ހާލުބޮޑު ބަލި މީހަކު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހެލިކަޕްޓަރުގައި މާލެއަށް ގެނެސްދީފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފްގެ ސިފައިންގެ އެހީތެރިކަމާއެކު މާލެއަށް ގެނެސްފައި ވަނީ އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ މާލެއަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 9:00 ހާއިރު އެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، ހާލުބޮޑު ވެގެން އެ އިދާރާގެ ސެންޓްރަލް ކޮމާންޑުގެ އެހީތެރިކަމާއެކު އެ މީހާ މާލެއަށް ގެނައީ، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެ ރަށުން ކަމަށެވެ. މާލެއަށް ގެނެސް އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

މީގެ ކުރިންވެސް ހާލުބޮޑު ބަލި މީހުން ރަށްރަށުން އިތުރު ފަރުވާއަށް މާލެ ގެނެސްދިނުމުގައި އެމްއެންޑީއެފް އިން ހެލިކަޕްޓަރު ބޭނުންކޮށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާލަނީއޭ

    ރައީސް އިބޫ އަކީ އެއީ ރައްޔިތުންނަށް މަކަރާއި ހީލަތް ހަދާ ދޮގު ހަދާ ރައީސް އެކޭ އޭނާ ބުނި ޖުލައި މަހު އިއުލާން ކުރާނަމޭ މާލެ ސަރަހައްދުން ގޯއްޗާއި އަދި ފްލެޓްސް ދޭނެ ގޮތް އަދި ލިޔުން ހަވާލުކުރަން ފަށާނެ ކަމަށް އެކަމަކު އެއިން އެއްވެސް ކަމެއް ނުކޮށް އެތިބެނީ ދެން ޖުލައި މަހުގެ 26 ވަނަ ދުވަހު ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދު ގަނޑެއް ކުރާނެ އެކަމަށް އޭނާ ރައްޔިތުންނަށް ވާ އެއްވެސް ފައިދާ އެއް އޮތީ އެއް ނޫނޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ރައީސް އޮފީސް ބަޖެޓް ދަވާލައިގެން އެމެން މާލޭން ގަތް ފްލެޓްސް ތަކާއި ބިން ތައް ގަންނަން ފައިސާ ނަގަނީއޭ އެކި ގޮތް ގޮތުން މީހުންނަށް ދޭން ޖެހޭ ފައިސާ ހުއްޓޭ ކިޔާ މިހާރު ސީލައިފަށް ސަރުކާރުން ދައްކާ ފައިސާ އިން ވެސް އެކަލޭމެ 10 މިލިއަން ރުފިޔާ ކައްވާލާ ކަމަށްވަނީ ކޮރަޕްޝަނާއި ފަސާދަ އިންތިހާ އަށް ދައުލަތް ލޫޓުވާލަނީ އެންމެ ދެކުނު ވިންގްގެ ބޮޑެތި ވަގުން ރައީސް އޮފީސް ތެރެއަށް ފާވެ ތިބެގެން...

    4
    1
  2. Anonymous

    ކިނބުލާ ތަ އައްޕާ މޯދީ ދިނެ ހެލިކޮޕްޓަރާ ކޮބައި؟ އެހެލާނަން ރައްޔިތުނާ ލާރިން ކަންނެދީ ނިދެވަނޫ. ތާއްކޫ ރަނގަޅެ ވެރިޔަކު...ހީނ..

    2
    1
  3. ޑެއިލް

    ޢެމްއެންޑީއެފްގެ ހެލިކަޕްޓރެއް ނޫން. ޢިންޑިޔާއިން ރާއްޖެ އަޅުވެތިކުރުމަށް ދީފައިވާ ހެލިކަޕްޓަރު.

  4. ޙަހަހަހ

    ތީ އެމް.އެން.ޑީ.އެފް ގެ ހެލިކަޕްޓަރެއްތަ ނޫނީ ގެރި މޯޑީގެ ކުޅިގަނޑު ކުޅޭ ހެލިކަޕްޓަރު.

  5. ސަޓޯ

    ތެންކްސް ކެޕްޓަން މޯދީ