ދިވެހި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޗައިނާ އާއި ސައުތް ކޮރެއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް ގެނެސްފިއެވެ.

އެ ބޭފުޅުންގެ މި ދަތުރަކީ އެމްއެމްޕީއާރުސީގެ ދައުވަތަކަށް ރާއްޖެއަށް ކުރި ދަތުރެކެވެ.

މި ދަތުރަކީ އެ ނޫސްވެރިން މެދުވެރިކޮށް ރާއްޖެއިން ބޭރު ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމް.އެމް.ޕީ.އާރު.ސީން މިއަހަރު ތެރޭގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތުގެ ބައެކެވެ.

ރާއްޖެެއަށްވަނީ މީގެ ކުރިންވެސް ފްރާންސް އަދި ޔޫރަޕްގެ އެކި ގައުމުތަކުގެ ނޫސްވެރިން ޒިޔާރަތް ކޮށްފައެވެ.

ސައުތު ކޮރެއާގެ ނޫސްވެރިންގެ ޓީމް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 10 އިން 16 އަށެވެ. އަދި ޗައިނާގެ ނޫސްވެރިންގެ ޓީމް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ސައުތު ކޮރެއާގެ ޓީމްގެ މެމްބަރުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ކަނޑިންމަ މޯލްޑިވްސް، ތާޖް އެކްސޯޓިކާ ރިސޯޓް އަދި ސަމާ އައިލެންޑް މޯލްޑިވްސްގައެވެ. ޗައިނާގެ ނޫސްވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގްރޭންޑް ޕާކް ކޮށްދިއްޕަރު، ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަދި ވެލައްސަރު މޯލްޑިވްސްގައެވެ.

އެމް.އެމް.ޕީ.އާރު.ސީގެ އުއްމީދަކީ މި ދަތުރުތަކުގެ ސަބަބުން ރާއްޖެ އިތުރަށް މި ޤައުމު ތަކުގައި އިޝްތިހާރު ވުމަށް މަގުފަހިވެގެން ދިއުމެވެ.