރި މީހުންނަށް ދައުލަތުން ފައިސާދެންޖެހޭނެކަމަކަށް ނުދެކެން އެތަށްބައެއްގެއަތުން
    ފައިސާނަގާފައިވަނީ ސަރުކާރަކުންނޫން ވީމާ، ފައިސާ ދައްކަންޖެހޭނީ ސީލައިފން ފައިސާއަށް
    ޚިޔާނަތްތެރިވީ އެފަރާތުން ވީމާ، ހުރިހާ ރަށްޔިތުން އެކަމުގައި ޝާމިލްވާގޮތަށް އެފަރާތްތަކަށް
    ގެއްލުންވާގޮތްނުހައްދަވާ